މެކްސިކޯގައި ދެމަފިރިއަކު، ހަތް އަހަރުގެ ކުއްޖަކު ރަހީނުކުރުމަށް ފަހު ރޭޕްކޮށް މަރާލާފައި އޮތްވާ ފެނިއްޖެއެވެ.

މެކްސިކޯގެ ފުލުހުން ވަނީ މި ކުއްޖާގެ މަރުގެ ތުހުމަތު ކުރެވޭ ދެމަފިރިއަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ މަރާލާފައި އެއްލާލާފައި ވަނީ ކޮތަޅަކަށް ލާފައެވެ. ފެބްރުއަރީ 11 ވަނަ ދުވަހު ރަހީނުކޮށްފައިވަނީ އެ ކުއްޖާގެ ސުކޫލު ގޭޓު ބޭރުންއެވެ.އެ ކުއްޖާގެ މަރުގެ ތުހުމަތު ކުރެވޭ ގްލޭޑިސް ގިވާނާ ކުރޫސް ހަރްނަންޑެސް އާއި ފާތިމާ ސިސިލިއާ ވަނީ ކެމެރާއަށް އަރާފައެވެ.

ޕްރޮސެކިއުޓާ އޮފީހުން ބުނި ގޮތުގައ އެ ކުއްޖާ ރޭޕްކޮށްފައިވަނީ އެ މީހުން ދިރިއުޅެމުން ދިޔަ ގޭގައެވެ. އެ ގެ ބަލާފާސް ކުރިއިރުވަނީ އިނގިލީގެ ނިޝާނާއި ބައެއް އެހެން ހެކިތައްވެސް ފެނިފައެވެ.

ފުލުހުން ވަނީ އެ ކުއްޖާ ރަހީނުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުއްޖާ ހުންނަނީ އެ އަންހެން މީހާގެ ކަނާތުގައި ހިފައިގެންއެވެ. އަދި ފަހަތުން ވޭނެއް އަންނަން ފެށުމުން ފަސް އެނބުރި އޭނާ ބަލާލައެވެ.

މީޑިއާއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އޭނާ އަކީ އެ އަވަށު މީހެއް ނޫން ކަމަށާއި ކުރިން އޭނާގެ ހަގީގަތް އިނގުނު ނަމަ މަރާލާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. މެކްސިކޯގެ ގާނޫނު ހަދާ ފަރާތްތަކުން އަންނަނީ ކުޑަ ކުދިން އަށް ޖިންސީ ގޯނާ ކުރާ މީހުންއަށް އެންމެ ހަރުކަށި އަދަބު ދިނުމުގެ މަސައްކަތް ކުރަމުންއެވެ. ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް އެދެމުންއެވެ.