އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނެ ރިސޯޓުން ފައިބަން މެނޭޖްމަންޓުގައި އެދުނު ކަމަށާއި ނަމަވެސް އެޗްޕީއޭގެ އެންގުމާ ހިލާފަށް އެ ހުއްދަ ދެވެން ނެތް ކަމަށް މެނޭޖްމަންޓުން އަންގާފައިވާ ކަމަށެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ރިސޯޓުގައި ރޯކޮށްލާނެ ކަމަށް އޭނާ ބުނި މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ އެއްވެސް ރިސޯޓެއްގެ މުއައްޒަފަކު ރިސޯޓުން ފޭބުން 14 ދުވަހަށް މަނާކޮށް މިމަހުގެ 14 ވަނަ ދުވަހު އެންގުމެއް ނެރެފައެވެ. އެމުއްދަތު މިހަފްތާ ބަންދުގައި ހަމަވާނެއެވެ. ނަމަވެސް މިއަދު ރައީސް ޞާލިހް ވިދާޅުވީ ރިސޯޓެއްގެ މުވައްޒަފުންނަށް ރިޒޯޓުން ފުރައިގެން އެހެން ތަންތަނަށް ދިޔުމުގެ ފުރުޞަތު ދެވޭނީ ރިސޯޓުތަކުން އެންމެފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން ކަމަށެވެ.

އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓު ރޯކޮށްލާނެ ކަމަށް ބުނި މީހާ އެރިސޯޓްގައި ހުއްޓާ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އެއީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރިސޯޓްތަކުގައި ތިބި ވަރަށް ގިނަ މުވައްޒަފުން ގެންދަނީ ބަލީގެ އަލާމާތެއް ހުރި މީހަކު ރިސޯޓްގައި ނެތިވެސް މުވައްޒަފުން ރިސޯޓްތަކުން ނުފޭބޭ ގޮތައް އޮތުމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. Anonymous

  ސައިޒު ކެރާންވޫ

  15
  1
 2. ާމާކު

  ރިސޯޓް ބޮއި .....ޕްރެޝަރ އަރަނީ....

  23
  1
 3. ޖޯން

  ދިވެހިންގެ ބައެމް މީހުންނަކީ ކާންދިންމީހާވެސް ނޭގޭބައެއް. ދޫނިސޫފާ ސޫއްޕައްވުރެ ހާލަތު ގޯސް ބައެއް.

  34
  4
 4. އެކްޓިވިސްޓް

  ކިތަންމެ ޚިޔާލުތަފާތުވުންހުއްޓަސް މިނުރައްކާތެރިބަލި ޤައުމަށްނުފެތުރިވޭތޯ އެއްމެން އެކައްޗެއްކިއާ ކޮއްމެ މީހަކުވެސް އެމީހަކަށް ވެވުނުވަރަކުން ފަރުދީ ޒިއްމާނަގައިގެން ހުރިހާ ނޫސްވެރިންވެސް މަސައްކަތްކުރަމާތޯ؟ ކާކަށްތޯ އެނގޭނީ ތިމަންނަގައިގަ މި ނުރައްކާތެރި ވައިރަސްގެ އަސަރުނެތްކަން، މިބަލިޖެހޭ ކޮއްމެ 3 މީހަކުން އެކަކީ މިބަލީގެ އެއްވެސް ޢަލާމާތެއްނުފެނި އެކަމަކު އެމީހާގެ ފަރާތުން ބަލިވާރުތަވަމުންދާ މީހުންކަމަށް ޞިއްޙީ މާހިރުންމިދަނީ ބުނަމުންނުންތޯ؟ އެބަޔަކު ތިބި ތަނެއްގައި އެބަޔަކު ތިބުމަށް (ގޭގައި ތިބުމަށް) ޞިއްޙީ މާހިރުން ލަފާދެމުން މިދަނީ މި ޞަބަބަށްޓަކައި، އަދި މިބަލި ނުފެތުރުމަށް މިނޫން ފަރުވާއެއް މިހާތަށް ހޯދިފަނުވާތީ

  29
  1
 5. ފާއިޒު

  ރިސޯޓުގައި ބަލި ހުރިމީހަކު ހުރިކަމެއް އެ ރިސޯޓުގެ މުއައްޒަފުންނަކަށް ނޭގޭނެ. އެމީހުން ޓެސްޓް ކުރުމުން އެނގޭނީ. ރާއްޖޭގައި އުޅެފައި ބޭރަށްދާ ފަހުން (ޓެސްޓް ހެދީމާ) ޖެހިގެން އަންނަ ދުވަހު ޕޮޒިޓިވް ވާ މީހުން އެބަތިބޭނޫންތަ؟

  25
  2
 6. ހަސަނު

  ބަލަ އެންމެންގެ ސަލާމަތައްދޯ އެ ފިޔަވަޅު އަޅާފައި އޮތީ. ދެން އެހާ އިމަޖެންސީކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ފަދަ ހާލަތެއްނަމަ އެކަން ސަރުކާރުން ކޮންމެސް ގޮތަކުން ފަހިކޮށްދޭނެކަމަށް ބަލަނީ އެހެންމީހުން ނުރައްކަލަށް ހުށަނޭޅޭނެހެން، މީގަ އެންމެންގެ ޒިންމާ ވަރަށް ބޮޑު

  27
 7. ބްރޯ

  ބަލި ޖެހިފާ ހުރި މިހަކު ހުރިކަން ނޭގި ބަލިޖެފަ އެބަހުރޭ އަދި އެމީހާގެ ފަރާތުން އެހެން މީހުނަށް ބަލިޖެހޭ . އެހެންވެ 14 ދުވަހަށް ހުރިހާރަށެއް ބަންދުކުރަންމިޖެހެނީ

  26
 8. ތެހެލާނު

  ސަރުކާރުން މިހަދާ ދޯހަޅި ގަވާއިދުތަކުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުން މޮޔަވެދާނެ. އެއްކޮޅުން ރިސޯޓްތަކުގެ މެނޭޖްމަންޓުން މުސާރަ ކުޑަކުރަނީ. ގެސްޓުންނެއްނެތް، ދެން ރަށްސާފުކުރުމައި މަރާމާތު މަސައްކަތަށް ހުރިހާ އެންމެން ނިކުތުމަށް ބާރުމިއަޅަނީ. އަނބިދަރިންނަށް ހަރަދުކުރަން ފައިސާމަދުވުމުގެ ހާސްކަމުގައި ތިއްބައި އަނެއްކޮޅުން ރައީސް އޮފީހުގައި އިންނަމީހަކު ދެއިރު ދެޅަޔަށް ސާކިއުލާތަށް އެބަނެރޭ، 7 ދުވަހުން 14 ދުވަހުން މީހުން އަރާ ނުފޭބޭނޭޔޭ ކިޔާފައި. ނުވިތާކަށް ގައުމުގެ ވެރިމީހާ މިއަދު އަރައި އޭނާ ހިތުހުރިއެއްޗެއް ކިޔާފައި އެފޭބީ.
  އަހަރުމެންވެސް ބޭނުމެއްނޫނޭ މިރާއްޖެއިން މިވައިރަސްފެންނާކަށް، އެކަމަކުދެން ކަންކަން ނިންމަންވާނީވެސް ކޮންމެސް ވަރަކަށް ކަން ހިނގާނުހިގާ ގޮތަކަށް ވެސް ބަލާފައިދޯ.
  ދެން ރިސޯޓެއްގައި ތާށިވެފައި ތިބިބަޔަކު އަންނާނީ ރުޅިއެއްނު. މިތާގައި ޝައްކުކުރެވޭމީހަކު ހުރީއެއްނޫން، ގެސްޓުން އަންނަ ތަނަކަވީތީވެ 14 ދުވަސް ބަންދު. އެންމެ ފަހުމީހާ ފުރާދުވަހުން ފެށިގެން 14 ދުވަސް ވަންދެން ބަންދު.

  14
  32
  • މަ

   ސަރުކާރުގެ ނިންމުންތައް މިކަމުގައި ވަރަށް ރަނގަޅު. ދެން އެހެން ނޫނަސް ރިސޯޓްތަކުގަ އެކަންޏެއް ނޫން ދޯ މިދުވަސްކޮޅު މަސައްކަތްކުރަނީކީއެއް. ސިއްޙީ ދާއިރާގަވެސް އެބައުޅޭ ލައްކަ މީހުން ތިއަށްވުރެ ރިސްކްގަ އަނބި ދަރިންނާ ދުރުގަ. ޝަކުވާއެއް ނުކުރޭ. އެހެން ބަޔަކާ ދޭތެރޭ އަދި ނުވިސްނިޔަސް ކަލޭމެންގެ އަމިއްލަ ޢާއިލާއާ ދޭތެރޭ ވިސްނާފަވެސް މި ދަނޑިވަޅުގަ ކޮންމެސް ކެތްތެރިކަމެއް ހުންނަން ޖެހޭނެ ކަންނޭނގެ.

   14
   3
 9. އައްޑޫ ލެއި

  ގެންގޮސް ޖަލައްގަޅާލަ ބަ. ކޮންނުހޮރޮއްޕާނެއް ކުރަާކައް.ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ހައްގުއަދަބު ދެވިގެން

  26
  5
 10. ޏަމް

  ރިސޯޓުބޯއިން ތިބެންޖެހެނީ އެންމެފަހުންފުރާ ގެސްޓުންދިއުމުންވެސް އަދި 14 ދުވަސްވަންދެން މި ކަމުގެޒިންމާ ކިނބޫ ނަގަންޖެހޭނެ ސަބަބަކީ އެއަރޕޯޓު ހުޅުވާފަ ބަހައްޓަނީ ރިސޯޓުބޯއިންނެއްނޫން ސީދާ ކިނބޫ.

  24
  16
 11. ކެކެނީ

  ރިސޯޓްމުވައްޒަފުންގެ މުސާރަތައް ކަނޑާލައި ވަޒީފާ ގެއްލި އިންތިހާ ދަތި މިވަގުތުގައި ސަރުކާރުގެ އެހީ އެއް ސީދާ މުވައްޒަފުންނައް ދެވެންނެއްކަމައް ބުނުމަކީ ހިތާމަހުރި ކަމެއް.ރިސޯޓް އޯނަރުންނައް މިލިއަނުން ދިނަސް މުވައްޒަފައް ވާނެ ހަމަ އެއްވެސް ފައިދާއެއް ނެތް. ބޮޑެތި ކަންތައް ހިނގާނެ.

  23
  5
 12. މުހައްމދު

  ތިމާއާއި އެހެން މީހުންގެ ހައްގުގައި މަޑު ކޮޑު ކޮށްލަލެއްވާ

  22
  2
 13. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރަށްދޭ

  ގައުމުގެ ހުރިހާރައްޔަތުންގެ ސަލާމަތާ ރައް ކާތެ ކަން ކަސަވަރު ކުރަން ޖެހޭނެ އެއްވެސް މީހަ ކު ގައުމަށްވުރެން ބޮޑެއްނުވާނެ ސަރު ކާރުން ކުރާ އަމުރަށް ބޯލަނުލަބާނަމަ ހަރު ކަށިފިޔަވަޅު އަޅައިގެންވެސް ހުއްޓުވައި ރައްޔަތުންގެ ސަލާއްމަތް ތެރި ކަންގާއިމް ކުރޭ

 14. އަހުމަދު އަހުމަދު މުހައްމަދު

  ކާން ދިން މީ ހުން ނާ ކާންދޭ މީހާ ވެސް އެނގޭ އެކަމަކުވެސް ﷲ އާ ކީރިތި ރަސޫލާ އެންމެންނަށް ވުރެވެސް މުހިއްމު ޖޯން އަށް އަދި ނުވިސްނެނީ ދިވެހިންގެ އިޚްލާސް ތެރިކަން . ބުއްޅަބެއަށް ދިވެހިން ރައްދު ދެނީ އެހެންވެ . ސުވަރުގެ ކާނާ މާ މީރުވާނެ ﷲގެ ދަރުބާރު މާ ސަޅިވާނެ ބުއްޅަ އާ ކިނ ބޫ ގެ ދަރުބާރަށް ވުރެ. ޖޯން ޖޭ ވާ ހެން ހީވީމަ ބުނެލީ

  2
  2
 15. އެކަމަކުދޯ

  ކެތްތެރިވޭ ، ކެތްތެރިވޭ ، ...
  މަށަކީވެސް ރިސޯޓުގަ މަސައްކަތް ކުރާމީހެއް. 4ދަރިންނާ ވިހަންވެފަ އިން އަންބަކު އެބައިން. ސަރުކާރުން އެ ނިންމިނިންމުމުން ހިތަށް އުނދަގޫވޭ . ގަބޫލުކުރަންވެސް އުނދަގޫ. މަށަށް އެގޮތް ކަމުނުދިޔަސް އެއީ ގިނަބަޔަކަށް ރަނގަޅު އަދިޤައުމަށް ރަނގަޅުގޮތް . ވީމާޝުކުރު ކޮށްގެން މިހިރީ .
  އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުވާނެ.

  5
  1
 16. ޗައްޕަލް އިބްނުފައިވާން

  ކަލޯ ގަޔާ ފިރުއައުން ވެސް މޫސާ ގެފާނާ ދިމާ ޔަށް ބުނި ގޮތަށް ޖޯންވެސް ތިބުނީ އޭތި ކަޑައޭ ބުރޯ ދިވެހިން ދޫނި ސޫފާ ސޫއްޕާ ޖަނަވާރާ އެއްހަމަ ކޮށް ވާހަކަ ދައްކާ އިރު ހަދާން ކުރަން ޖެހޭ ކަމަކީ ދިވެހި ބައިތުލްމާލަކީ އެންމެ އާދައިގެ ދިވެހި ރައްޔިތުމީހާގެވެސް ހައްގެއްކަން ހަމަ އެގޮތައް އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކަ ވެސް ދައްކާނީ ހުސް އިލްމުވެރިން އެކަންޏެއް ނޫން ނުކިޔާވާ ހުންނަ މީހާ ޔަށްވެސްﷲ އާ ރަސޫލާ ދެކެ ލޯބިވުމުގެ ހައްގު އޮންނާނެ އެހެންކަމުގައިވާނަމަ އެވާހަކަވެސް ދެއްކޭނެ ޖޯން ވެސް ޑިމޮކްރަސީ އަށް އަހުލުވެރިވެބަލަ ތައައްސަބުވެރިވެ ހަސަދަވެ ޖަނަވާރަށް ދިވެހިންނާ ދިމާ ޔަށް ނުގޮވާ

 17. ސ

  ސަރުކާރުން އަޅުއްވާ ކޮމެ ފިޔަވަޅެއްވެސް އަޅުއްވަނީ ރައްޔިތުންގެ ސަލާމަތަށް. ކެތްތެރި ނުވެވުމުގެ ނަތީޖާ ކިހާހިތި

  4
  1
 18. ނަފީސާ

  ޑޮކްޓަރަށް ދައްކަން ކަމަށްވާނަމަ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އޮންނަންވާނެކަމަށް ދެކެން. ސަބަބަކީ ދާއިމީ ބަލިތަކަށް ބޭސް ފަރުވާ ކުރާ މުވައްޒަފުން ތިބެދާނެ. ނޫނީ ޑޮކްޓަރެއްގެ އިރުޝާދު ނުވަތަ ފަރުވާއެއް ހޯދަން ޖެހިދާނެ ހާލަތެެއް މެދުވެރިވެދާނެ. މިފަދަ ކަންތަކުން މުވައްޒަފުން މަހުރޫމުނުކޮށް މިފަދަ ޒަރޫރީ ކަންކަން އެމުވައްޒަފުންނަށް ހޯދަދިނުމަކީ މެނޭޖަމެންޓްގެ ޒިންމާއެއް. ގިނަ ރިޒޯޓްތަކުގައި މުވައްޒަފުންނަށް އަވަސް ފަރުވާ ބޭނުންވެއްޖެ ހާލަތެއްގައި އެފަރުވާވެސް ދެވޭނެގޮތެއްނެތް. ދެންދާން ޖެހެނީ މާލެއަށް ނޫނީ ޖެހިގެން އޮންނަ ރަށަކަށް.

 19. ވައިރަސް

  ރިސޯޓުން ފޭބެ ކަށް ނެތް... ފުރިހަމަ މުސާރަ ދެވޭ ކަށް ނެތް...ލިބޭ އެއްޗަ ކުން ދެ ކޮޅު ޖެހޭ ކަށްނެތް...ރާއްޖެއަށް ބޭރު ފައިސާ މިއަދާ ހަމައަށް ހޯދާދިނީ ރިސޯޓް މުއައްޒަފުން... އެމީހުންނަށް ލިބޭ ލާރި ކޮޅު ކަނޑާލި އިރުވެސް އެއްޗެ ބުނާނެ މިހަ ކުވެސް ނެތް... ސަރު ކާރުން ވެސް ރިސޯޓް ތަ ކުންވެސް އެމީހުންނަށް ހަދަނީ ހިތުހުރި ގޮތެށް... ތެން ކިއޫ ރާ އްޖޭގެ ވެރިންނަށް....

  5
  1
 20. ޑެނީ

  މިހާރު ކޯޗަކަށް އެވީ.... ރިސޯޓުން ބާލައިގެން މާފުއްޓަށާ ތަނަތަނަށް ދެމީމަ ހަމަ އެރަށްރަށުމީހުނަށާއި ހައްޔަރު ކުރަން ދިޔަ ފުލުހުންނަށް އެބަލީގެ ނުރައްކާ އޮންނާނެދޯ.....

  3
  1
 21. ދިދަ ދަނޑި

  ނުވެސް ފޭބޭނެ ރޮލެއްވެސް ނުކުރެވޭނެ . . ދެން ލަލަލާ

  1
  1
 22. ކަށިކިށި

  ސަރުކާރުން އެކި ކުންފުނި ތަކައް “ބަދަލު” ގެ ގޮތުގައި އެތައް މިލިޔަނެއް ބެހިތަން ފެނިފަތިބި ހާލުގަޖެހިފަ ތިބި ރައްޔެތުން ކޮޅު އެބަތިބީމު. އެގޮތައް “ބަދަލު” ގެ ގޮތުގާ ކޮންމެސް ހެޔޮ އެއްޗެއް ބަހާނެ ކަމުގެ އުންމީދުގައި.

  2
  1
 23. ނަޖީ

  ރިސޯޓުތަކުގެ ތިބި މީހުނައް މިއަނިޔާކުރަނީ ކޮބާތޯ އެމީހުންގެ ކުށަކީ ބުރަމަސަކައް ކޮއްފަ ސަރުކާރައް ގިނަފައިސާތަކެ ވައްދާތީތޯ އާއިލާޔާ އެކަހެރިކޮއްލީ އަބިން ރޮއްވާލާފި ދަރިން ނިކަމެތިކޮއްލާފި ދެން މިހާކައްވަރައް އޯގާތެރިވެވޭނީ މަށާ މަގޭ އާއިލާގެ ވޯޓެ އެމްޑީޕީއައް ހަރާންވާނެ މީގެފަހުން

  4
  2
 24. Anonymous

  ރިސޯޓް ކުދިންގެ ވޯޓް ހޯދުމަށް ލާދީނީ ސަރުކާރު ދެއްކި ހުވަ ފެން ފިސާރި ރީތި ވެއްޖެ ކަމަށް ހީވަނީ. ދެންވެސް ހޭއަރައިގެން ވޯޓް ލާއިރު ވިސްނާލުން ރަނގަޅު .

  1
  2