ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުނު ދެ ފަތުރުވެރިން ތިބި ރިސޯޓަށް އަރާފޭބުން މަނާކޮށްފިއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް ތިބި މި ދެފަތުރުވެރިން ތިބީ ސަމަރ އައިލޭންޑް ރިސޯޓުގައެވެ. މި ދެމީހުންނަކީ ފްރާންސް އަށް ނިސްބަތްވާ ދެމީހުންނެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ، ރިސޯޓަށް އަރާފޭބުން ހުއްޓުވާފައި ވަނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލުކުރަން އޮންނަ ގޮތުގެ މަތިން ކަމަށެވެ.

މި ދެމީހުންގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އެމީހުން މޮނީޓާކޮށް ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް އެ ދެމީހުން ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ފަތުރުވެރިއަކު މިއަދު ފެނިފައިވާއިރު، ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައި މީގެ ކުރިން ޗުއްޓީ ހޭދަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދަސްވާރު

  ގައިޑްލައިނަށް ކަންކަން ކުރަމުންދަނިކޮށް މުޅިދުނިޔެއަށް ބަލިފެތުރިގެން އެދަނީ!

  13
 2. ސަންފަ

  ގެސްތުން ރާއްޖެ ގެނައުންް ހުއްތާލުމައް ގޮވާލަން

  18
 3. ލާމް

  ކޮން ފްލައިޓް އަކުން އައީ؟ ވަގުތު ނޫހުން ޗެކްކޮށްލަ ދީބަލަ؟