ރާއްޖޭގެ އުތުރު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން ހުށަހަޅާފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ،
އަޕަ ނޯތު ޑިވިޝަން އަށް ނިސްބަތްވަނީ ހދ. އަތޮޅު،ހއ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކަށެވެ.
މި މައްސަލަ އާއި ގުޅިގެން، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގޣީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވިގެން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުށް ސާބިތުވީ 36.41 ޕަސަންޓު މީހުންގެ މައްޗަށް އެކަނި ކަމަށް، ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީގެ ރިޕޯޓުން ހާމަވެއެވެ.
މިދިޔަ 15 އަހަރުތެރޭގައި 3135 މައްސަލަ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ހުށަހެޅިއެވެ. އޭގެ ތެރެއިން މައްސަލަ ނިމި ކޯޓާއި ހަމައަށް ދިޔައީ 1085 މައްސަލައެވެ. އެއީ ގާތްގަނޑަކަށް 30 ޕަސަންޓު މައްސަލައެވެ.
އޭގެތެރެއިން 45 ޕަސަންޓު މީހުންގެ މައްޗަށް ކުށް ސާބިތުވެފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ފުލުހުންށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، 70 މައްސަލައިގެ ތަހުގީގު ނިންމަން އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވި ކަމަށް ރިޕޯޓުގައިވެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކަށް އިންސާފު ނުލިބުމަކީ އެފަދަ އިތުރު މައްސަލަތައް ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބުނެފައެވެ.
އެޖެންޑާ 19 ފުރާފުރިހަމަވަނީ
މިވެސް ކުރީސަރުކާރުން ކުރިކަމެއްކަމަށްވާނީ
މިވެސްވާނީ ޔާމީން ކުރިކަމަކަށް.. ޖަޒީރާވެގެންގޮސް ކުޑަކުއްޖެއް ބޮޑުމީހެއްނޯވެ .. ލަދުން ބޯ ހަލާކު
ބިރުވެތިވާން އަދިވެސް ނުވަނީ ހެއްޔެވެ މުޅި ދުނިޔެ މިދަނީ އިންޒާރެއްގެ އެލާމް އަޅަމުން