ކޮވިޑް-19 ފެތުރޭތީ ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހިފައިވާ އިރު، އިންޓަނެޓާއި މުވާސަލާތީ އެހެން ހިދުމަތްތައް ދޭ ކުންފުނިތަކުން ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ރޭ ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޓެލެކޮމް އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.

މީކާއިލްް ވިދާޅުވީ އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަކަށް ވީއިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މި ހާލަތުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތަކީ މިވަގުތު ޒަރޫރީ ހިދުމަތަކަށް ވެފައިވީ ނަމަވެސް ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ދެމުން ނުދާ ކަމަށް ވެސް މީކާއިލްގެ ސިޓީގައިވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްޔިތުން ގެއިން ބޭރުގައި އުޅުން މަދުކުުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުންް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައެވެ.

މީގެ އިތުރުން، ސްކޫލްތައް ބަންދުކޮށް، ކިޔަވައިދިނުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްރޯ

    އިންޓަރނެޓް އަގުހެޔޮ ކުރާކަށް ނުޖެހޭނެ ، ކޮންމެ އެއްޗެއްވެސް ބޭނުންކުރަންވާނީ އެއެއްޗެއް ބޭނުންކުރެވޭ ފެންވަރު ހުންނަ މީހުން

    1
    5
    • ހަސަނު

      ކަލޭތީ މަހުޖަަނެއްވީމަދޯ ތިހާވަރުތަކެއް ތިއަރުވާލީ