ކޮވިޑް-19 އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި، ދަރުބާރުގޭގައި ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިއަދު 4:45 ގައެވެ. މިއީ، ކޮވިޑް-19 ފެތުރެން ފެށުނު ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާތަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

މީގެކުރިން އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހި ގައުމާ މުހާތަބް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަންނާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ. ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އިގްތިސާދީ މި ދަތި ހާލަތުގައި ވެސް މުވައްޒަފުންގެ މުސާރަ ވެސް ކުޑަނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ،" ރާއްޖޭގެ އިގްތިސޯދަށް އަންނަ ހީނަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރެއްވިތާ ދުވަސްކޮޅެއް ފަހުން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ-ކޮންފަރެންސް ބައްދަލުވުމުގައި ވެސް ވާހަކަދައްކަވާފައެވެ. އެ ދުވަހު ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ، ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން ދަށްވެ، 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.

އެޓެލެކޮންފަރެންސްގައި ރައީސް ވިދާޅުވީ ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށެވެ. ޓޫރިޒަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހަތަރު ބައިކުޅަ އެއްބައި ކަމާއި ރާއްޖެއަށް ވަންނަ ބޭރުފައިސާގެ ތިން ބައި ކުޅަ ދެ ބައި ވަންނަނީވެސް އެ ސިނާއަތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންނަނީ އެކަމުން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދު ކޮށްފައިވާއިރު ކެފޭ ރެސްޓޯރެންޓުތައް ވެސް ވަނީ މިކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދު ކޮށްފައެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތިން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާއިރު މި މަހުގެ 12ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝައްފަ

    އިބޫ ގެ އަންހެނުން ފަޒުނާ ގެ ބައްޕަ ގެ ރިސޯޓު ހުރީމަ އެއަރޕޯޓު ބަންދު ނުކުރަނީ.

    26
  2. މުހައްމަދު

    އަޅުގަޑު ހީކިރި މަބްރޫ ކު ކިޔާމީހަކު ކަމަށް މިހާރު ގައުމުގެ ވެރިޔަ ކީ..
    އެބައުޅުއްވަަން ދެއްތޯ..

    32
  3. މޮހޮދު

    ރައްޔިތުން ހަޅޭއްލަވާ ލަވާ ލަވާ އޮތްތާކުން ނެރެފި ދޯ.

    31
  4. ކަޅުބެ

    ޓޫރިޒަމުން ތިހާވަރަށް މީގެ ކުރިން ރުފިޔާލިބުނު އިރުވެސް ރިސޯޓުބޯއިީންނަށް ކޮށްދެވުނު ކަމެއް ނެތް ބޮޑުތަނުން މެޖޯރިޓީ ލިބި ރިސޯޓުކު ކުދިންގެ ހައްގުތަ ކުގައި ކޮޅުފައިން ޖެހުމުގެ ނަމޫނާ ތިޔަފެންނަނީ.

    31
  5. ...

    "މިއީ، ކޮވިޑް-19 ފެތުރެން ފެށުނު ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާތަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ." މާޝާ ﷲ... މިއޮތީ އަހަރެމެންނަށް ވާ ރައީސެއް ލިބިފަ

    29
  6. ސުރައްޔާ އއ. ތޮއްޑޫ

    ހެޔޮނުވާނެ ކެބިނެޓް ބައްދަލުވުން ބާއްވާ ލަފާ އަހާ ނަހަދާތި. ވަގުތު ބޭކާރު ވާނީ. ކެބިނެޓް ގަ ތިބީ ޔުމްނާ މެން ކަހަލަ މީހުން. މުންނާރު ގަ ކުލަ ކޮޅެއް ލެވެނީ ވެސް ރައީސް އޮފީހުން އަންގައިގެން. ވީމާ ވަގުތު ބޭކާރު ނުކުރައްވާތި.

    28
    1
  7. ބެއްޔާ

    އެންމެފަހުން ބުޅާ ގޯނިން ބޭރަށް ނެރުނީތާ؟

  8. ހަހާ

    ދެން ބުއްޅަބެ ހެދިހެން ހަދާފަ ވެރިކަމުން އިސްތިއުފާދީބަލަ ތީކީއްކުރާ ވެރިއެއް ތަރަށްގީގެ މަޝްރޫއުތަށްވެސް ފެންނަނީ ފޮޓޯއިން ވިއްޔަ.

  9. Juhaa

    އޭނާ ޕްރެސް ކޮންފަރެންސްއަށް ތައްޔާރުވާން ފުށްޖަހަން 2 ގަޑިއިރު ނަގާކަމަށް މީހަކު ބުނި. ދުވަހަކުވެސް ގަޑިއަކަށް ކަމެއް ނުކުރެވޭނެ.

  10. ޑަކައިތި

    ރާއްޖޭގެ ރައްޔިތުން އަންދާނެއްގައި އުޅޭއިރު ރައީސޭކިޔާ މީހަކުގެ ހިލަމެއްބިލަމެނުވެ ފިލައިގެން އުޅޭއުޅުމަކީ މީނަގެ ނާގާބިލުކަމެއް ނުންތޮ

  11. ޙުސަަަަަަަައިނު

    450 މިލިއަން ޑޮލަރު ގެއްލެނީ ދޯ