ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭތަންތަން ބަންދުކުރަން ނިންމައިފިއެވެ.

ރާއްޖެެއިން މިހާރު މި ބައްޔަށް 13 މީހަކު ވަނީ ފައްސި (ޕޮޒިޓިވް)ވެފައެވެ. ހެލްތު މިނިސްޓްރީއިން އާއި އެޗް.ޕީ.އޭ އިން އަންނަނީ އާންމުން އެއްވެ ނޫޅުމަށާއި މި ބަލީގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑު ކުރުމަށާއި ހޮސްޕިޓަލް ތަކަށް ދިޔުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ އޮންލައިން ފުލޫ ކުލިނިކްތަކަށް ގުޅުއްވައިގެން އެފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް އަމަލު ކުރުމަށް އަންގަމުންނެވެ.

މިނިސްޓަރ މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެޗް.ޕީ.އޭ ގެ ލަފާގެމަތިން ކުރިއަށް އޮތް ދެ ހަފްތާއަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

 

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައެވެ.

އެހެންވެ ސުކޫލު، ކޮލެޖު އަދި ޔުނިވާސިޓީގެ އިތުރުން އާންމު އެއްވެ އުޅުމަށް ގާއިމުކުރެވިފައިވާ ޕާކުތައްވަނީ ބަންދުކޮށްފައެެވެ. އޭގެ އިތުރުން، މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަމީން ވަދާޅުވީ ތަންތަނަށް ދިއުމާއި އެއްވެ އުޅުމުގެ ހަރަކާތްތައް ނުބާއްވާ، ކަމާއި ބެހޭ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކަށް ތަބާވުމަށް އަމީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވޮލީ ފެމެލީ

    ތީގެ މާނައަކީ ޔޫތުމިނިސްޓްރީ ބެލެމުގެ ދަށުން ބަލަހައްޓާ ވޮލީ ކޯޓްތަށްނޫން އެހެންތަންތާހުރި ވޮލީ ކޯޓްތަކާއި ދަނޑުތަކުގައި ކުޅިވަރުކުޅެވޭނެއޭ ދޯ؟

  2. ތ ރ

    މިހާރުވެސް ޔޫތު ބެލުމުގެ ދަށުގަހު ރި ފުޓުސަލް ދަޑުތަކުގަ އެބަ ކުލޭ ޒިއްމާ ނަގަނި ކޮން ބައެއް