ޅ. ކުރެއްދޫއިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 ޖެހުނު މީހާއާ ކޮންޓެކްޓްވި 31 ބިދޭސީމް 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.

އެ މީހުން ދޫކޮށްލާފައިވާކަން އެޗްޕީއޭ އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އެ ރިސޯޓުން ގިނަބަޔަކު ޓެސްޓު ކުރިއެވެ. އޭގެ ތެރެއިން ބަޔަކު މި ވައިރަހަށް ވަނީ ފައްސި (ޕޮޒިޓިވް)ވެފައެވެ.

ކުރެއްްދޫއިން ޖުމްލަ ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 13 އަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެެވެ. އަދި މިހާތަަނަށް ދިވެއްސަކު މި ވައިރަހަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނައީމް

  އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
  1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
  2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
  3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
  4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
  މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
  ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  15
  • ސަދސަ

   ރައްޔިތުންނަށް ހެޔޮއެދޭ އަދި ހިންގުންތެރި ލީޑަރުންނަކީ ރައްޔިތުން ޖެހިދާނެ ހާލެއް ތިމަންނާތަށްވެސް ދިމާޗެދާނެކަމަށް ބަލައި ރޭވުންތރިކަމާއިއެކު ކަންކުރާ މީހުން.
   ރައީސްގެ ދަރިފުޅު ޓެވްލެޓް ބޭނުންކުރާއިރު ވިސްނެންވާނެ ރާއްޖޭގެ މުއްސަނދިކަމުގެ ތެރެއިން ކޮއްމެ ދިވެހިދަރިޔަކަށްވެސް އެކަންކޮށްދެވިދާނެކަން.
   ޢެއީ އީގާތެރިކަން އެއީ ބަދަލުވަމުންދާ ދުނިޔެއަށް ރައްޔިތުންގެ ވިސނުން ގެންގޮސްދިނުން.

 2. އަޙްމަދު

  އަޙަމްދުލިﷲ! ވަރަށް އުފާވެރި ޙަބަރެއް! އުއްމީދަކީ އެންމެވެސް މިބަލިން ސަލާމަތް ވުމަށް ދުޢާކޮށް ހެޔޮކަންކަމުގައި އިހުނަށްވުރެ ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ.