ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފުރިހަމަ ކަމަށް ވިދާޅުވެ، ޗައިނާ ސަފީރު ޖަންގް ލިޖޮންގް ތައުރީފް ކުރައްވައިފިއެވެ.

ޗައިނާގެ ވުހާންގައި ހިނގަމުން ދިޔަ ކަންކަމުން އެމެރިކާ އިން އިބުރަތް ހާސިލްކޮށްފައި ނުވާ ކަމަށް ބުނެ، ބޭރުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އިން މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށެވެ.

އަދި މި ބަލިން ސަލާމަތްވުމަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތްތަކާ މެދުގައި ހިތްހަމަޖެހޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ބޭރުގެ އެ ނޫސްވެރިއަކީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓް ނޫހުގައި ބައިނަލް އަގުވާމީ ހަބަރުތައް ކަވަކުރާ، އަދި ކުރިން ޗައިނާ އަށް ހާއްސަވެގެން މަސައްކަތް ކޮށްފައިވާ ނޫސްވެރިޔާ އެމިލީ ރައުހަލާއެވެ. އޭނާ ބުނި ގޮތުގައި ޗައިނާ އިން އިހުސާސްކުރި ހިތްދަތިކަން، އެމެރިކާ އިން ދެނެގަނެފައި ނުވެއެވެ.

އޭނާ ސިފަކުރީ އެއީ އެމެރިކާ އަށް ލިބުނު ވޭންދެނެވި ފިލާވަޅެއްގެ ގޮތުގައެވެ.

ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ފެށުނީއްސުރެ ދިވެހިރާއްޖެ އިން އަމަލުކުރީ ވަރަށް ތަފާތުކޮށް ކަމަށެވެ.

"[ރާއްޖޭން އަމަލުކުރި ގޮތް] ވަރަށް ފުރިހަމަ،" ޗައިނާ ސަފީރު ވިދާޅުވިއެވެ.

ކޮވިޑް-19 އިން ސަލާމަތްވާން ތިން މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ރޭ ވަނީ ބުނެފައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު މީޑިއާ އާއި ބައްދަލުކޮށް ވާހަކަދައްކަމުން ބުނީ ބަލި ޖެހެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި އަލުން އެމެރިކާ ހުޅުވާލެވޭ ވަރު ވާނެ ކަމަށެވެ. ޓްރަމްޕް ލަފާކުރަނީ އޭޕްރީލް މަހުގެ ކުރީކޮޅު ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 422,959 އެވެ. އެ ބަލީގައި 18,907 މީހަކު މަރުވި އިރު 109,144 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖޭން ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދަކީ 13 އެވެ. އޭގެތެރެއިން ފަސް މީހަކު ވަނީ އެ ބަލިން ފަަސޭހަވެފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ރޭ ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ ކޮވިޑް-19 އާއި ގުޅިގެން ޕެންޓަގަން އިން ޕްލޭންތަކެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ޓްރަމްޕް ލަފާކުރަނީ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން އެމެރިކާގައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީނިސަންބޯލް

    މަ ވަރަށް ދެރަވެއްޖެ! ސަފީރު މީކޮންކަހަލަ މީހެއް؟ ސަރުކާރުން ހަމަ އެންގުމާއި އެކު ގެޔަށް ވަދެ ރަޖާލީގޮތަށް އަދި މަށާއި، މަގޭ ޢާއިލާ މިއޮތީ ގޭގައި. ބަސްއަހައިގެން މުޅިގައުމު ހެން މިކަމަށް ރެޑީވެގެން. ދަތުރުފަތުރު ވެސް ހުއްޓައިލައިގެން. އެކަމަކުވެސް ސަފީރު ތިބުނެލަނީ "އެމެރިކާ"އަށް ވުރެން ރަނގަޅޭ ތޯ؟ މިކަމުގައި ދުނިޔޭގެ އެންމެ ކަޑަ ގައުމާއި ދިވެހިރާއްޖެ އާއި ތި އަޅުވާ ކިޔަނީ؟ މަވާ ސަލާމް

  2. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަމީން އަކީ ވަރަށް ގާބިލް ބޭފުޅެއް. މިކަހަލަ ދަނޑިވަޅެއްގައި މިފަދަ އަވަސް އަވަހަށް ކަންތައް ކުރެވޭ ބޭފުޅަކު މި މަގާމު ހުރި ކަމީ މާތް ﷲ ހަލުރަތަށް ނުހަނު ޝުކުރު ދަންނަވާ ކަމެއް. މާޝާ ﷲ !

    6
    4
  3. ސަވީދުޯނެއްޯނ

    ސަފީރު ވައިއެޅުވިޔަސް މިސަރުކާރާ ރައީސާ މުޅި ދައުލަތް ބަދެފައިވަނީ އިންޑިޔާ ބޮޑު ރޯނުން. މިކަން އެގޭނެ މިއަދުގެ ޕްރެސްއިންވެސް. ޗައިނާ އިން މާބޮޑު ލޯނެއް ޔާމީން ޖަލުގައި ބާއްވަން ނެގިފައި އޮތުމުން މިއަށް ލުއި ހޯދާ މާފްކޮށްދެން އާދޭސްކޮށް މިހާލަތުގެ ފައިދާ ނަގާ ޖެހިގެން އަންނަ ދުވަހު މީގެ ހަގުނަ ބޮޑު ލޯނެއް ނަގާ އިންޑިޔާގެ ނަފްސާނީ ބަލިމަޑު ކަމުގެ ތެރޭގައި ބަދެވި ނިމުމަށްކަން އެގޭ. ނަޝީދާއި އޭނަގެ ބެސްޓް ފްރެންޑް ރައީސްކަމަށް އަރާ އަތުގުޅުވާގެން ވިޔަފާރިވެރިން މޮޔަ ހައްދާގެން ކަަންކަން ކުރިއަސް އެމީހުންގެ ބޯ ބޮޑުވާނެކަން.ހަދާން ކުރާތި

  4. ގެރިގުއި

    އިންޑިޔާ މަތިން އުދުހުމުގެ ހުއްދަ ނުލިބިގެން އެހީ ނުފޮނުވިގެން އުޅެނީ!