ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވާތީ މިއަދު ބޭއްވި އަޑުއެހުން ނިމުމާއި އެކު އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ބަޔާނެއްގައި ސޮއި ކުރުވުމަށެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރިއެވެ. އެދުވަހު ފުލުހުން އެމަނިކުފާނާއި ސުވާލު ކޮށްފައި ވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި ގުޅިގެންނެވެ.

ފުލުހުން ހުކުރު ވިލޭރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ކުންފުނިތަކުން ބޭރު ފައިސާ ގަންނަން އެމްއެމްޕީއާރްސީ އަށް 220 މިލިއަން ރުފިޔާ ހޯދުމަށްފަހު އެފައިސާ އަށް ޚިޔާނާތްތެރިވުމާއި އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމް.އެމް.ޕީއާރުސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.ޕީ.އާރުސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 111800 މިލިއަން ޑޮލަރު ލޯންޑާ ކޮށްފައިވާ މައްސަލައިގައި ކަމަށެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ހުރިހާ ފައިސާއަކީ ރައީސް ޔާމީން ބޭނުން ކުރެއްވި ފައިސާ ކަމަށް ފުލުހުން ތުހުމަތުކޮށް އެމައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާއިރު، އެމައްސަލައަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުންނެވީ ގޭބަންދުގައެވެ. އަދީބުގެ މައްޗަށް ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އުފުލާފައި ވީނަމަވެސް އެއްވެސް މައްސަލައެއްގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ.

އަދީބުގެ އިތުރުން ވެސް އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފައިސާ ލިބުނު އެތައް ބަޔަކު މިސަރުކާރުގައި ވެސް އެބަތިއްބެވެ. ނަމަވެސް ދާދިފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު މިހާރު އޮތީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ފަޟީލާ

  ޔާމީން މިވަނީ މި ސަރުކާރަށް ބިރަކަށްތާއެވެ؟ ކިތަންމެ ފޯރިއެރިޔަސް ތެދުވެރި ގުނުމަކުންގުނައިފިނަމަ އިންތިޚާބުގެ ބިޔަ މެޖޯރިޓީ ނަގާނީ ޔާމީންގެ ސަޕޯޓަރުން! ރިޔާސީ އިންތިޚާބުގައިވެސް 70 ޕަސެންޓް ވޯޓު ލިބުނީ ޔާމީނަށެވެ. ވެރިކަމަށް އަރާ ތިތިބީ ވައްކަންކޮށްގެންނެވެ.

  119
  5
  • Anonymous

   ޑރ ޖަމީލަށް،
   ވެދިން ސަލާމް.
   ރައީސް ޔާމީން އަރިހުގައި ވިދާޅުވެ ދެއްވާ، ޞަލަވާތުލްނާރިޔާ 4444 ފަހަރު ކިޔާ ދުޢާ ދަންނަވަން. އިންޝާﷲ އެދިވާޑައިގަންނަވާ ކަމެއް ﷲ މިންވަރުކޮށްދެއްވާނެ.
   ރައީސް ޔާމީނަށް ވަރަށް ވެދުން. މަނިކފާނަށް ﷲ ގެ ރަހުމަތާ ބަރަކާތް މިންވަރުކުރައްވާށި. އާމީން.

   24
   1
 2. ނޮޅިފިސް

  ތިޔައުޅެނީ ރައީސް ޔާމީނުގެ ދުވަސް ދުއްވާލެވޭނެ ކަމަށް ހިތާތޯ؟ މާތްﷲގެ އިރާދަފުޅާއެކު ތިޔަކަމެއްނުވާނެ. އިންޝާﷲ

  126
  2
 3. އެދުރުބެ

  ތަފިރިއެ ރ ޔާމީން އެއި ކާވެނި ހަދުވަގަނު. ތަފިރިން ކެރާނެ އެހެން ކަމަށް ނެތްމެއި.

  57
 4. ލޮލް

  މިހާރު އެއުޅެނީ ބިރުން....

  77
  2
 5. މުހައްމަދު ހިލްމީ

  މީނާ މީ ދެން އެބުނާހެން ހަމަ ބޮޑުވަގެއްތަ ؟ ތަރައްޤީ ވެސް ކުރިދޯ! އެކަމަކު ދެން މިހާ ބޮޑެތި ޢަދަދުތައް ކިޔަންޏާ ކޮންމެސް ކަންތައްތަކެއް ހިންގާފަ ހުރިހެން މަށަށްވެސް ހީވޭ މިހާރު! ނޫންނަމަ ދެން މިވަރެއްނުވާނެ ހެންހީވަނީ! ބުރޯ އާ ޒިޔަތު ކުރިން ދެއްކިވާހަކައިން ވެސް ދެންމިހާރު އެބަ ޔަޤީންވޭ، ޤަބޫލުކުރާހިތްނުވިޔަސް މިއީ ރަނގަޅުމީހެކޭ މިހާރު ހަމަ ޝައްކު! ނޭނގެ ދެން!

  15
  105
  • Anonymous

   މި މީހުންނަށް ދީންވެސް އޮޅިއްޖެވިއްޔާ މިހާރު. އެހާ މުހިންމު ކަމެއް އޮޅޭ އިރު ރައީސް ޔާމީން ވަގެކޭ ގޮވާ އިރަށް އެކަން ގަބޫލު ކުރާނެކަން އެއީ ޝައްކެއްވެސް ނެތް ކަމެއް. ސާބަސް ލާދީނީސް

   15
   1
  • އައްޑޫ މީހާ

   ވެރިކަން ކުރުމުގެ ބާރާއި ކޯޓްތަކާއި ޖުޑިޝަރީ މުށުތެރޭގައި ނުވިތާކަށް ޕޮލިސް ސަރވިސް މުށުތެރޭގައި ދެން ތިބޭފުޅާގެ މައްޗަށްވެސް ބޭނުން އަދަދަކުން ވައްކަން ކުރިކަމަށް ހުކުމް ކުރެވިދާނެ ހަގީގަތް އޮޅުވާލަން ކުރާ ކަންތައް އަހަރުމެންނަކަށް އޮޅުވައެއް ނުލެވޭނެ

 6. ނަސީދު

  ކޮބާހޭ ބުރޯ އަދިވެސް ވިއްލިފައި އެހެންވެގެން ނުވާނެ ބުރޯއަކިވެސް ވަގެއް

  74
  1
 7. އަބު

  މިހާރުވެސް ޒީރޯ ޓްލޮރަންސްގެ ދަށުން ކޮރަޕްޝަން ހިގާކަން މިދަނީ ހާމަވަމުން..

  74
  2
 8. ޝިދާތާ

  އަދީބަށްވުރެ އިމްރާންގެ ނުރައްކާ މާ ބޮޑުވެއްޖެ

  65
  4
 9. ާއަފްލާ

  ޢިބު ހަނދާން ކުރާތި ވެރިކަން ނިމިގެން ދެން އަންނަ 5އަހުރު ކަލޭ ޖަލުގެ ކުޑަ ގޮޅީގަ ބައިންދާނީ ސާފް ހެއްކާއެކު ވޯޓް އޮޅުވާލި ވަގު ވޯޓް މައްސަލާގަ ވަގު ވޯޓުން ވެރިކަމައް އައިސްސަ ހުރީމަ ފުރަތަނަ އެމައްސަލަ ބަލާނީ އޭރު މަހުންނާނީ ހޯމް މިނިސްޓަރަކައް

  76
  3
 10. ކަނަމަނަ

  ފުލުހުންގެއިދާރާވެސް ހިގަނީސިޔާސީނުފޫޒްގެތެރެއިން ކިތައްމެވަޔާނެއްނެގިއަސްހަގީގަތް މިހާރު ދިވެހިރައްޔަތުންނައް އައްނަނީ ހާމަވަމުން ވަގުތުއައިސްޖެހުނީމަ ހުރިހާއާރަކާއިބާރެއްގޮސް ނިކަމެތިވުމައްނަގާނީ މަދުސިކުންތުކޮޅެއް

  65
  3
 11. ފައިވާން

  ފުލުސްއޮފީހުގަ ހުންން އެއްޗިހި ތަންތަނަށްލާ ތަޅުލާފަތަ ހުރީ.

  45
 12. ޒީރޯޓޮލޮރެންސް

  ބަލަ ބޮޑަތި ޢަދަދު ތަކުން ވައްކަންކުރި ވަގުން ތިބީ ވެރިކަން ކުރާ ޕާޓީގައޭ ކިޔާތީ އަޑުއިވޭ އެއީ ތެދެއްކަމައް ވަންޏާ މިސަރުކާރުގެ ޒީރޯޓޮލޮރެންސްގެ ދަށުން މައްސަލަ ބަލަންނުކެރެނީ ކީއްވެގެންބާ ރައްޔިތުންނައް އެކަން ފަޅާއަރާފާނެތީބާ މިހާރު މިވާގޮތުން ޤަބޫލުކުރަންޖެހޭ އެއީ ތެދެއްކަމައް

  9
  2
 13. Anonymous

  ފުލުހުން ފެއިލްވެ އަނިޔާވެރިކަން އިންތިހާއަށް ތިގެންދަނީ. ﷲ އިރާދަފުޅުން ތިނުބައި އަމަލުގެ ސަބަބުން މި ވެރިކަން ނިމިހެން ދާދިއަވަހަށް ހިނގައިދާނެ.

  10
  1
 14. ހހހހ

  ފުލުހުން ތިއުޅޭގޮތުން މށޕ ގެ މެންބަރުންވެސް މިހާރު ގަބޫލުނުކުރޭ ރައީސްޔާމީން މމޕރސ ގެ ހިޔާނާތުގައި ހިނެނޭކަމަކަށް.

 15. ޝާޒް

  ފުލުހުން ބޭޒާރުވަނީ. ރައީސްޔާމީނަކީ ހަމަ ހީރޯއެއް. އިންޝާﷲ ތައީސް ޔާމީންނަށް ތިކަމުންވެސް ލިބޭނީ ރީތިނަމާ އިތުރު ދަރުމަ.

  11
  1
 16. ޙައުލާ

  މޑނ ހަމީދަށް ގާނޫނު އަސާސީގެ ފުތަމަ ބާބު ކިޔާލަދީބަލަ. ވެރިކަން ކުރުމުގެ ބާރުގައި އޮންނާނެ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ. އޭގައި ނޯވޭ ދައުލަތުގެ އިދާރާއެއްގައި ހިންގާ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޒިންމާވާންޖެހޭނެކަމަކަށް.

  9
  1
 17. ބްރޯ

  ތިޔަ ތަހުގީ ގާނޫނާ އެއްގޮތެވެޔެކެ ނުބުނެވޭނެ. ގާނޫނުގަ ބުނަނީ " ކޮންމެ މިނިސްޓަރަކުވެސް އެމިނިސްޓަރެއްގެ ދަށުގައިވާތަންތާގެ ކަންތައްތަކާއި އެ ތަންތަނުން ހިންގާ ކަންތައްތައް ރަނގަޅަށް ބަލަހައްޓަންވާނެ އެވެ. އަދި މިފަދައިން ސަރުކާރުގެ ކޮންމެ ތަނެއް ނުވަތަ ކަމެއް ހަވާލު ވެފައިވާ މީހަކުވެސް އެމީހަކާއި ހަވާލުވެފައިވާ ތަނެއް ނުވަތަ ކަމެއް ރަނގަޅަށް ބަލަހައްޓަންވާނެ އެވެ. އަދި ކޮންމެ މިނިސްޓަރަކު ވެސް އެނޫން ކޮންމެ ވެރިޔަކުވެސް އަދި ސަރުކާރުގެ ކޮންމެ މުވައްޒަފަކުވެސް އެ މީހެއްގެ އިހުމާލުން ގެއްލުމެއްވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަންވާނެ އެވެ" ގާނޫނަށް ބަލާ އިރު އެމްއެމްޕީއާރު ސީގެ މައްސަލާގެ އެއްވެސް ޒިންމާ އެއް ރައީސުލް ޖުމްހޫރިއްޔާ އުފުއްލަވާކަށެއް ނުޖެހޭނެ. މިވެނި މީހަކު ބުނެގެންނެ ކިޔާފަ ގާނޫނާ ހިލާފަށް ކަމެއްކުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެނެއްނުވޭ.ގާނޫނުއަސާސީގެ ބުނަނީ ގައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމުގެ ހައްގު ހުރިހާފަރާތަތަކަށް ވެސް ލިބިގެންވާކަމަށް. ވީއިރު އެމްއެމްޕިއަރުސި ގެ މައްސަލަ ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅުގެ އެޅުވޭނެ އެއްވެސް ހައިސިއްޔަތެއް އޮންނާނެކަމަކަށް ނުދެކެން.

  13
  1
 18. ހޫދު

  ސޯލިހަށް ބިރުބޮޑުވަނީ. މާދަމާ ކަންނޭނގެ ފުލުހަށް ގެންދާނީ. ހެލްތް މިނިސްޓްރީގެ ނިޝާމާގެ ކޮރަޕްޝަނުގައި ޒިންމާވާންޖެހޭނީ ސޯލިހު. މޑނ ހަމީދު އެޝްޓަބްލިޝްކުރި އުސޫލަކީ މިއީ.

 19. ދުއްމާރި

  ޕަވަރުކެނަދިފަ އޮތް ވެރިކަމެއް. ބިރުގަންނަލެއްބޮޑުކަމުން ގައުމުގެ ލީޑަރު ފަހަތުން ދުަވަނީ. ރައްޔިތުން ފުލުހުންނަށް ކުރަނީ މަލާމާތް. ގަޅިކަން އިންތިހާ ވެރިއެއް އެތާނގައި އެހުރީ.

  10
  2
 20. Anonymous

  ވެއިޓް އެންޑް ވޮޗް. ތައްޔާރުވަމުން ދަނީ. ނިމޭނ3. ނިންާލާނަން. 3 ފުރިހަމަ ކުރިއަކަ ނުދޭނަށް. 2 ބައި މުއްދަތަކީ. ޖަހާނެ ސަކަރާތެއް ޖަހާ. ދެވަނަ ދިއްލީއަށް މިތަން ތިބައިގަނޑު ހަދާލަން ތިއުޅެނީ. ނުދޭނަން ފުރުސަތެއް. ތާޖުއްދީންގެ ދަރިންފަދަ ގައްދާރުން ވެރިކަމުން ޖެހޭނީ ފައިބަން.

  13
  1
 21. މުހައްމަދު

  ސަރުކ ކާރު ހިންގަން ނޭގޭބޮޑު ވަގުންތަ ކެއް ވެރިކަމުގާ މިތިބީ! ރައް ކާވާން އުޅޭ ..
  މިދާވެރުން ދައްޔާ ރައްޔިތުން ނި ކުމެ ފައްސާލާނެ.

  9
  2
 22. Anonymous

  އަސަރަކާ އަދި ފޮނިކަމެއް ހުރި ހަމަ ފިނިފެންމަލެއް ރައީސް ޔާމީނަކީ. ގައުމުގެ ދަރިންގެ ހިތުގެ ވެރިޔަކީވެސް ހަމަ ރައީސް ޔާމީން. ފަހުލަވާނުންގެ ލަޝްކަރު އެބަ ނުކުމެއޭ ދެންއެދޭ ކާމިޔާބާށް ނިކަން.

  12
  1
 23. ދާދުބެ

  މޑނ ހަމީދު ތިޖަހާ ސަކަރާތަކުން މޑޕ ފިކުރުދަނީ މަރުވަމުން. ހަލާކު ހޯދާނީ އެބަޔަކު އަމިއްލަ އަތުންނޭ ބުނަނީ މިހެންވެ.

  11
  1
 24. އާޒިމް

  ބަޔަކު ދެން މީހަކު ދެކެ ބިރުގަތަސް ފުކެއް ބޮޑުވަރުދޯ؟ ކަލޯމެނަނަށް މިގައުމަށް ކޮށްދެވޭނެ ކަމެއް ނެތުނީމަ ބައިމަދު ޕާޓީގެ ގަޅިން ހިތްހަމަ ޖައްސުވައިދޭން ކުރާކަންކަން ތިއީ. އެކަމަކު ހަމަ އަތަށް ގޮވަނީ. ޕާޓީ ސަޕޯޓް ދަނީ ގެއްލެމުން.

  8
  2
 25. Anonymous

  އަނިޔާ ލިބޭ މީހާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވާނެ. މިއަނިޔާވެރި ނާއިންސާފު ނުބައި ވެރިކަން ވެއްޓުމަށް އެދި އަހަރެމެން އެއިލާހުގެ ހަޟްރަތުގައި ދަންނަވަނީ.

  11
  1
 26. އާސިފު

  ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށްދަނީ. ބަލަ ބުރާންތިތަކާ ތިކަމުން ކަލޭމެނަށް ލިބެނީ ގެއްލުމޭ ތިހެން ރައީސް ޔާމީން ދަމާ ކޮންމެ ދުވަހަކު ޕާޓީގެ އެތަށް ސަތޭކަ މީހުނެއް ޕާޓީއާ ދެކޮޅަށް ނުކުންނަކަން އެނގޭތަ؟

  10
  1
 27. ޝާމިލާ

  އަދުލުވެރި ވެރިކަމެއްނެތްނަމަ އެތަނެއް ﷲ ތަޢާލާ ހަލާކު ކުރައްވާނެ. ގަދަ ފަދަ ނަގޫރޯޅިއެއްކަމެއް. ހޮނުގުގުރިއެއްކަމެއް ސުނާމީއެއްކަމެއް، ކޮރޯނާއެއްކަމެއްނޭނގޭ. ޔަގީނުން އެނގޭކަމަކީ އެފަދަތަނެއް ހަލާކު ކުރައްވާނެކަން.

  9
  1
 28. މަންސޫރު

  މިވެރިކަމުގައި ސިއްކަޖެހެން މާގިނަދުވަހެއް ދެންނުނަގާނެ އިންޝާﷲ.

  9
  2
 29. Anonymous

  238 މީހުންގެ ތަހްގީގު ހިންގާނެ ކަމެއް ނެތެއްނުދޯ. ސަދޫމުގެ އިންސާފު ހިނަގީމަ ހުންނާނީ ރަނގަޅަށް. ސަދޫމް ފަދައިން މިގައުމު ބަންޑުން ޖައްސަވާލައްވަން ﷲ ތަޢާލާ މިންވަރު ނުކުރައްވާ، މިގައުމު އަދުލުވެރި ވެރިއެއްގެ އަތްމައްޗަށް ފުރޮޅުއްވާލަދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަން. އާމީން.

 30. Anonymous

  ބަޔާނުގައި ސޮއިކުރުވަން ތިގެންދިޔައީ ޕާޓީކުދިން ރުއްސަން؟ ވަނީ ދިމާ އިދިކޮޅަށް. އެމީހުން ލަދުގަނޭ މޑޕ އޭ ބުނަންވެސް. އަނިޔާވެރިކަމާ ބޭއިންސާފުން ޖަލަށްލާފަކަމަށް މިހާރު އެމީހުންނަށްވެސް ގަބޫލު ކުރެވޭ

  4
  1
 31. ގަންޖާފޯސް

  އިބޫސޯލިހަށް ބުނެލާނީ ރައީސްޔާމީން އަށް ލިބުނު ވެރިކަމެކޭ ތިބައިކަޑު ވަގަށް ންފޭރިގަނެގެން ތިއުޅެނީ ކިތަމެވަރަކަށް ފުލުހުން ލަވައި ރަޔާމީން ދެކޮޅަށް ދެމިޔަސް އެމްޑީޕީ ފިޔަވައި ރަޔާމީން ވައްކަން ކުރިކަމަށް ޤަބޫލްކުރާ ދިވެހިރައް ޔަތަކު ނޫޅޭ ﷲހުރި ހައިކަމެއް އެންމެމޮޅަ ށްދެނެވޮޑިގެންވޭ ރައީސްޔާމީން ގެބޮލުގައި ދޮގުތުހުމަތުއަޅުވާ ހުރިހާ މީހުނަށްﷲ ލައުނަތް ލައްވާށި އާމީން

  6
  1
 32. ޖަރީމާ

  ރައީސްމީން ފުލުހަށް ތިދަމާ ހުރިހައި ފުލުހުން ތިތިބީ ގާނޫނާއި ހިލާފުވެފަ ތިހުރިހާ ފުލުހުންނާއި މެދުގާނޫނީ ވެރިކަމެއް ކުރާދުވަހުން ފިޔަވަޅު އެޅޭނެ ގާނޫނާއި ހިލާފު ވެރިކަމެއް ކުރަމުން ދާބަޔަކަށް އެއްބާރުލުން ދިނުމަކީ ވެސްބޮޑުކުށެއް އެމްޑީޕީ މީހުން ކުރާ ނުބައިކޮންމެ ކަމަކަ ފުލުހުން އެއްބާރުލުން ތިދެނީ މިނޫން ދުވަހެއް އަތުވެދާނެ ކަމަހިތަށް ނާރާތިބެ ވިސްނާ ފުލުހުން ތިހިންގަމުން ގެންދާ ޖަރީމާގެ ބަދަލު ކޮމެވެސްދުވަހަކުން ތިކަމުގައި ހަރަކާތް ތެރިވާހުރިހައި ފުލުހު ނަށް ﷲދައްކަވާނެ!

  8
  1
 33. ުޔާﷲ

  މާތްﷲ ރައީސްޔާމީން އަށްހިތްވަރާއި ކެއްތެރިކަން ދެއްވާށި އާމީން

  8
  1
 34. ބްރޯ

  ގާނޫނު ނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދަާ ބައްލަވަލައްވަާ ގާނޫނުގަ އޮތީ ކީކޭތޯ ؟ މިއި މިހާރުވެސް ހިގާ ގާނޫނެއް . މިގާނޫނު ބުނާގޮތުން ރައީސުލްޖުމަހޫރިއްޔާގެ މަގާމުގާ ހުރި މީހަކު ތިޔަ އެމްއެމްޕީއާރު ސީ ގެ އެއްވެސް ޒިންމާ އެއް އުފުއްލަވަން ނުޖެހޭނެ.

  7
  1
 35. ހހހހ

  ރައްޔިތުން މިހާރު ފުލުހުންގެ މުއައްސަސާއަކަށް އިތުބާރެއްނުކުރޭ. ގާނޫނާ ހިލާފުކަންކަން ތިކުރަނީ. އެއްވެަް ގާނޫނެއްގައި ބުނެފައުނުވޭ ގައުމުގައު ހިނގާ ހުރިހާ ޖުށެއްގެ ޒިންމާ ގައުމުގައި އެވަގުތަކު ހުރި ވެެިއެކޭ ނަގަންޖެހޭނީ. އަދުލުވެރިކަމު ް އެއކިބާވެ އަނިޔާވެރިކަން އިންތިހާއަށް ތިދަނީ. ހިތަށް އެިމީހެއްގެ މައްޗަށް ހިތަށް އެރި ތުހުމަތެއް ކުރަންވީ؟ ރައްޔިތުންނަށް ނާމާން ބިރުވެރިކަންތައް މިގައުމުގައި މިހިންގަނީ.

  7
  2
 36. ގުލް

  ފުލުހުން ގާނޫނީ އިމުންބޭރުވުންތިއީ. ރައީސްކަން ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް. ވެރިކަމުން ފައިބާއިރަށް ދައުރުގައި ހިނގާ ހުރިހާ ކަމެއްގެ ތަހްގީގު ހިންގަން ފަށާނެކަން ތިމަމުން އެނގެނީ. މިއަދު ޔާމީން މާދަމާ ނަޝީދާ ސޯލިހު. ތައްޔާރުވޭ. ކިރިއަށް އޮތީ ފުލުހަށް ދެމުން.

  7
  1
 37. ނުހައްޤުންޖަލު

  އިބޫއަންނި އެމްޑީއެން ހަމީދު ބުނެގެން ފުލުހުން ރައީސްޔާމީން އަށްތިކުރަމުންދާ އަނިޔާ ހުއްޓާލާ ރައީޔާމީން ވައްކަން ނުކުރާކަންރަށްޔަތުން ނަށްއެނގޭ ރޔާމީން ދޫކޮށްލާ ހަދަހަދައިގެން ރޯބުކުތާ ދޮގުތުހުމަތު ރަޔާމީން ބޮލުގައި އެޅުވިޔަސް ރަޔާމީން ވައްކަން ކުރިކަމަކަށް ނުވާނެ ހަޖަމްނުވައްޏާ ކަލޭމެ ނަށްތެޅުވުނު ވަރަކަށް ތަޅުވާ ރައްޔަތުން ކަލޭމެންތިކުރާކަންތައް ރަށްޔަތުންބަލައެއް ނުގަނޭ ރޔާމީން ވައްކަން ނުކުރާކަން ރައްޔަތުން ނަށްވަރަށް ސާފު ރައީސްޔާމީން ދޫކޮށްލާ

  5
  1
 38. އެމްޑީޕ އަށް ވޯޓުހަރާމް

  ހަޖަމް ނުވި އަރުމާ ޖަލްސާފުރިއުތުރިއަރައި ގެންދިޔައީ އައްޗިވެރިކަމުގައި ތިބިލާދީނީ މީހުންގެ ގައިން ރަލުގެނުބައި ވަސްގަދަކަމުން ރައްޔަތުންނަށް ކެތް ނުވާތީ ކަލޯމެން އިސްތިއުފާ ދިނަސް ނުދިނަސް ރަށްޔަތުންގެ ތާއީދު އެމްޑީޕީ އަށް ހަތްހަރާމުން ހަރާމް:

  7
  1
 39. ހަރާމް

  ބަނޑަށްޖެހުނަސް މަށާއި ގުޅުންހުރިއެން މެންގެ ވޯޓު އެމްޑީޕ އަށް ހަރާމް

  8
  1
 40. ޢަންސާރު

  މި ސަރުކާރު ވެއްޓެނީ

  8
  1