ކާނިވާ ސަރަހައްދުގައި ފީއެއް ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ ގޮތަށް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގައި ޕާކް ކުރުމަށް 52 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕާކިން ސްލޮޓަކަށް މަހަކު 3000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ 1 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ.

މި ޒޯނަށް އެދެން ޖެހޭނީ ކައުންސިލުން ދޫކުރާ ފޯމަކުންނެވެ. މި ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު މާލެ ސިޓީ ކައުންސިލުން ލިބެން ހުރެއެވެ. ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެއެވެ.

ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ފޯމާއެކެ ހެންވޭރު ކާނިވާ ސަރަހައްދު ޕާކިން ޒޯން ދޫކުރުމާ ބެހޭ މައުލޫމާތު ޝީޓު ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަލް

    ސައިބޯން އެސަރަހައްދަށް ދިއުން މަދު ކުރަން ވީ އެވެ. ނޫނީ ސްޓިކާ ޖަހާފާނެ އެވެ.

    21
    1
  2. ސޫފި

    މިހެންގޮސް މާލޭގައި ހިނގާތީވެސް ފީނަގާނެ.ވަރުގަދަ ސަރުކާރެއް.

    45
    1
  3. ފާތުނާ

    މާލޭ ޖައްވަށް ނޭވާލާތީ ދުވާލަކަށް ކިހާވަރެއް ދޭން ޖެހިދާނެބާ

    30
    1
    • 1000 ޕުރޮޖެކުޓް

      500 ޕުރޮޖެކުޓް ތެރޭ ފުރަތަމަ ޕުރޮޖެކުޓް ...
      ޝުކުރިއްޔާ ރައީސް ....

  4. ގާބުރި

    ހަތަރުބުރިޔަށް އިމާރާތެއް އަޅާފަ 3 ފްލޯ ޕާކިންއަށް ހަމަޖައްސާ، އެތަން ހިންގާ ފަރާތަކަށް އެއްފްލޯ ދިނީމަ 40 އަހަރުން އިމާރާތުގެ އަގު ލިބޭނެ،

    21
  5. ޔާމީން

    މަސްމާރުކޭޓްވެސް 10 ބުރިޔަށްނަގާފަ 4 ފްލޯ ޕާކިންނަށްދޭންވީ ކުޑަ ފީއެއްނަގާފަ، ބާކީ 6 ފްލޯ ވިޔަފާރީގެ ގޮތުން ހިންގިދާނެ،

    14
  6. ކަހަނބު

    ރަތްޔިތުން ފެލުމުގެ ތެރެއަށް އިތުރު ބޮޅެއް

    15
  7. ބުރާންތި

    ފީ ފީ ފީ. ކޮންމެ ކަމަކުން ފީ ނެގޭނެ ގޮތެއް އޮތްތޯ ބަލާތި. ދިވެހިންވެސް ވިސްނަން ވެއްޖެ. މާދަންވެސް ނުކުމެ މިވެނި ކަމެއް ހިލޭއޭ އާސަންދަ ހިލޭއޭ ބުނާއިރު އެ ލާރި އަންނަނީ ކޮންތާކުން ކޮން ގޮތަކުންތޯ ވެސް ވިސްނަންޖެހޭ. އެއްވެސް ކަމެއް ހިލޭއެއް ނުވާނެ. އެކަމުގެ އަގު ކޮންމެސް އެހެން ސިފައެއްގައި އެހެންތާކުން ނެގޭނެކަން ދަންނަންޖެހޭ. އެއީ ދެމެހެއްޓެނިވި ތަރައްގީއަކީ. އަދި ހަމަ ނުކުމެ މާދަން ރޯދަ އިނާޔަތް 5000 އޭ ބުނުމަކުން ނުފުދޭނެ. އެ ލާރި ހޯދާނެ ގޮތެއްވެސް އިނގެން ޖެހޭ. ނޫނީ އެއީ އެންމެ އަހަރެއްގެ ރޯދަމަހެއްގެ ކަމަކަށްވުން ގާތް.