ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި 10 މީހަކު ފެނިއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި ކޮވިޑް-19 ގެ އަލާމަތްތަކެއް ހުރި 8 ދިވެހިންނާއި 2 ބިދޭސީއަކު ފެނިފައިވާ ކަމަށެވެ.

އެހެން ކަމުން އެ ރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން ޗެވަލް ބްލެންކް އިން ބިދޭސީއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރުމުން އެ ރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 13 ސާމަޕަލެއް ވަނީ ފައްސި ވެފައެވެ. އަދި 502 ނައްސި ވެފައިވާއިރު ބާކީ 15 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ރާއްޖެއިން މި ވައިރަސް ފުރަތަމަ ފެނިފައިވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓުންނެވެ. އަދި މިހާރު އިތުރު ރިސޯޓުތަކުންވެސް މި ވައިރަސް ފެނިފައިވާއިރު، މިގެ ތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ރޫމްބޯއި

  ހާދަހާދެރައޭ ބުރުމާކަލޯގެ 3 ރިސޯޓް ބަންދުކޮށް ހަމައެކަނި ހުޅުވާފަ އޮތް ޕެރަޑައިސް މިހާރު ބަންދުކުރަންޖެހުނީ އުތަ؟! މިވީގޮތުން މުސާރަ ދޭކަށް ނުޖެހޭނެތާދޯ!

  19
  2
 2. ހަރުފަތުމާ

  އަދިވެސް ރަހުމެއް ނެތި މުއައްޒަފުން ނޯޕޭ ލީވަށް ފޮނުވާ!

  21
  2
 3. ޙާލަތު

  "ރާއްޖެއިން މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 13 ސާމަޕަލެއް ވަނީ ފައްސި ވެފައެވެ. އަދި 502 ނައްސި ވެފައިވާއިރު ބާކީ 15 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ" މި ހިސާބު ދިމާވޭތަ އެބަ.

  12
  5
  • ހުސޭނުބޭ

   ނަންވާނީ އަދުރޭ! ތިއީ ކިނބޫ ހިސާބު ދޯ!

   5
   1
 4. ޤައުމު

  ތިބަޔަކު އެކަހެރިކޮއްގެން ގެންގުޅޭތާ މިހާރު ހަފްތާއެއްވީ އެއީ ޕެރަޑައިސް މެނޭޖްމެންޓުން އެޅިވަރުގަދަ ފިޔަވަޅެއް

 5. ކޮތަރު

  މަބުރުމެޓިކް. އެއްކޮށް ކަނޑާ ގުނަކޮށް ގެއްލައިގެން އަދި އެއްފަހަރު ހަދާލަބަލަ. ޙާލަތޫ.

 6. ޙަމައަސްްލު

  ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލަ!!!!
  އޭނާ އެއްވެސް އިޚްތިޔާރަކާ ނުލާ ބަޔަކު ނިކަމެތި ކޮށްލީ ...