މާޗް މަހު މުސާރަ ޝީޓް ތައްޔާރުކުރާއިރު ދައުލަތުގެ ބަޖެޓުން މުސާރަދޭ އެއްވެސް މުވައްޒަފަކަށް މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އިތުރު ގަޑީގެ ފައިސާ ނުހިމަނާ މުސާރަ ޝީޓް ތައްޔާރު ކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ކޮވިޑް-19 ސިއްޚީ ކުއްލި ހާލަތާއިގުޅިގެން 19 މާރިޗު 2020 އިން 26 މާރިޗު 2020 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހުރިއްޔާ ނިންމަވާފައިވާތީ، ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދޭ މުވައްޒަފުންނަށް މާޗް މަހުގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް ހުރިހާ އޮފީސްތަކަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ސާކިއުލާގައި ބުނާ ގޮތުގައި މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އިތުރު ގަޑީގެ ފައިސާ އާއި މުސާރައާއި އިނާޔަތްތަކުން އުނިކުރާ ގަޑީލާރީގެ ފައިސާ މާރިޗު މަހުގެ މުސާރައިގައި ހިމަނައިގެން ނުވާނެއެވެ. އަދި މިފައިސާ އުނިއިތުރު ކުރާނީ މި މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.

މުސާރަ ޝީޓު ތައްޔާރު ކުރުމުގައި އެއޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ހިމެނިފައިވާކަމާއި، ވަޒީފާއިން
ވަކިވެފައިވާ މުވައްޒަފުން ހިމެނިފައި ނުވާ ނުވާކަން ކަށަވަރުކުރުމަށް ވެސް ސާކިއުލާގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން ވެސް މުސާރަ ޝީޓް ތައްޔާރު ކުރުމުގައި އިދާރީ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ސާކިއުލާގައި ހިމަނާފައި ވެއެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުގައި ހުރިހާ އޮފީހަކުން ވެސް މިމަހުގެ މުސާރަ ޝީޓް މިއަދު 14:00 ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާ

ސަރުކާރު މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ މިމަހު ނުދޭން ނިންމާފައި ވާއިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީން މިއަހަރު ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ. މިއަހަރު އާމްދަނީ ދަށަށް ދާނެތީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވަން ސަރުކާރުން ވަނި ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ގގެގ

    ފިތުނަ ނުއުފައްދާ ނަވާޒް. ކޮބާ ގަޑި ޖެހިގެން ކަނޑާ ލާރި ނުކަނޑާ ވާހަކަ؟

    7
    18
  2. ރަޝީދު

    އުއްމީދު ކުރިގޮތަށް ވަމުން ދަނީ ހުރިހާބާރެއްކުރާނީ ނިކަމެތި އެންމެ އާދައިގެ މުއައްޒަފުންނަށް. މި ޜައްޖޭގައި ހުރި އެންމެ މަތިވެރި ޢިމާރާތުގެ ދަށުގައި ތިބެގެން

    31
    1
  3. Anonymous

    ކޮބާ އެންމެން އަތްޖަހާ މީއޯގާތެރި ސަރުކާރެއް

    41
    4
  4. މާމިގިލި މީހާ

    ޑިއުޓީގެ އިތުރުން މަސައްކަތް ކުރާ ގަޑި ކަޑާ ލުން ވަރަށް މުހިން މު

    20
  5. Anonymous

    ނުކުޅެދޭ ސުންޕާ ސަރުކާރު ހޮވި މީހުންނަށް ސަލާން

    49
    4
  6. Anonymous

    ސަރުކާރުގެ އޯގާތެރިކަން ވަރަށްރަށްވެސް ރަގަޅު މި ފަދަ ބޮޑުބަލިމަޑުކަމެއް ފެތުރިގެން އުޅޭއިރު ދުނިޔޭގެ ގައުމުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް ވެެދެމުންދާ އެހީތެރިކަމަށްބާލާއިރު ދިވެހިރާއްޖެއިން އެހޭތިރިކަން ފޯރުކޮށްދެމުންދަނީ މިގައުމުގެ އެންމެ ކުޑަމުސާރަލިބެމުންދާ އާދައިގެ ސިވިލް ސަރވިސް މުއައްޒަފުންނަށް. އެމުއައްޒަފުންގެ މުސާރައިން އެއްވެސް އެއްޗެް އުނިނުކުރާނެކަމަށް އަޑަށްބާރުލާފައި ބުނެފަ އެންމެ ފަހުން ދައުލަތުން ޚަރަދު ކުޑަކުރާނެ ގޮތަކަށް މިފެނުނީ ސިވިލްސަރވިސް މުއައްޒަފުން ޤުރުބާން ކުރަން. މި ރާއްޖޭގެ ބިމުގައި ހުރި އެންމެމާތްވެގެންވާ ޢިމާރާތުގެ ތެރޭގައި ތިބެގެން އެއްބަޔަކު އަނެއްބަޔަކަށް ހަޑި އުތުރު އެއްޗެތި ގޮވަމުންދާ ޢިއްޒަތްތެރި މެމްބަރުން އެއްވެސް މިންވަރެއް މިވަގު ހިމެނިގެން ނުވޭ. އެމީހުންގ އަތުން އެއްނެމް ލޯލާރިއެއް އުނިކުރެވުނަސް އެމީހުން ލަވާ ހަޅޭކުގެ އަޑުވެގެން ދާނެކަމަށް ފެންނާތީ މެމްމބަރުން އަމިއްލައަށް އެދުމުންވެސް އެފަދަ ކަމެއްކުރާކަށް މަޖިލީހުގެ އެންމެ މަތީފަރާތުން ބަސްފުޅުއިއްވެވީ އެފަދަ ކަމެއް ނުކުރުމަށް.

    27
  7. Anonymous

    ނިކަމެތި ރައްޔިތުންގެ މުސާރަކޮޅު ނުކަނޑާ ސިޔާސީ މީހުންގެ މުސާރައިން ކަނޑާބަލަ މީހާދަ ނުބައި ސަރުކާރެއް

    52
    4
  8. ބޯގޮވަނީ

    ދެރަ ނިންމުމެއް. ސިޔާސީ މަޤާމުތައް މެކުހައް. ޢިސްރާފުކުރުން މެކުހައް. ނިކަމެތިންގެ ކަރަށް އެރުން. އަންނި ކައިރީގަ ބުނަ ޓޫރިޒަމް ބޮއިކޮޓް ކުރަން އަދިވެސް ގޮވާށޭ

    35
    2
  9. Anonymous

    ނިކަމެތި ރައްޔިތުންގެ މުސާރަކޮޅުން 20 ޕަސެންޓް އެކަނޑާލަނީ! ހެޔޮވާނީކިހިނެތް! ތީތޯ އޯގާތެރިވުމަކީ!ނޫނޭވާ މިއޮތީ ވާ ސަރުކާރެއް ހޮވާފަ! ސިޔާސީ މީހުންގެ މުސާރަ އިން އުނިކޮށްބަލަ މިއޮތީ ބަލާވެރިކަމެއް

    35
  10. އަހްމަދު

    އަހަރެމެން ބޮޑެތި ލޯނުތަކެއްނަގައިގެން އުޅޭއިރު ތިޔައީ އަހަރެމެންނަށް ދިމާވާނޭ ތަކުލީފެއް. އިތުރު ގަޑި ހިމަނައިގެން ލިބޭ އެތިކޮޅުންވެސް މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. ލޯނުތައްވެސް ދެއްކުން ތަންކޮޅެއް ލަސްކޮށްލައިފިނަމަ ރަނގަޅުވާނެ.

    35
  11. މުހައްމަދު ނ

    ތިގޯސް. އިތުރުގަޑީގައި މަސައްކަތް ކޮއްފިނަމަ އެކުރި މަސައްކަތުގެ އުޖޫރަ ދޭންޖެހޭނެ، ނުވަތަ އެމުވައްޒަފެއްގެ މަޖުބޫރުކަމެއްނެތި ހުއްދަ ލިބެންޖެހޭނެ.

    33
  12. މަހޭޝް

    ދެނޯ

    11
  13. ޭއަަންމު

    އާންމު ރައްޔިތުންގެ މުސާރަ އިން އުނިކުރާއިރު، ސިޔާސީ ޕާޓީތަކަށް ރުފިޔާ ދޭން ޖެހޭތަ.

    30
  14. ޒަކް

    އޯޓީ ނުކިބޭ ފަދައިން އެއްވެސް ލާރިއެއް ނުވެސް ކަނޑާނެ ގަޑި ޖެހިގަ އޮތަސް ހާޒިރުނުވެ އޮތަސް.. އެވާހަކަ ވެސް ސުރުހީގަ ލިޔެލިނަމަ.. އެހެން ހަދަނީ މާދަމާއިން ފެށިގެން ސަރުކާރު ބަންދުވާތީއާއި މިއަދު 2 ގެ ކުރިން މުސާރަ ޝީޓުތައް ނިންމާ ފިނޭންސަށް ފޮނުވަންޖެހޭތީ. އޯޓީ ދީފަ ގަޑީ ލާރި ކަނޑާފަ މުސާރަ ޝީޓު ހަދަންޏާ ހަފްތާއެއް ވަރު ހޭދަވާނެ.. އެންވާނަމަ މުސާރަ ހަދާކުދިން ޖެހޭނީ އަންނަ ހަފްތާގަވެސް އޮފީހަށް ނިކުންނަން.. އެކުދިންނަށް ވެސް ބަލާފަ މިމަހު އެބައި ނުހިމެނީ އަންނަ މަހުގެ މުސާރައާއެކު އެ ބައި ހަމަޖައްސާނެ.. ފިތުނަ އުފައްދަން ސުރުހީ ޓިވިސްޓު ނުކުރަން އެދެން މި ދަނޑިވަޅުގަ.

    5
    22
    • ައަސްލު ވެރިޔާ

      ބަލަ ކަލެ އައްވެސް މަށައްވެެސް ޔަގީން ކަމެއް ނުދެވޭނެ އަންނަމަހުގަވެސް ކަނޑަ އެތިކޮޅު ދެވޭނެ ކަމުގެ ޔަގީން ކަމެއް.
      ޢެހެންވީމަ ތިކަންކަމުގަ ތިގޮތައް ޔަގީންކަން ނުދެވޭނެ.ހުދު ސަރުކާރައްވެސް ޔަގީން ކަމެއް ނޯންނާނެ މުސާރަ ގަނޑުވެސް ދެވޭނެ ކަމުގެ.

      4
      1
  15. ހަހް

    ވަރަށް ރަނގަޅު ނިންމުމެއް. މުސާރަކޮޅުވެސް ދޭނެ ކަމެއްނެއް

    24
    1
  16. އއއ

    ވަރަށް ތަފާތު ވާނެ.

    16
  17. ކާޅުކެއަސް ސޮއްނުގޮވާ

    ސިވިލް ސާރވިސް މުސާރައަކީ 16 އިން 15 އަށް ހަދާ އެއްޗެއް ވީމަ ފެބްރުއަރީ 16 އިން މާރޗް 15 އަށް މުވައްޒަފުން ކޮށްފަހުރި މަސައްކަތުގެ ފައިސާ ނުދޭނެ ވާހަކަބާ މިއީ؟؟

    13
  18. މަންނު

    ވެރިކަމާ ހަވާލުވި މީހުންނަށް ހަވާލު ވެވުނީ ބަލާވެރި ކަމަކާ ދޯ؟ ޔާމީނަ ބަލާވެރި ކަން ޖައްސަން އުނު މީހުން ނަށް ފިލާވަޅެއް ކަމަށް ދެކެން....

  19. މޫސަބޭ

    ބައިތިއްބާ.އިންތިޚާބައްވެސް ވައްތަރު ވައްތަރު.ނަވާރަ ވަދެގެން އިދިކޮޅު މޮޅުވާނެ.

    4
    1
  20. ޙޮ

    އަހަރެން މަސައްކަތް ކުރަނީ ހޮސްޕިޓަލެއްގަ. އަހަރެމެނއނަކަށް ބަންދެއްވެސް ނުވާނެ. 8 ގަޑިއިރުގެ ޑިއުޓީ މަޖުބޫރު. އިތުރަށް މިކުރަންޖެހޭ 2 ގަޑި އިރުގެ ލާރި ނުދެންޏާ ދިއުޓީ 6 ގަޑި އިރަށް ހަދައިދީ.

    6
    1
  21. ސަލްމާ

    މާތްﷲގެ ކުޅަދުންވަންތަކަމާއި ރޭއްވެވުން ނިކަން ވިސްނާބަލާށެވެ. މިމީހުން ވެރިކަމަށް އަންނަންވެގެން ނުޙައްޤުން ، ޔާމީންސަރުކާރަށް ނިސްބަތްކޮށް ހެދިހާ ދޮގުތަކާއި އޮޅުވައިލި އޮޅުވައިލުންތައް މިމީހުންގެ އަތަށާ ފަޔަށް މިހިރަ ފުލުފުލުން ގޮވަމުން ދަނީއެވެ. ޓޫރިޒަމް ބޮއިކޮޓްކުުމަށް ޤަވްމުތަކަށް އާދޭސްކޮށް މުޅިދުނިޔޭގައި ދަތުރުކުރިއެވެ. މިއަދު ޤުދުރަތުން މިމީހުންގެ އަތަށް މިކަން މި ގޮވީއެވެ. އޯވަރޓައިމް ލިމިޓްކޮށްގެން ދެނީއޭގޮވައި މިއަދު އަމުދުން ނުވެސް ދެނީއެވެ. ޓެބްތަކުގެ ބޭނުން ނުހިފަންބުނެ މިއަދު އެތަކެތި ބޭނުންކުރުން މަޖުބޫރުވީއެވެ، ދަރުމވަންތަހޮސްޕިޓަލްގެ ބޭނުން ހެސްކިޔާފަ ހިފަން ޖެހުނީއެވެ. މިހެންގޮސް ބައިވަރެވެ.

  22. ައަހުމަދު

    ސަޅި. އަހަރެމެން ނިކަމެތިން ލައްވާ އިތުރު ގަޑީ މަސައްކަތް ކުރުވާފަ އިތުރު ގަޑި ތި ކަނޑާލީ. އެހެންވީމަ އޭގެ ބަދަލުގައި ދެން އޮފީހުގަ މަޑުކުރާނީ 4 ގަޑި އިރު. ސަލާމް އަމީރު. ތި ހުރީ ސަރުކާރެއް ހިންގުމުގެ ޤާބިލުވެފަ. ކޮވިޑް ކަންތަކާ އެކު ސަރުކާރުގެ ކަންތައް ނިމި ތިބޭނީ ކޮންތާކު ކަމެއް ވެސް ނޭނގޭ. ދެން އަމިއްލަ މީހުން މިމަހު ދޭނީ ބޭސިކް ސެލެރީ އޭ ބުނީމަ ރައްޔިތު މީހާ ހައްޤު ހޯދަން ދާނީ ކޮން ތާކަށް ތޯ؟ ފުރަތަމަ ޤާނޫނު އަސާސީ އާއި ޤާނުނޫ ތަކާއި ޚިލާފު ވީ ޤާނޫނު ނަގަހައްޓައް ހުރި މުއްލާ.

  23. ބާބުރީ

    މި މީހުން ވެރިކަމަށް އަންނަން ހެދިހާ ދޮގެއް މިމީހުންގެ އަތަށް މި ގޮވަނީ! ޢިބްރަތް ޙާޞިލްވާނީ ވިސްނާ ބަޔަކަށް!

    10
  24. ފަރެސް

    ޚަރަދުބޮޑުވަނީ ރަށްޔިތުންބޭނުންވެލައްވާ ޚިދުމަތްފޯކޮށްދެއްވުމަށް ކުޑަމުސާރައާއެކު ބުރަމަސައްކަތުއުޅުއްވާ ސިވިލްސާވިސްގެ މުވައްޒަފުންގެފަރާތުންތޯ ޕާޓީކުރިއެރުވުމަށް އުފައްދާފައިވާ ސިޔާސީމަގާމްތަކުގައިތިއްބަވާބޭފުޅުންނާ ، ގައުމަށްފައިދާނުކުރާ މަޖުލީހުގެ ގޮނޑިތަކަށްއަރުއްވާ ތަކެއްޗަށްގެއްލުންދެއްވާބޭފުޅުންނާ ޙާޒިރުވެލައްވަންކަނޑައެޅިފައިނުވާ ޙާޒުރުވެލައްވަންގަޑިއެއްހަމަޖެހިފައިނުވާ ކަމެއްކުރައްވަންޖެހިނުލައްވާ ކަމެއްނުކުރައްވާ ކައުންސިލަރުތަކާ ޕާޓީތަކަށްދެއްވާ ފައިސާތަކުންޚަރަދުބޮޑުނުވެ ގައުމާ،ރަށްޔިތުންނަށް ކުރަނީފައިދާތޯ؟ ބުރަކޮށްމަސައްކަތްކުރައްވާ ސިވިލްސާވިސްމުވައްޒަފުންނަކީވެސް އިންސާނުން އެމީހުންގެވެސް އާއިލާއާ ފުއްދަންޖެހޭ ޒަރޫރީބޭނުންތަކެއްހުންނާނެ

  25. Anonymous

    މާޗް މަހުގެ މުސާރަ ދޭއިރު އިތުރުގަޑި މިދެނީ ފެބްަރުއަރީ 16 އިން މާރޗް 15 އަށް. ފެބްރުއަރީ 16 އިން 29 ފެބްރުއަރީގެ އިތުރުގަޑި ދޭންޖެހޭނެތަ

  26. ނަސީތު

    ކީއްތަވާނީ މަޖިލިސް ހުއްޓާލީމަ އެމީހުންގެ އެލަވަންސް ކަނޑާލިއްޔާ، 20000 ރުފިޔާގެ އެލަވަންސެއް ދީގެން އެތާ އެތިބޭ މަދު މެންބަރުންނަށްވުރެ އެތައް ސަތޭކަ ސިވިލް ސާވަންޓުންނަށް ލިބޭ ކުޑަ ފައިސާކޮޅު ލިބުން މާ ހައްޤު. ތިހެން ނަހަދާ.

    11
  27. ޢާލި

    އޯޓީ ނުލިބޭ ކަން އަންގާނީ މުސާރަ ފޮނުވާދުވަހަކު ނޫން މީބޮޑު އޮޅުވާލުމެއް ކުރިމަސައްކަތަކަށް އުޖޫރަދޭން ޖެހޭނެ!

  28. ނަސީ

    ރައްޔިތުންގެ މުސާރައިން ކޮންމެ މަހަކު ކަނޑަމުން އަންނަށް ރުފިޔާ ޖަމާ ކޮށްފަހުރި ފަންޑެއް އެބަހުރި .ކޮންމެ މީހަކަށް ވެސް އެމީހެއްގެ މުސާރައިން ކެނޑި ބައި އެބަޔަކަށް ދޭންވީ.