އަނެއްކާވެސް ރާއްޖޭގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.
މިއަދު ފައްސިވި ދިވެހި މީހާ އާއި ގުޅޭ އިތުރު މައުލޫމާތެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވިދާޅުވެފައި ވަނީ މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކާއި އެކު ރާއްޖެ އައި އޭނާ އާއިއެކު އެއް ކޮޓަރިއެއްގައި ހުރި ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިއަދު ފައްސިވި ދިވެއްސާއި އެކު ރާއްޖޭގައި މިހާރު ތިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި އެބަތިއްބެވެ. އެތިން މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ތިން މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ރާއްޖެ އިން ބަލި ޖެހުނު ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ފަރުވާ ދެމުން ގެންދަނީ ތިން މީހަކަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީ އަކުން ހަތަރު މީހެކެވެ. އެހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ދެމީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށް ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ. ސިއްހީ ކުއްލި ހާލަތުގެ ދަށުން ރާއްޖެ އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އޭގެ ތެރޭގައި ރާއްޖެ އަންނަ ދިވެހިން ވެސް 14 ދުވަސް ވަންދެން ކަރަންޓީން ކޮށްފައި ބޭތިއްބުމާއި، ރިސޯޓްތަކަށް އަރައި ފޭބުން މަނާ ކުރުން ހިމެނެއެވެ. އަދި މިހާރު ރާއްޖެ އަށް ފަތުރުވެރިން އައުން ވެސް ވަނީ މަނާކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް-19 މިހާރު ވަނީ ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ފެނިފައެވެ. މިހާތަނަށް 785807 މީހުން ވަނީ ދުނިޔެ އިން ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 37820 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 165659 މީހުންނެވެ.
އޭ އެންމެ އޯގާވަންތަ ރަމްހުރެއްވުން ބޮޑު ގިނަގިނަ އިން ފާފަ ފުއްސަވާ އިލާހު އަޅަމެން މި މުސީބާތުން ސަލާމަތް ކުރަށްވާ އޯގާތެރިވެ ވޮޑި ގަންނަވާންދޭވެ
އާމީން!
ޢެއްޜޫމަކަށް ދެމީހުންމިލީ ލާނެތަންތަން ހުސްވެގެންތޯ؟ އެކަކަށްޖެހިފައި ހުއްޓަސް މިހެންހެދީމާ ދެވަނަމީހާއަށްވެސް ޖެހުނީތިޔަ! ޢެޗްޕީއޭއިން ޒިންމާނަގަން ޖެހޭނެ!
އަދިވެސް ކަލެއަކަށް ނޭނގޭ ދޯ ޝުކުރުވެރިވާކަށް... މިއަދު އަހަރެމެން ގެ ތެރޭގައި މި ވަރަށް ވެސް ބަލިމަޑުކަން މި އޮތީ ﷲ ގެ ރަޙުމަތްފުޅުގެ ސަބަބުން.. އަދި އެޗްޕީއޭއިން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން... ޝުކުރުވެރިވާން ދަސްކޮށްބަލަ
މާފް ކުރައްވާތި. ދުނިޔެއައް އައި ކޮންމެ ބަލި މަޑު ކަމަކަސް ކާރިސާ އެއް ވިއަސް އެކަލާނގެ ރަހުމަތުން ރާއްޖެ އައް މާ ވަރުތަކެއް ނާރާ. ވާން ހުރި ކަމެއް ވާނެ. އެކަމަކު އިހުމާލަކުން ވީ ކަމެއް އެފަރާތަކާ ނުބެއްސޭނެ. Hpaގެ ފިޔަވަޅު ތައް ކިތަންމެ ހަރުދަނާ ވިޔަސް އިހުމާލެއް ކުޑައެއް ނޫން
އެޗްޕީއޭ ވަރަށް ފަރުވާކުޑަ ދެބަސްނުވެވޭހަގީގަތެއް ދެމީހުން1ރޫމަކަށްލާނީ ބޮޑު ހޭކެނޑިފަތިބޭ މޮޔައިން
ކަލޭ ޝުކުރުވެރިވެފަ! ޢޭނާ ޝުކުރުވެރިނުވާކަމެއް ކަލެއަށް އިނގެނީ ކިހިނެތް! މިތާލިޔާކަށް ނުޖެހޭ ޝުކުރުވެރިވާވާހަކަ. އޭނާއެބުނީ ރަނގަޅުވާހަކައެއް. 200 މީހުންގެތެރެއިން އެންމެމީހަކަށް ބަލިޖެހިފައިހުއްޓަސް ފެސިލިޓީގައި އެއެންމެން އެއްކޮޓަރިއަށްލީމަ 200 މީހުންބަލިވުމަލީ ކަލެއަށް އޯކޭ ކަމެއްނަމަ ޝުކުރުކޮށްލައިގެން މިތަންތާ އަނގަނުތަޅާ ހުރޭ!
އެއްރޫމަކަށް ދެމީހުން ލީއެއް ނޫނޭ ބަލަ... އެ ދެމީހުން އެއީ އެއްކޮށް އެއްކޮޓަރީގަ އުޅެފަ އެއްކޮށް ރާއްޖެ އައި ދެމީހުނޭ.. އަޖައިބެއް
އެ މީހުންނަށް ޝިފާ ބާވާ ލައްވާ ރަހްމަތްލައްވަާންދޭވެ
ޔާ ﷲ މުޅިދުނިޔެ މި ބަލިން ސަލާމަތްކޮށް ރަށްކާތެރި ކުރަވާށި. އާމީން
ޔާﷲ އާމީން
ކަރަންޓީނު ކުރީ އެއްރޫމަކު ނުން ދޯ އެދެމީހުން އިގިރޭސި ވިލާތުގަ އެއް ރޫމެއްގަ ތިބިވާހަކަ ބުނެފަ އިނީ
ސަރުކާރަށް ބުނެލަން ބޭނުން މިވަގުތު ދިވެހިން ކަމުގަ ވިޔަސް އެބަޔަކު ތިބި ތަނެއްގަ ބައިތިއްބާށޭ . ޙުރިހާ މީހުންގެ ރައްކާތެރިކަން ބޭނުމިއްޔާ . މިގައުމުގަ ނުތިބެވިގެން ގޮސްފަ ވަބާ އެއް ލިބުމުން މިތަނަށް ނުގެންނާށޭ އަހަރެމެން ބޭނުން ވޭ މިގައުމު ދެކެ ލޯބިވާ މީހުންގެ ސަލާމަތް
ކަރަންޓީނު ކުރީ އެއްރޫމަކު ނުން ދޯ އެދެމީހުން އިގިރޭސި ވިލާތުގަ އެއް ރޫމެއްގަ ތިބިވާހަކަ ބުނެފަ އިނީ
ސަރުކާރަށް ބުނެލަން ބޭނުން މިވަގުތު ދިވެހިން ކަމުގަ ވިޔަސް އެބަޔަކު ތިބި ތަނެއްގަ ބައިތިއްބާށޭ . ޙުރިހާ މީހުންގެ ރައްކާތެރިކަން ބޭނުމިއްޔާ . މިގައުމުގަ ނުތިބެވިގެން ގޮސްފަ ވަބާ އެއް ލިބުމުން މިތަނަށް ނުގެންނާށޭ އަހަރެމެން ބޭނުން ވޭ މިގައުމު ދެކެ ލޯބިވާ މީހުންގެ ސަލާމަތް
ދެމީހުން އިނގިރޭސިވިލާތުގަ އުޅުނީވެސް ދެ ސިޓީގަ. މިކޮޅަށް އައިފަހުން ކޮރަންޓީން ކުރީ އެެއް ކޮޓަރީގަ. ކީއްވެބާ؟؟؟
ދާދި މިދާކައްދުވަހު މިއުޅޭ އިއްޒަތް ދެއްވި މަޖިލިސް ރައީސް އަންނި ވެސް އިނގިރޭސި ވިލާތުގަ ހުންނަވާފަ ވަޑައިގަތީ، އެކަމަކު ހަމަ މާލެތެރޭގަ އެހަރަގެން ހޫރެނީ މީނާ އަކަށް ކަރަންޓީނުގެ ބިރުވެރިކަމެއް ލައެއްނުގަނޭ
ރަނގަޅު. އެއް ރޫމް ޝެއަރ ކޮށްގެން ވީ ކަމެއް ނަމަ މީ hpa އިހުމާލު. ކަރަންޓީނު ފެސިލިޓީ އެކޭ 70 ބިދޭސީން އުޅޭ ތަނެކޭ އެއްވަރު ވީމަ ވާނެ ތިހެންވެސް. ތަން ނެތީ ކަމަށް ވަނީނަމަ ކޮބާ ބޭނުމެއް ބޭރުގަ ތިބި މީހުން މިތަނަށް geނައުމެގެ ނުފޯރާ ފޮތިން ފޫނުގެޅިއްޔާ ތާހިރު ވާނީ. އަވަސް ޝިފާ އަކަށް އެދެން އެކުދިންނަށް.
ކަރަންޓީން ކުރާ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން މީހަކު ބަހައްޓަން ޖެހެ އެވެ. ނޫނީ ނަތީޖާ ވ ގޯސް ވެދާނެއެވެ.
ކުރިން ފައްސި ވި މީހާޔާ އެއްކޮޓަރީގަ ހުރި މީހާ. ސަރުކާރުން ހަމަ މިމީހާޔަށް ބަލި ޖެއްސީ. ނުޖެހޭ އެއްކޮޓަރީގަ ދެމީހުން ބަހައްޓާކަށް.
ލަންކާ ސަރުކާރުން ހެދިހެން ހަދާބަލަ އެމީހަކު ތިބި ތަނެއްގަ މަޑުކުރަން އަންގާ.. އެއީ ހަދީޝްތަކުންވެސް އެގެން އޮންނަ އޮތް.. މީހުން ގެނެސް 14 ދުވަސް ވަންދެއް 5 ސްޓަރ ފެންވަރުގަ ދުވާލަކު ބޮލަކަށް 5000 ޚަރަދުކުރުމުގެ ބޭނުމަކީ ކޮބާ؟؟ މިއުޅެނީ ޚަރަދުކުޑަ ކުރަން ދަތިކަމެއް އައިސްގެން..
ބްރޯ ކަރަންޓީނުގައި އެއް ރޫމެއްގަ ހުރި ވާހަކައެއް ނޫން. ލަންޑަނުގަ ކިޔަވަން ގޮސް ތިބެނީ އެއް ރޫމެއްގަ. ޢެހެންވީމަ އެކަކު ޕޮސިޓިވް ވީމަ އަނެކަކު ޓެސްޓް ކުރަނީ.
ކަރަންޓީންވެސް ކޮއްފަ ހުރީ ހަމަ އެއްރޫމް އެއްގައި
މަރުދެކެ ބިރުން އުޅޭ ދިވެހިން ވަަރަށްގިނަ ، އެކަމަކު ﷲ ހަނދުމަކޮށް ހެޔޮއަމަލުކުރާ މީހުން ވަރަަށް މަދު ، ސިއްހީ އިދާރާތަކުން ބޭކާރުގޮތުގައި ބޭރަށް ނުދާށޭ ބުނާއިރުވެސް ގައްޑާވާ ދިވެހިން ވަރަށް ގިނަ ، އަޑުއަހާނެ މީހަކުނެތް !
ޢަދިވެސް ވަގުތު އެބައޮތް ، ސުމާޓު ފޯން ގެންގުޅުމަކުން ނުވޭ ، މީހާވެސް ސުމާޓްވާންވީ
ފުރައިގެދިޔަ 2 އިޓަލީމީހުން ރާއްޖޭގައި ނެތަސް އެމީހުންގެ އަދަދުވަނީ ރާއްޖޭގެ ކޮވިޑްޖެހިފައި ތިބި މީހުންގެ އަދަދަށް ލެވިފައި. މި މީހުންގެ ފަރުވާއަށް ޒިންމާވަނީ ދިވެހި ރާއްޖެއިންތަ؟
ކޮންމެ ބޭފުޅަކު ވެސް ފަރުދީޒިންމާ ނަންގަވާ! ސަރުކާރައް ޗެލެންޖުކޮށް ބިރުދައްކައިގެން ކޮވިޑް19 ބިރުގަންނަވާލަން ނޫޅުއްވާތި! މީ ހުރިހާދިވެހިން ގައުމީ އެއް ރޫހެއްގައި މަސައްކަތްކޮށްގެން މި މުސީބާތުން މިންޖުވެވޭތޯ އަތުކުރި އޮޅާލަންވީ ވަގުތު. އަދި މިފުރުސަތުގަ ދިވެހި ސަރުކާރުން ރައްޔިތުންނަށްޓަކާ އަޅައިދެއްެވި ޙިކުމަތްތެރި މުހިއްމު ގިނަފިޔަވަޅުތަކަށްޓަކާ ދިވެހި ސަރުކާރައް ފަށްފަށުން شكر ދަންނަވަން
އިސްލާމްދީނުގެ އިސޫލުތަކާއި ކީރިތި ރަސޫލާ މުހައްމަދު ސ.އ.ވ ގެ ސުންނަތައް އަމަލުނުކުރާ ބަޔަކު އުޅުމުގެ ނަތީޖާ މި ފެންނަނީ...ކޮންމެ ކަމަކށް ސަރުކާރޭ ކީމަ ނިމުނީކީ ނޫން...ސިއްހީ މާހިރުންނާ ސަރުކާރުން އަދި އެޗްޕީއޭ އިންވެސް ފަރުދީ ޒިންމާ ނަގަން އެތައް ފަހަރެއްގެ މަތިން ގޮވާލަމުން އެދަނީ...ބަލި އޮތްތަނެއްގަ ތިބެފަ ތިމާމެން އެހެންތަނަކަށް ގޮސްގެންނުވާނެކަން މިހާރު ކޮންމެ މީހަކަށްވެސް އެގެންޖެހޭނެ...މާތްﷲ އިރާދަފުޅުން ބޭރުގެ އެހެނިހެން ގައުމުތަކާ ހިލާފައް ރާއްޖޭގެ ހާލަތު އަދި ރަގަނޅު...ކުރިޔައް އޮތްތާގަވެސް ސަރުކާރާ ސިއްހީ ލަފާތެރިންގެ އިރުޝާދުތަކަށް ބޯލަބައިގެން އިސްލާމްދީނުގެ ހަމަތަކާއުސޫލުތަކަށް ބޯލަބައިގެން ގޭގަ ނޫނީ އެތިބި ތަނެއްގަ ހިމޭނުން ތިބެންވީ...ސަރުކާރުން ފިޔަވަޅުތަކެއް އެޅިޔސް ރައްޔިތުން އެމީހުންގެ ޒިންމާ އަދާނުކުރާހާ ހިދަކު ސަރުކާރުން އަޅާފައޮތް ފިޔަވަޅުތަކުގެ ފައިދާއެއް ނުފެންނާނެ...މާތްﷲ އައް ޝުކުރުކޮށް އެކަލާންގެ ހަޒުރަތުން މަދަދައް އެދެން ވީ...މި ބަލިމަޑުކަމުން އަހަރެމެން އެންމެން އަދި މުޅި ދުނިޔެވެސް ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވެވޭތޯ...
ކީރިތި ރަސޫލާގެ ސުންނަތުގައި ވަނީ ވަބާ ފަދަ ބަލި ބަލި ފެތުރިފައި ހުރި ރަށަކުން މީހުން ނުނިކުންނަން. އެކަމަކު ސަރުކާރުން މިކުރާކަމަކީ އެރަށްރަށުަގައި ތިބި މީހުން ރާއްޖެއަށް މިގެންނަނީ . މީގައި މިބަލި ރާއްޖެ ގެނައީ ސަރުކާރުން ނޫންގޮތަކަށް ނުބުނެވޭނެ. މީ ލާދީނީ ސަރުކާރެއް. ރަސޫލާގެ ސުންނަތެއް ހަދީސެއް ގަބޫލެއްނުކުރޭ. މިހާތަނަށްވެސް މިބަލި ޖެހިފައި މިވަނީ ބޭރުގައި ތިބެފައި އައި މީހުނަށް. ދެން މުޅިރާއްޖެއަށް މިބަލި ފެތުރުނީމާ ބުނަންވީ ރައްޔިތުން އެމީހުންގެ ފަރުދީ ޒިންމާ އަދާނުކުރާކަމަށް. މީހަމަ ގަސްތުގައި ރައީސް ސޯލިހު ކުރާކަމެއް. އެންމެ ފުރަތަމަ ދުވަހުވެސް އެޗްޕީއޭ އިން ރައީސަށް ދެންނެވި ގެސްޓުން އައުން މަނާކުރުމަށް. އެކަމަކު އަންނި އެކަމަށް ދެކޮޅު ހެދީމާ ސޯލިހު އެޗްޕީއޭ ގެ ބަހެއް ގަބޫލެއްނުކުރި. މީހަމަ ދެނެހުރި ހަގީގަތް.
އަލްހަމްދު ލިﷲ
ކޮމެންޓް ފޮނުވާ ޖަހާފަ އިންންނީ ފޮނުވީމަ ޖަހާދެނީކީ ނޫން
ނަސިބެެއްނު ތިޔަ ބެރުން އަންނަ މިހުން ކަރަންޓިނު ކުރަކަން އެހެންނުންނަމަ ކިހައުނދަގުވަނެ ބަލިހުރިމެހެއް ދެނެގަންނަން
ޔޫރަޕްގައި ތިބި އެއްވެސް ދިވެއްސެއްވިޔަސް މިވަގުތު މިގައުމަށް ނުގެނައުމަށް ސަރުކާރަށް ގޮވައިލަން ، ރާއްޖޭގައިތިބި 4 ލައްކައެއްހައި ދިވެހިންގެ ސަލާމަތަށްޓަކައިވެސް ކުރަންޖެހޭ ކަމެކެވެ. އަނެއްކާ ތިޔައިން މީހަކު ކޮވިޑަށް ފައްސިވެއްޖެނަމަ އިނދަޖެހިފައިވާމިގައުމު އިތުރަށް ޕްރެޝަރަށް ދިއުންނޫންކަމެއް ނުވާނެ.
އިހުމާލު ވަނީ އެޗްޕިއެއްނޫން ނުފޫޒްވަދެ އިހުމާލު ކުރުވަނީ
ރާއްޖެއަށް މީހުން އެރުން ހުއްޓުވާ! ރާއްޖެ ކަމުނުގޮސްގެން ގޮސްތިބިބަޔަކު ދެން އަންނާނެ ކަމެއްނެތް. ގެންނާނެ ކަމެއްވެސް ނެތް. ރަށްރަށުގަވެސް ހަމަ މިފަދަ. ރަށްކަމުނުގޮސްގެން ދަނީ ކޮންމެ ގޮލަޔަކު. އެކަމަކު މިހާރު ބޭންޖަހާފަ ރަށަށްއެބައާދެ. ކިހާދެރަވެއްޖެ ކަމެއް މިދެން. ތިބިތާކު ތިބިއްޔާ މާ ރަނގަޅު ވާނެ. ރަނގަޅު ވެޔެއްނު ދަނީ މޮޅު ހޯދަން. މިހާރުނެތް ރަށްދެކެ ލޯބިވާވަރުން ކުރާނެ ކަމެއްް. ރަށްވަރު ތަނެއްނެތް މިހާރު. ތިބިގޮތަކަށް ތިބިއްޔާ މާތާހިރު ވާނެ.
ޜާއްޖެ ކަޑަވީމަ އިނގިރޭސި ވިލާތައްދިޔައީ. ކަލޯ ބަލިވީމަ ރާއްޖެ ތިއައީ.
ބަލި ފެތުރިފައިވާ ގައުމުތަކުގައި ތިބި މީހުން ރާއްޖެއަށް ނުގެންނާށޭ، ނުގެންނާށޭ..!!!
ކީއްވެ ނަޝީދު ޓެސްޓް ނުކުރެވެންވީ. ކަރަންޓީން ގައި ނުބެހެއްޓެންވީ. ޖިހާދުވެސް ބެހެއްޓި. އެކަލޭގެ އަކީ މަޖްލީހުގެ ރައީސް ވީމަތޯ. ކޮރޯނާ ނުބަލައޭ ރައީސެއް ފަޤީރެއް.ނަޝީދު ޓެސްޓްކުރަން ގޮވާލަން. ބަލިގަފައަށް ފެތުރެނިކޮން ކީއްކުރަންށޯ މިދިއައީ.
އިނގިރޭސި ވިލާތުން ރާއްޖެއަށް ލިބުނު މޮޅެއް ނިކަން ކިޔާދީބަލަ. ވިއްޔާ ދިވެހިންނަށް ވެފަ ހުންނާނީ ގެއްލުން.
އަދި އެކަކު އެބައުޅޭ ފިލައިގެން.....