ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ނޯތު ޕޮލިސް ޑިވިޟަންގެ ތެރޭގައި ހިމެނޭ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކަކީ އެ ސާވިސް އިން ސީރިއަަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަ ތަކެއް ކަމަށެވެ.

މިފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ރާއްޖޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން ދާދި ފަހުން ވަނީ 20 އަހަރުގެ މީހަކު، 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔަޅު

    ނާހެޔޮކޮށް؟ ބަލަ ސިދާތާ ވަކިކު ރީމަވެސް
    އެބަކު ރޭތަ އެކަހަލަ ކަންތަށް
    އެމްޑީޕީގެލާދީނީ ބައިވަ ރުގަޑުބުނި އެމަންޖެ
    ވަކިކުރީމަ ޖިންސީ ފު ރަށްސާ ރަ ހުއްޓޭނޭ
    މިހާ ރު ކޮބާ އެލާދީނީ ގު ރޫޕް ކޮބާ
    އަނގަތަށް ބެނދުނީތަ ލަދުހަޔާތްކޮބާ؟

    24
    2
  2. ފިރާގު

    ކުޑަކުޑަކުދިންނާ ބެހޭ ގާޒީ ރައިސް ނަސީދުކޮބާ؟. ސިޔާސީ ބޭނުމެއްގަ ނޫނީ އެކަންކަންވެސް ނުބެލޭ ދޯ؟؟