ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، 7.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މި ރަށުގެ އިރުމަތީ ފަރާތުގެ ޖެޓީ ކައިރިން 180 މީޓަަރުގެ ގޮނޑުދޮށް ހިމަޔާތް ކުރެވިގެންދާނެ ކަމަށެވެ.

އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންކުރެވޭނީ ޖީއޯ ބޭގް ރިވެޓްމެންޓެވެ.