ކުޑަކުދިންނަށް ކުރާ ގޯނާތަކުގައި ޝާމިލުވަނީ އެންމެ ގާތް އަދި ކައިރީގައި އިތުބާރުކޮށްގެން އުޅޭ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުޑަކުދިންގެ ބިލަށް ވާހަކަދައްކަވަމުން މެންބަރ ރާއީ ވިދާޅުވީ މީގެ ފަސް އަހަރުކުރިން މަރާލެވުނު އިބްތިހާލު ގެ ކޭސް އަކީ މުޅި ޤައުމު ރޮއްވާލި ކަރުނައިން ފުރިގެންވާ މައްސަލައެއް ކަމަށާއި އެކަން ކޮސްފައިވާ ފަރާތްތަކާމެދު ހައްގު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރާއީ ވިދާޅުވީ އިބްތިހާލްގެ މައްސަލާގައި ތަހުގީގު ނުހިންގާ ދޫކޮށްލައިގެން ތިބެވެން ނެތްކަމަށާއި އިބްތިހާލްގެ މައްސަލާގައި ފުރިހަމަ ތަހުޤީގެއް ހިންގަންޖެހޭކަމަށް ވިދާޅުވެފައެވެ.

"މައްސަލަ މަޑުޖެހެމުން މަޑުޖެހެމުން އައިސް މި ދެ އަހަރުގެ ކުއްޖާ ގެ ކަންތައް ތިލަވި ހިސާބުން އަނެއްކާ އަޅުގަނޑުމެން އިބްތިހާުގެ ވާހަކަ ދައްކަން ފެށީ. މި ދެމެދުގައި މި ވީ ދުވަސްތަކުގައި އަޅުގަނޑުމެންނެއް ނުބަލާ ކިހިނެތްތޯ ވީ އަޅުގަނޑުމެންނަށް ނޭންގޭ ކިހިނެތް ކަމެއް މިވަނީ". ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ އިބްތިހާލުގެ މައްސަލާގައި އެކަމަށް އިހްމާލުވި ފަރާތްތައް ދިމަ ދިމާލުގައު އެބަހުރި ކަމަށާއި އޭގެ ތެރެއިން މިނިސްޓްރީތައް ވެސް ހިމެނޭ ކަމަށެވެ.

ފެނިގެންދަނީ މައްސަލަ ނުބެލި ވަޒިރުން ބަދަލުވަމުން ދިޔަ މަންޒަރު ކަމަށާއި އިސްތިއުފާ ދިނުމަކުން މައްސަލަ ހައްލުނުވާނޭ ކަމުގައި ރާއީ ވިދާޅުވިއެވެ. އަދި މި ފަދަ މައްސަލަތަކަށް ވީ އެންމެ ބޮޑައް ފަރުވާތެރިވެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މެންބަރ ވަނީ އެދިވަޑައިގެންފައެވެ.

"އާ ވަޒީރެއް ހަވާލުވީފަހުން ދެން ހުރި ވަޒީރު އިސްތިއުފާ ދެއްވައިފި. ދެންވެސް ފެނިގެން ދިޔައީ އަނެއް ވަޒީރު އިސްއުފާ ދެއްވިތަން. ފަހަގަކޮސްލެވެނި އެންމެ އިތުބާރު ހިފޭ މަގާމުތަކުގައި އުޅުއްވާ ބެފުޅުންވެސް މިފަދަ އަމަލުތަކުގައި ޝާމިލުވަކަން." ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ގާނޫނު އައުމާ އެއްކޮށް މީގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހައްލު ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި މެންބަރު ވިދާޅުވިއެވެ.

އެގޮތުން ހިއުމަން ރައިޓްސް ކޮމިޓީ އުފައްދައިގެން މީގެ ތެރެއިން މި ހެދޭ ގާނޫނުތަކުން މިއަށް ވަރަށް ބޮޑައް ބަދަލެއް ފެނިގެންދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މުޖުތަމައެއް ވުމުން މިފަދަ އެތައް ކަންތައް ތަކެއް ހިގާނެ ކަން ގަބޫލުކުރާކަމުގައި ރާއީ ވަނީ ވިދާޅުވިއެވެ.

މީގެ އިތުތުރުން މިހާރު ކުރިއަށް ވުރެ ފާޅުކަން ބޮޑުގޮތެއްގައި މީހުން އަދި ރާއްޖޭގައި މީޑިއާތަކުން މިކަންތައް ތައް ފެންމަތި ކުރާތީވެ ގައިމުވެސް ބިރުގަންނާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު އެފަދަ ގާނޫނުތައް ހަދާ އެ ގާނޫނުތައް ތަންފީޒުކުރަންޖެހޭ ކުރަން ފަށައިފިނަމަ އެފަދަ މައްސަލަތަކަށް ވަރަށް ބޮޑެތި ލުއި ލިބިގެން ދާނެ ކަމަށް ގަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ެކުއްޖެއް

    އާން އެކޭ.. ކަމެއްވާއިރަށް އިންސާފު ހޯދާދޭށޭ ކިޔާފަ ސްޓޭޓަސް ޖެހުމަށްވުރެ މާ ރަނގަޅުވާނެ އެއްޗިހި ޝެއަރ ނުކޮށް އެކުދިންނަށް އިންސާފު ހޯދައިދޭން މަސައްކަތްކުރިއްޔާ.. އަހަރެމެން ގޯނާ ލިބޭ ކުދިން ބިރުން ގޮތް ހުސްވެގެން ގޭގައި ބަންދުވެފައި މި ތިބެން ޖެހެނީ.. ކުށްކުރާ މީހުން މިނިވަންކަމާއެކު ދުވާލަކު ކުއްޖެއް ފަޅަމުން އެދަނީ.. ދެން މިވަރުން ކިހިނެތް ކަމެއް ހައްލުކުރަނީ.. އިންސާފެއް ދުވަހަކު ނުލިބޭނޭ ކިޔާފަ އެބަ ތިބި މައްސަލަތއް ސިއްރުކޮށްގެން އެތަށް ކުދިންނެއް.. ހަރުދަނާ ވާން ވެއްޖެ ކަންނޭގެ އެންމެން..

  2. ރާއީ

    ކުޑަކުދިންނާއި ބެހެނީ އެއްމެގިނައިން އަނބިންނަށް ގެވެށިއަނިޔާ ކުރާ ބައެއް މަޖްލީސް މެންބަރުންނަށް މިކަން އެންއމެ ރަނގަޅަށް އެގޭނީ މަކުނުދޫ ދާއިރާގެ މަމްބަރ ރާއީއަށް