މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


23:30

ކްރޮއޭޝިއާއިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އެގައުމުން މިހާތަނަށް މި ވައިރަސް ޖެހުނު ހަޔަކަށް ވަނީ އަރާފައި.

23:28

ނޯވޭ އިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން މިހާތަނަށް 15 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި.

23:27

ޔޫއޭއީ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ޖުމްލަ މި ވައިރަސް ޖެހުނު މީހުންގެ އަދަދު 19 އަށް ވަނީ އަރާފައި

23:26

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު ފަސް މީހަކު މަރުވެއްޖެ، އެގައުމުން 68 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި.

23:25

ޖަޕާނުން އިތުރު ައަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން މިހާތަނަށް 241 މީހެއްގެ ގައިން މި ވައިރަސް ފެނިފައިވޭ.

23:23

އިރާގުން އިތުރު ފަސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި.

23:10

22:38

22:07

20:57

ލުބްނާނުން އިތުރު 3 މީހަކު ޕޮސިޓިވްވެ، ގައުމުގެ ޖުމްލަ އަދަދު 7ށް އަރައިފި.

20:29

20:08

ސްޕެއިން އިން އިތުރު 17 މީހަކު ޕޮސިޓިވް ވެއްޖެ. އެ ގައުމުން 50 މީހެއް ވަނީ މިހައިތަނަށް ޕޮސިޓިވް ވެފަ.

20:07

ފްރާންސް އިން އިތުރު 16 މީހެއް ޕޮސިޓިވް ވުމާއިއެކު އެ ގައުމުގެ ޖުމްލަ އަދަދު ވަނީ 73ށް އަރާފަ.

20:05

ސިންގަޕޫރުން އިތުރު 4 މީހެއް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ. އެ ގައުމުން ޕޮސިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 102ށް އަރާފަ.

17:04

17:04

17:04

17:03

ޖަރުމަނުން އިތުރު 3 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެފައިވާއިރު އެ ގައުމުން ޕޮސިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 79ށް އަރާފަ.

17:02

ޖޯޖިއާ އާއި ޑެންމާކުންވެސް 3 ވަނަ މީހަކު ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފަ.

17:01

ނޯވޭ އިން 7 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ.

17:00

ސްވިޑެން އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ. މިއީ އެގައުމުން ޕޮސިޓިވް ވި 12 ވަނަ މީހާ.

15:43

އޮސްޓްރިއާ އިން ކޮވިޑް-19 އަށް އިތުރު ތިން މީހަކު ވަނީ ޕޮޒިޓިވްވެފައި. މި އެ ގައުމުގައި މި ބަލި ޖެހުނު 11 މީހުން އެބަތިބި.

15:43

ޖަރުމަނުގައި ކޮވިޑް-19 އިތުރު މީހެއްގެ ގައިން ފެނިއްޖެ. މިހާރު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 76 އަށް ވަނީ އަރާފައި.

15:00

ޓައިވާނުން އިތުރު ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން 39 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި.

14:58

ތައިލެންޑުން އިތުރު އެކަކު ކޮވިޑް 19އަށް ޕޮޒިޓިވްވިއިރު، ޖުމްލަ އަދަދު ވަނީ 5 އަށް އަރާފައި.

14:57

ސްޕެއިން އިން އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުން މި ވައިރަސް ޖެހުނު ޖުމްލަ އަދަދު 45 އަށް ވަނީ އަރާާފައި.

14:55

ޖަރުމަނުން އިތުރު 15 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 75 އަށް އަރާފައި.

14:54

ޖަޕާނުން އިތުރު ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން 240 މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައި.

14:51

12:07

11:02

ޖަޕާނުން އިތުރު ދެމީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 236 އަށް އަރާފައި.

10:44

މެކްސިކޯ އިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޖުމްލަ ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައި.

10:43

ޖަޕާނުން ކޮރޯނާ ވައިރަސް އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 234 އަށް އަރާފައި.

10:42

10:26

އެމެރިކާއިން އިތުރު ތިން މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. ނޫސްތައް ބުނާގޮތުން އެންމެ ފަހުން މި ވައިރަސް އަށް ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ވޮޝިންޓަން ސްޓޭޓް އިންނާއި އޮރެގަން އިން. މި ދެ ސްޓޭޓުގެ ތެރެއިން ވޮޝިންޓަން ސްޓޭޓުން ދެ މީހަކު ޕޮޒިޓިވްވި އިރު އޭގެތެރޭގައި އުމުރުން 18 އަހަރުގެ ސްކޫލް ދަރިވަރަކު ހިމެނޭ. ދެވަނަ މީހާ އަކީ ހަލުވިކަމާއެކު މިހާރު ކޮރޯނާ ވައިރަސް ފެތުރެމުންދާ ދެކުނު ކޮރެއާ އިން އެމެރިކާއަށް އެބުރި ދިޔަ މީހެއް.

މި ތިން މީހުންނާއެކު މިހާރު އެމެރިކާ އިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 66 އަށް އަރާފައި. މި ވައިރަސް އަށް މުޅި ދުނިޔެއިން ޕޮޒިޓިވްވި ޖުމްލަ އަދަދު މިހާރު އުޅެނީ 85210 ގައި.

08:43

ދެކުނު ކޮރެއާއިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައި. މި ޤައުމަކީ ޗައިނާ ފިޔަވައި ކޮރޯނާ ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމު.

08:43

ކެނެޑާއިން އިތުރު އެކަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 16 އަށް އަރާފައި

08:32

އެމެރިކާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ. މިއާއެކު އެޤައުމުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 64 އަށް އަރާފައި. މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނޭ.

08:30

ދެކުނު ކޮރެއާ އިން ކޮރޯނާ ވައިރަސް ޖެހިފައިވާ އިތުރު 594 މީހުން ފެނިފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފި. ކޮރެއާ އަކީ މިހާތަނަށް ކޮރޯނާ ވައިރަސްގެ ކޭސްތައް ދެވަނަ އަށް އެންމެ ގިނައިން ފެނިފައިވާ ޤައުމު. އެޤައުމުގައި ހަލުވިކަމާއެކު މި ނުރައްކާތެރި ވައިރަސް ފެތުރެމުންދާއިރު މިހާތަނަށް އެޤައުމުން 17 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ކޮރެއާއިން ކޮރޯނާ ވައިރަސް އަށް 2931 މީހަކު ޕޮޒިޓިވް ވެފައިވޭ. މީގެ ތެރެއިން 7 މީހެއްގެ ހާލު ސީރިއަސް.

08:27

00:59

00:40

ސްވެޑެން އިން އިތުރު 4 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން 11 މީހަކު ވަނީ ކޮވޮޑް19 އަށް ޕޮޒިޓިވްވެފައި

00:38

އިނގިރޭސިވިލާތުންވެސް އިތުރު އެކަލު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި. މިހާރު އެ ގައުމުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 20އަށް އަރާފައި.މީގެ ތެރޭގައި ވަކި ގައުމުތަކެއްގެ ގޮތުގައި ބަލާނަމަ ނޮދާން އަޔަލޭންޑް އާއި ވޭލްސް އިން ޕޮޒިޓިވްވި މީހުންވެސް ހިމެނޭ. ނަމަވެސް މިއީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ގައުމުތަކެއް.

00:33

އެމެރިކާއިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެެއްޖެ. މިހާރު އެ ގައުމުން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 62 އަށް ވަނީ އަރާފައި. މީގެ ތެރޭގައި ޖަޕާނުގެ އޮތް ކްރޫސްލައިނާ އިން ޕޮޒިޓިވްވި މީހުންނާއި ޗައިނާއިން އެނބުރި ގައުމަށް ެގެނައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުން ވެސް ހިމެނޭ.

00:30

އިސްރާއީލުން އިތުރު އެކަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 7 އަށް ވަނީ އަރާފައި.

00:13

ސްޕޭނުން އިތުރު ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 34 އަށް އަރާފައި.

އިސްރާއީލުން އިތުރު ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 06 އަށް އަރާފައި.

އިރާޤުން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 08 އަށް އަރާފައި.

ފްރާންސުން އިތުރު 16 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 16 އަށް އަރާފައި.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި، ރޯގާއަށް ތައްޔާރުވާން މިހާރު ދުނިޔެއަށް އޮތް ވަގުތު ކުޑަތަން ވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯ އިން މިރޭ ވެސް ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލެއް ނެތި އިޓަލީވިލާތް، އީރާން އަދި ދެކުނު ކޮރެއާގައި ބަލި ފެތުރެމުން ދާއިރު އެގައުމުތައް މެދުވެރިގެން އެހެން ގައުމުތަކަށް ވެސް ބަލި ދަނީ ފެތުރެމުންނެވެ.

ބަލީގެ ބިރުވެރިކަން އިތުރުވަމުން ދާއިރު ދުނިޔޭގެ އިޤުތިޞާދަށް ވެސް ދަނީ އެކަމުގެ އަސަރު ކުރަމުންނެވެ. އިޤުތިޞާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދާނަމަ 2008 ވަނަ އަހަރު ދުނިޔެ އާއި ކުރިމަތިވި ފަދަ އިޤުތިޞާދީ ތަދުމަޑުކަމަކާއި ދުނިޔެ ކުރިމަތިލާން ޖެހިދާނެއެވެ. އެކަމުގެ އަސަރުތައް މިހާރު ދަނީ ހިއްސާގެ ބާޒާރުތަކުން ފެންނަމުންނެވެ.

މިއަދު ފާހަގަ ކުރެވުނު އިތުރު ޚަބަރުތަކަށް ބަލާއިރު އީރާނުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ސިއްރު ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކުގައި ހަޤީޤަތެއް އެކުލެވިގެންވާކަން ވަނީ ހާމަވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ފޭކް. ތިހާ ބާރަށް ފެތުރޭ ބައްޔެއް ވެސް ނޫންކަމަށް އޭރު ހެލްތުން ބުނީ 3 ފޫޓް ދުރަށް އެކަނިޔޭ އަސަރު ހުންނާނީ. މިހާރު މިވާގޮތަކީ ފޭކް ޖައްސަންވެސް ނޭނގެނީ. މިސާލް: "21:00 ނިއުޒިލޭންޑުން ކޮވިޑް 19 ފެނިއްޖެ. 2104 ދާދި ދެންމެއަކު އޮސްޓްރޭލިޔާއިން 15 މީހުން އެއްފަހަރާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ"...
    ތެދެއް ވަގުތު ކުޑަތަން ވަމުން އެބަ އާދޭ. 11 ދުވަހަށް ވެއްޖެ. ކޮވިޑް ފިޔަވަޅު އަވަސްކުރޭ.