މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.


00:07

އާދީއްތަ ދުވަހުގެ ލައިވް ބްލޮގް މިހައި ހިސާބުން ނިމުނީއެވެ. ހޯމަ ދުވަހުގެ ބްލޮގް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

23:43

23:30

ސްވިޒަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. އެގައުމުން މިހާތަނަށް ވަނީ ދެމީހަކު މަރުވެފައި.

22:53

22:49

ކޮވިޑް-19: އިޓަލީން އިތުރު 133 މީހަކު މަރުވެއްޖެ

22:18

22:14

21:41

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިރޭ ކުރިޔަށް ގެންދިޔަ ޕްރެސް ކޮންފަރެންސް ނިންމާލައިފި.

21:41

މިނިސްޓަރ އަމީން: ކުރިޔަށްއޮތްތާ ވެސް މިކަމާއި ގުޅުންހުރި އިތުރު މަޢުލޫމާތުތައް އަޅުގަނޑުމެން ހާމަކުރަމުން ދާނަން.

21:40

މިނިސްޓަރ އަމީން: އާންމު ތަންތަނުން ސްކްރީން ކުރެވޭނެ ނިޒާމްތައް ޤާއިމް ކުރަންޖެހޭ ހާލަތަކަށް އަދި ނުދޭ.

21:40

މިނިސްޓަރ އަމީން: ކުރެއްދޫ ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 173 ފަރާތެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވޭ. އޭގެތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ފަރާތްތައް ޓެސްޓްކޮށް އައިސޮލޭޝަނަށް ދާން ޖެހޭ ފަރާތެއްވާނަމަ އެކަން ކުރާނެ.

21:37

މިނިސްޓަރ އަމީން: ހުން އަންނަ މީހުންނާއި ރޯގާ ޖެހޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ. އެފަދަ ކޮންމެ މީހަކީ މި ބަލި ޖެހިފައިވާ މީހަކަށް ނުވޭ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގް ތެރެއިން އަލާމާތްތައް ހުރި މީހުންނަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަމުންދާނީ.

21:36

މިނިސްޓަރ އަމީން: އަޅުގަނޑުމެން އެއްވެސް މައުލޫމާތެއް ހިފެހެއްޓުމުގެ ނިޔަތެއް ނެތް. ނޫސްވެރިން މެދުވެރިކޮށް މިކަމާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް ހާމަކުރަމުންދާނަން.

21:35

މިނިސްޓަރ އަމީން: އެރައިވަލްގަ ސްކްރީން ކުރަނީ. އެކްޒިޓް ސްކީން އަދި އަޅުގަނޑުމެން ނުފަށާ. އެހާލަތަށް އަދި ނުދޭ. ރާއްޖެ އަދި ހުއްޓުމަކަށް ނާދޭ. އެހެންކަމުން އެ އިރެއްގައި އޮންނަ ހާލަތެއްގައި އަޅުގަނޑުމެން ޖެހޭނެ ކުރިޔަށްދާން. އެހެންކަމުން މި ހާލަތަށް އަންނަ ބަދަލުތަކާއި އެއްގޮތަށް އަޅުގަނޑުމެން އިރުޝާދު ދެމުންދާނަން.

21:33

މިނިސްޓަރ އަމީން: އަލާމާތެއް ހުރެއްޖެ ކަމަމަށް ވާނަމަ ޓެސްޓު ހަދައި އައިސޮލޭޝަނަށް ގެންދަން ޖެހޭނެމަ އެކަންތައް ކުރިޔަށްގެންދާނެ.

21:32

މިނިސްޓަރ އަމީން: ކޮންޓެކް ޓްރޭސިންގްގެ މަސައްކަތް މިވަގުތު ކުރެވެމުން މި ދަނީ. އޭގެތޭރޭގައި މި ހިމެނެނީ ޕޮޒިޓިވް ވެފައިވާ މީހަކާއި ބައްދަލު ވެފައިވަނީ ކޮން ބައެއްތޯ ބެލުމާއި އެމީހުންނާއި ދިމާވެފައިވަނީ ކޮން ބައެއްތޯ ބެލުން. މިވަގުތު އަލާމާތް ފެންނަ މީހަކަށް ނުވިޔަސް އަޅުގަނޑުމެންނަށް އެފަރާތެއް އައިސޮލޭޝަނަށް ދާން ޖެހޭނެ ކަމަށް ނިންމައިފި ނަމަ އައިސޮލޭޓް ކުރަން ޖެހޭނެ.

21:31

މަބްރޫކް: އޯވައޯލްކޮށް ރާއްޖޭގެ ރަށެއްގައި މިކަހަލަ ކަމެއް އިތުރުވޭތޯ ކޮންމެ ރަށެއް އަދި ރީޖަންތައް ވަރަށް ރަނގަޅަށް މި ދަނީ މޮނީޓާ ކުރަމުން.

21:29

މަބްރޫކް: ރިސޯޓުތަކުން އަންނަ ރިޕޯޓްތަކާއި ގުޅިގެން އަޅުގަނޑުމެން ވާނީ ރިސޯޓްތަކަށް އެސްއޯޕީ ފޮނުވާފައި. އެބޭފުޅުންނަށް އެފަދަ ހާލަތެއްގައި ކަންކަން ކުރަންވީ ގޮތް އެނގިލައްވާނެ.

21:28

މިނިސްޓަރ އަމީން: ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އިތުރުވެގެންދާ ހާލަތަކަށް އަޅުގަނޑުމެން މިވަނީ ތައްޔާރުވެފައި. އެއީ ރިސޯޓެއް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުން ކަމުގައި ވީނަމަވެސް، ހޮސްޕިޓަލެއް ފެސިލިޓީއަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި ވީނަމަވެސް، އަދި ސްކޫލެއް އެފަދަ ފެސިލިޓީއަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި ވީނަމަވެސް. އަޅުގަނޑުމެން އުންމީދު ކުރަނީ އެހާލަތަށް މިކަން ނުދިއުން.

21:25

މިނިސްޓަރ އަމީން: ރާއްޖެއިން ކޮވިޑް-19 އަށްޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅު. އެމީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުން މައުލޫމާތުދީފައިވޭ.

21:24

މިނިސްޓަރ އަމީން: މިހާރު ކުރަމުންދާ މަސައްކަތަކީ މިހާރު ޕޮޒިޓިވް ވެފައިވާ މީހުންނާއި ގުޅުންހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް. އެ މަސައްކަތް ކުރަނީ ބަލި އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި. ފެތުރިގެންދާ ހާލަތުގައިވެސް ކުރަންވީ ކަންކަމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

21:23

މިނިސްޓަރ އަމީން: ސާމްޕަލް ނެގުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި. ސާމްޕަލް ނަގައިގެން ކުރަންޖެހޭ ކަންކަން ކުރުމުގައި އެއްވެސް ދައްޗެއް ނޯންނާނެ.

21:23

މިނިސްޓަރ އަމީން: އިންޑިއާއަށް ސާމްޕަލް ފޮނުވި ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 31 މީހަކު ރާއްޖެއިން ޓެސްޓް ކުރެވިފައިވޭ.

21:22

21:22

މިނިސްޓަރ އަމީން: ކޮވިޑް-19 އަށް ދާއިމީ ގޮތެއްގައި ޓެސްޓް ކުރެވޭނެ ނިޒާމް ވަނީ ހަމަޖެހިފައި. މިހާރު ޓެސްޓް ތައް ހެދުމުގައި އަޅުގަނޑުމެންނަށް ދަތިކަމެއް ކުރިމަތިނުވާނެ.

21:20

މިނިސްޓަރ އަމީން: ޗައިނާއިން މިވަގުތު ރާއްޖެއަށް ދިވެެއްސަކު އަތުވެއްޖެ ނަމަ، އަލާމާތެއް ނުފެނުނަސް، އަދި ބަލި ހުރި ސަރަޙައްދަކަށް ނުދިޔަ ކަމުގައި ވީނަމަވެސް 14 ދުވަހަށް ކަރަންޓީނު ކުރާނެ.

21:19

މިނިސްޓަރ އަމީން: މީހެއްގެ ސާމްޕަލް ނެގުނަސް، ޓެސްޓެއްގެ ރިޒަލްޓް ލިބުނަސް އަޅުގަނޑުމެން އެކަން ހާމަކުރަމުން ގެންދާނަން.

21:16

ކުރެއްދޫގައި 93 ފަރާތެއް ރޫމް އައިސޮލޭޝަންގައި އެބަ ތިބި.

21:16

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރާއްޖެއިން 24 ފަރާތެއްގެ ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން ވިހި ފަރާތެއް ނެގެޓިވްވެފައިވާއިރު، ދެފަރާތެއް ޕޮޒިޓިވް ވެފައިވޭ. އަދި އިތުރު ދެ ފަރާތެއްގެ ޓެސްޓް ނަތީޖާ އަދި ނުލިބޭ.

21:15

މަބްރޫކް: މީގެ އިތުރުން ޕްރޮފެޝަނަލްގެ އެހީ ހޯދުން މުހިންމު. އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ ހޮޓްލައިންނާއި ކޮންޓެކްޓް ކުރުން މުހިންމު

21:14

މަބްރޫކް: މި ހާލަތުގައި ފުރަތަމަ ކަމަކީ ސާފުތާހިރުކަމަށް އިސްކަމެއް ދިނުން. ޚާއްސަކޮށް އަތް ދޮތުން. ދެވަނަ ކަމަކީ ތެދު މައުލޫމާތުތައް ހޯދުން. ތިންވަނަ ކަމަކީ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން މިކަމާއި ބެހޭ މައުލޫމާތު ހޯދުން.

21:13

މަބްރޫކް: މިހާތަނަށް މިކަމާއި ގުޅިގެން ސަރުކާރުންނާއި އިދާރާތަކުން ކުރަމުންނދާ މަސައްކަތްތައް ކުރެވެމުންދަނީ ރަނގަޅަށް ކަމަށް ޤަބޫލުކުރަން. ރާއްޖެ އޮތީ ތައްޔާރަށް. ރާއްޖޭގެ އެތައް ރަށެއްގައި އައިސޮލޭޝަން ފެސިލިޓީ ވަނީ ޤާއިން ކުރެވިފައި. ރާއްޖޭގެ 81 ރަށެއްގައި ވަނީ ޓްރެއިނިންގް ހިންގާފައި.

21:12

މަބްރޫކް: ބަތަލާ ރިސޯޓް ގައި ސަސްޕެކްޓް ކުރެވުނު މީހުން އެބަތިބި. އެމީހުންގެ ސާމްޕަލް ނަގާފައި ޓެސްޓް ކުރެވެމުން މިދަނީ. އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ. ކުރެއްދޫ އިން ދެ މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާތީ އެރަށަށް އަރާފޭބުން ވަގުތީގޮތުން ވަނީ މަަޑުޖައްސާފަ.

21:10

މަބްރޫކް: ކޮންމެ ދުވަހަކު ދެ ފަހަރު ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުމަށް ޕްރެސް ކޮންފަރެންސެއް ކުރިޔަށް ގެންދާނެ.

21:09

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ވަގުތުން ވަގުތަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅަކު އައްޔަން ކޮށްފި. މި މަޤާމަށް އައްޔަންކޮށްފައި ވަނީ މަބްރޫކް

21:08

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިޔަށްގެންދާ ޕްރެސް ކޮންފަރެންސް ފަށައިފި.

20:50

20:50

20:09

ޖަޕާނުން އިތުރު 41 މީހަކު ކޮވިޑް-19 ޖެހިގެން ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 502 އަށް ވަނީ އަރާފައި.

20:08

ޖަރުމަންވިލާތުގައި އިތުރު 12 މީހަކު ކޮވިޑް-19 ޖެހިގެން ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 951 އަށް ވަނީ އަރާފައި.

20:06

ސްވެޑެންއިން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެގައުމުން 203 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައި،

20:05

ސްވިޒްލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު އެކަކު މަރުވެއްޖެ، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ދޭއްކަށް ވަނީ އަރާފައި.

19:43

އިނގިރޭސިވިލާތުން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 273 އަށް ވަނީ އަރާފައި،

19:41

18:55

ނެދާލޭންޑުން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ،އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައި.

މުޅި ދުނިޔެއިން މި ވައިރަސް ޖެހިގެން މިއަދު މިހާތަނަށް މަރުވި މީހުންގެ އަދަދު 88 އަށް ވަނީ އަރާފައި.

18:52

ސްޕެއިން އިން އިތުރު ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ، އެ ގައުމުން މި ވައިރަސް ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ހަތަކަށް ވަނީ އަރާފައި. ސްޕެއިންއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދީ 17.

18:50

ޕޮލެންޑުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް ވަނީ އަރާފައި.

18:49

ޑެންމާކުން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 35 އަށް ވަނީ އަރާފައި.

18:49

ސެން މެރީނޯ އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 36 އަށް ވަނީ އަރާފައި.

18:48

މެލޭޝިއާއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 99 އަށް ވަނީ އަރާފައި.

18:47

ހޮންގކޮންގ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 110 އަށް ވަނީ އަރާފައި.

18:47

ސިންގަޕޫރުން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 150 އަށް ވަނީ އަރާފައި.

18:46

ސްވިޒަލޭންޑުން އިތުރު 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 336 އަށް ވަނީ އަރާފައި.

18:45

ނެދަލޭންޑުން އިތުރު 77 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 265 އަށް ވަނީ އަރާފައި.

18:44

ސްޕެއިން އިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއަދު މިހާތަނަށް އެ ގައުމުން ވައިރަސް ފެނުނު މީހުންގެ އަދަދު ވަނީ 88 އަށް އަރާފައި. މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 613 އަށް ވަނީ އަރާފައި.

18:41

ޖައުމަން ވިލާތުން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއަދު މިހާތަނަށް 151 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި. މިހާރު އެ ގައުމުން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 951 އަށް ވަނީ އަރާފައި.

18:23

18:16

18:04

ހޮންގްކޮންގ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 10 އަށް އަރާފައި.

18:03

ނޯވޭއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 157 އަށް އަރާފައި.

18:03

ސްވިޒަލޭންޑުން އިތުރު 68 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 336 އަށް އަރާފައި.

16:58

ބެލްޖިއަމް އިން އިތުރު 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާތަނަށް އެ ގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 200 އަށް އަރާފައި.

16:57

ސްޕެއިން އިން އިތުރު 84 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާތަނަށް އެ ގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 589 އަށް އަރާފައި.

16:56

ޖަރުމަން ވިލާތުން އިތުރު 92 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިއަދު މިހާތަނަށް އެ ގައުމުން 139 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވްވެފައި. އެ ގައުމުން ވައިރަސް ފެނުނު މީހުންގެ އަދަދު ވަނީ 939އަށް އަރާފައި.

16:48

16:33

16:27

ސްޕެއިން އިން ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު މަރުވެއްޖެ. މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި.

މިއަދު މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 81 އަށް ވަނީ އަރާފައި.

16:23

އޮސްޓްރިއާ އިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާރު އެ ގައުމުން އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 104 ވަނީ އަރާފައި.

16:15

16:09

16:03

16:00

15:48

15:47

15:22

ދެކުނު އެފްރިކާއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން ކި ވައިރަސް ޖެހުނު މީހުންގެ އަދަދު ހަތަރަކަށް ވަނީ އަރާފައި.

15:00

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރާއްޖެ ބަނގުރޫޓުވާކަށް ނުދާނެ. އިގްތިސާދީ އަނދަވަޅަކަށް ނުދާނެ.

15:00

14:53

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ލޯކަލް ކައުންސިލް އިންތިހާބާ މެދުގައި ފައިނަލް ނިންމުން ނިންމާނީ އިލެކްޝަންސް ކޮމިޝަނުން.

14:53

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އަޅުގަނޑު ދެކޭ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބާ މެދުގައި ކަލެކްޓިވް ނިންމުމެއް ނިންމާނެ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ފަހު.

14:52

ބަލްގޭރިއާ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް ވަނީ އަރާފައި.

14:47

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: މިވަގުތު ބަލި ޖެހިފައި ތިބި ދެ މީހުންގެ ހާލަތު ސްޓޭބަލް.

14:47

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކޮވިޑް-19 ރާއްޖެ އިން ފެންނަ އަދަދު އިތުރުވެދާނެ. އެކަމަކު، އިގްތިސާދު ފުޑުފުޑުވާން ދޫކޮށް ނުލާނަން.

14:44

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ޑިސެމްބަރު މަހު ޗައިނާ އިން ފެނުނީ. ރާއްޖެ އަށް ބަލި ފެނުނީ މާޗުގައި. ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި ބަލި މިހާ ލަހުން މިއައީ.

14:43

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރާއްޖެ ޑެޑް ލޮކަކަށް ދުއްވާލެވޭކަށް ނެތް.

14:41

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އިޓަލީ އިން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ލަސް ކުރި ކަމަށް ގަބޫލެއް ނުކުރަން.

14:36

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކިރިޔާ އަލާމާތެއް ފެނުނަސް ރިޕޯޓް ކުރަމުން އެބަދޭ. އެކަމަށްޓަކައި ޝުކުރު އަދާކުރަން.

14:35

14:32

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އަޅުގަނޑުމެން 100 އެނދުގެ ރިސޯޓެއް ކަރަންޓީނު ފެސިލިޓީއެއް ތައްޔާރު ކުރާނަން. އަޅުގަނޑުމެން ބަލި މީހާ ގެންދާނެ ތަނެއް ނޭނގިފައި. ހަދާނެ ގޮތެއް ނެތިފައި ނުތިބޭނަން.

14:30

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރާއްޖޭގެ އެއާޕޯޓުތައް ބަންދުކޮށް، ރައްޔިތުން ގޭގައި ބަންދު ނުކުރެވޭނެ. އެގޮތަށް ނުހިފެހެއްޓޭނެ. ދެކުނު އޭޝިއާގައި އެންމެ ލަހުން ކޮވިޑް-19 މި އައީ ރާއްޖެ އަށް.

14:28

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އަޅުގަނޑުމެން ސްޓޮކް ހޯދާފައި ވަނީ ދިވެހިންނަށް އެކަންޏެއް ނޫން. ބިދޭސީންނަށް ވެސް ބޭނުންވާ ވަރަށް.

14:27

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ސިވިލް ސާވިސްގެ މުސާރަ ކުޑަ ކުރުމުގެ ވިސްނުމެއް ނެތް. އެކަމަކު، ހާލަތު ބަދަލުވާނެ ގޮތެއް ނޭނގޭނެ.

14:26

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ފަތުރުވެރިން އައުން މަނާއެއް ނުކުރެވޭނެ. ބޫޓާންގައި މިހާރު ފަތުރުވެރިން އައުން މަނާ. އެފަދަ ފިޔަވަޅެއް މި ރާއްޖެއަކު ނާޅާނެ. ރާއްޖޭގެ މެއިން އިގްތިސާދަކީ ރާއްޖެ އަށް އަންނަ ފަތުރުވެރިން. މިހާރު މިއޮތީ ބޮޑު ރާޅެއް ނަގާފައި. އަޅުގަނޑުމެން ޖެހޭނީ މި ބޮޑު ރާޅުގެ ތެރޭގައި ރާޅާ އަޅަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ސޭފް ގައުމުތަކުން ފަތުރުވެރިން ގެންނަން.

14:24

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ސަރުކާރުގެ ވިސްނުމަކީ ސަރުކާރަށް ހިދުމަތް ކުރާ މީހުންގެ މުސާރަ ހިފެހެއްޓުން. އެކަމަކު، މި ވިސްނުން މާދަމާ ވެސް ބަދަލުވެދާނެ.

14:23

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކޮންޓެކްޓް ނުވާ ފަތުރުވެރިން އައިޑެންޓިފައި މި ކުރަނީ. ފަތުރުވެރިން އެބަ ބޭނުންވޭ ރިސޯޓުން އެނބުރި ދާން. މެނޭޖްމަންޓުން އޮތީ ފުރިހަމަ އެއްބާރުލުންދޭ ގޮތަށް. އެއްވެސް މީހަކަށް ފުރޭނީ ހުރިހާ އެޖެންސީއެއްގެ ހުއްދަ ލިބިގެން.

14:19

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރޭގައި ކޮވިޑް-19 ރާއްޖެ އަށް އިއުލާން ކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތް 24 ގަޑިއިރަށް ކުރިއަށް ދާނެ. ޑިއުޓީ ބަހައިގެން ކުރިއަށް ދާނީ. ފަތިހު ގަޑީގައި މަސައްކަތް ކުރާނެ. މިއީ އެންމެންނަށް ދިމާވެފައިވާ ކަމެއް. އެއްވެސް މީހެއް އެކަންޏެއް ނޫން މިކަން ކުރާނީ. އެންމެން އެކީގައި މަސައްކަތްކޮށްގެން މިކަމުން އަރައިގަންނާނީ. ރައީސްގެ އިރުޝާދާ އެކީގައި މި ހުރިހާ ކަމެއް ވެސް މި ކުރަނީ.

14:18

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިން ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން.

14:17

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: މާސްކް އަޅަން ޖެހޭނީ މެޑިކަލް ޑޮކްޓަރުން އަންގަވާ ގޮތެއްގެ މަތިން.

14:17

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކުރެއްދޫގެ ހާލަތު އޮތީ "އަންޑަ ކޮންޓްރޯލްގައި".

14:16

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކުރެއްދޫ އަށް ކާބޯތަކެތި އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ. ދުވަހުން ދުވަހަށް ހިންގުމަށް އެއްވެސް ދައްޗެއް ނާންނާނެ. އެ ރަށް ހުއްޓުމަކަށް ނާންނާނެ. ފުލުހުންނާއި ސިފައިން އެހީތެރިކަން ފޯރުކޮށްދޭނެ.

14:15

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކުރެއްދޫގައި އެކި މަސައްކަތް ކުރަން 271 ދިވެހިން އެބަތިބި. އަދި 457 ބިދޭސީން އެބަތިބި. ޖުމްލަ 721 މީހުން.

14:14

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކުރެއްދޫގައި 699 ފަތުރުވެރިން އެބަތިބި.

14:13

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް އެމީހަކަށް އެއްޗެއް ބޭނުންވާ ހިނދެއްގައި ފޯރުކޮށްދޭނަން.

14:13

14:13

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އަޅުގަނޑު ޔަގީންކަން މި ދެނީ ރާއްޖެ ބޮއްސުންލައިގެން ނުދާނެ ކަން.

14:12

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ކ. ވިލިވަރުގައި ވަނީ ފެސިލިޓީއެއް ގާއިމުކޮށްފައި. އެއީ 10 ދުވަހުގެ ތެރޭގައި ނިންމި ކަމެއް. 30 މީހަކު ބަހައްޓަން އައިސޮލޭޝަން ކޮޓަރިތައް ވަނީ ގާއިމުކޮށްފައި.

14:10

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: މިހާތަނަށް 125،123 ބުކިން ވަނީ ކެންސަލްކޮށްފައި. ތިން ލައްކަށް އަށް ވުރެ ގިނަ ބެޑް ނައިޓްސް ކުރިއަށް އޮތް ތަނުގައި ލިބުނު.

14:08

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރިސޯޓުގައި އުޅޭ އެއްވެސް މީހަކު ގޮތް ހުސްވާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް އެނގޭ މި ދުވަސް އަންނާނެ ކަމަށް. އަޅުގަނޑުމެން މީގެކުރިން އޮތީ ތައްޔާރުވެފައި.

14:07

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބައި މިލިއަން މާސްކް އެބަހުރި. އަޅުގަނޑުމެން މި ދުވަހަށް ވާނީ ދުރާލައި ތައްޔާރުވެފައި. އަދި މިކަމަށް ބޭނުންވާ ސާމާނު ވަނީ ސްޓޯކޮށްފައި.

14:06

ޓޫރިޒަމް މިނިސްޓްރީން ނޫސް ކޮންފަރެންސް ފަށައިފި.

13:33

ކުވައިތުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވެއްޖެ، މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 62 އަށް ވަނީ އަރާފައި.

13:32

އޮސްޓްރިއާ އިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވެއްޖެ، މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 101 އަށް ވަނީ އަރާފައި.

13:31

އެމެރިކާއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވެއްޖެ، މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 446 އަށް ވަނީ އަރާފައި.

13:31

ޖަރުމަން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވެއްޖެ، މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 847 އަށް ވަނީ އަރާފައި.

13:29

ދެކުނު ކޮރެއާ އިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިއަދު މިހާތަނަށް އެ ގައުމުން 272 މީހަކު މި ވައިރަސްއަށް ޕޮޒިޓިވްވިއިރު، އެ ގައުމުން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7313އަށް އަރާފައި.

13:21

ކޮވިޑް-19 އާ ގުޅިގެން ރައީސް އޮފީހުގައި އިތުރު ޕްރެސް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުން އެބަދޭ.

12:57

12:40

11:43

09:59

09:39

09:38

ކޮވިޑް-19 ގައި އިތުރު މީހުން ޕޮޒިޓިވްފެފައިވާ ގައުމުތަކާއި ޖުމްލަ އަދަދު

ދެކުނު ކޮރެއާ އިން 93 ޕޮޒިޓިވް، ޖުމްލަ އަކީ 7134، ދެކުނު ކޮރެއާ އިން އިތުރު ހަތަރު މީހުން މަރުވެއްޖެ. އެގައުމުން މަރުވި މީހުންގެ ޖުމްލަ އަކީ މިހާރު 50
އެމެރިކާ އިން 07 ޕޮޒިޓިވް، ޖުމްލައަކީ 442
އޮސްޓްރޭލިއާ އިން ތިނެއް ޕޮޒިޓިވް، ޖުމްލައަކީ 77
ވިއެޓްނާމް އިން އެކެއް ޕޮޒިޓިވް، ޖުމްލައަކީ 21
މެކްސިކޯ އިން އެކެއް ޕޮޒިޓިވް، ޖުމްލައަކީ 07
ކޮސްޓަރިކާ އިން ހަތަރެއް ޕޮޒިޓިވް، ޖުމްލައަކީ 05

09:34

އޮސްޓްރޭލިއާ އިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. އެގައުމުން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ތިނަކަށް އަރާފައި.

09:24

09:18

08:34

02:37

02:09

02:04

އޮސްޓްރޭލިއާއިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާތަނަށް އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 74 އަށް އަރާފައި.

02:04

އެމެރިކާއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، މިހާތަނަށް އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 400 އަށް އަރާފައި.

01:57

01:53

01:14

އަޔަލޭންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 19 އަށް އަރައިފި.

01:13

ގްރީސް އިން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 66 އަށް އަރާފައި.

01:13

އެމެރިކާއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް 395 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވޭ.

01:12

ޑައިމަންޑް ޕްރިންސެސް ކްރޫޒްލައިނާއިން ކޮވިޑް-19 ޖެހުނު އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ކްރޫޒްލައިނާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7 އަށް އަރާފައި.

00:59

އިރާގުން އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 54 އަށް ވަނީ އަރާފައި.

00:50

މަލްޓާއިން އިތުރު ދެމީހުން ޕޮޒިޓިވް ވެއްޖެ. އެގައުމުން ޖުމްލަ 3މީހުން ވަނީ ޕޮޒިޓިވް ވެފައި.

00:48

ރަޝިޔާއިން އިތުރު މީހަކު ޕޮޒިޓިވްވެ ، ޕޮޒިޓިވްވި ޖުމްލަ އަދަދު 14 އަށް އަރައިފި.

00:47

މިސްރުން އިތުރު 30 މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވި ޖުމްލަ 48 އަަށް އަރައިފި

00:30

00:26

00:26


ރާއްޖެ އިން މިއަދު ވަނީ ކޮވިޑް-19 ފެނިފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ދެމުވައްޒަފުންނެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނު ނަމަވެސް އެއްވެސް މީހަކު ހާސްވެ، ކަންބޮޑުވެގެން ނޫޅުމަށާއި މިހާރެކޭ އެއްގޮތައް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ގެންދަނީ އިލްތިމާސް ކުރައްވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ލޮކްޑައުން ކޮށްފައި އޮތް ސަމާ އައިލެންޑް ރިސޯޓްގެ ހަތަރު މުވައްޒަފަކު މިހާތަނަށް ވަނީ ކަރަންޓީން ކޮށްފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އާއްމުން ކަންބޮޑުވެ ކޮންމެހެން ބޭނުންވާ ކާބޯތަކެތި ގަންނަން އުޅެފާނެތީ އެކަން އެގޮތައް ނުކުރުމަށް އެސްޓީއޯ އިން މިރޭ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން "ވަގުތު" އިން ހޮނިހިރު ދުވަހު ގެނެސްދިން ބްލޮގް އިން އިތުރު ޚަބަރުތައް ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިނިވަން ހިޔާލް

    ވަގުތުން ތިޔަކުރާ މަސައްކަތަށް ޝުކުރިއްޔާ. މިއީ ކޮއްލުން ހަމަރަގަޅު ސުވާލެއް ކޮވިޑް ނިއުސް ކޮންފަރެންސްގައި.
    1- ކިތައް ކޮވިޑް ޓެސްކިޓް ތޯ ރާއްޖެ އަށް ލިބިފައި ވަނީ؟
    މިސުވާލުގެ ޖަވާބު ސީދާއަދަދު ވަރަށް މުހިންމު ވާނެ، އަދަދު ލިބުމުން ދެވަނަ ސުވާލު ކޮއްލައްވާ.
    2- ކިތައްމީހުން މިހާރު ޓެސްކުރެވުނީ؟
    3- ކިތައްމީހުންތޯ އޮބްސާވޭޝަންގައި ޓެސްޓް ނުކޮށް ތިބީ؟

    މިއީ އަޅުގަނޑު ދެކޭގޮތުގައި މުހިންމު ސުވާލު.

  2. މިއަދު

    އަންނިބުނީ ކޮރޯރާ ވައިރަސް ރާއްޖެއަށް އަންނާނެކަމަށް މިއޮތީ އާއްސަ ދެން އަންނިބުނެދީބަލަ މިވައިރަސް ރާއްޖޭގައި ފުޅާވެގެންދާނެެވަރު އަދި މިއައިރަސް ނެތިގެންދާނެދުވަސް