އަދިވެސް އެއްހަފްތާ ދުވަހަށް ސްކޫލްތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާ ދުވަހަށް ލަސްކުރަން ނިންމާފައިވާ ކަމަށެވެ.
މިހާރު ސްކޫލްތައް އޮތީ ފުރަތަމަ ޓާމްގެ މިޑް ބްރޭކަށް ބަންދުކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތީ އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވާށެވެ.
މަބްރޫކް ވިދާޅުވީ އެއް ހަފްތާ ދުވަހަށް ސްކޫލްތައް ބަންދުކުރަން ނިންމާފައި އޮތް އޮތުން އަދި ރިވައިސް ކުރައްވާނެ ކަމަށެވެ. އެހެންކަމުން ސްކޫލްތައް ބަންދު ކުރާނެ ދުވަސްތައް އަދި ދިގުދެމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
"މިވަގުތަށް އެއް ހަފްތާއަށް މި މަޑުޖައްސާލީ ސްކޫލްތައް ހުޅުވުން. އޭގެ ފަހުން ހާލަތަށް ބަލައި އެ ޑިޒިޝަން ވެސް ރިވައިސްކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" މަބުރޫކް ވިދާޅުވި އެވެ.
ސްކޫލްތައް ބަންދުކުރަން ސަރުކާރުން ނިންމާފައި މިވަނީ ސްކޫލްތައް ބަންދުކުރާފަދަ ހާލަތެއް ނެތް ކަމަށް ކުރިން ތަކުރާރުކޮށް ބުނުމަށް ފަހުއެވެ.
މަބްރޫކް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ، ސްކޫލްތައް ބަންދުކޮށްގެން ވެސް ކިޔަވައިދޭން ތައްޔާރީތައް ވަމުން ކަމަށެވެ. އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" އާ ހަވާލުކޮށްފަ އެވެ.
???????
ޝުކުރިއްޔާ ސޯލިޙް ރައީސް. ރައްޔިތުން ގެ ރައްކާތެރިކަމަށް އިސްކަންދެއްވީތީ.
ތިއުޅެނި ރައްކާތެރިކަމަށް ވުރެ ބޮޑަށް އެހެން ކަމަކު
ރަނގަޅުކަމެއް ކޮށްފިޔާ ޖެހޭނެ ޝުކުރުވެރި ވާން، ކޮންމެ ގޮތެއްވިޔަސް ވޯޓެއް ނުދޭނަން މޑޕ އަކަށް
އަލްހަމްދު ﷲ
ޓީޗަރު އުފާވި ކަމަށް ޓަކައި ﷲ އަށް ޙަމްދުކުރަން.
ސްކޫލްތަކުގެ މުވައްޒަފުން ނުކުންނަންޖެހޭ
މައްސަލައެއް ނޫން އެއީ . . އޮފީސް ތަކަށް ވެސް މީހުން ނުކުންނަން ޖެހޭ . . . ބަންދު ކުރީ ދަރިވަރުން ނަށް އެކަނި
ޢޮފީސްތައް ބަންދުކޮށްދީބަލަ ޕްލީސް
ޙހ
ޢެއްހަފއތާަ ދުވަހެއްނުުން ހަފަތާަބއެއްހހާަ ދުވަސް
ކޮބާ ކޮލެޖުތައް؟ ޢެތަނަށް ވެސް ބަައިވަރު ކުދިންދާ ތަނެއް އެއީ
ރިޒޯޓް ވެސް ބަނއްދު ކުރޭޭ
ރާއްޖޭގެ ސްކޫލްތައް ބަންދުކުރާނީ ހުޅުވާފަ ހުރިއްޔާ. އެ ތަންތަން ހުރީ މިހާރު ވެސް ބަންދުކޮށްފަ. ވީ ގޮތަކީ ހުޅުވުން (ޗުއްޓީއަށްފަހު އަލުން ހުޅުވުން) ލަސްވީ
ގުރޭޑު 10 އަކަށް ކިޔަވައިދޭ...............
ކޮލެޖް ބަންދު ކޮށްދެއްވާ
???? ?
ޝުކުރިއްޔާ!! އެކަމް ކޮލެޖްތަކުގެ ކުދިން ހާދަ ދެރަވާނޭ??... ސުކޫލްތައް އެކަނި ބަންދު ކުރީމަ ވޭތަ.؟؟؟ ކޮލެޖްތައްވެސް ކޮށްބަ ޕްލީޒް????????
"?" މި ނިޝާނަކީ އިންޑިއާ ލަންކާ ސަރަހައްދު މީހުން އެމީހުން އަޅުކަމުގަ ބުދު ކުރިމަތީގަ އާ އެހެންވެސް މީހުން ކުރިމަތީ މާފަށް އެދުމާއި ޝުކުރު އަދާ ކުރުމަށް ބޭނުން ކުރާ ނިޝާނެކެވެ. މީ އެމީހުންގެ ދީނީ ކަމަކަށް ވާތީ މުސްލިމުން ބޭނުން ކުރުން ރަނގަޅެއް ނޫނެވެ
جزاک الله خيرا ރަނގަޅު ގޮތް ބުނެދެއްވީތީ???
ސްކޫލްތަކުގެ މުވައްޒަފުން ނުކުންނަންޖެހޭ
އަހަރެމެން ރަށުގަ ކިޔަވައިދޭ މިހާރު ވެސް ގުރޭޑު 10 އ\ަކަށް
މޮކް އެގްޒާމް ވެސް އޮވޭ
މިހާރު މޮކް އެގްޒާމް؟؟؟؟
އާން 10 ގެ ކުދިންނަށް މޮކް އޮވޭ މިބަންދު ތެރޭން ފަށައިގެން މިހާރު ވެސް..
ރިސޯރޓުތަައް ވެސް ބަންދުކޮއް ދެއް ވާ.
އަޅުގަނޑުގެ ދެކުދިންނާއި އަނބިމީހާ ޗުއްޓީއަށް ރަށަށް އައިސް ހުރެފަ މިއަދު މާލެ އެ ދިޔައީ ތި ނިންމުން ނުނިންމައިގެން...
ކޮންމެ ކަމެއްގަ ވެސް ރައްޔިތުން ހަޅޭ ފަޅޭ ލަވަން ފެށީމަ ރައްޔިތުން އެދޭ ގޮތަށް ތި ނިންމަނީ.
ތި ނިންމުން ނިންމިލެއް ލަސްކަމުން 3500 ރުފިޔާ ގެއްލުން ވީ
ތީކީ ސަރުކާރާ ބެހޭ ކަމެއް ނޫންް
އަހަރެމެން ދާން ޖެހޭ ކޮލެޖަކީ 11 ބުރ އިމާރާތެއްގެ ތެރޭ ހުންނަ ތަނެއް. ޢަދި އެއްކޮށް ހަދާ ވެސް ނުނިމޭ، ބަންގާޅީންނާ މީހުން މަސައްކަތުގަޢި 24/7. ހުންނަނީ އެންމެ ލިފްޓެއް. 10 މީހުން 15 މީހުން އެެެއްފަހަރާ ވެސް އަރަން ޖެހޭ އެބަ. ރޮގާ ޖެހިފައި ތިބޭ މީހުން ވެސް ތިބޭނެ. ސިމެންތި ކުޑި އާ އޭތި މީތި ސިޑި މަތީ ގައި ވެސް ލިފްޓު ތެރޭ ވެސް. ޢަހަރެން ވެސް ބޭނުމެއް ނޫން މި ދުވަސްކޮޅު ދާކަށް. ޢަހަރެމެންނާ މެދު ވެސް ވިސްނާލައްވާ ☹️
ކޮލެޖުތައް ބަންދުކުރާނެ ކަމެއް ނެތް. އީލަރނިންގ އަށް ބަދަލުކޮށްލާ. ކްލާހަށް ދިޔުމުގެ ބަދަލުގަ އޮންލައިން ޕްރެޒަންޓޭޝަނުން ފިލާވަޅު ނަގާދީފަ އެސައިންމަންޓް ދީ.
ޕްލީޒް ކޮލެޖްތައް ބަންދު ކޮށްދީބަލަ. މިދުވަސްކޮޅު ކޮލެޖަށް މިދަނީ އެޓެންޑެންސް ހޯދަން.
މުހައްމަދު މަބްރޫކް އަކީ ކާކު ކަމެއް ނޭނގުނު!
ސްކޫލްތައް ބަންދުކުރިޔަސް ޓީޗަރުން ދާންޖެހޭ. ބައެއް ބޭފުޅުންނަށް ހީވަނީ ޓީޗަރުންނަށް ޗުއްޓީ އޭ.
މިރެޔާ ހަމައަށް ވެސް ތި ނިންމުން ލަސް ކުރީ ބަންދު ހަފުތާއެއް ވީމަ ކަމަށް ބެލެވެނީ...
ނަމަވެސް ތި ދެވެނީ ހަމަ އެއްބަޔަކަށް އަނިޔާ އެއް...
އެއީ މިހަފުތާގަ ވެސް ކޮލެޖްތަކުގަ ކެންސަލް ވެފަ ހުރި ގަޑިތަށް ނަގަމުން އަންނީ...
އެކުދިން އެއަންނަނީ ހަމަ ކުލާސް ތަކަށް އެޓެންޑުވަމުން.
ކޮލިޖުތައްބަންދުކުރަންޖެހޭ
އަދިވެސް ކޮލެޖުތައް ބަންދު ވީ ވާހަކަ ނުބުނޭ.. ވީމާ ވަރަށް ދޯދިޔާ ކޮށް ކަންތައްތައް ތިކުރަނީ
ތި ނިންމުން ނިންމީ ވެސް ރައްޔިތުން ގެ ޕުރެޝަރާ ހެދި.
ސަރުކާރު 1 ހަފުތާ އައ އް ބަންދު ކޮ އް ދޭން ވި މިހާރު ވަގުތު
މީވަރަށް ނުބައި ސަރުކާރެއް ތިގޮތަށް ބަންދު ނުކުރިޔަސް ހެޔޮ ޓީޗަރުން ނިކުންނަން ޖެހޭ ކޮބާ ޓީޗަރުންގެ ރައްކާތެރިކަން ރޯގާޖެހިފަ ހުންނަ މީހާވެސް ސްކޫލަށް ނިކުންނާނެ ހަމަ
ޓީޗަރުންނަށް ބަންދެއް ނުވޭ
އެއާރޕޯރޓު ބަންދު ކުރޭ
ޓީޗަރުން ޖެހޭ ނިކުނަން?
ކޮލެޖް ކުދިން ބޮލުގަ ރިއްސާލިޔަސް ނުދާނެ ކުޑަކުދިން ހުން އައިއްސަ ތިބޭއިރުވެސް ފޮނުވަނީ ބެލެނިވެރިން ބޮލުން ނައްޓާލަންވެގެން ހޮޑު ދުއްވާލަނީ ޓީޗަރުގެ ގަޔަށް ކުދިން ދޫކޮށްލާފަ ހެދުން ބަދަލު ކުރަން ގެއަށް ދިއުމަކީވެސް ފަސޭހަ ކަމެއްނޫން ދުވާލަކު އެތައްބކުދިންނެއް ގެއަށް ފޮނުވާލަންޖެހޭ ދުވަސް ގިނައީ
ބަލިނެތް ރައްރަށުގެ ސްކޫލްތައް ބަނދު ކުރުމަކީ އެޅުނު ރަނގަޅު ފިޔަވަލަކައް ނުވާނެ.
ބަލި ނެއްކަމެއް ކިހިނެއް އިނގެނީ.
ހާދަ ކުއްލިއަކށް އުފަންވާ ކުންފުނިތަކެކޭ
ފިންގަރ ޕްރިންޓް ޖެހުން ހުއްޓާލުން ކަހަލަ ކަމެއް. ދޮރު ހުޅުވާ ލައްޕަން އަނެއް 19 އިނގިލި އަތްތިލައާއެކު ބޭނުންކުރަންޖެހޭ. ކޮލެޖްތައްވެސް ބަންދުކުރަންޖެހޭ
ޓީޗަރުންނަށް ބަންދުނުވަނީ ކީއްވެގެންތޯ... އަޅުގަނޑުމެންގެ ސްކޫލަކީ އާބާދީގެ ގޮތުން ވަރަށް ގިނަ ޓީޗަރުން އުޅޭ ސްކޫލެއް. ކުދިންނެތް ތަނެއްގަ ޓީޗަރުން ގޮސް ކުރާނީ ކޮން މަސައްކަތެއް. ކަނޑުކޮސްކަން
މި މަބުރޫކާއި އަލީވަހީދަކީ ފުޅިމަދު އުނގުރިތަ ހުރިހާ ތާކު މިދެމީހުންދޯ ޑިމޮކްރަސީ ކޮފީ ދިވެހިންނަށް އޯކޭ އެއްނޫން މަބްރޫކް ކަލޭ ފަދަ މީހުންނާހެދި ރާއްޖެ އަށް މުސީބާތް ލައިގަތީވެސް ލާދީނީ ވީމަ
ބަންދުވިޔަސް ޓީޗަރުން ނިކުންނަން ޖެހޭނެ ކަމަށް ސްކޫލްތަކުން ވަނީ އަންގާފަ. ޓީޗަރުންގެ ސިއްޙަތަށް ބެލުމެއް ނެތިތަ؟
ހަމައެކަނި ޓީޗރުންނަށް ބަންދު ކުރުން އެއީ ފެއަރ ގޮތެއް ނޫން..އެމީހުންނަށް ބަންދު ކުރަންޏާ އެހެން ހުރިހާ މުވައްޒަފުންނަށް ވެސް ބަންދު ކުރަން ޖެހޭނެ...އެއްމެންނަކީ ވެސް އިންސާނުން