00:22

00:03

23:50

23:49

23:36

23:34

23:17

22:46

ކޮވިޑް-19 ޖެހިގެން ސްވިޑިން އިން އިތުރު ދެމީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން 10 މީހުން ވަނީ މަރުވެފައި.

ޖަރުމަންވިލާތުން ވެސް އިތުރު އެކަކު މަރުވެއްޖެ. އެގައުމުން މިހާތަނަށް 28 މީހަކު މަރުވެފައިވޭ.

 

22:42

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 33 މީހުން މަރުވެއްޖެ. މިހާތަނަށް އިނގިރޭސިވިލާތުން ވަނީ ކޮވިޑް-19 ޖެހިގެން 104 މީހުން މަރުވެފައި.

22:37

22:07

22:01

21:43

21:36

މަބްރޫކް: ޑައިރެކްޓް ކޮންޓެކްޓްވި ތިން ދިވެހިންގެ ތެރެއިން އެކަކު އެއީ ކުރެއްދޫ ކޭސް. އެ ކޭސް ވަނީ ނެގެޓިވް ވެފައި. ދެން ހިމެނޭ ދެކޭސްގެ ނަތީޖާ އަދި ނުލިބޭ. ނަމަވެސް މިރޭ ލިބޭނެ ކަމަށް ލަފާކުރެވޭ. އެއީވެސް ދެރިސޯޓެއްގައި ކުރިން ފެށިގެން އައިސޮލޭޝަން ތިބި ދެމީހުން.

21:34

ޑރ.މުރާދު: އަޅުގަނޑުމެންނަށް ޓެސްޓް ކިޓްތައް ލިބިފައި ވަނީ ޑަބްލިއުއެޗްއޯ. ޓެސްޓް ކުރަނީ ދެ ސްޓޭޖަކުން. ފުރަތަމަ ބަލަނީ ކޮރޯނާ ވައިރަސްއެއްތޯ އުޅެނީ. އެ ޕޮޒިޓިވް ވެއްޖެއްޔާ ކޮންފަމޭޝަން ޓެސްޓެއް ދެން ހަދަނީ. އަޅުގަނޑުމެން ބޭނުން ކުރަމުން މިގެންދަނީ ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދީފައިވާ ކިޓްތަކެއް.

21:27

21:14

މަބްރޫކް: މިހާރު މޮނިޓަރިންގައި އޮތީ އައިލެންޑް ސަފާރީ-01 އަދި ރިއު ހޮޓެލް.

21:10

މަބްރޫކް: 463 ސާމްޕަލް ނެގިއްޖެ. 450 ސާމްޕަލްގެ ނަތީޖާ ނެގެޓިވް. މިހާތަނަށް ނުލިބޭ 35 ސާމްޕަލް އެބައޮތް.

21:09

މަބްރޫކް: ޕޮޒިޓިވް ކޭސްތަކުގެ އަދަދަށް ބަދަލެއް ނާދޭ.

21:08

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

20:59

20:57

އިނގިރޭސިވިލަތުން އިތުރު 676 މީހަކު ވައިރަސް އަށް ފައްސިވެއްޖެ.

މިހާރު އެގައުމުން ޖުމްލަ 2،626 މީހަކު ވަނީ ވައިރަސް އަށް ފައްސިވެފަ.

20:51

20:50

20:35

20:23

20:11

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

ޖަރުމަނުން އިތުރު 1 މަރު، ޖުމްލަ މަރު 27، އިތުރު 753 ފައްސި 10120

ސްޕެއިން އިން އިތުރު 90 މަރު، ޖުމްލަ މަރު 623، މިއަދު މިހާތަނަށް ފައްސިވި މީހުންގެ އަދަދު 2084، ފައްސިވި ޖުމްލަ މީހުންގެ އަދަދު 13910

އެމެރިކާއިން އިތުރު 890 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 7301

ނެދަލޭންޑުން އިތުރު 15 މަރު، ޖުމްލަ މަރު 58، މިއަދު މިހާތަނަށް ފައްސވި މީހުންގެ އަދަދު 346އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 2051

ނޯވޭއިން އިތުރު ދެ މަރ،ު މިއަދު މިހާތަަނަށް 3 މަރު، ޖުމްލަ މަރުގެ އަދަދު ހައެއް

ސިންގަޕޫރުން އިތުރު 47 ފައްސި، ފައްްސިވި މީހުންގެ ޖުމްލަ އަދަދު 313 އަށް

ޕާކިސްތާނުން އިތުރު 25 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 272 އަށް

އައިސްލޭންޑް އިތުރު 3 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 250

ސްރީލަންކާއިން އިތުރު 12 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 81

ކްރޮއޭޝިއާއިން އިތުރު 6 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 51

ސްލޮވޭކިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ކުވެއިތުން އިތުރު 12 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 142

ރަޝިއާއިން އިތުރު 33 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 143

އިންޑިއާއިން އިތުރު 4 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 152

އިރާގުން އިތުރު 10 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 164

ޗިލީން އިތުރު 37 ފައްސި، ފައްސިވި މީހުންގެ ޖުމްލަ އަދަދު 238

 

19:57

19:43

19:36

18:48

18:41

18:35

18:19

18:09

17:56

17:44

17:38

17:38

17:31

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

ބެލްޖިއަމް އިން 4 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 14 އަށް

ޕޯޗުގަލް އިތުރު 1 މަރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 2 އަށް. އެ ގައުމުން 194 މީހަކު ވަނީ ފައްސިވެފައި، އެ ގައުމުން މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު 642 އަށް

17:17

17:06

17:02

16:47

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

- ސްޕެއިންއިން އިތުރު 65 މަރު، މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 598 އަށް ވަނީ އަރާފައި

- އޮސްޓްރިއާއިން އިތުރު 3މަރު، މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 7 އަށް ވަނީ އަރާފައި

- އިރާގުން އިތުރު 1 މަރު، މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް ވަނީ އަރާފައި

 

16:42

16:42

މިއަދު މިހާތަނަށް 4،051 މީހުންނަށް ވަނީ ބަލި ޖެހިފައި. އަދި 45 މީހަކު މަރުވި.

16:37

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

- ޖޯޖިއާ އިން އިތުރު 4 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 38 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ސެނަގާލް އިން އިތުރު 4 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 31 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- މޮލްޑަވޯ އިން އިތުރު އެއް މަރު، މިއީ އެ ގައުމުގައި މީހަކު މަރުވި ފުރަތަމަ ފަހަރު.

- ޓިއުނީޝިއާ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 29 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އިތުއޭނިއާ އިން އިތުރު އެކެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 27 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ބަންގްލަދޭޝް އިން އިތުރު 3 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 14 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ރީޔޫނިއަން އިން އިތުރު ތިން މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 14 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ގުޔާނާ އިން އިތުރު ދެ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 11 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ގުއާން އިން އިތުރު ތިން މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން އަށް މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ރުވަންޑާ އިން އިތުރު އެކެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ބަލި ފެނުނު މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައި.

- ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން އިތުރު ތިން މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ހަތް މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އައިވަރީ ކޯސްޓުން އިތުރު ދެ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ހަޔަކަށް މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އަރުބާ އިން އިން އިތުރު އެކެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ހަތަރު މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ސޫދާނުން އިން އިތުރު އެކެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ދެ މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ޓަންޒޭނިއާ އިން އިތުރު އެކެއްގެ ދެ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން ތިން މީހެއްގެ ގައިން ބަލި ފެނިފައިވޭ.

16:35

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

- ޕެނަމާ އިން އިތުރު 17 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 86 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އަރްމޭނިއާ އިން އިތުރު ހަ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 84 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ސާބިއާ އިން އިތުރު 11 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 83 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ލެޓްވިއާ އިން އިތުރު 11 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 71 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- ބުރުނާއީ އިން އިތުރު 12 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 68 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އަލްޖީރިއާ އިން އިތުރު ހަ މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުން 67 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

- އަލްބޭނިއާ އިން އިތުރު އެއް މަރު، ޖުމްލަ ދޭއް، އިތުރު ހަތަރު މީހަކަށް ބަލި ޖެހިފައި، ޖުމްލަ 59

- އަލްބޭނިއާ އިން އިތުރު އެއް މަރު، ޖުމްލަ ދޭއް، ހަތަރު މީހަކު ފައްސި، ޖުމްލަ 59

16:32

16:30

16:28

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

- ފިލިޕީންސް އިން އިތުރު ތިން މީހަކު ވަނީ މަރުވެފައި، މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައި.

- ހޮންކޮން އިން އިތުރު 13 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 181 އަށް އަރާފައި.

- އިންޑިއާ އިން އިތުރު ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 152 އަށް އަރާފައި.

- ކުވައިތުން އިތުރު 12 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 142 އަށް އަރާފައި.

- ލުބުނާނުން އިތުރު ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 133 އަށް އަރާފައި.

- ދެކުނު އެފްރިކާ އިން އިތުރު 31 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 116 އަށް އަރާފައި.

- ތައިވާނުން އިތުރު 23 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 100 އަށް އަރާފައި.

- ސްލޮވޭކިއާ އިން އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 105 އަށް އަރާފައި.

 

16:25

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

- ޕޯޗުގަލް އިން އިތުރު އެއް މަރު، މިހާތަނަށް ދެ މީހުން މަރު.

- ބްރެޒިލުން އިތުރު އެއް މަރު، މިހާތަނަށް ދެ މަރު، ބަލި ޖެހުނު އިތުރު ތިން މީހެއް، ޖުމްލަ 349 މީހުން.

- ފިންލޭންޑުން އިތުރު 11 މީހަކަށް ބަލި ޖެހިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 333 އަށް އަރާފައި.

- އެސްޓޯނިއާ އިން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 258 އަށް އަރާފައި.

- ބްހްރޭނުން އިތުރު 14 މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 255 އަށް އަރާފައި.

- ޕާކިސްތާނުން އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 254 އަށް އަރާފައި.

- ޕޮލެންޑުން އިތުރު އަށް މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 246 އަށް އަރާފައި.

- ރޯމޭނިއާ އިން އިތުރު 29 މީހެއްގެ ގައިން ބަލި ފެނިއްޖެ. ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 246 އަށް އަރާފައި.

- އިންޑޮނޭޝިއާ އިން އިތުރު 12 މަރު، ޖުމްލަ 19 މަރު، 55 މީހަކަށް ބަލި ޖެހިފައިވޭ. ޖުމްލަ 227.

- ލަޒަންބާގް އިން އިތުރު އެއް މަރު، ޖުމްލަ ދޭއް، ބަލި ޖެހުނު އިތުރު 63 މީހެއް އަދި ޖުމްލަ 203 މީހެއް.

 

16:21

16:19

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

-މެލޭޝިއާ އިން އިތުރު 117 މީހުންގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 790 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

-އޮސްޓްރޭލިއާ އިން އިތުރު އެކަކު މަރުވެއްޖެ. މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި. އެ ގައުމުން އިތުރު 110 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. މިހާރު އެ ގައުމުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 564 އަށް އަރާފައި.

- ބުރްކީނޯ ފަސޯ އިން އެކަކު ވަނީ މަރުވެފައި. މިއީ ބަލި ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރު.

- ޗެކް ރިޕަބްލިކުން އިތުރު 30 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 464 އަށް އަރާފައި.

 

 

 

 

 

16:15

ކޮވިޑް-19 ގެ ހާލަތު ދުނިޔޭގެ އެކިކަންކޮޅުތަކުން:

ސްޕެއިން އިން އިތުރު 1890 މީހުންގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 13،716 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

ޖަރުމަނުން އިތުރު 510 މީހެއްގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 9877 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

ބެލްޖިއަމުން އިތުރު 243 މީހެއްގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 1471 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

އޮސްޓްރިއާ އިން އިތުރު 139 މީހެއްގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 1471 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

ޑެންމާކުން އިތުރު 67 މީހެއްގެ ގައިން ބަލި ފެނިއްޖެ. ޖުމްލަ 1044 މީހެއްގެ ގައިން ބަލި ފެނިފައިވޭ.

 

 

16:14

ނޯވޭ އިން އިތުރު އެކަކު ވަނީ މަރުވެފައި. އެ ގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައި. ބަލި އިތުރު 20 މީހެއްގެ ގައިން ފެނުނު. ޖުމްލަ މިހާރު އެ ގައުމުން ބަލި ފެނުނު މީހުންގެ އަދަދު ވަނީ 1491 އަށް އަރާފައި.

15:56

15:55

15:22

14:46

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް: ފަރުކޮޅުފުށީގައި ފުރަތަމަ ދެ ދުވަހު އުޅުނު މަދިރީގެ އުދަނގޫވާތީ އެމްއެންޑީއެފުން ވަނީ ބޭސް ޖަހާފައި. އަޅުގަނޑުމެން މިދަނީ އެންމެ ނުރައްކާތެރިކަން ކުޑަ ކުރުމަށް މަސައްކަތް ކުރަމުން މިދަނީ.

14:44

14:44

14:39

ފަރުކޮޅުފުއްޓާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މީހުންގެ ހާލު ރަނގަޅު.

14:37

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް: ސ. މަރަދޫގައި ދިވެއްސަކު، މެލޭޝިއާ އިން ރާއްޖެ ދަތުރު ކުރި މީހެއްގެ ބަލީގެ އަލާމާތެއް ވަނީ ފެނިފައި. އަދި ތ. ގުރައިދޫ އާއި ސ. މަރަދޫ އިން ޝައްކު ކުރެވޭ ދެ މީހަކު ވަނީ ފެނިފައި. އެމީހުން އެންމެ ފަހުން ދިޔައީ އިންޑިއާ އިން. އެ ހުރިހާ އެންމެންގެ ސާމްޕަލްތައް ވަނީ ނަގާފައި.

14:33

ކޮވިޑް-19 އާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި.

14:18

14:17

14:05

13:31

13:31

11:50

ކްރިގިސްތާނުގައި ތިން މީހެއްގެ ގައިން ކޮވިޑް-19 ފެނިއްޖެ. މިއީ އެ ގައުމުގައި ބަލި ޖެހިގެން ރިޕޯޓު ކުރި ފުރަތަމަ ފަހަރު.

11:50

މޮންގޯލިއާ އިން އިތުރު މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައި.

11:49

ޓްރިނޭޑް އެންޑް ޓޮބޭގޯ އިތުރު ދެ މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައި.

11:49

ރުވެންޑާ އިން އިތުރު އެކެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައި.

11:48

އުޒްބަކިސްތާނުން އިތުރު ދެ މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި.

11:48

ކަޒިކިސްތާނުން އިތުރު ދެ މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 35 އަށް އަރާފައި.

11:48

ސްރީލަންކާ އިން އިތުރު މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 45 އަށް އަރާފައި.

11:47

ހަންގޭރީން އިތުރު އަށް މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 58 އަށް އަރާފައި.

11:47

ވިއެޓްނާމުން އިތުރު ދެ މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 68 އަށް އަރާފައި.

11:46

ކޮލަމްބިއާ އިން އިތުރު 10 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 75 އަށް އަރާފައި.

11:45

މެކްސިކޯ އިން އިތުރު 11 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 93 އަށް އަރާފައި.

11:45

އިންޑިއާގައި އިތުރު ފަސް މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 148 އަށް އަރާފައި.

11:44

ފިލިޕީންސްގައި އިތުރު ތިން މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 193 އަށް އަރާފައި.

11:44

ތައިލެންޑްގައި އިތުރު 35 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 212 އަށް އަރާފައި.

11:43

ބްރެޒިލުން އިތުރު ތިން މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 349 އަށް އަރާފައި.

11:43

އިސްރާއީލުން އިތުރު 90 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 427 އަށް އަރާފައި.

11:42

މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާޢަތް ހެދުން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނިންމުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ތާއިދު ކުރައްވައިފި. ޝަހީމް ވަނީ ސަރުކާރުގެ ނިންމުން ދެމެހެއްޓުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައި.

11:42

އޮސްޓްރޭލިއާ އިތުރު 105 ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 560 އަށް އަރާފައި. އެ ގައުމުގައި ބަލި ޖެހިގެން އިތުރު މީހަކު ވަނީ މަރުވެފައި. މިހާރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި.

11:41

ޖަޕާންގައި އިތުރު ހަތަރު މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހިގެން މީހުންގެ އަދަދު ވަނީ 882 އަށް އަރާފައި.

11:40

އެމެރިކާގައި އިތުރު 111 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6,522 އަށް އަރާފައި. އަދި އެ ގައުމުގައި އިތުރު ހަތް މީހަކު މަރުވެފައިވާ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 116 އަށް އަރާފައި.

11:39

ދެކުނު ކޮރެއާގައި އިތުރު 93 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާރު އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،413 އަށް އަރާފައި. މި ބަލި ޖެހިގެން އެ ގައުމުން އިތުރު ތިން މީހަކު މަރުވެފައިވޭ. މިހާރު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 84 އަށް އަރާފައި.

11:36

11:07

10:35

10:32

09:43

09:04

08:26

އިމާރާތެއްގައި ހުރި މީހެއްގެ ގައިން ސާމްޕަލް ނެގުމަކީ އެ ހިސާބުގަނޑުގެ މީހުން ބިރުވެރިކަމަކަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެ.

08:20

ކޮވިޑްގެ-19 ގެ އަލާމާތްތައް ނުފެންނަ، ކޮވިޑް-19 ޖެހިފައިވާ ބައްދަލުވެފައި ނެތް ސިއްހަތު ރަނގަޅު މީހުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމަށް ޑރ.ނިޔާފް އެދިވަޑަައިގެންފި.

03:01

02:22

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު މިއަދު ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 16 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން 102 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ.

02:09

ޖަރުމަނުން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. އެއާއެކު މިއަދު މި ބަލީގައި އެގައުމުން މަރުވި މީހުންވެ އަދަދު މިވަނީ 9 އަށް އަރާފަ. މިހާތަނަށް އެގައުމުން 26 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފަ.

01:47

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު އެކަނިވެސް އެމެރިކާއިން 1389 މީހަކު ވަނީ ފައްސިވެފަ. މިހާތަނަށް އެމެރިކާއިން 6052 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަ.

01:45

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 3 މީހަކު މަރުވެއްޖެ. އެއާއެކު މިއަދު އެ ގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 15 އަށް އަރާފައި. ކޮވިޑް-19 ޖެހިގެން އެމެރިކާއިން ޖުމްލަ 101 މީހަކު ވަނީ މިހާތަނަށް މަރުވެފަ.

01:35

01:31

01:14

މިހާރު ދުނިޔޭފައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 800 މީހަކު ވަނީ މަރުވެފަ. އަދި 14،737 މީހަކު ވަނީ މިބައްޔަށް ނައްސިވެފަ.

01:13

ޕާކިސްތާނުން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 247 އަށް އަރާފަ.

01:12

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އެމެރިކާއިން އިތުރު 350 މީހަކު ފައްސިވެއްޖެ. އެއާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 1،254 އަށް އަރާފައި، އެމެރިކާއިން މިހާތަނަށް ޖުމްލަ 5,917 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ.

01:10

ޖަރުމަނުން އިތުރު 890 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު މިއަދު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 2,080 އަށް އަރާފައި. ޖަރުމަނުން މިހާތަނަށް ޖުމްލަ 9،352 މީހަކު ވަނީ ކޮވިޑް-19 ޖެހިފައި.

01:08

ސްޕެއިން އިން އިތުރު 395 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިވަނީ 1806 އަށް އަރާފައި. މިހާތަނަށް ސްޕެއިން އިން ޖުމްލަ 11,748 މީހަކު ވަނީ މިބައްޔަށް ފައްސިވެފަ.

01:03

ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 42 މީހަކު މަރުވެއްޖެ. އެއާއެކު މިއަދު މި ބަލި ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 191 އަށް އަރާފަ. ކޮވިޑް-19 ޖެހިގެން ސްޕެއިން ވަނީ މިހާތަނަށް ޖުމްލަ 533 މީހަކު މަރުވެފަ. މިއީ އިޓަލީއަށް ފަހު އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ޤައުމު.

00:42

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެ، ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އަންގާރަ ދުވަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ހަމައެކަނި އަންގާރަ ދުވަހު އެކި ގައުމުތަކުން 778 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި މިހާތަނަށް 14274 މީހުން ހަމައެކަނި މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ. އެހެންކަމުން މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 196000 އަށް އަރައިފިއެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 81600 މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 7927 އަށް އަރައިފިއެވެ.

އަންގާރަ ދުވަހު ވެސް އެންމެ ގިނަ މީހުން މަރުވީ އިޓަލީވިލާތުންނެވެ. ދެން އެންމެ ގިނަ މީހުން މަރުވީ ސްޕޭނުންނެވެ. އެއަށްފަހު އީރާނުންނެވެ. އަންގާރަ ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވެސް އެންމެ ގިނައީ އިޓަލީވިލާތުގައެވެ. އީރާން ފިޔަވައި ދެން އެންމެ ގިނައިން ބަލި ޖެހިފައި ވަނީ ޔޫރަޕްގެ ގައުމުތަކުގެ މީހުންނަށެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުން ފެށިގެން އެއްހަފްތާ ދުވަހަށް ސަރުކާރު ބަންދު ކުރަން ރާއްޖެ އިން ނިންމި ޚަބަރު ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރުން އިނގިރޭސިވިލާތުންނާއި، މެލޭޝިއާ އިން ރާއްޖެ އަށް މީހުން އައުން ވަނީ މިއަދުން ފެށިގެން މަނާ ކޮށްފައެވެ.

ކޮވިޑް-19 ޖެހުނު މީހަކާއި ބައްދަލުވި ތިން ދިވެއްސެއްގެ ގައިން އަލާމާތްތައް ފެނުނު ޚަބަރު ވެސް މިރޭ ލިބިފައި ވެއެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ސްރީލަންކާ އިން އެގައުމުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ދިން ޚަބަރުތައް ފާހަގަ ކޮށްލެވެއެވެ.

އަދި ސައުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ނަމާދު ކުރުން މަނާކުރި ޚަބަރު ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    އަޅުގަނޑުގެ މުސާއިގެ 20% އަކީ 1895 އިރުގަޑީގެ މަސައްކަތަށް މާޗް މަހު ލިބެންޖެހެނީ 2100ރ އެފައިސާ ނުދިނުމުން އަޅުގަނޑުއަތުން ތިކެޑުއްވީ 22.5 % ސިޔަސީ މީހުން އަތުން 20% ނިކަމެތިމީހާއަތުން އެއަށްވުރެ މަތިން