00:09

00:02

23:43

23:39

23:23

އެމެރިކާ އިން ކޮވިޑް-19 އަށް އިތުރު 276 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު މަރުވެއްޖެ. މިއަދު އެކަނިވެސް އެޤައުމުން 12200 މީހަކަށް މި ބަލި ޖެހިފައިވާއިރު، މިއަދު މަރުވި މީހުންގެ އަދަދު 347 އަށް އަރާ. މިހާތަނަށް އެމެރިކާ އިން ޖުމްލަ 116326 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން ޖުމްލަ 1943 މީހަކު ވަނީ މަރުވެފައި. އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 25224 މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނޭ. އެމެރިކާއަކީ މިވަގުތު އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމު.

23:19

އަޔަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު ދިހަ މީހަކު މަރުވެއްޖެ. މިއަދު އެކަނިވެސް އެޤައުމުން 14 މީހަކު މި ބަލީގައި މަރުވެފައިވާއިރު، މިހާތަކަށް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 36 އަށް އަރާފައި. މިއަދު އެކަނިވެސް އެޤައުމުން 294 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި. އެއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2415 އަށް އަރާފައި. މީގެ ތެރެއިން 59 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި. މިހާތަނަށް އެޤައުމުގައި ފަރުވާދިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވޭ.

23:00

ތުރުކީގައި އިތުރު 1704 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް 7402 މީހަކަށް މި ވައިރަސް ވަނީ ޖެހިފައި. އެޤައުމުން މިއަދު އިތުރު 16 މީހަކު ވަނީ މި ބަލީގައި މަރުވެފައި. އެއާއެކު ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ 108 އަށް އަރާ.

މިހާތަނަށް ތުރުކީން 42 މީހަކު މި ބައްޔަށް ފައްސިވުމަށްފަހު ރަނގަޅުވެފައި ވާއިރު، 309 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

22:58

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 34 މީހަކު މަރުވެއްޖެ. މިއަދު އެކަނިވެސް އެޤައުމުން 241 މީހަކު މަރުވެފައިވާއިރު، ވައިރަސް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ 1937 އަށް އަރާ.

22:58

އެމެރިކާއިން އިތުރު 2373 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިއަދު އެކަނިވެސް 11924 މީހަކަށް މި ވައިރަސް ޖެހިފައިވޭ. މިހާތަނަށް އެޤައުމުން 116050 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި.

22:55

22:36

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 25 މީހަކު މަރުވެއްޖެ. މިއަދު މިހާތަނަށް އެޤައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 207 އަށް އަރާ. އެޤައުމުން މިހާތަނަށް ޖުމްލަ 1903 މީހަކު ވަނީ މި ބަލީގައި މަރުވެފައި.

މީގެ އިތުރުން އިތުރު 1117 މީހަކު އެޤައުމުން ވައިރަސް އަށް ވަނި ފައްސިވެފައި. މިއާއެކު މިއަދު އެޤައުމުން ފައްސިވި މީހުންގެ އަދަދު 9551 އަށް ވަނީ އަރާފައި. މިހާތަނަށް އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 113677 އަށް އަރާ.

22:30

22:21

އެމެރިކާއިން އިތުރު 7960 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިއަދު މިހާތަނަށް 8434 މީހަކަށް މި ވައިރަސް ޖެހިފައިވޭ. މިހާތަނަށް ޖުމްލަ 112560 މީހަކަށް އެޤައުމުން ކޮވިޑް-19 ވަނީ ޖެހިފައި.

22:21

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 145 މީހަކު މަރުވެއްޖެ. އެޤައުމުން މިއަދު އެކަނިވެސް 185 މީހަކު މި ވައިރަސް ޖެހިގެން މަރުވެފައި ވޭ. އެޤައުމުން މިހާތަނަށް ޖުމްލަ 1878 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައި.

21:30

21:15

21:10

ޔޫއޭއީ އިން އިތުރު 63 މީހުން ފައްސިވެ، ޖުމްލަ އަދަދު 468ށް އަރައިފި. އެ ގައުމުން 2 މީހަކު މަރުވެފައި ވާއިރު 52 މީހެއް ވަނީ ރަނގަޅުވެފަ.

21:08

އާޖެންޓީނާ އިން އިތުރު މީހަކު މަރުވެ މިއަދު މަރުވި މީހުންގެ އަދަދު 4ށް އަރައިފި. އެ ގައުމުން ޖުމްލަ 17 މީހަކު މަރުވެފައި ވާއިރު މި ގައުމުން ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 690ށް އަރާފަ. އޭގެ ތެރެއިން ރަނގަޅު ވެފައިވަނީ 72 މީހެއް.

21:06

ޑޮމެނިކަން ރިޕަބްލިކް އިތުރު 8 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 28ށް އަރައި، އިތުރު 138 މީހަކު ފައްސިވެއްޖެ. އަދި ޖުމްލަ 719 މީހަކު ފައްސިވިއިރު، ރަނގަޅު ވެފަައި ވަނީ 3 މީހުން.

20:54

ފިންލޭންޑް އިތުރު 2 މީހުން މަރުވެ، ޖުމްލަ މަރުގެ އަދަދު 9ށް އަރައިފި. އަދި އިތުރު 126 ފައްސިވެ، ޖުމްލަ އަދަދު ވަނީ 1،167ށް އިތުރުވެފަ. އެ ގައުމުން މިހައިތަނަށް ރަނގަޅުވީ 10 މީހެއް. ސީރިއަސް 32 ކޭސް ވަނީ ރެކޯޑު ކުރެވިފަ.

20:53

ޗިލީ އިން އިތުރު 299 ފައްސިވެއްޖެ. އަދި ޖުމްލަ އަދަދު 1،090ށް މިހާރު ވަނީ އިތުރުވެފަ. އެ ގައުމުން ޖުމްލަ 5 މީހަކު މަރުވެފައި ވާއިރު ރަނގަޅުވީ 43 މީހުން. އަދި ސީރިއަސް 7 ކޭސް ވަނީ ރިޕޯޓް ކުރެވިފަ.

20:51

ޑެންމާކުން އިތުރު 30 މަރުވެ ޖުމްލަ އަދު 65،ށް އަރައިފި. އެ ގައުމުން އިތުރު 155 ފައްސިވެފައި ވާއިރު ޖުމްލަ އަދަދު 2،201ށް އަރާ. އަދި މިހައިތަނަށް ރަނގަޅުވީ އެންމެމީހެއް، ސީރިއަސް ހާލަތުގައި 109 އެބަހުރި.

20:50

އެމެރިކާ އިތުރު 34 މީހުން މަރުވެ، ޖުމްލަ އަދަދު 1،730ށް އަރައި، އިތުރު 1،600 ފައްސި ވެއްޖެ. އެ ގައުމުން ޖުމްލް 105،726 މީހަކު ފައްސިވެފައި ވާއިރު ރަނގަޅުވީ، 2،538 މީހުން. އަދި 2494 މީހެއްގެ ހާލު ސީރިއަސް.

20:31

20:25

20:21

20:07

20:01

20:01

20:00

19:45

18:25

18:12

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ޖެހިގެން އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން ހަތަރު މީހަކު މި ބަލީގައި ވަނީ މަރުވެފައި. މީގެއިތުރުން އެގައުމުން ކޮވިޑް-19 އަށް އިތުރު 99 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައި. އެ ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 37 މީހަކު ރަނގަޅުވެފައިވާއިރު ހަ މީހެއް އޮތީ ސީރިއަސް ހާލަތުގައި.

18:10

ނޭޕާލުން ކޮވިޑް-19 އަށް އިތުރު އެކަކު ފައްސި (ޕޮޒިޓިވް) ވެއްޖެ. މިހާތަނަށް ޖުމްލަ ފަސް މީހަކު ފައްސިވެފައިވާއިރު އެބަލީގައި އެކަކު ވަނީ ރަނގަޅުވެސް ވެފައި.

18:09

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން ކޮވިޑް-19 ގެ ސަބަބުން އިތުރު ތިން މީހަކު މަރުވެއްޖެ. މިހާތަނަށް ޖުމްލަ ހަ މީހަކު އެގައުމުން ވަނީ މަރުވެފައި. އިތުރު ހަތް މީހަކު އެގައުމުން އެ ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އެގައުމުން އެ ބައްޔަށް 57 މީހަކު ވަނީ ފައްސިވެފައި. މިހާތަނަށް އެގައުމުން މި ބަލީގައި ރަނގަޅުވީ އެންމެ ދެ މީހުން.

18:06

ފަލަސްތީނުން ކޮވިޑް-19 އަށް އިތުރު ހަ މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެ. މިހާތަނަށް އެގައުމުން 97 މީހަކު ފައްސިވެފައިވާއިރު މި ބަލީގައި އެގައުމުން އަދި މަރުވީ އެންމެ މީހެއް. 18 މީހަކު ބަލިން މިހާރު ރަނގަޅުވެފައިވާއިރު ބަލީގެ ސަބަބުން އެކެއްގެ ހާލަތު ސީރިއަސް.

18:02

ކުވެއިތުން ކޮވިޑް-19 އަށް އިތުރު 10 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މިހާތަނަށް އެގައުމުން 235 މީހަކު ވަނީ އެ ބައްޔަށް ފައްސިވެފައި. 64 މީހަކު އެބަލިން ރަނގަޅުވެފައިވާއިރު 11 މީހެއްގެ ހާލަތު ސީރިއަސް.

17:59

ބޮސްނިއާއިން ކޮވިޑް-19 އަށް އިތުރު 20 މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެ. މިހާތަނަށް ޖުމްލަ 257 މީހަކު އެގައުމުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެބަލީގައި ހަތަރު މީހަކު ވަނީ އެގައުމުން މަރުވެފައި. އަދި ފަސް މީހަކު ވަނީ ރަނގަޅުވެސް ވެފައި. އަދި އެ ބަލީގެ ސަބަބުން އެކަކު ހާލަތު ވަނީ ސީރިއަސްވެފައި.

17:57

އިރާގުން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން 42 މީހަކު ވަނީ މަރުވެފައި.

17:53

ކޮވިޑް-19 ޖެހިގެން އާޖެންޓީނާއިން އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިހާތަނަށް މި ބަލި ޖެހިގެން 17 މީހަކު އެގައުމުން ވަނީ މަރުވެފައި. މި ބައްޔަށް އިތުރު 101 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މުޅި ޖުމްލަ އެ ބައްޔަށް އާޖެންޓީނާއިން ވަނީ 790 މީހަކު ފައްސިވެފައި. މިހާތަނަށް އެގައުމުން ވަނީ 72 މީހަކު ރަނގަޅުވެފައި.

17:51

ފިލިޕީންސް އިން ކޮވިޑް-19 ޖެހިގެން 14 މީހަކު މަރުވެފައިވާރު މިހާތަނަށް މި ބަލީގައި ޖުމްލަ 68 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ކޮވިޑް-19 އަށް 1075 މީހަކު ވަނީ ފިލިޕީންސް އިން ފައްސި (ޕޮޒިޓިވް) ވެފައި. އޭގެތެރެއިން އެކަކުގެ ހާލަތު ސީރިއަސް.

17:46

ކޮވިޑް-19 ޖެހިގެން ރަޝިޔާއިން އިތުރު 228 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އެގައުމުން މިހާތަނަށް މި ބައްޔަށް ވަނީ 1264 މީހަކު ފައްސިވެފައި. އޭގެތެރެއިން 8 މީހަކު އޮތީ ސީރިއަސް ހާލަތުގައި.

17:40

ރޯމޭނިއާ އިން ކޮވިޑް-19 ޖެހިގެން އިތުރު ތިން މީހަކު މަރުވެފައިވާއިރު މިހާތަނަށް 29 މީހަކު ވަނީ އެގައުމުން މި ބަލީގައި މަރުވެފައި. މުޅި ޖުމްލަ 1453 މީހަކު އެ ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު މި ބަލީގެ ސަބަބުން 34 މީހެއްގެ ހާލަތު ވަނީ ސީރިއަސްވެފައި.

17:37

ބެލްޖިއަމް އިން ކޮވިޑް-19 ޖެހިގެން އިތުރު 64 މީހަކު މަރުވެއްޖެ. މިހާތަނަށް އެގައުމުން އެބަލި ޖެހިގެން 353 މީހަކު ވަނީ މަރުވެފައި. މި ބައްޔަށް އެގައުމުން އިތުރު 1850 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު ޖުމްލަ 9134 މީހަކު ވަނީ އެ ބައްޔަށް ފައްސިވެފައި. މީގެއިތުރުން 889 މީހަކު ވަނީ ސީރިއަސް ހާލަތުގައި.

17:31

ސްވިޒްލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަރުވެއްޖެ. މި ބަލި ޖެހިގެން މިހާތަނަށް އެގައުމުން ވަނީ 241 މަރުވެފައި. މިހާތަނަށް ސްވިޒްލޭންޑުން 13،259 މީހުން މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެތެރެއިން 203 މީހެއްގެ ހާލު ސީރިއަސް.

17:22

17:22

ސްވިޒަލޭންޑުން އިތުރު 10 މީހުން މަރުވެ، މަރުވު މީހުންގެ ޖުމްލަ 241ށް އަރައިފި. އެގައުމުން މިހައިތަނަށް 13،259 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 203 މީހެއްގެ ހާލު ސީރިއަސް.

17:10

16:40

16:10

15:08

15:03

15:03

14:58

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: އާކް ނޯބަލް ސަފާރީ އާއި ތާޖް އެގްޒެކްޓިވް ރިސޯޓުން ބަލީގެ އަލާމާތްތައް ހުރި ބަޔަކު ފެނިފައިވާތީ ސަފާރީ އާއި ރިސޯޓު އޮތީ މޮނިޓަރިން ހާލަތުގައި.

14:56

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ވެލިދޫގައި 20 މީހެއް، ދަރުމަވަންތައިގައި ތިން މީހެއް، ކަރަންޓީނު ފެސިލިޓީތަކުގައި 824 މީހަކު އެބަތިބި. އެރިޔަދޫގައި 70 މީހަކު އެބަތިބި.

 

14:55

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: 880 ސާމްޕަލް ނަގާފައި އޮތް އިރު، 864 މީހަކު ނެގަޓިވްވެފައި ވަނީ. ނަތީޖާ ނުލިބޭ ސާމްޕަލެއް ނެތް.

 

14:55

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ރާއްޖޭގައި ފައްސިވީ 16 ކޭސްއެއް. 14 ކޭސްއެއް ރާއްޖޭގައި އެބަތިބި. 11 މީހަކު ވަނީ ރަނގަޅުވެފައި. މިހާރު ފަރުވާދެމުން ދަނީ ތިން މީހުންނަށް.

 

14:50

ޑރ. މުއާޒް: މިއަދު ދެ މީހަކު ވަނީ ބަލި ރަނގަޅު ކުރެވިފައި. މިހާތަނަށް 11 މީހަކު ވަނީ ރަނގަޅު ކުރެވިފައި.

14:45

ކުޑައިރުކޮޅެއްގެ ތެރޭގައި ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސް ފަށާނެ.

14:17

ނޯވޭ އިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް 3774 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން 19 މީހަކު މިހާތަނަށް ވަނީ މަރުވެފައި. އަދި 70 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

14:16

ޔޫކްރޭނުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބައްޔަށް ފަރުވާކުރަމުން ދިޔަ އިތުރު 3 މީހަކު މަރުވެއްޖެ. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 311 އަށް އަރާފައި. އަދި ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 8 އަށް އަރާފައި.

14:15

ޓައިވާނުން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް 283 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން ދެ މީހަކު ވަނީ މަރުވެފައި.

14:15

ސްވިޒަލޭންޑުން އިތުރު 210 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފަރުވާދެމުންދިޔަ އިތުރު ހަ މީހަކު މަރުވެއްޖެ. މިއާއެކު އެޤައުމުން ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ މިހާރު ވަނީ 13138 އަށް އަރާފައި. އަދި މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 237 އަށް އަރާފައި.

14:14

ކަޒިކިސްތާނުން އިތުރު 54 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 204 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން އެކަކު ވަނީ މަރުވެފައި.

14:13

ރޫސީވިލާތުން އިތުރު 228 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1264 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން މިހާތަނަށް 4 މީހަކު ވަނީ މަރުވެފައި.

14:12

އިންޑޮނީޝިއާ އިން އިތުރު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފަރުވާދެމުންދިޔަ އިތުރު 15 މީހަކު މަރުވެއްޖެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1155 އަށް އަރާފައި. އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 102 އަށް އަރާފައި.

14:10

ލަޓްވިއާ އިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 305 މީހަކަށް މި ވައިރަސް ޖެހިފައިވޭ.

14:09

މޮރޮކޯ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 358 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން 23 މީހަކު ވަނީ މަރުވެފައި.

13:55

13:20

ކްރޮއޭޝިއާ އިން އިތުރު 49 މީހަކަށް ކޮވިޑް-19 ޖެހި، ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 635 މީހަކަށް މި ވައިރަސް ޖެހިފައި ވާއިރު އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4 އަށް އަރާފައި. އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 14 މީހެއްގެ ހާލު ސީރިއަސް.

13:18

ބަހްރެއިން އިން އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 473 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައި. އަދި އިތުރު މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދޭ.

13:17

އޮސްޓްރިއާ އިން އިތުރު 15 މީހަކަށް ކޮވިށް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7712 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން މިހާތަނަށް 58 މީހަކު ވަނީ މަރުވެފައި. އަދި 128 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދޭ.

13:03

ފިންލޭންޑުން އިތުރު 122 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1163 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން މިހާތަކަށް 7 މީހަކު ވަނީ މަރުވެފައި.

13:02

ބަލްގޭރިއާ އިން އިތުރު 20 މީހަކަށް ކޮވިޑް-19 ޖެހި، ފަރުވާދެމުން ދިޔަ އިތުރު އެކަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް 313 މީހަކު ފައްސިވެފައިވޭ. އޭގެތެރެއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 4 އަށް އަރާފައި.

13:01

އޮސްޓްރޭލިއާ އިން އިތުރު 257 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 3635 އަށް އަރާފައިވާއިރު އޭގެތެރެއިން 14 މީހަކު ވަނީ މަރުވެފައި.

12:59

އިސްރާއިލް އިން އިތުރު 425 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3460 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 12 މީހަކު ވަނީ މަރުވެފައި.

12:59

އަރްމޭނިއާ އިން އިތުރު 43 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަކަށް ޖުމްލަ 372 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން އެކަކު ވަނީ މަރުވެފައި.

12:57

ނޯވޭއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3772 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން 19 މީހަކު ވަނީ މަރުވެފައި.

12:57

އޮމާނުން އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 152 މީހަކަށް މިވައިރަސް ޖެހިފައިވޭ.

12:56

ޖޯޖިއާއިން އިތުރު ދެމީހަކަށް ކޮވިށް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 85 މީހަކަށް މި ވައިރަސް ޖެހިފައިވޭ.

12:55

ޕާކިސްތާނުގައި އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މި ވައިރަސް އަށް މިހާތަނަށް ޖުމްލަ 1408 މީހަކު ފައްސިވެފައި ވާއިރު އޭގެތެރެއިން 11 މީހަކު ވަނީ މަރުވެފައި.

12:51

12:40

12:08

ހަންގޭރީން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު އިތުރު މީހަކު މަރުވެއްޖެ. އެޤައުމުގެ ނޫސް އިދާރާތަކުން ބުނާގޮތުގައި މިއަދު އެޤައުމުން މަރުވެފައިވަނީ ވައިރަސް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހެއް.

މިހާތަނަށް ހަންގޭރީން ޖުމްލަ 343 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން 11 މީހަކު ވަނީ މަރުވެފައި. ކޮވިޑް-19 ޖެހިގެން ހަންގޭރީގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 6 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި. މިހާތަނަށް އެޤައުމުން މި ބަލިން ސަލާމަތްވެފައި ވަނީ 34 މީހުން.

12:04

11:54

11:18

އިންޑިއާއިން އިތުރު 15 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. މިއާއެކު އެޤައުމުން މި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 902 އަށް އަރާފައި. މިހާތަނަށް އިންޑިއާއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހަކު ވަނީ މަރުވެފައި.

އިދާރާތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 83 މީހަކު މިހާތަނަށް ވަނީ ސަލާމަތްވެފައި.

އިންޑިއާއަށް ކޮވިޑް-19 ނުރައްކާ ކުރިމަތިވެފައި ވުމާއި ގުޅިގެން ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް އެޤައުމުގައި ދަނީ ގިނަ ފިޔަވަޅުތައް އަޅަމުން. އެގޮތުން 21 ދުވަހުގެ މުއްދަތަކަށް އެޤައުމުގެ ހުރިހާ ސަރަޙައްދެއް މިވަގުތު ވަނީ ފުރަބަންދުކޮށްފައި.

11:15

ތައިލޭންޑުން އިތުރު 109 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން އިތުރު އެކަކު މި ބަލީގައި މަރުވެފައިވާއިރު، މިހާތަނަށް އެޤައުމުން ފައްސިވި 1245 މީހުންގެ ތެރެއިން ޖުމްލަ 6 މީހަކު ވަނީ މަރުވެފައި.

ރިޕޯޓްތައް ބުނާގޮތުން ތައިލޭންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި. މިހާތަނަށް އެޤައުމުން 97 މީހަކު މި ބަލިން ސަލާމަތްވެފައިވޭ.

11:13

އުޒްބަކިސްތާނުން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 104 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން ދެމީހަކު ވަނީ މަރުވެފައި. މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެޤައުމުގައި 8 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، ބަލިން ސަލާމަތްވެފައި ވަނީ ފަސް މީހުން.

11:10

11:10

10:43

10:14

ޖަމައިކާ އިން އިތުރު ހަތަރު މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޖުމްލަ 30 މީހަކު ފައްސިވެފައިވޭ. އޭގެތެރެއިން އެކަކު މަރުވެފައިވާއިރު ބަލިން ސަލާމަތްވެފައިވަނީ ދެމީހެއް.

10:13

މޮންގޯލިއާއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 12 މީހަކަށް މި ވައިރަސް ޖެހިގެން ފަރުވާދެމުންދޭ.

10:12

ގުއަޓެމަލާއިން އިތުރު ހަތަރު މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 32 މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. އޭގެތެރެއިން އެކަކު ވަނީ މަރުވެފައި. އަދި ހަތަރު މީހަކު މިހާތަނަށް ބަލިން ސަލާމަތްވެފައިވޭ.

10:11

ޕެރެގުއޭއިން އިތުރު ހަތަރު މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 56 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން ތިން މީހަކު ވަނީ މަރުވެފައި. އެޤައުމުން މިހާތަނަށް ބަލިން ސަލާމަތްވެފައިވަނީ އެންމެ މީހެއް.

10:10

10:10

ސޫދާނުން އިތުރު ދެ މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ ފަސް މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. އޭގެތެރެއިން އެކަކު ވަނީ މަރުވެފައި.

09:14

އޮސްޓްރޭލިއާ އިން އިތުރު 195 މީހަކަށް ކޮވިޑް-19 ޖެހި، ބަލި ޖެހުނު އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3573 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން ޖުމްލަ 14 މީހަކު ވަނީ މަރުވެފައި. ރިޕޯޓްތައް ބުނާގޮތުން އެޤައުމުން ފައްސިވި މީހުންގެ ތެރެއިން 23 މީހެއްގެ ހާލު ސީރިއަސް. އަދި ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 170 މީހަކު ވަނީ ސަލާމަތްވެފައި.

09:12

އުރުގުއޭއިން އިތުރު 36 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 274 މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. އޭގެތެރެއިން 8 މީހެއްގެ ހާލު ސީރިއަސް އިރު، މިހާތަނަށް އެޤައުމުން މި ބަލީގައި މީހަކު މަރުވެފައެއް ނުވޭ.

09:11

މެކްސިކޯ އިން އިތުރު 132 މީހަކަށް ކޮވިޑް-19 ޖެހި އިތުރު ހަތަރު މީހަކު މަރުވެއްޖެއެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 717 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން ޖުމްލަ 12 މީހަކު ވަނީ މަރުވެފައި. ރިޕޯޓްތައް ބުނާގޮތުން އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް. މިހާތަނަށް މެކްސިކޯއިން މި ވައިރަސް ޖެހިގެން ފަރުވާދިން މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތް ވެފައި.

09:09

އެމެރިކާ އިން އިތުރު 79 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު ފަސް މީހަކު މަރުވެއްޖެއެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 104205 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 1700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ.

09:08

08:48

ކޮވިޑް-19 ޖެހިގެން ބްރޫނާއީ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ. އެޤައުމުން މި ބަލީގައި މަރުވެފައި ވަނީ އުމުރުން 64 އަހަރުގެ ފިރިހެނެއް. ނޫސްތައް ބުނާގޮތުން އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކެމްބޯޑިއާ އާއި މެލޭޝިއާ އަށް ދަތުރުކުރުމަށް ފަހު ބްރޫނާއީއަށް ދިއުމުން ހެދި ޓެސްޓުތަކަށް ފަހު.

ބްރޫނާއީ އިން މިހާތަނަށް ޖުމްލަ 115 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ. އޭގެތެރެއިން އެކަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް ނޫސްތައް ބުނޭ. މިހާތަނަށް އެޤައުމުން މި ބަލިން ސަލާމަތްވެފައި ވަނީ 11 މީހެއް.

08:45

ބްރެޒިލް އިން އިތުރު 60 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން އިތުރު އެކަކު މި ބަލީގައި މަރުވެފައިވާއިރު މިހާތަނަށް އެޤައުމުން ޖުމްލަ 3477 މީހަކަށް މި ބަލި ޖެހި އޭގެތެރެއިން ޖުމްލަ 93 މީހަކު މަރުވެފައިވޭ.

08:43

އާޖެންޓީނާ އިން އިތުރު 101 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 690 މީހަކަށް މި ބަލި ޖެހިފައިވާއިރު އޭގެތެރެއިން 17 މީހަކު ވަނީ މަރުވެފައި.

08:42

ނިއުޒިލޭންޑުން އިތުރު 83 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 451 މީހަކަށް މި ވައިރަސް ވަނީ ޖެހިފައި.

08:41

ދެކުނު ކޮރެއާ އިން އިތުރު 146 މީހަކު ކޮވިޑް-19 އަށް ފައްސިވެ އިތުރު ފަސް މީހަކު މި ބަލީގައި މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9478 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 144 މީހަކު ވަނީ މަރުވެފައި. ދެކުނު ކޮރެއާއަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމު.

08:39

ޗައިނާއިން އިތުރު 54 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުގެ އިދާރާތަކުން ބުނެފައިވަނީ ފައްސިވި މި އެންމެންނަކީވެސް އެޤައުމަށް ބޭރުން ދަތުރުކުރި މީހުން ކަމަށް. އެޤައުމުގެ ހުބޭއި ޕްރޮވިންސުން އިތުރު ތިން މީހަކު ވަނީ މި ބަލީގައި މަރުވެފައި.

ކޮވިޑް-19 ފެނުނު ޗައިނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު، ވައިރަސް އާއި ގުޅިގެން ބަންދުކޮށްފައިވާ ބައެއް ސަރަޙައްދުތައް މިހާރު ދަނީ އާންމުންނަށް ހުޅުވަމުން. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން އިން ބުނާގޮތުގައި އެޤައުމުން އިއްޔެ އެކަނިވެސް 367 މީހަކު ވަނީ ބަލިން ރަނގަޅުވެފައި.

04:45

ޖަރުމަނުން ކޮވިޑް-19 ޖެހިގެން އިތުރު 9 މީހަކު މަރުވެ، އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 84 އަށް އަރައިފި. މިހާތަނަށް އެގައުމުން ވަނީ 351 މީހަކު މަރުވެފަ

04:35

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 15 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 92 އަށް އަރާފަ. ބްރެޒިލް އިން އިތުރު 432 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަ. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ 3،417 އަށް އަރާފަ

04:10

ޖަރުމަނުން އިތުރު 37 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެެ. އެއާއެކު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިިވަނީ 24 އަށް އަރާފެ. ޖަރުމަނުން މިހާތަނަށް ޖުމްލަ 75 މީހަކު ވަނީ މި ބަލީގައި މަރުވެފެ. އެގައުމުން މިހާރު މިވަނީ އިތުރު 3350 މީހަކު މި ބައްޔަށް ފައްސިވެފަެ. މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުން 6،993 މީހަކު ވަނީ ފައްސިވެފަ. ޖަރުމަނުން މިހާތަނަށް ޖުމްލަ 50،871 މީހަކު ވަނީ ފައްސިވެފަ.

04:06

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން 61،446 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 3،136 މީހަކު މަރުވެއްޖެ.

03:49

ކޮވިޑް-19 ޖެހިގެން މޮރޮކޯއިން އިތުރު 2 މީހަކު މަރުވެ، މިއަދު މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި. އެގައުމުން މިހާތަނަށް 23 މީހަކު ވަނީ މަރުވެފަ

03:48

ޖަޕާނުން ކޮވިޑް-19 ޖެހިގެން 2 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 49 އަށް އަރައިފި

03:47

ސްވެޑެން އިން އިތުރު 13 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 105 އަށް އަރާފަ.

03:44

02:44

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 3 މީހަކު މަރުވެއްޖެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 251 މީހަކު މަނީ މަރުވަފެ. މިހާތަނަށް އެމެރިކާއިން ޖުމްލަ 1،546 މީހަކު ވަނީ މަރުވެފަ. އެމެރިކާއިން އިތުރު 477 މީހަކު ފައްސިވެ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 15،079 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 100،514 މީހަކު ވަނީ ފައްސިވެފަ

01:26

ބިސްނިއާ އިން އިތުރު 1 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 4 އަށް އަރާފަ. ބިސްނިއާ އިން އިތުރު 41 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު މިވަނީ 232 އަށް އަރާފަ.

01:25

ލުގުޒަމްބާގުން އިތުރު 6 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެއާއެކު އެގައުމުން މަރުވި މީހުންގެ އަދަދު މިވަނީ 15 އަށް އަރާފަ. ލުގްޒަމްބާގުން އިތުރު 152 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު މިވަނީ 1،605 އަށް އަރާފަ.

01:01

00:42

ޑޮމިނިކަން ރިޕަބްލިކުން ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަަރުވެއްޖެ. މިހާތަނަށް ޑޮމިނިކަން ރިޕަބްލިކުން ކޮވިޑް-19 ޖެހިގެން 20 މީހަކު ވަނީ މަރުވެފަ. އެގައުމުން މިހާރު ވަނީ އިތުރު 93 މީހަކު މި ބައްޔަށް. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 581 އަށް އަރާފަ

00:41

ސިޕްރަސްއިން ކޮވިޑް-19 ޖެހިގެން އިތުރު 2 މީހަކު މަަރުވެއްޖެ. މިހާތަނަށް ސިޕްރަސްއިން ކޮވިޑް-19 ޖެހިގެން 5 މީހަކު ވަނީ މަރުވެފަ. އެގައުމުން މިހާރު ވަނީ އިތުރު 16 މީހަކު މި ބައްޔަށް. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 162 އަށް އަރާފަ

00:40

މޮރޮކޯއިން ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަަރުވެއްޖެ. މިހާތަނަށް މޮރޮކޯއިން ކޮވިޑް-19 ޖެހިގެން 21 މީހަކު ވަނީ މަރުވެފަ.

00:39

އިރާގުން ކޮވިޑް-19 ޖެހިގެން އިތުރު 4 މީހަކު މަަރުވެއްޖެ. މިހާތަނަށް އިރާގުން ކޮވިޑް-19 ޖެހިގެން 40 މީހަކު ވަނީ މަރުވެފަ. އެގައުމުން މިހާރު ވަނީ އިތުރު 76 މީހަކު މި ބައްޔަށް. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 458 އަށް އަރާފަ

00:38

މިސްރުން ކޮވިޑް-19 ޖެހިގެން އިތުރު 6 މީހަކު މަަރުވެއްޖެ. މިހާތަނަށް މިސްރުން ކޮވިޑް-19 ޖެހިގެން 30 މީހަކު ވަނީ މަރުވެފަ. އެގައުމުން މިހާރު ވަނީ އިތުރު 41 މީހަކު މި ބައްޔަށް. އެއާއެކު އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 536 އަށް އަރާފަ

00:31

އެމެރިކާއިން އިތުރު 218 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެގައުމުން މިހާތަނަށް މި ބަލީގައި 1،513 މީހަކު ވަނީ މަރުވެފަ.

އެމެރިކާއިން އިތުރު 12،645 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިހާތަނަށް އެގައުމުން ވަނީ 98،080 މީހަކު މި ބައްޔަށް ފައްސިވެފައި


ކޮވިޑް-19 ފެތުރުމަކަށް ކޮންޓްރޯލެއް ނާދެއެވެ. މަރުވާ މީހުންގެ އަދަދު ދަނީ ހައްތަހާ އިތުރުވަމުންނެވެ. ގިނަ ގައުމުތަކުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.

ކޮވިޑް-19 ޖެހިގެން މީގެ ކުރިން އެއް ދުވަސް ތެރޭގައި މަރުނުވާ ވަރަށް މިއަދު ވަނީ މީހުން މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 2821 އަށް އަރާފައެވެ. އިއްޔެ މަރުވީ 2791 މީހުންނެވެ. 27 ވަނަ ދުވަހު މަރުވި މީހުންގެ ޖުމްލަ އަދި ސާފެއް ނުވެއެވެ. އެހެންކަމުން މިހާރު ލިބިފައިވާ އަދަދަށްވުރެ މަރުވި މީހުންގެ އަދަދު އިތުރުވާނެކަން ޔަގީން ކުރެވެއެވެ.

ބުދަ ދުވަހު 60870 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ބުރާސްފަތި ދުވަހު 61100 މީހުން ފައްސިވެފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވެއެވެ. މިއަދަދު ވެސް އަދި އިތުރުވާނެއެވެ.

މިއަދު ވެސް ހާލަތު އެންމެ ގޯސް އެއް ގައުމަކީ އިޓަލީވިލާތެވެ. ސްޕޭނާއި އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

އިޓަލީވިލާތުގެ ހާލަތު ނޫސްވެރިޔަކު ވަނީ މިއަދު ވަރަށް ރަނގަޅަށް ސިފަކޮށްދީފައެވެ.

މިއަދު ރާއްޖެ އިން ވަނީ ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ފައްސިވެފައެވެ.

މިއަދު ލިބުނު އެންމެ ކަންބޮޑުވާ އަނެއް ޚަބަރަކީ ކޮވިޑް-19 ޖެހިފައި ވަނިކޮށް ދެމީހަކު ރާއްޖެ އިން ފުރައިގެން ދިޔަ ޚަބަރެވެ.

އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮޒައިނާ

    މެލޭޝިޔާގަ ތާށިވެފައި.. ނުވެސް އާދެވޭ ފްލައިޓެއްނެތް..

    އަތުގައި ލާރި ހުސްވަނީ.. އެމްބަސީން ބުނީ އަދި ވަކި ގޮތެއް ނުނިންމަޔޭ..

    ދެން ހަމަ އެކަނި އާއިލީ މީހުންގެ ހާލު ބެލިޔަސް ނުފުދޭ.. ދޯ..

    ޔޫކޭ އެމްބަސީން ދަރިޔަށް ވަޒީފާދީގެން ސަރުކާރުގެ ޚަރަދުގައި އުޅޭހެން ނުވާނެ ދޯ އާދައި ގެ މީހުންނަށް..

    މިތާގަ ބައިވަރު ދިވެހީން ނާދެވިފަ އެބަތިބި.. ވާނުވާ ނޭގޭ.. ވަރަށް ބާރަށް އެބަ ފެތުރޭ.. ނަސީބަކުން މިސަރަހައްދުގައި އަދިނެތް..