ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް އއ.އަތޮޅު މަތިންވެރީގައި ތިބި ދެމީހެއްގެ ގައިން ފެނުމުން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ބަލީގެ އަލާމާތްތައް ފެނުނީ އެރަށުގައި ތިބި ދެބިދޭސީއެއްގެ ގައިންނެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މަތިވެރި މޮނިޓަރިންގެ ހާލަތައް ބަދަލު ކުރުމުން، ދެބިދޭސީން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން އެރަށަށް އަރައި ފޭބުން މަނާ ވާނެއެވެ. ޓެސްޓްތަކުގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެ ނަމަ ރަށަށް އަރައި ފޭބުމުގައި އެއްވެސް ދައްޗެއް ނޯންނާނެއެވެ. ނަމަވެސް ނަތީޖާ ފައްސި (ޕޮޒިޓިވް) ވެއްޖެ ނަމަ އެމީހުންނާއި ބައްދަލުވި މީހުން ފާހަގަ ކުރެވެންދެން ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.

މަތިވެރި އަކީ ވަރަށް ގިނަ ގެސްޓްހައުސް ހިންގަމުން އަންނަ ރަށެކެވެ.

ގޮލި ލަންކަންފުށި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ. ގިލި ލަންކަންފުށި މޮނިޓަރިން ހާލަތަށްލީ އެ ރަށުގެ މުވައްޒަފަކު މެލޭޝިއާ އަށް ގޮސް އައި ފަހުން ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމުން ކޮންޓެކްޓް ޓްރޭސިން އާއި ބަލަން ޖެހޭ އެހެން ކަންތައްތައް ބެލުމަށެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ކަރަންޓީންގައި މިހާރު 20 މީހުން، އައިސޮލޭޝަންގައި 12 މީހުން އަދި ހޮސްޕިޓަލްގައި ތިން މީހުން އެބަތިއްބެވެ. މީގެ އިތުރުން އަމިއްލަ ގޭގައި އަދި ރިސޯޓްތަކުގައި ވެސް ބައެއް މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު