ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އެ ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒިއާންގް ލިޒޯންގް ތައުރީފްކުރައްވައިފިއެވެ.
އޭނާ ވަނީ ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
ސަފީރު ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމަށާއި، ނަމަވެސް އެ މަސައްކަތަށް ތައުރީފް ހައްގު ކަމަށެެވެ.
އޭނާ ވިދާޅުވީ، ޗައިނާއިން ތިބޭނީ ދިވެހި ރައްޔިތުންނާއި އެކުގައި ކަމަށެވެ.
"ޗައިނާއިން ވަނީ ހަރުދަނާ ފިޔަވަޅުތަކުން ނަތީޖާ ނެރެވޭނެ ކަން ސާބިތުކޮށްދީފައި، އެހެން ގައުމުތަކުން ޗައިނާއަށް ފާޑު ކިޔުމުގަ އާއި ޗައިނާއަށް އިނގިލި ދިއްކުރުމުގައި ދެ މަސް ދުއްވާލި" ސަފީރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ޗައިނާއިން ވަނީ ނިންމާފައެވެ.
އެކަން ހާމަކޮށް ޗައިނާ ސަފީރު ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އަދި މިއީ ޗައިނާއިން ރާއްޖެއަށް ދޭ އެހީތަކުގެ ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
الحَمْدُ ِلله
ސަފީރުތިޔަކުރީވަރައްދެރަކަމެއް ތިޔަލިސްޓު ލިބުނުވާހަކަބުނިހިސާބުން އަބޫޖަހުލުނުކުންނާނެ ތިކަންހުއްޓުވަން އަދި ތިޔަލިސްޓުގަހުރިއެއްޗެހި އިންޑިޔާއިންހޯދަން
ޝުކުރިއްޔާ ޗައިނާ
ޔާމީނުގެ ރައްޓެހިންވެސް މިސަރުކާރަށް ތައުރީފުކުރޭ
ޢިނޑިއާ އިން ހެފިހެން ދޭތަކެއްޗާ ނުބައްދަލް އަގުދޭންޖެހޭ ޓީމެއް ނުފޮނުވައިފިއްޔާ ރަގަޅު
ރައީސުގެ މަސަތްކަތައް ސާބަސް..
މީގެ ބަލާ ބޮޑީ އަންނި ބޯކޮށްޕާތީ.. އެއްވެސް ކަމެއް ނުވަނީވެސް އެހެންވެ..
އޭނާ ނުފެންނާނެ ރައިޔަތުންނަށް މަންފާކުރަނިވި ކަމެއްގައި..ސީދާ ގޮތުން އެކަލޭގެ އަށް މަންފާ ނުލިބޭނަމަ..