ރ.މަޑުއްވަރީގައި ހަރުކަށި ފިކުރާއި ޓެރޮރިޒަމަށް ބާރުދޭ މީހުން އުޅޭކަމަށް ބުނެ ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާ ކުރުމަށްފަހު އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލާގައި ދައުވާކުރުމަށްފަހު ކޯޓަށް ހުށަހަޅާފައިވަނީ ފަސް މީހެއްގެ މައްސަލައެވެ. އެކި މީހުންގެ މައްޗަށް ކޮށްފައިވަނީ އެކި ދައުވާއެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކޮށް، އެ ފިކުރު ދިވެހިރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލގައި ރ. މަޑުއްވަރިން ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ހުށަހަޅާފައިވާ ކަމަށެވެ.

މަޑުއްވަރީ އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި ރ. މަޑުއްވަރި، ގުލްއަލާގެ، އިބްރާހީމް ޖިހާދުއާއި، ރ. މަޑުއްވަރި، މީރާ، ޙަސަން ރާޟީއާއި، ރ. މަޑުއްވަރި، މީޒާން ޙަސަން ސިޔާދުއާއި، ރ. މަޑުއްވަރި، މީޒާން، އާދަމް ސުހައިލްއާއި، ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާ ޕީޖީން ވަނީ ކޮށްފައެވެ. މި މީހުންގެ ތެރެއިން ޙަސަން ރާޟީއާއި އިބްރާހީމް ޖިހާދުއާއި މީޒާން، އާދަމް ސުހައިލްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ކުރެއެވެ. ހަމަ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މި ތިން މީހުންގެ މައްޗަށް ކުރާ ދައުވާއަކީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުމުގެ ކުށުގެ ދަޢުވާއެވެ.

ހަމައެއާއެކުގައި ޙަސަން ރާޟީގެ ގާނޫނުލްއުގޫބާތުގެ ދަށުން އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދަޢުވާވެސް ވަނީ ކޮށްފައެވެ. މީގެއިތުރުން ރ. މަޑުއްވަރި، ސަޢީދާމަންޒިލް، މުޙައްމަދު މައުޖޫދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާވެސް ޕީޖީން ވަނީ ކޮށްފައެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިންވެގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުއެވެ. މަޑުއްވަރީގެ ބައެއް ގެތައް ފާސްކޮށްފައި ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް، އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުން ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް، ހައްޤަކާއި ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާޢީ ކުށްތައް ކުރަމުން ދާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ލާދީނީ ފިކުރުގެ ޕޮރަޕެގަންޑާ

 2. ނީނީ

  ކޮބާ ސަހިންދާ މެންނަށް ހިމާޔަތް ދިނީ ދޯ. ތީހަމަ ލާދީނީ ބަ އި ގަނޑެ އްކަން އިތުރަށް ހާމަވަނީ

 3. ތެދުބަސް

  ތިޔަ ހުރިހާ ފޮޓޯއަކާ ލިޔެކިއުންތަށް ރާއްޖޭގެ 99 ޕަސެއްޓް މީހުންގެ އަތުގައި ހުންނާނެ.ފޯނު ގެންގުޅޭ އެއްމެންގެ އަތުގައި ހުންނާނެ.އެހެން ވިއްޔާ ތިޔަ ދަޢުވާ ރާއްޖޭގެ ހުރިހާ ރަށްޔިތުން ނަށް ކުރެވޭނެތާ! ވަރަށް ބަލިކަށި ސަބޫތު ތަކެއްމީ.ނަމަވެސް ކިޔާފަ ހުކުމް ކުރެވޭނެ މިހާރު ރައީސް ޔާމީން އަށްވެސް ނުހައްގުން ހުކުމް ކުރީތާދޯ.

 4. ޙަސަނާ

  މީ ދެންކިހާ ހެއްވާސަރުކާރެއް ޓެރަރިޒަމް ގާނޫނު ވެސް މިބޭނުންކޮއްލަނީ ދީނާދެކޮޅައް ސީރިޔާގަ ހަގުރާމައްހްދާވަހަކަ ކިއާ ހަދާއިރު ބޭރުގައުމުތަކުގަ ފިލާތިބެގެން ދިވެހިންތަބާވެގެން ތިބި އިސްލާމްދީނާދެކޮޅައް ބޭރުގެ ފައްޅިތަކާގުޅިގެން ހިންގާފާޝިގުއަމަލުތަކާ ކުރާފުރައްސާރަ އެއީޓެރަރިޒަމަކައްނުވޭ ނުވާތާކައް އެމީހުން ހިތްރުއްސަންވެގެން ރައްރަށައްއަރާ ސުނނަތާ އެއްގޮތައް ދީނައްއުޅުންހަރުކަށިފިކުރޭކިއާފަޞަޔަކުހައްޔަރުކޮއްދީގެން ރޫހާނީލޭޑަރުމިއޮއްގެންތެޅިއަރުވަނީ..5ޢަހަރު ނިމެންވާއިރައްމީނަގެ އެޖެންޑާހިންގާނިންމާލަންވެގެން..