ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނުމާއި ގުޅިގެން، އއ. މައިތިވެރިން ބިދޭސީ ދެ ކުދިންނާއެކު އެ އާއިލާ އަށް ނިސްބަތްވާ އެހެން މެންބަރުން، ފަރުކޮޅުފުށީގައި އެކަހެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް 19 އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އެ އާއިލާއަށް ނިސްވަތްވާ 6 މެންބަރުންވެސް ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެމީހުންނާއި ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންވެ، މަތިވެރި ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށްފަ މޮނީޓަރިން ހާލަތުގައެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ދެ ފަރާތެއް އޭގެ ތެރެއިން ސިމްޓޮމެޓިކް ވެގެން، މަތިވެރި މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތްކަން. މަނިޓަރީގެ މޮނިޓަރިންގެ ހާލަތު އަދިވެސް އެބައޮތް ކޮންޓެކްޓް ޓްރޭސިން ނިމެންދެން. އިތުރަށް މިވެގެނެވޭ 6 ފަރާތް އެއީ ސިމްޓޮމެޓިކްވި 2 ފަރާތުގެ އާއިލާ. ޖުމްލަ 8 ފަރާތް." މަބްރޫކް ވި

ކޮވިޑް-19 އަށް ޝައްކުވާ އެ ދެ ކުދިންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް މަތިންވެރީގައި ތިބި ދެމީހެއްގެ ގައިން ފެނުމުން އެރަށަށް އަރައި ފޭބުން މަނާކޮށްފައި ވަނި އިއްޔެއެވެ. މަތިވެރި އަކީ ވަރަށް ގިނަ ގެސްޓްހައުސް ހިންގަމުން އަންނަ ރަށެކެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ކަރަންޓީންގައި މިހާރު 20 މީހުން، އައިސޮލޭޝަންގައި 12 މީހުން އަދި ހޮސްޕިޓަލްގައި ތިން މީހުން އެބަތިއްބެވެ. މީގެ އިތުރުން އަމިއްލަ ގޭގައި އަދި ރިސޯޓްތަކުގައި ވެސް ބައެއް މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު