ރާއްޖެއަކީ ފުރަބަންދު (ލޮކްޑައުން)ކޮށްގެން ތިބެވޭނެ ޤައުމެއް ނޫން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދިން ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހދިު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ހަކުރާއި ހަނޑޫ އަދި ފުށްފަދަ ތަކެތިވެސް ގެންނަނީ ރާއްޖެއިން ބޭރުން ކަމަށް ވާއިރު ރާއްޖެ ލޮކްޑައުން ނުކުރެވޭނެ ކަމަށެވެ.

އަދި މިއަދުވެސް ފިންލޭންޑް، އިންޑިއާ އަދި މެނޭޝިއާގެ ފޮރިން މިނިސްޓަރާއި ވާހަކަދައްކަވާފައިވާ ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިދަނޑިވަޅުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުގެ ހާލަތު ފޮރިން މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ ޓީމްތައް ހަރަކާތްތެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ގިނަ ކޯލް. އޭގެ ތެރެއިން ބައެއް ކޯލް އަކީ ވަރަށް ނުތަނަވަސް ހާލަތުގައި ކުރައްވާ ކޯލް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ޒަރޫރީ ބޭނުންތަކަށް ތިބި ދިވެހިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެއްވެސް ދިވެހި ރައްޔިތަކަށް ނިކަމެތި ގޮތެއްވާން ދޫކޮށްނުލައްވާނެކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތަކަސް އެހީތެރިވުމުގެ މަސައްކަތް ވެސް ސަރުކާރުން ހުއްޓާނުލާ ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އަދި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ޤައުމުތައް ލޮކްޑައުން ނުވަތަ ފުރަބަންދުކޮށްފައި ވުމާއި އެ ޤައުމުތަކުގައި ޓްރާންސިޓް ކުރަން ވެސް ހުއްދަ ނުލިބުން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން މިއަދު ރާއްޖެ އައިސްފައި ވާއިރު، މާދަމާގެ ވަގުތުތަކުގައި އާއި އެކު، އެ ގައުމުގައި ތިބި 61 ދިވެހިން ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ނޭޕާލްގައި ތިބި 17 ކުދިން ފިޔަވާ އެންމެން ރާއްޖެ ގެނެސްފައިވާ ކަމަށާ، އެ މީހުންނަށް ނުފުރުނީ ޏޭޕާލް ފުރަބަންދުކުރުމުން ކަމަށް ވާތީ، އެ މައްސަލަ ހައްލުކުރަން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާ އާއި ލަންކާ އަދި މެލޭޝިއާ ފަދަ ތަންތަނުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭއިރު އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ވެސް ރާއްޖެ އައުމުގެ އިންތިޒާމްތަކެއް ހަމަޖައްސާދޭން މަސައްކަތް ކުރާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑަބިޔާ

    ސާހިދު ކޮބާ ކަލޭ ބޭތުގައުމުތަކަށް ގޮސް އެތަނުން ދިންހާ ފައިސާ ދިރުވާލީތަ ފެންނަންނެތީ.

    32
    2
  2. ޙަމް

    އިރާދުއްކުރެއްވިއްޔާ ފުރަ ބަންދު ކުރަން ނުޖެހޭނެ

    22
    2
  3. ކާޕެޓު ދުންމާރި

    އެހެންވިއްޔާ ތީގެމާނަޔަކީ އެންމެންނަށް ކޮވިޑު 19 ޖައްސަން ކަލޭގެ ސަރުކާރުން ފައިވިއްދާފަ ވާކަން އިސްތިއުފާދީފަ އަވަހަށް ގެޔަށް ދުރުވޭ.

    34
    4
  4. ފުރަބަންދު

    މީނަ މިހެންބުނާނެ އެއްނުން އޭނަައަށް ދެއިރު ދެދަޅަށް ހިނިއަރައިގެން ފޫކޮޅުން ކަށި ނުނެއްޓިގެން ރައްޔިތުންގެ ލާރި ބޭކާރު ގޮތުގައި ބުރުއްސާ ލެވޭނީ ގައުމު ފުރަބަންދު ނުކޮށް އޮތީމަ ވިއްޔާ.

    13
    2
  5. ބްރޯ

    ނުތިބެވުނަސް ޔޫރަޕް ހަމަޖެހިލެވެންދެން ބަންދުގަ ތިބެގެން ވާނީ

    12
    1
  6. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އައްނި ވިދާޅުވި ކަހަލަ ވާހަކަ ދެއްކެވީމާ ސިކުނޑީ ގެ ފެންވަރު ހާމަ ވާނީ. އައްނި ވިދާޅުވީ ރާއްޖެ އެއް ނުހުއްޓޭނެޔޭ. މި ކަމަށް 3 މަސް ވަރުދޭން ރާއްޖޭގެ ރައްޔިތުން ތިބީ ތައްޔާރަށް. އެއް އިރު ކައިގެން ތިބެގެން ނަމަވެސް !

    11
    2
  7. ނަފީސާ

    ޝާހިދެއް ކަމަކު އިތުރަށް މިރާއްޖެ ހަލާކުކުރަން ނޫޅޭ. ފުރަބަންދު ކުރަންޖެހޭ ވަގުތު ފުރަބަންދުކޮށްގެންވެސް ދިވެހި ރާއްޖެ ރައްކާކުރެވޭތޯ ބަލާ. މިހާރު ވެސް ބައެއް މީޑިއާ ތަކުން މައުލޫމާތު ދޭ 16 މީހަކު ފައްސިވެފައިވާ ކަމަށް. މިކުޑަ ކުޑަ ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްކުރައްވާށި. އާމީން.

    12
    1
  8. Anonymous

    ޝާހިދު ކައޭ މައިތިރި ބަލަ. ނަޝީދު ގެވެސް އަޑެއްބަޑެއް ނީވޭ މިހާރު. ﷲބިރުވެތިވެ ދުޢާދަންނަވަން ވީ. ފުރާ ވީއްލަން ވީއެއްނޫން

    9
    1
  9. ޜަނގަޅި

    ފުރަބަންދު ކުރަންޖެހޭ ހާލަތަށް ދިޔައީމަ ޖެހޭނީ ކުރަން. ޢިންޝާ ﷲ އެފަދަ ދުވެއް ނުދައްކަވާށި. ޢެކަމަކު މިތަނަށް އެކި ގައުމުތަކުން ތި ގެންނަ ދިވެހިންވެސް ގެނައުން އަދި މަޑުކޮށްލަބަ. ރައްރަށުންވެސް ދަތުރތަށް މަޑުކޮށްލަބަލަ.

  10. ސުރައްޔާ ، ތޮއްޑޫ

    ބުޅަލު މުއްގަނޑަށް ހަދަންވީ މަގޭ ދަރި ދޯ ؟ އިބޫ ގެ އާ ޝާހިދު ގެ ދަރިން ތިބީ ރައްކާތެރި ތަންތަނުގައިނު. މަގޭ ދަރި އަކީ ރޫމްބޯއި އެއް. ލޮލުފިޔަ ނުޖަހާ ތިބީ ފުރަބަންދު ނުކުރާ އިރު. ނުނިދާ. މިއޮއް ހުރިހާ ދުވަހު އެއްކުރި ލާރިން ލޮކްޑައުން ކޮށްގެން ރާއްޖެ ބޭއްވޭނެ. މަގޭ ދަރި ބުޅަލު މުއްގަނޑަކަށް ނަހަދާ !

    8
    1
  11. ތަޚާނުގެ ޢަލިދީދީ

    އެންމެން ދަނޑުހައްދާންވީ. މަހަށް ނުކުންނަންވީ. އަންހެނުންވެސް ފަންވިންނަންވީ. ރޯނުވާށާންވީ.

    8
    1
  12. ބްރޯ

    ސާހިދު ކިކޭ ތިޔަ ކިޔަނީ ރައްޖެގަ އުޅެން އުނދަގޫ ވެގެން ނުވަތަ ރާއްޖެ ދެރަވެގެން ރާއްޖެ ދިރިއުޅެން ކަމުނުގޮސްގެން އެހެން ގައުމަކަށް ހިޖުރަ ކޮށްގެން އުޅޭ މީހުންގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް .އެމީހުން އެގޮތުގަ ދެމި ތިބޭނެ ނުވަތަ އެބުރި އަންނާނެ. މިގައުމުންބަލަންޖެހޭނީ ކިޔެވުމަށާ ގައުމުގެ އެކި ބޭނުންތަކުގާ ބޭރުގައުމުތަކުގާ ދިރިއުޅުއްވާ ބޭފުޅުން އެފަރާތްތަކުގަ ހާލަތު ގާތުންބަލަންވާނެ.

  13. ބްރޯ

    ކާބޯތަކެތި އެތެރެ ވަނީ ފުރަ ބަންދުން ދޫކޮށްލީމާތަ ؟ގައުމު ފުރަބަންދުގާ ބައްވާފަ ކަބޯތަކެތި އެތެރެ ކުރާނެ ގޮތްނެގޭނަމަ އެގޭބަޔަކާ ގައުމު ހަވަލު ކުރަން ވީނުން

    2
    1