ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
"ޚަލީޖާ ޓައިމްސް" އިން ބުނީ ޔޫއޭއީ އިން އިތުރު 50 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި އެމީހުންގެ ތެރެގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ޔޫއޭއީގެ އޮފިޝަލުން ވިދާޅުވެއެވެ.
ޔޫއޭއީގައި ހުރި ދިވެއްސަކަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރިނަމަވެސް މިކަން އަދި ދިވެހި ސަރުކާރުން ކަށަވަރު ކޮށެއް ނުދެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ. "ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން އިން ބުނީ މިއަދު އެގައުމުން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި ބައްދަލުވެ، ވަރަށް ގާތުން އެމީހުންނާއި އެކު އުޅެފައިވާ ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ގައުމުން ބޭރުން އައި މީހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ޔޫއޭއީ ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު 248 އަށް އަރައެވެ.
މިއަދު ޔޫއޭއީ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ދިވެއްސެއްގެ އިތުރުން އެހެން ވަރަށް ގިނަ ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ. 21 ގައުމެއްގެ ތެރެއިން ކޮންމެ ގައުމަކުން އެކަކު އަދި ހަތް ގައުމެއްގެ ދެމީހަކު، ތިން ގައުމެއްގެ ތިން މީހަކު، އިންޑިއާގެ 06 މީހަކު އޭގެ ތެރެގައި ހިމެނެއެވެ.
ޔޫއޭއީ އިން ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާއި އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.
ޔޫއޭއީގައި ވަރަށް ގިނަ ދިވެހިން ވަޒީފާ އަދާކުރެއެވެ. ގިނަ މީހުން ވަޒީފާ އަދާކުރަނީ އޭވިއޭޝަން ދާއިރާގައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް އަދާކުރާ މީހުން ހިމެނެއެވެ.
އަވަސް ޝިފާ މިންވަރު ކުރައްވާށި. ބަލިމީހާ ރާއްޖެއަށް ނުގެންނާތި. ހުރިހާ ބޭފުޅުން ހެޔޮދުޢާ ކޮށްދެއްވާ.ﷲގެ ރަޙްމަތްފުޅުން މިބިމުގައި މިބަލިމަޑުކަން ނުފެތުރި ދޭތޯ
އަވަސް ޝިފާއަކަށް އެދެން
ކޮބާ އެމްބަސީން އޭނާގެ ހާލުބަލާ މި ހަބަރު ކަށަވަރު ކުރެވޭނީ ކިތައް މަސް ފަހުންތޯ؟ މަތިމަސްކުމާރު ސަފީރު ކައިރީ ބުނޭ އަވަހަށް ޗެކުކޮށްފަ އަންގަން. ނަމަނަމަ އެމީހާ އަދި ރާއްޖެ ނުފޮނުވާތި...
ޖާބިރު ހެޔޮނުވާނެ މިދަޑިވަޅުގަ ކެއްތެރިކަން އިސްކޮށް އަނެކާގެ ކުއް ހޯދުން ހުއްޓާލަބަލަ. މީކީ ފިތުނަ އުފައްދަންވީ ވަގުތެއްނޫން. ޝުކުރުކޮށް ހަމްދުކޮށް އިތުރު ކޭސް އެއް ނައިސްވޭތޯ ﷲ ހަޟުރަތުގައި ދުޢާ ކުރަންވީ. އަޅުގަނޑުމެން ގެ ޤައުުމު މި ވައިރަހުން ސަލާމަތް ކޮށްދެއްވާންދޭ. އާމީން
ކިހިނެއްތަ ވެގެން މިއުޅެނީ، ދިވެއްސަކު ބައްޔަށް ޝައްކުވީތަ ބަލިޖެހުނީތަ ރަނގަޅުވީތަ. ދިވެހިބަހުން ލިޔެބަލަ.
މިހާރު އެނގިއްޖެދޯ ދިވެހިންނަށްވެސް މި ބަލި ޖެހޭކަން. ބަލަ ކިތަންމެ ކަނޑުމަހެއް ކެޔަސް ބުޔަސް މި ބަލި ޖެހޭނެ. ދެންވެސް މަޑުން ގޭގަ އޮވެބަލަ.
އަވަސް ޝިފާއަކަށް އެދެން
އެއްވެސް ދަޑިވަޅެއްގައި މީހުންގެ ކުއް ހޯދައި ފިތުނަ ފަސާދަ އުފެއްދުމަކީ ރަގަޅުކަމެއް ނޫން..ދެން ބަލިތަކުން ރަގަޅުވާ އިރަށް ނުވަތަ ބަލިމަޑުކަމެއްނެތް ދުވަސްވަރެއް ނަމަ މީހުން ބޮލުގަ ދޮގުތުހުމަތު އަޅުވާ އަބިދަރިންގެ މަސްކާންވީތަ؟..މިވެސް ބަ ޔަކު އަބަދު ކެޑިނޭޅި އުޅޭ ގޮތެއްވިއްޔާ.
ޢިންޑިއާގައި ތިބި ދިވެހި ކިޔަވާ ކުދިން އަވަހަށް ރާއްޖެ ގެންނަވާ ރައީސް ސޯލިހު!
ޢިންޑިއާގައި ތިބި ދިވެހި ކިޔަވާ ކުދިން އަވަހަށް ރާއްޖެ ގެންނަވާ ރައީސް ސޯލިހު!