މާދަމާ ސިޔާސީ އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުން ސުލްޙަވެރިވާނެ ކަމަށް ބަލައިގަނެވެން ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް މައްސަކަތް ކުރަމުންދާ ކަމުގެ އިންޓެލިޖެސް މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެގޮތުން މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ގައި ރޭ ފަތިހުވެސް އަލިފާން ރޯކޮށްލާފައި ވާކަމަށެވެ.

ފުލުހުން ވަނީ މާދަމާ ބާއްވަން ނިންމާފައިވާ އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް މީހަކު އިޖާބަ ނުދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަން ކުރިންވެސް ފުލުހުން ހާމަކުރެއްވިއެވެ. އެގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އެއްވުމުގެ ތެރެއިން ބައެއް ފަރާތްތަކުން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ތައްޔާރުވަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއްވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް ތައްޔާރުވަމުންދާކަން ހާމަވެފައި މިވަނީ، މާދަމާ އަކީ "ބޮޑު" ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެފަރާތްތަކުން ބުނެފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ވިދިގެން، ބަޣާވާތެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން އަވަސްވެގަތްއިރު އެފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބުވެ ގޮތް ހުސްވުމުން، މިހާރު އެފަރާޔްޔަކުން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންދޭނެކަމުގެ އިންޒާރު، ސަރުކާރާއި ދިވެހި ފުލުހުންނާއި ސިފައިންނަށް ފާޅުގައި ދެމުންނެވެ.

އިދިކޮޅުން ބާއްވާ "ޝުޢޫރު ފާޅުކުރުން" ތަކުގައި އާއި "ސުލްޙަވެރި އެއްވުން" ތަކުގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އެކު ފުލުހުންނާއި ކުރިމަތިލުމަކީ ޢާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުލުސްވަގު

    ޖަހާފިއްޔާ ޖަހާނަން !!! މާދަމާ ނިކުންނާނަން

    • ކުޑަ ލެޑޭ

      ހުމް، ކަލޭތީ މާލެޑޭ. ކަލޭއަށް ލެޑޭނެ، ކަލޭ ވާނެ ލަޑަން ކޮންމެހެން ވެސް.. ކަލޭ ނޫން އެހެން މީހަކަށް ނުވެސް ލެޑޭނެ.

  2. ރައްޔަތުމީހާ

    ހެޔޮވިސްނޭ މީހަކު މުޒާހަރާއަށްނުދާތި