ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި މީހުން މާލެ ސަރަހައްދުގައި ތިބެދާނެ ކަމަށާއި އެއްވެސް ތަނަކުން އޭނާ އާއި ބައްދަލުވި މީހަކު ހުރިނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ 1676 އަށް ގުޅުމަށް ސަރުކާރުން އެދިއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހިއްސާކުރާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ފެލައިނީ އާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އޭނާ އާއި ބައްދަލުވި ދެމީހެއްގެ ގައިން ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"ފެލައިނީ އާއި ބައްދަލުވެ، ސަލާމްކޮށް ގާތްކޮށް ކޮންޓެކްޓް ވެފައި ތިބި މީހުން، އަދި ސާވް ކުރި މީހުން ވެސް އެކަން ރިޕޯޓް ކުރުމުން 1676 އަށް ގުޅުން އެދެން. އޭނާ ހުރީ ރީތި ރަށުގައި. ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. ނަމަވެސް މިއީ ސީރިއަސް ކަމަކަށް ވާތީ އަމިއްލައަށް މިކަން ކަމާބެހޭ ފަރާތްތަކަށް އަންގަމުން ގެންދިއުން އެދެން." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފެލައިނީ އަކީ އެއާޕޯޓަށް ދަތުރު ކުރި މީހަކަށް ވާތީ މާލެ ސަރަހައްދުން ވެސް ބައްދަލުވި މީހުން ތިބެދާނެ ކަމަށެވެ. އެހެންކަމުން އަމިއްލަ ރައްކާތެރިކަމަށް އިސްކަންދީ މައުލޫމާތު ފޯރުކޮށްދިނުމަށް މަބްރޫކް އެދިވަޑައިގެންނެވިއެވެ.
މަބްރޫކް ވިދާޅުވީ ފެލައިނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި ނަމަވެސް އޭރު އޭނާ ރާއްޖެ އިން ފުރައިގެން ދިޔަތާ 14 ދުވަސް ނުވާތީ އޭނާ ރާއްޖެ އިން ފުރައިގެން ދިޔައިރު ވެސް ކޮވިޑް-19 ޖެހިފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ފެލައިނީ ރާއްޖެ އައުމުން އޭނާ އާއި އެކު ބައެއް މީހުން ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެތެރޭގައި އެއާޕޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިމެނެއެވެ.
އަދިވެސް ޓޫރިސްޓުން ގެނައުން ހުއްޓާލާކަށް ނުވޭތަ..މިކަން ހުއްޓުވަން ޕެޓިޝަނެއްގަ ސޮއިކުރަންވީ ނޫނީ ރައްޔިތުން ނިކުމެގެން ހުއްޓުވުނު ގޮތަކަށް ހުއްޓުވަންވީ.
ވަރަށް ރަނގަޅު އޭނަޔާ ބައްދަލުވެފައިވާ ފަރާތްތަކުން އަވަހަށް ޓެސްޓް ކުރައްވަވާ .ހިތަށް ހަމަޖެހުންއަންނާނީ އޭރުން .
ތަނަކުން ފަރަންޖީއެއް ދޮންމީހެއް ފެންނއިރަށް ގޮަސް ތިމާ އަށް މާމޮޅުކަމެއް ކުރެވުނީކަމަށްހީކޮށް ގަޔަށް ބޮލަށްއަރާ ފޮޓޯނަގާތި
ތިކަހަލަ ކިތަންމެ ފެލައިނީ އެއް އަދިވެސް އަންނާނެ ޓުއަރިސްޓުން އެތެރެވުން މަނާ ނުކުރާހާ ހިނދަކު އޭރުން ދިވެހިން އުޅެން ޖެހޭނީ މިހާސްކަމާ ނުތަނަވަސް ކަމުގަ ދެން ފެންނާނީ އެންމެ ބޭނުންނުވާ މަންޒަރުތައް. ވަގުތު ދަނީ ފާއިތު ވަމުން ސަރުކާރުގެ ވިސްނުން ހުރީ ޑޮލަރާ ހޯދުމަށް
އދ އަތޮޅު ދެކުނު ބުރީގަ ހުރި އެންމެ ބޮޑު، އެންމެ މޮޅު. ނުޖޫމީ އިލްމް ވެރިޔާ ބުނާ ގޮތުން، މިބަލީގެ ސަބަބުން ދެން ރާއްޖެއަށް އޮތީ ކަޅު އަނދިރި ދުވަސްތަކެއް. ކުރިޔަށް އޮތް ތަނުގަ މިބަލި ރާއްޖޭގަ ބާރު މިނުގަ ފެތުރި ގިނަ ބަޔަކު މަރުވެދާނެ ކަމައް. އޭނާގެ ފާލަ އިން ދައްކާ.. މީ ތޯތޯ ވާހަކަ އެއް ނޫން.
ކަހީނުންގެ ވާހަކަ ނުދައްކާބަލަ! ތިކިޔާ މީހާއަށް ކޮވިޑް 19 ކިޔަނީ ވައިރަހަކަށްކަމެއް ނޫނީ އަންހެނަކަށްކަމެއްވެސް ނޭގޭނެ!
ޣައިބުގައި ވާހާ ކަންކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް الله
ކަލޭމެން ވެއްޖެއެއްނު އެއްވެސް ގައުމަކުން މި ރާއްޖެއަށް ޓުއަރިސްޓުން އެތެރެވިޔަ ނުދޭން. ޢަދި ވެސް ސަރުކާރުން ބަލަނީ ޑޮލަރުކޮޅެއް ލިބޭތޯ ވިއްޔާ، ދިވެހި ރައްޔިތުން ރިސްކަށް އެކްސްޕޯސްކޮށްފަ
އަޅެފަހެ ކީކުރަންހޭ ބޭރުމީހުން ރާއްޖެ ގެންނަނީ މިދުވަސް ކޮޅު، ހަމަ ޑޮލަރައް ހޭބަލިވެފަ، ދިވެހި ރައްޔިތުން ނުޖެހޭނެ ރިފޯޓު ކުރާކައް ތިޔަމީހުން ނުގެނނަ ނަމަކަ.
އިބޫ ކުށްވެރިވާނެ. "އިނގިހުރެ" ޓުއަރިސްޓުން އައުން ނުހުއްޓުވީމާ. މަގޭ ދަރިއަކަށް ޖެހިއްޖެއްޔާ ކޯޓަށް ދާނަން.
ކަލޭމެނޭ އިންޑިޔާ ވަރަށް ނުރައްކާ ކޮވިޑް އަށް. ހުއްޓުވާ އާދޭސް ކކޮއްފަ މި ބުނަނީ.
aadheyskohfa mi dhannavanee salaamathun thibi dhiveheenah thakai 2 nuvatha 3 hafuthaaah raajjeyge Maj dhoraashi .bandhukohdhee
މިހިރަ ރައީސް މީހާއަށް ރައްޔިތުން ގެ އަޑު އިވޭބާ ؟ ނުގެންނާށޭ ބުނީމަ ވެސް ޢަޑެއްނީވޭ. ދެން ގެންނާށޭ ކިޔަންވީތޭ. މުޅި ދުނިޔޭގައި ބަލިފެތުރޭ އިރު ހެޔޮނުވާނެނު
ރައީސްމީހާ އަކީ ނަމެއްގަ ހުރި މީހެއް އޭނަ ހަދާނީ އަންނި ބުނާގޮތް. އަންނިއަށް ހެޔޮވާނެ ޑޮލަރު ލިބެންޏާ
ހުއްޓާނުލާ ޕޮޒިޓިވް މީހުންތައް ގެންނާތި.
މީ ޑޮލަރަށް މޮޔަވާ ސަރުކާރެއް.
މިފަހަރު ހުރިހާ ދިވެހިން މަރާފަ ވެސް ޑޮލަރު ބޮނޑީގަ ބައްދާތި .
ހުވާމިބުނީ .މޮޔަ ވެރިއެއް ވެރިކަމަށް ގެނެސްގެން ރައްޔިތުން ހަލާކުވަނީ .
މަބްރޫކް، މަނިކުފާނު ވާހަކަފުޅު ތިޔަ ދައްކްވަނީ ދެފަހަރު ދެގޮތަށް... ފުރަތަމަ ތިޔަ ވިދާޅުވީ އޭނާޢަށްޢެބަލި ޖެހުނީ ރާއްޖެއިން ދިޔަ ފަހުންނޭ.. މިހާރު ތިވިދާޅުވަނީ އޭނަ ރާއްޖެއައި އިރުވެސް ހުރީ ބަލި ޖެހިފައޭ...
އަލީ ވަހީދުއާ، މަހުލޫފް އާއިމީޓްވި....
ފެލައިނީ އާއި ބައްދަލުވެ، ސަލާމްކޮށް ގާތްކޮށް ކޮންޓެކްޓް ވެފައި ތިބި މީހުން، އަދި ސާވް ކުރި މީހުން ވެސް އެކަން ރިޕޯޓް ކުރުމުން 1676 އަށް ގުޅުން އެދެން. އޭނާ ހުރީ ރީތި ރަށުގައި. ކޮންޓެކްޓް ޓްރޭސިން ކުރިއަށް އެބަދޭ. ނަމަވެސް މިއީ ސީރިއަސް ކަމަކަށް ވާތީ މިކަން ކަމާބެހޭ ފަރާތްތަކަށް އެންމެންގެ ރައްކާތެރިކަމަށްޓަކައި އަންގަވާ.