ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ކިޔެވުން ހުއްޓާލާފައިވާއިރު، ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނަލް ޔޭސްޓީވީ މެދުވެރިކޮށް މާދަމާ ގެނެސްދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މާދަމާ "ޔެސް ޓީވީ" މެދުވެރިކޮށް ދަރިވަރުންގެ ފިލާވަޅުތައް ގެނެސްދިނުމަށް "ޓެލެ ކިލާސް"ތައް ފަށާނީ ހެނދުނު 8:00 ޖަހާއިރު ކަމަށެވެ. އަދި އެ ކެލާސްރައް މާދަމާ މެންދުރު 2:00 އަށް ފިލާވަޅުތައް ކުރިއަށް ގެންދާނެއެވެ.

މިހާރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓައިމް ޓޭބަލް ނެރެފައެވެ. އޭގައި ވާގޮތުން މާދަމާ އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިޔުޓަރު ސްޓަޑީޒް އަދި ދިވެހި އޮނާންނެއެވެ.

ރާއްޖެ ކޯވިޑް-19 އިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 10 މީހަކު ވަނީ ފެނިފައެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މި ވައިރަސްއަށް ޝައްކު ކުރެވޭ އިތުރު ބައެއްގެ ޓެސްޓުތަކެއް މިހާރު ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ަޢަހަރެން?

  ޢޭރުން އަހަރުން ކިޔަވާ އެއްޗިއްސާ، އެމީހުން ކިޔަދޭ އެއްޗެހި ދިމަލެއް ނުވާނެނު...

  2
  1
  • މުދައްރިސު

   އޯލެވެލްގަ ހުރިހާ ސްކޫލަކުންވެސް ހަދާނީ 1 ޕޭޕަރެއް ކޮއްކޯ، ކިޔަވާ ދޭނީވެސް ޕާސްޓް ޕޭޕަރުގަ ހުންނަ އެއްޗެހި.

 2. އަހަންމާކަލޯ

  ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންގެ ފިލާވަޅުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޗެނަލް ޔޭސްޓީވީ މެދުވެރިކޮށް މާދަމާ ގެނެސްދޭން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ މިވާހަކަ ކިޔާލުމުން ހިތައް އަރަނީ ކީއްވެގެންތޯ މިޕުރޮގްރާމް ތައް ޓީވީއެމް ފުރީ ޗެނެލް އިން ނުގެނެސް ދެނީ ތިޔަބުނާ ޔޭސް ޓީވީ ބަލަންޏާ އަނެއްކާ މިޖެހެނީ މީޑިއާނެޓް ލާން ހުރިހާ ރަށަކައް ތިޔަ ޔެސް ޓީވީއެއް ނުލިބޭ މީރައްޔަތުންނައް ދެވޭ އިތުރު ތަކްލީފެއް ބޮޑައް ލަފަކުރެވެނީ މީސަރުކާރުން ގަސްތުގަ މީޑިއާނެޓައް ރުފިޔާ ދޭން ކުރާކަމެއްކަމައް އެހެން މިދެން ނެވެނީ މިހާރުވެސް ތިޔަ ޕީއެސް އެމް އިން މީޑިޔާނެޓައް މަހަކު 2 ލައްކަޔައް ވުރެ ގިނަ ރުފިޔާ ދައްކާ މީޑިއާނެޓުން ޕީއެސް އެމްގެ ޗެނަލްތައް ދައްކަން މީހެއްވާ ކަމެއް ނޫންތޯ އެކަމަކު މީޑިއާ ނެޓައް ޖެހޭ އީއެސް ޕީއެން ފޮނުވަންޏާ ރުފިރާ އީއެސް ޕީއެންނައް ދައްކަން މީއަރަތެއްތޯ ދުނިޔޭގެ ގާނޫނު ތަކޭ ޕޯޑިއަމް ތަކުގަ ދައްކާފަ ކަންކަން އެކޮޅުކޮޅުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ހިތުހުރިބަޔަކައް ވައްސަލާމް

 3. ސިނޯ

  ޓެލެ ކިލާސްތަކުގެ ޚަބަރު ކޮންމެ ގޭބިސީއަކަށް ފޯރުކޮށް ދެވިއްޖެކަން ކަށަވަރު ކުރިތަ؟

  • މީހާ

   އަދި ކިރިޔާ މި އިނގުނީ 9 ޖެހި ފަހުން

 4. މަ

  ކޮންތާކުން ޔެސް ޓީވީ ނެރޭނީ. މިހާރުވެސް މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ވިއްޔަ.

  1
  1
 5. ނިހާން

  އަހަންމާ ކަލޯ ތިއުޅެނީ އަދިވެސް 60 ހުގެ އަހަރުތަކުގައި. އަތުގައޮންނަ ފޯނަށް ޕީ އެސް އެމް ކަނެކްޓް އެޕް އަޅާލީމަ ޕީއެސްއެމްގެ ހުރިހާ ޗެނަލެއް ފެންނާނެ. އެ ޗެނަލްތަކުގެ ތެރޭގަ ޔެސް ޓީވީ އިންނާނެ. އަވަހަށް ޕީ އެސް އެމް ކަނެކްޓް ފޯނަސް ޑައުންލޯޑުކުރޭ!