މާލޭގައި ދެ އަންހެނެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ އަންހެނެއްގެ ގައިގައި ފިހިގަނޑަކުން ތަޅާ މަންޒަރެވެ. އެ މަންޒަރު ބަލަން މަގުމަތީގައި ގިނަ ބަޔަކު ތިބެއެވެ. އެކަމަކު، ވީޑިއޯގެ ވަކި ހިސާބަކުން ދެ އަންހެނުން ހުއްޓުވަން އެތަނުގައި ތިބި ބައެއް މީހުން މަސައްކަތް ކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގެ މައްސަލަ އިއްޔެ ހުށަހެޅުމާ ގުޅިގެން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ވީޑިއޯ ދައުރުވާން ފެށުމާ ގުޅިގެން އާންމުން ވަނީ ވީޑިއޯ ކުރި މީހާ އަށާއި އެތަނުގައި ބަލަން ތިބި މީހުންނަށް ވަރަށް ހަޑި ހުތުރު ބަހުން ކޮމެންޓްކޮށްފައެވެ.

ދާދި ފަހުން ކުޑަ ދެ ކުއްޖަކު ހުޅުމާލޭ ފްލެޓެއްގެ ބެލްކަނީގައި ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް ނެގި މީހެއްގެ މައްސަލަ ހޫނުވިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ނެގި މީހާ އެ ވީޑިއޯ ނެގުމުގެ ބަދަލުގައި އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަ، ނުވަތަ ކަމާ ބެހޭ ފަރާތްތަކަށް އެންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ވީޑިއޯއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފިކުރު

  ވީޑިއޯ ނުކުރިނަމަ ނޭގެ ތިކަންބެލޭނެ ކަމެއްވެސް ހުއްޓުވާ ރިޕޯޓުވެސް ކުރުން ރަގަޅު

  71
 2. ރަދީފް

  ދަރިފުޅު މަންމަ ގައިގަ ތަޅައިގަތީކަމަށް ވަނީ!

  38
  1
 3. ނަންރީތި މަލާ

  ދަރިޔަކާއި މަންމަ އެއްެ ވާހަކަ މި ދައްކަނީ! ކަލޭމެންނަށް ހެޔޮ ވާނެ ހުޅަނގު ފަރާތުންވެސް ތި ރަށްވެހިކަމުގެ އިރުއަރާފިއްޔާ!

  27
 4. ސަރުކާނު

  އަޅުގަޑަށް ހީވަނީ މިކަމަކީ ޕާރސަންލް ކަމެއް ނޫންހެން. މަގުމަށްޗަށް ނުކުތީމަ އެއޮތީ ޕަބްލިކްވެފަ. ގެވެށިއަނިޔާގެ ތެރެއަށް ތިއޮތީވަދެފަ. ރަގަޅު ފިލާވަޅެއް އެފަދަ މީހުންނަށް ލިބިގެން ނޫނީ މިކަހަލަ ކަނަކަމެް ނުހުއްޓޭނެ. މިހިސާބުން ދެން ވާނީ ޕާޓީގެ އެކްޓިވިސތަކަށް ދެން އެނިމުނީ.

  42
 5. ނަޖީ

  ވީޑިއޯ ނުކުރިނަމަ އެކަން ނުބަލާނެ މި ޔަކީ ތިހީކުރާަކަހަލަ ސަރުކާރެއްނޫން ކޮމްމެ ކަމެވެސް ބެލޭނީ ސޯސަލް މީޑިއާ ކެކިގަތީމަ ނާގާބިލު ސަރުޖާރެއް މިއީ ރައްޔަތުން ދެކެ ކުލުނެ ހުރިއްޔާ އިސްތިއުފާދީފަ ޖަލައް ވަޑާގަންނަވަންވީ އިބޫ މި ގައުމު ބަލި މަޑުކަމަކައް ވައްޓާލީވެސް މިސަރުކާރުގެ އިހުމާލުން ކަމާމެދު ސުވާލު އުފެދޭ ވަރައް ގިނަކަންތަކެ އެބަހުރި އިބޫ އިސްތިއުފާ

 6. ޙ

  ހުއްޓުވަން އުޅުނުނަމަ..... ދިވެހި ރާއްޖޭގަ ގޯސް ކަމެއް ހިންގިޔަސް ނުހުއްޓުވާ ފޮޓޯޔާ ވީޑިއޯ ނަގަން... ވީޑިއޯގަ ފެންނަ މީހާޔަށާ ވީޑިއޯ ނަގާ މީހުންނާ މެދު ފިޔަވަޅު އަޅާ...

 7. ޓައްޕު

  ދެވިފަ ހުންނަ ގޮތެއްނެތް ތަރުބިއްޔަތުގެ ނަތީޖާ އެކަންވާރަކުން ބޭރުވާނީ އެކަންވާރެއްގައި ހުރި އެއްޗެއް

  9
  1