ސިއްހީ ހިދުމަތްތެރިންގެ އެހީތެރި ކަމަށް ސަރުކާރުން އެދުނީ ކޮވިޑް19 ގެ ހާލަތުން އަދި އަރައިގެނެވިފައިވާ ކަމަށް ނުފެންނާތީ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް އެދިފައިވާތީ ގިނަ މީހުން އަންނަނީ އެހާ ގިނަ ސިއްހީ ހިދުމަތްތެރިން ބޭނުން ވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފައްދާފައެވެ.
"މިކަމާއި ގުޅިގެން އުފެދޭ ވަރަށް ބޮޑު ސުވާލެއް ވަރަށް ގިނަ މީހުންގެ އެބަ އޮވޭ، ރާއްޖޭގެ ހާލަތު މިހާރު މިއޮށް ހިސާބުގައި އޮއްވާ އެހާ ބައިވަރު ޑޮކްޓަރުން ބޭނުންވެގެން އަޅުގަނޑުމެން މި އުޅެނީ ކީއްވެތޯއޭ. ދެން އަޅުގަނޑު ހަމަ ކިޔާލަދޭން ބޭނުން، އަޅުގަނޑު ބުނިން ރާއްޖޭގެ ހާލަތު އަދި އަޅުގަނޑުމެންނަށް މި ހާލަތުން އަރައިގަނެވުނު ކަމަކަށް ނިންމާހާ ކައިރިވެސް ނުވެއޭ،" ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލަށް ޖަވާބު ދެއްވާ މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ރާއްޖެއާ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ގުޅުމަށް ސަރުކާރުން އެދިފައިވުމުން އެކަމަށް 100އެއްހާ ކުދިން ރަޖިސްޓްރީވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އޭގެތެރެއިން ނޭޕާލުގައި މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން 33 ދަރިވަރަކު ރޭ ވަނީ ސަރުކާރުގެ ހަރަދުގައި ރާއްޖެ އައިސްފައެވެ.
ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ އިރު، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެނޫންވެސް ދާރިރާތަކުގައި މަސައްކަތް ކުރާ ދިވެހިން، ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ހެލްތު މިނިސްޓަރ އަމީން ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޖުމްލަ 13 މީހަކު ފައްސި ވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ބޭރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މި މީހުންގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ސަރުކާރުން ރައްޔަތުންނަށް އޮޅުވާލަން ކޮންމެފަދަވާހަކައެއްވެސް ބުނެފާނެ ރައީސްމީހާ މިއީ 2020 ދިވެހިން ގުނބޯހެއްދޭނީ 1970 އަހަރުތަކުގަ.