އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ތިން ކުއްޖަކު މޫދަށް އެރި އުޅެނިކޮށް، އޭގެ ތެރެއިން ދެ ކުއްޖަކު ވަނީ ގެއްލިފައެވެ.

މިހާދިސާގައި ސަލާމަތްވި ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު، އެ ކުއްޖާ ސަލާމަތްކޮށް ދިނީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާ އަށް އެންމެންގެ ތައުރީފް އަންނަނީ އޮހެމުން އެވެ.

އިއްޔެ ހިނގި މި ހާދިސާގައި އެހީއަށް އެދި ހަޅޭއްލަވަމުން ދިޔަ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ބޮޑެތި ރާޅުތަކުގެ ތެރެއިން ސަލާމަތްކޮށްދިނީ ހިތަދޫ، ބޭރުމަތި އަވަށު، ބުލޫ ރޯޒް ހަސަން ދީދީ އެވެ. އޭނާ އަކީ ކަންފަތަށް އަޑު ނީވޭ، އަދި ވާހަކަ ނުދެއްކޭ މީހެކެވެ.

ތިން ކުދިން މޫދަށް އެރި އުޅެނިކޮށް އޮޔެ ގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލެވި ވަގުތު ގޮނޑުދޮށުގައި ތިބީ އެ ރަށުގެ ދެތިން އަންހެނަކާއި ހަސަން ދީދީ ކަމަށް ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތިން ކުދިން މޫދަށް އެރި އުޅެނިކޮށް އޮޔެ ގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލެވި ވަގުތު ގޮނޑުދޮށުގައި ހުރި ހަސަން ދީދީއަށް އެ މަންޒަރު ފެނުމާ އެކު މޫދަށް ފުންމާލާ ގޮނޑުދޮށާ އެންމެ ކައިރިއަށް އެވަގުތު އޮތް ކުއްޖާ ވަނީ ސަލާމަތް ކޮށްފައެވެ.

އޭރު ނަގަމުންދިޔަ ބޮޑެތި ރާޅުތަކުގެ ތެރެއިން އެ ކުއްޖާ ސަލާމަތްކުރި އިރު ދެންތިބި ކުދިންގެ ހިލަމެއް ނުވެއެވެ.

މަންޒަރު ދުއް މީހަކު ކިޔައި ދިން ގޮތުގައި އެ ހިސާބުން އަންހެން ވެރިންތައް އެއްގަމަށް ގޮސް ހަޅޭއްލަވަން ފެށީމާ މީހުން ވަނީ އެ ސަރަހައްދަށް އެއްވާން ފަށާފައެވެ. އޭގެ އިރުކޮޅެއް ފަހުން ސިފައިން އެ ކުދިން ހޯދުމުގެ މަސައްކަތް ވެސް ފެށި ކަމަަށެވެ.

" އެސަރަހައްދުގެ ބާނީތައް ވެސް ހުރީ ބޮޑުކޮށް. ފުރަތަމަ އެއް ކުއްޖަކު އޮޔާ ދަމައިގަތީމާ ދެން ތިބި ކުދިން އޭނާ ސަލާމަތްކުރަން ދިޔައީ،" ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މި ދެ ކުދިން ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ތިން ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ. އަދި މިއަދުވެސް މި ކުދިންގެ ހޯދުމުގެ މަސައްކަތަކަށް ވައިގެ މަގުން ހެލިކަޕްޓަރު ހުއްޓުމެއް ނެތި ބޭނުން ކުރާނެ ކަމަށާއި، އެމްއެންޑީއެފްގެ ކޯސްޓްގާޑުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ހިތަދޫގެ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނީ ހިތަދޫ ޗަނބޭލީގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީ އާއި އުމުރުން 14 އަހަރުގެ ޓޮޕާޒް މަޔާމީން އަލީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މިސިންގް

    ކުއްޖާ ސަލާމަތް ކުރި މީހާ ހީރޯ އަކަށް ވުން އޯކޭ. ދެން ކީއްވެގެންތޭ އުދަ އަރާ ދުވަސަް ވަރެއްގައި ޝެޑިއުލް ގައި ނުވެސް ހިމެނޭ ކަމެއް ކަމަށްވާ މޫދަށް ދާން ޖެހުނީ ފުއްޓަރު ފަރާތަށް ސްކޫލްގެ ޒިންމާއަކީ ކޮބާ. ތަމެން ދަ ކަންޓްރީ ސައިޑޭ މެންގެ ވަން ސެންސް މަދޭ ބުނަން މަމެން ނެތީމު ދޯ.

    • ބުލޫ

      ބައެއްކަހަލަ ކަންކަމަކީ އިހްމާލުން ވާކަންކަން.އެކަމަކު އަނެއްބައި ކަންކަމަކީ އިހްމާލެއް ނެތި ވާކަންކަން.މިހާދިސާގެވެސް ހަޤީޤަތް ރަނގަޅަށް ނޭންގިތިބެ އަނެކުން ކުއްވެރިކޮށް ވާހަކަ ނުދައްކަބަލަ.

  2. ނޫސްގަނޑު

    ޑެފް ޕީޕަލް މޯރ ސްމާރޓް. ސާބަސް ތިޔަ މީހާ އަށް. އާއިލާއިން ބަލައިގަންނަން ޖެހޭ މިކަންތައް

  3. ާާަަަނަހޫ

    ގައުމީ ފެންވަރުގެ އެވޯޑެއް ހައްގު މީހެއް އެއީ.މިފަދަ މީހުންގެ އަގު ވަޒަން ކުރަންޖެހޭ

  4. ޢައިޒަލް ހުސެއިން

    ޙެލިކޮޕްޓަރުގައިި އުޅެނީ މުޅިންވެސް އިންޑިއާ ސިފައިން. ޑިވެހި ސިފައިން ނާރުވާ އަމިއްލައަށް ބުރެއްޖަހާލާފައި މަޖާކޮށްލާފައި ތެޔޮހުސްކޮށްލާފައި އައިސް ޖެއްސީމަ ސަރުކާރުން ތެޔޮއަޅާދިީމަ އަނެއްކާ ފިނިބުރަށްދަނީ. ޢެމީހުން ނުވެސްh އުޅޭ ހޯދާކަށްވެސް. އިންޑިއާ ސިފައިން ދިވެހިންނަށް އޮޅުވާލައިގެން މިތާ އަބަދަށް ދެމިތިބެންވެގެން ޖަހއިގެންއުޅޭ ރޮކެޓެއްތިޔާއީ. ފޮނުވާލާ!!

    • ައިންޑިއާ

      ހެލިކޮޕްޓަރުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ އިންޑިއާ ސަރުކާރުން އޭގެ ތެެރޭގައި ތެޔޮވެސް ހިމެނޭ. ރާއްޖޭގެ ސަރުކާރުން ހަމައެކަނި ހަމަޖައްސަނީ ޕައިލެޓުންގެ އެކަމަޑޭޝަން އެކަނި

  5. ސިކު

    ތިޔަ ގޮވާ ގޮވެލި ފައްޗެެއް ދޯ. ބަލަ މިހާރު އެދުއްވަނީ ދިވެހި އުފެއްދުމެއްބާ