މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ގދ.މާވަރުލުގައި ގާއިމުކޮށްފައިވާ އެއާޕޯޓަށް ދަތުރުތައް ފެށުން މަޑުޖައްސާލާފައިފިއެވެ.
މާވަރުލުގައި ތަރައްޤީކުރާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި، 11 ވަނަ ދުވަހު ހެނދުނު 11:11 ގައި އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ވަނީ ޖައްސާފައެވެ. އެ އެއާޕޯޓަކީ ގދ.އަތޮޅުގައި ތަރައްޤީ ކުރާ ދެވަނަ އެއާޕޯޓެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެ އެއާޕޯޓަށް ދަތުރު ކުރަން ފަށަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
"މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން މާވަރުލު އެއަރޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރާނެކަމަށް ކުރިން ދެންނެވުނު ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން"
މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން މާވަރުލު އެއަރޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރާނެކަމަށް ކުރިން ދެންނެވުނު ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
— Ministry of Transport and Civil Aviation (@MoTCAmv) March 15, 2020
މިހާރު މި ބައްޔަށް ރާއްޖެއިން 13 މީހުންވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ.
މާވަރުލުގައި އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ވެސް ފެށިއެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި އޮއްވާ އަލުން މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މާޗް މަހު އެވެ. މި އެއާޕޯޓަކީ ވެސް އެހެން ޑޮމެސްޓިކް އެއާޕޯޓްތަކެކޭ އެއްގޮތައް 1200 މީޓަރުގެ ރަންވޭ އަކާއި އެކު ތަރައްޤީ ކުރާ އެއާޕޯޓެކެވެ.
ކޮންމެހެން ކޮވިޑް19 އޭ ކިޔާ ބުހތާން ހަދަނީ ކީއްވެ ، އެއަރޕޯޓް ނުނިމޭތީ 30 ހަށް ބަދަލުކުރީއޭ ބުނިނަމަ މާތާހިރުވީސް ،