އާވީ ނޭޗާސް ޕެރެޑައިސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓުތައް ހެދި މީހާ ނައްސި (ނެގެޓިވް)ވެއްޖެ އެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރެޑައިސް ރިސޯޓޫން ނެގި ސާމްޕަލްގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ.

އަދި އެ ރިސޯޓުގެ މޮނީޓަރިންގ ހާލަތު ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން އެއްވެސް ދިވެއްސަކު ކޮވިޑް-19އަށް އަށް ފައްސި (ޕޮޒިޓިވް)ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ބަލި ކަމަށް ޝައްކު ކުރެވޭ އަލާމާމްތަކެެއް ފެނިގެން ދިވެހިންވެސް އެކަހެރިކޮށް ޓެސްޓުތައް ވަނީ ހަދާފައެވެ. ނަމަވެސް އޭގެން އެއްވެސް މީހަކު މި ވައިރަސްއަށް ފައްސިވެފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު