ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރިސޯޓުގެ އެލާޓް ލެވެލް "އޮރެންޖް"އަށް ބަދަލުކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މިހާރުގެ އެ ހާލަތާއި ގުޅިގެން ކުރެއްދޫ ރިސޯޓްގެ ހާލަތު އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ރަށަށް މީހުން އަރައި ފޭބުން މަނާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގައެވެ.

އަމީން ވިދާޅުވީ، ޕޮޒިޓިވް ވެފައިވާ ދެ މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުން ބަލަމުން އަންނަ ކަމަށާއި، އަދި އިތުރު މީހުންނާއި ދިމާވެފައިވޭތޯވެސް ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ރިޕޯޓްތައް އާދޭ، ކުރެއްދޫ ގައި އުޅެފައި އެހެން ތަންތަނަށް މީހުން ގޮސްފައިވާކަން. އަޅުގަނޑުމެން މިހާރު މިދަނީ އެކަންކަން ބަލައި ވެރިފައިކުރުން. އަދި މިކަމުގެ އަލާމާތްތަކެއް އިތުރު ބައެއްގެ ގައިން ފެނިފައިވޭތޯ މި ދަނީ ބަލަމުން". އަމީން ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބަައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ކުރެއްދޫ މިވަގުތު އޮތީ މޮނީޓަރިން ސިޗުއޭޝަނެއްގައި ކަމަަށެވެ. އެހެންކަމުން އެރަށޫގައި ތިބި މީހުންގެ އާއިލާއިން ކަންބޮޑުވުނުމަށް އަޅުގަނޑު އެދޭ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ދެ ބިދޭސިންނެވެ. އެއީ އެ ރިސޯޓުގެ މެނޭޖްމެންޓް ލެވެލްގެ ދެ މުވައްޒަފުންނެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މޯޑު

  ނަޝީދުގެ ދުލުގެ ވިހަ ޖެހުނީ

  24
  2
 2. ނޮންނު

  ނުލަފާ ޖައްބާރުން ތިބޭ ކޮންމެތަނަކަށްވެސް މާތްﷲ ގެ ކޯފާ ފުނުއްވާނެ....މި ގައުމުގަ ތިބި ނުބައި ޖައްބާރުންގެ އަދަދު މަދެއްނޫން މިހާރު...އަންނި އަކީ އެ ޖައްބާރުންގެ ވެރިޔަކަށް ހުރިމީހާ...އޭނަ މި ގައުމު ހަލާކު ކޮށްފި....އޭނަގެ ސުންޕާކަން ޖެހިފަ މިއޮތީ މި ގައުމައް...ޔާ ﷲ...މި ނުރައްކާތެރިކަމުން މި ގައުމު ސަލާމަތްކުރައްވާންދޭވެ...!! އާމީން..!!

  6
  1