ފެހެންދޫން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ފެނިއްޖެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ފެހެންދޫ ގެސްޓްހައުސްއަކަށް އައި ފަތުރުވެރިއެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާ އެރަށުގައި އައިސޮލޭޓްކޮށް، ރަށް މޮނިޓަރިންގެ ހާލަތައް ބަދަލު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެހެންދޫ އިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު މީހާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 09 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ.

މިހާރު ވެސް ބަލީގެ އަލާމަތްތައް ފެންނާތީ 17 މީހަކު ކަރަންޓީން ކޮށްފައި އެބަތިއްބެވެ. އަދި ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވެފައިވާ 09 މީހަކު ފަރުކޮޅުފުށީގައި އެކަހެރި ކޮށްފައި އެބަތިއްބެވެ.

ރާއްޖެ އިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނީ ދެމަފިރިއަކަށެވެ. އޭގެ ތެރެއިން ފިރިހެން މީހާގެ ހާލު ކުރިއަށް ވުރެ ދެރަކަމަށް މިރޭ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޓީޗަރުމީހާ

  އަޅުގަނޑަކީ ރާއްޖެތެރޭ ރަށެއްގެ ޓީޗަރެއް.ރަށުގެ ޙާލަތާއި ސްކޫލުގެ ކ ޙާލަތު ވަރަށް ރަނގަޅަށް އެނގޭ . ދުނިޔޭގަ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ސްކޫލުތައް ބަންދުކުރީ ރައްކަލަކަށްޓަކައި. މި ދަނޑިވަޅުގައި ތަޢުލީމަށްވުރެ ބޮޑަށް އިސްކަންދެނީ ރައްޔިތުންގެ ފުރާނައަށް. ނޫސްވެރިންގެ ކޮންމެ ބައްދަލުވުމެއްގައި ރައްކާތެރިވާށޭ ތަންތަނަށް ނުކުމެ ނޫޅޭށޭ ބުނާއިރު މި ޙާލަތުގައި ޓީޗަރުން ވަޒީފާއަށް ނެރެނީ ކީއްވެގެންބާ! ދެން އަނެއްކަމަކީ ޔޫޓިއުބުންނާއި ޓީވީ އާއި އަދި އެހެނިހެން ވަޞީލަތްތަކުން ދަރިވަރުންނަށް ކިޔެވޭނީ އިންޓަރނެޓް ވެސް ކޮންމެވެސް ވަރަކަށް ބޭނުންކޮށްގެން. އިންޓަރނެޓްގެ އަގުތައް މިހުންނަނީ އަތްނުފޯރާފަށުގަ. އަދި ހަމައެހެންމެ 2020 ވަނަ އަހަރު ގުރޭޑް 1 ގައި ކިޔަވާ ދަރިވަރުންގެ އަތުގައި ޓެބްލެޓެއް ނުހުންނާނެ. އެދަރިވަރުން ކިޔަވާނީ ކިހިނެތްތޯ؟ ކުރީގަ ޓެބްލެޓުން ކިޔެވުންއޮތީ ސްކޫލުގެ ވައިފައި ބޭނުންކޮށްގެން ޓެބްލެޓްތަކުން. އެކަމު މިހާލަތުގަ އެއްކަލަ ނިކަމެތި މީހާގެ ދަރިފުޅު އަތުގަ ޓެބްލެޓް އޮތަސް އިންޓަރނެޓް ނެތްނަމަ ކިޔަވާނީ ކިހިނެއްތޯ .ކުރާކަމެއް ކުރަންވާނީ ރަނގަޅަށް .ކިތަންމެ ފެންވަރެއްގައި ކަމެއް ކުރަންރާވާފަ އޮތްނަމަވެސް އެތަނެއްގެ ހާލަތަށް ވިސްނުން ރަނގަޅު ކަންނޭންގެ. އޮންލައިންކޮށްގެން ކިޔަވައިދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގެ ޓީޗަރުންނެއް އެންމެ ފުރިހަމައަށް ތިބީ ތައްޔަރުވެފައެއް ނޫން. ޓީޗަރުންނަކީ ރާއްޖޭން ބޭރަށް ނޫނަސް ޗުއްޓީހޭދަކުރުމަށްޓަކައި ރާއްޖެގެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އާއިލާއާއި އެކު ގޮސްއުޅޭ މީހުން. ކޮލެޖުތަކުގެ ދަރިވަރުން ކޮލެޖްތަކަށް ކިޔަވަން ނިކުންނަށް ޖެހޭތީ އެތައް ކަންބޮޑުވުން ތަކެއް ހުރިއިރު އަޅުގަނޑުމެން ޓީޗަރުންގެވެސް މިފަދަ އެތައް ކަންބޮޑުވުންތަކެއް އެބަހުރި.

  18
 2. މޮހޮނު

  ޢެކޮނޮމީ ބޫސްޓު ކުރަން ބައޮލޮޖިކަލް ހަތިޔާރުބޭނުންކޮށްގެން ފައިސާ ހޯދުމެކޭ ކޮރޯނާޖެހިފައިވާ ގައުމުތަކުން ގެސްޓުން ގެނައުމެކޭ ކޮބައިތޯ ތަފާތަކީ؟ ޥިސްނުންފުޅު ހަނެއްގާ ޖައްސައިގެން ވެސް އެބަޖެހޭނޫންތޯ ތިކޮށިކަން ފިލުވަން! ޢަހަރެމެން ނިކަމެތިން ތިކަމާ ހާދަ ހާސްއެބަ ވެޔޭ! ޢަހަރެމެންގެ ކާބަފައިން މިގައުމުގައި ޢުޅެފައި ދިޔަޢީ ފަރަންޖިން ގެ ދާވަނީ ހިފައިގެން އުޅެފަތޯ؟

  13
 3. ސުމެއް

  ޜިސޯތްތައް ބަންދއް ނުކުރާނެ ،
  މަޖިލިސް މެންބަރުންނާ ސަރުކާރު ބޮޑެތި މީހުންނަހް ލިބޭ ލާރިގަނޑު ނުލިބިދާނެތީ.
  މިމީހުންނައް ހެޔޮ އާންމު ރައްޔިތުމީހާ މަރުވިޔަސް ..ދެއިރު ދެ ދަޅަ އައް މޮޔައަކު ތީވީ އައް އަރުވާ ތައްޔިތުމް ގުނބޯ ހެހދުމުގަ އަދިވެސް.