ރީތި ބީޗް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމްތްތަކެއް ހުރި ދެ މީހަކު ފެނިގެން އެ ރިސޯޓަށް އަރާ ފޭބުން އަނެއްކާވެސް މަނާކޮށްފިއެވެ.
އެ ރިސޯޓުން ދިވެއްސަކާއި ބިދޭސީއަކު ކޮވިޑް-19 ގެ އަލާމަތްތަކެއް ފެނިގެން އެ ރިސޯޓު މޮނީޓަރިންގ ހާލަތަށް ލެވިފައިވާކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒެވެ.
މަބްރޫކު ވިދާޅުވީ، ރީތި ބީޗުން ބިދޭސީއަކާއި ދިވެއްސެއް ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރުމުން ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ރީތި ބީޗް މިވަނީ މޮނިޓަރިންގެ ހާލަތަކަށް އަނެއްކާވެސް ގެނެވިފައި. އެރަށުގައި ބިދޭސީއަކާއި ދިވެއްސެއް ބަލީގެ އަލާމާތްތަކެއް ހުރި ކަމަށް ރިޕޯޓް ކޮށްގެން، ރެޕިޑް ރެސްޕޮންސް ޓީމުން މިހާރު ދަނީ ދަތުރު ކުރަމުން އަދި އެ ދެމީހުންގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެރަށުގައި ކުރާނެ" މަބްރޫކު ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ރީތި ބީޗް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ ރިސޯޓުން ނެގި ސާމްޕަލް ނައްސި ވުމުން ރިސޯޓު ވަނީ އަލުން ހުޅުވާފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ފައްސި ވެފައިވާއިރު، އޭގެ ތެރެއިން 5 މީހަކަށް ފަރުވާދެވި ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބާކީ ފަރުވާ ދެމުން އަންނަ 8 މީހުންގެ ހާލަތު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
ކޮންއިރަތޯ ރިޒޯޓްތަކަށް އަރާފައިބަން ހުއްދަދެއްވީ..؟
ރިސޯޓް މުއައްޒިފުން ރިސޯޓްގަ 14 ދުވަހައް ކަރަންޓީނުކޮށްފަ އަނެއްކޮޅުން އެ ރިސޯޓަށް ގެސްޓުން ގެންގޮސް އެޅީމަ އެވަނީ ކޮންކަހަލަ ކަރަންޓީނެއްތޯ.އެދާ ގެސްޓްމީހާގެ ގައިގަ ވައިރަސް ނެއްކަމުގެ ކިހާ ގެރެންޓީއެއްތޯ އޮންނާނީ؟
ރިސޯޓު ތަކުގައި ތިބި ހުރިހާ ދިވެހީނަށް ތިބަލި ޖައްސަން ވެގެންތަ އެހުރިހާ ޒުވާނުން ރިސޯޓުގައި ބަންދުކޮށްގެން ތިހިފަހައްޓަނީ އެމީހުން ތިތާގައި ބަންދުގައި ތިބޭއިރު ބޭރު ޤައުމު ތަކުން އަންނަ މީހުން ތިތަންތަނަށް ނާރުވަބަލަ ހެޔޮނުވާނެ މަގޭ ދަރީންތައްވެސް ތިތާގައި އެތިބީ ހައްޔަރުވެފައި ރަށަށް ނާދެވިފައި ތީދެން ކިހާދެރަކަމެއްތަ!
ޔާމީން ދޫކޮއްލީމަ ހުރިހާ ކަމެއް ވެސް ރަންގަޅު ވާނެ އިރާދަކުރެއްވިޔާ
ހެޔޮނުވާނެ ރާއްޖޭގެ ބޯޑަރ ބަންދު ކޮށްބަލަ.. އިޓަލީ ގެ ހާލަތަށް މިރާއްޖެ ނުދަނީސް
ތިޔަކުރަނީ ދެއުޅިއެއްނުވާ ކަންތައް. އެއްފަހަރު ޝައްކުކުރެވޭ މީހަކުފެނުމުން އެމީހާ ޓެސްޓްކޮށްފަ ނައްސިވީއޭކިޔާފަ އަނެއްދުވަހު ގެސްޓުން ގެނެސް އަޅަނީ. ހުއްޓާލިއްޔާ ކީއްވާނީ. ޑޮލަރުޙޯދަނީ ވަޅުލަންތަ؟