ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން އެވަރު ކުޑަ ކުރަން ހުށަހެޅީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިދިޔަ ހޯމަ ދުވަހު އެގޮތަށް ނިންމީ ކޮވިޑް-19 ރޯގާއާ ހެދި ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި މަޖިލީހުގެ ހަރަދުތައް ކުޑަކޮށްދޭން އެދިވަޑައިގެން ފިނޭންސް މިނިސްޓަަރު އިބްރާހީމް އަމީރު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލިހުގައި ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މުސާރަ އިން 20 ޕަސަންޓު އުނިކުރާ ނަމަ، ގާތްގަނޑަކަށް 16،000ރ. އުނިވާނެއެވެ. އެހެންވެ، މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 65،500ރ. އެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނިކޮށް ދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    މިދަނޑިވަޅުގަ %20 ތިއީ ކޯންޗެއް އުނކުރަން. ދެން އެއްޗެއް އުނކުރީމޭ ބުނަން ތިކުރަނީ

  2. ވަާނުވާ

    ފަހުން ތި ކެނޑިބައި ކޮންމެވެސް ގޮތަކުން ހޯދާނެ.

  3. ލުތުފީ

    މިވަގުތު ސަރުކާރު ހިންގަން އެންމެ ގާބިލު ބޭފުޅަކީ ރައީސް ޔާމީނު. އިސްތިއުފާ ދީފަ ވެރިކަން ހަވާލު ކުރަން ވަރައް އަދަބު ވެރިކަމާއެކު ދަންނަވަން.