ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު ފައްސި (ޕޮޒިޓީވް) ވުމާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިގުމުއްދަތަށް ބޭސްބޭނުން ކުރާ ފަރާތްތަކަށް ބޭސްދޫކުރުމަށް ލުއިތަކެއް ގެނެސްދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް އާސަންދަ އިން ބުނެފިއެވެ.
އެކުންފުނިން ބުނެފައިވަނީ ކޮވިޑް -19 އިން ރައްކާތެރިވުމުގެ ގޮތުން މިވަގުތު ރާއްޖޭގައި އިޢުލާން ކުރެވިފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި މީހުން ސިއްޙީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކަށް ދިއުން މަދުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ލަފާގެ މަތިން، "އާސަންދަ" ސްކީމްގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރައްވާ ބޭފުޅުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ކުރިން ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސްސިޓީއަކަށް އަލުން ބޭސްނެގޭނޭ އިންތިޒާމް ހުރިހާ ފާމަސީއަކުން ލިބޭގޮތަށް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކަމަށެވެ.
އެހެން ނަމަވެސް، މިވަގުތު އެސް.ޓީ.އޯ ބޭސްފިހާރަތަކުން އަދި އޭޑީކޭގެ ބޭސްފިހާރަތަކުން މިފަދަ ބޭސްސިޓީއަށް ބޭސްލިބޭނޭ އިންތިޒާމް ހަމަޖައްސައި ދެވޭނޭ އިންތިޒާމްވަނީ މިހާރު ހަމަޖެހިފައެވެ. މިވަގުތަށް ހަމަޖެހިފައިވާ އުޞޫލު ތަކަކުގެ ތެރޭގައި އެސް.ޓީ.އޯ ފާމަސީ އަދި އޭޑީކޭ ފާމަސީ އިން މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަނީ ވައިބަރ މެދުވެރިކޮށް ބޭސްސިޓީ ފޮނުވުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މިޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވާ ފާމަސީތަކާއި ވައިބަރ މެދުވެރިކޮށް ބޭސްސިޓީ ފޮނުވާނެ ނަމްބަރުތަކުގެ ތެރޭގައި:
- އެސް.ޓީ.އޯ ހެންވެއިރު ފާމަސީ 7922035
- އެސް.ޓީ.އޯ ހުޅުމާލެ ފާމަސީ 7922035
- އޭޑީކޭ ފާމަސީ 6 - މާލެ 7258555
- އޭޑީކޭ ފާމަސީ 10 - ހުޅުމާލެ 7258559
- ޓެބްލެޓެ 2 - ވިލިމާލެ 7258557
އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދޫކުރުމަށް ހަމަޖެހިފައިވަނީ:
- ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީޚުން ފެށިގެން 6 މަސްދުވަސްވެފައި ނުވުން
- މިވަގުތު ހުރި ބޭސް ހުސްވުމުގެ ހަފްތާއެއް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުން
- ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވުން
- ބޭސްސިޓީގައި ހުންނަންވާ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު)
- މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ނަންގަވާފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެއެވެ. (މިސާލު: އެންމެފަހުން ހަކުރު ބަލީގެ ބޭފުޅަކު ޑޮކްޓަރަށް ދެއްކެވިއިރު، ރޯގާޖެހިފައިވާނަމަ، އޭރު އެކަމަށް ލިޔެދެއްވާފައިވާ ބޭހާއި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭހުގެ ތެރެއިން އަލުން ދޫކުރެވޭނީ ހަމައެކަނި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭހެވެ)
މި ދަނޑިވަޅަކީ ރައްޔިތުންނަށް އެންމެބޮޑަށް އެހީތެރިކަން ބޭނުންވާ ވަގުތަކަށްވުމުން، އާސަންދަ ސްކީމްގެ ޚިދުމަތް ހޯއްދަވާ މަރުކަޒުތަކުގެ ތެރޭގައި ނުހިމެނޭ، ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ޚިދުމަތްފޯރުކޮށްދެއްވާ ހުރިހާ ސިއްޙީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކުން ދިގުމުއްދަތަށް ބޭސްފަރުވާ ނަންގަވާ ފަރާތްތަކަށް ލިޔެދެއްވާ ބޭސްސިޓީތަކަށް ޙާއްޞަ އެހީއެއްގެ ގޮތުން "އާސަންދަ" ސްކީމްގެ ތެރެއިން އެބޭފުޅުންގެ ބޭހުގެ ޚަރަދު ހަމަޖައްސައިދެވިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްކީމްގެ ޚިދުމަތް ފޯރުކޮށްނުދޭ މަރުކަޒުތަކުގެ ބޭސްސިޓީއަށް ބޭސްދޫކުރެވޭނެ ގޮތްތަކަކީ:
- އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުން:
- ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީޚުން ފެށިގެން 3 ދުވަސްވެފައި ނުވުން
- ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވުން
- ބޭސްސިޓީގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި، މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު)
މިގޮތަށް ޢަމަލުކުރެވޭނީ ހަމައެކަނި މިވަގުތު ރާއްޖޭގައި އިޢުލާން ކުރެވިފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަންޏެވެ.
މިއަދު ހޮސްޕިޓަލަށް ނުގޮސް ، އެންމެ ފަހުގެ ބޭސް ސިޓީއާއި އައިޑީ ކާޑު ވައިބަ ރކޮށްލުމުން ކުޑަވަގުތުކޮޅެއްގެ ތެ ރޭގައި ބޭސް ސިޓީ ލިޔެ ނިންމާ ފާމަސީއަށް ފޮނުވައިފި. ޢައިޑީ ކާޑު ހިފައިގެން ދާއި ރަށް ބޭސް ލިބިއްޖެ. ވަ ރަށް ހަ ރު ދަނާ ރަނގަޅު ނިންމެވުމެއް.
އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
ދިރިތިބީންނަށް މިއީ ޢިބުރަތެއް!!