މާާރާމާރީ ހިންގައި އަންހެނެއްގެ ކޯތާފަތް މަތީގައި ޖެހި ފިރިހެނަކު 200 ރުފިޔާއިް ޖޫރިމަނާ ކޮށްފިއެވެ.

މި މައްސަލައަކީ މީގެ އަށް އަހަރު ކުރިން ހިނގި ހާދިސާއެކެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީީހުން ދައުވާ އުފުލީ މިދިޔަ އަހަރުއެވެ. މި މައްސަލާގައި ޕީޖީން ދައުވާ އުފުލީ ލ.މާމެންދޫ، ހުދުފަސް، އަހުމަދު އިނާޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާާގެ މައްޗަށް މި ދައުވާކޮށްފައިވަނީ 2011ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގެ ރޭގަނޑު އަށެއް ޖަހާއެހާާކަށްހާާއިރު، އިނާޒާއި އެރަށު ދިލްޝާދުގެ މަރިޔަމް އަޒީފާއާއި ދެމެދު ބޯޅަދަނޑުގައި ހިިނގި ހަމަނުޖެހުމަކާއި ގުޅިގެންނެވެ. މި ހަމަނުޖެހުމުގައި އިނާޒު ވަނީ އަޒީފާގެ ކޯތާފަތް މަތީގައި އެއް ފަހަރު ޖަހައި މާރާމާރީ ހިންގާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިނާޒު ވަނީ މައްސަލައަށް އިއުތިރާފުވެފައެވެ. ގާނޫނުލް އުގޫބާތުގެ ދަށުން އިނާޒުގެ މައްޗަށް ހުކުމް އިއްވާފައިވާއިރު އޭނާއަށް ހުކުމް އިއްވީ 200 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ތިންމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖ

    ހާދައަވަހޭ ހުކުމް ކު ރިލެއް

  2. ހިސްހިސް

    ސްޓެޗިއުޓް އޮފް ލިމިޓޭޝަންސް!!!!!
    މީ ވަރަށް ވާހަކަ

    • ޥ މޮލު

      ޥަތް؟

  3. ހޮޅިބޭ

    އަދިވެސް މީރާ އަށް ތަ ދައްކަން ޖެހެނީ. އެ އަނިޔާ ލިބުނު އަންހެން މީހާއަށް ނޫންތަ.

  4. ތާޕްސީ

    ހިންދީ ފިލްމް ތައްޕަޑް ބެލީ ކަންނޭނގެ، އަންހެނުން ބާރުވެރި ކުރުވާތީ ވަރަށް އުފާވޭ،