އަމިއްލަ އޮފީސްތައް ބަންދު ކުރަން ނޭނގި ނަމަވެސް އެ ތަންތަނުގައި މަސައްކަތް ކުރަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާތުތަކަށް ސަމާލުކަން ދީގެން ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި ބަންދުކޮށް، ކެއުން ބުއިމުގެ ތަންތަނުގައި ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި ބޭރަށް ނިކުމެ އުޅުން މަދު ކުރަން އެޗްޕީއޭ އިން ވަނީ އިރުޝާދުދީފައެވެ.

ސަރުކާރުންނާއި އެޗްޕީއޭ އިން މިގޮތަށް ކަނޑައެޅި ނަމަވެސް، ޕްރައިވެޓް އޮފީސްތަކުގައި އަދިވެސް މަސައްކަތް ކުރެއެވެ.

ޕްރައިވެޓް އޮފީސްތަކުގައި މަސައްކަތް ކުރުން މަޑުޖައްސާލަން އެއްވެސް އެންގުމެއް އަންގާފައި ނުވާނީ ކީއްވެތޯ "ވަގުތު"ން ސުވާލު ކުރުމުން މައިމޫނާ ވިދާޅުވީ މަސައްކަތް ކުރަން ޖެހޭ ތަންތަނުގައި އަދިވެސް މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ. އެކަމަކު، ސަރުކާރުގެ އިރުޝާދުތަކަކީ އެ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތް ފެށުނީއްސުރެ، ހާއްސަ ގޮތެއްގައި މިފަދަ ތަންތަނަށް ހާއްސަ އިރުޝާދުތަކެއް ދެވިފައި ހުންނާނެ އެބޭފުޅުން އަމަލުތައް ބަހައްޓަންވީ ގޮތާއި ކަން ކުރަންވީ ގޮތް. އެ އުސޫލުގެ މަތިން މިހާރު ވެސް އެކަންކަން ކުރެވެމުން އެބަދޭ،" މައިމޫނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވަނީ އެއްވެ އުޅުން ވީހާވެސް މަދު ކުރުމުގެ ގޮތުން ކަމަށެވެ.

"ނަމަވެސް މަސައްކަތް ކުރަން ޖެހޭ ތަންތަނުގައި މަސައްކަތް މިހާރު ވެސް ހިނގަމުންދާނެ. އެކަމަށް ހާއްސަ ފިޔަވަޅުތަކެއް އެޅިގެން ބެލިގެން ގެންދެވެނީ،" މައިމޫން ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަހައްްމަދް

    ކޮންތާކު.. އެއް އިރުސާދެއްވެސް ނުދޭ

    27
  2. ޙަޖާނުބެ

    އަމިއްލަ އޮފީސްތައް ބަންދު ނުކޮށް މިކަމެއް ހައްލެއް ނުވާނެ. ޢެމީހުން ރައްކާތެ ރި ކަމަށް އަޅާ ފިޔަވަޅެކޭ ކަނޑުގައި އަޅާ ރޮނގެކޭ ވާނީ އެއްވަ ރު!

    20
    2
  3. ާާއައިސާ

    އަމިލްލަ މަސައކަތް ކުރާ ތަންތަނަށް މީހުން ވަންނަލެއް މާގިނަ ހާރޑްވެއަރ ތަކުގައި ބަންގާޅިންނާ ދިވެހިން އެތަން ތަނަށް އޮތީ ކޮން ރައްކާތެރި ކަަމެއް

    25
  4. އައިސާ

    އަމިއްލަ ތަންތަނަކީ މީހުން ވަންނަ ތަންތަނެއް ނޫންދޯ އެއީ ހަމަހަމަކަން

    21
    1
  5. ނުހާ

    ބުނަން އޮތް އެތި ބޮޑީ.....އާއެހެންޔަ ސަރުކާރު މުއައްޒަފުން އެކަނި މިޖެހެނީ ރައްކާތެރިވާން...ފިހާރަ ތަކުގަ މަސައްކަތް ކުރާ މީހުންނަށް ހުރިހާ ނުރައްކަލެއް...24ގަޑީރު މީހުންނަށް ހިދުމަތް ދިނުމުގަ....

    27
  6. ވާނުވާ

    ކީކޭތަ ދެން މި ކިޔަނީ.
    އަހަރެމެން ކުޑައިރު ބަތްކައްކާ ކުޅުން އިރުވެސް މިއައްވުރެ ރނގަޅަށް ކަންކަން ކުރިން .
    މިމީހުން ސަރުކާރު ބަންދު ކުރީ ސަރުކާރު ބޮޑެތި މީހުންނށް ޖެހިދާނެތީ .އެމީހުން ސަލާމަތް ކުރަން.

    18
  7. ލާރާ

    ދެން އަމިއްލަ ތަންތާ މަސައްކަތް ކުރާމީހުން މީ އިންސާނުންނެއް ނޫންތަ. ސަރުކާރު މުއައްޒަފުން އެކަނިތަ ހިމާޔަތް ކުރަން ޖެހެނީ.ސަރުކާރު މުއައްޒަފުންނަށް ވުރެ އެންމެ ތަންކޮޅެއްވެސް މަދެއް ނުވާނެ އަމިއްލަ ތަންތާ މަސައްކަތް ކުރާމީހުންނެއް.

    14
    • Anonymous

      އެޔެއްނޫމްވާގޮތަކީ! ބޭރުގައުމުތަކަށް މައުލޫމާތުދޭއިރު، ސަރުކާރުންއެޅި ހަރުދަނާ ފިޔަވަޅުތައް ކިޔާދޭއިރު ކަޔައިދޭން ފަސޭހަވާނީ ސަރުކާރުން ސަރުކާރުގެ މުވައްޒަފުން ނުނެރޭވާހަކަ ބުނެލަން. އެއީ ސީދާ ސަރުކާރާ ރުލޭޓުވާ ކަމަކަށްވާތީ. ޕްރައިވެޓް ސެކްޓާއަކީ އެހެން ބައެއް. އެމީހުންނަކީ ކައުންޓުކުރާ ބައެއްނޫން.

  8. މާނު

    ކޮރޯނާ ޖެހެނީ ސަރުކާރު މުއައްޒަފުންނާ އެމީހުންގެ އާއިލާތަކައް އެކަނިތަ؟

    19
  9. ޑިކްޓޭޓަރ

    ސަރުކާރުން ބޭނުންވީމަ އެބޭނުންވާގޮތަކަށް ރައުޔު ނެރުން. ޕްރައިވެޓް އޮފީސްތަކުގަވެސް އަމަލުކުރަނީ ހަމައެހެން. ސްޓާފުންގެ ރައްކާތެރިކަމޭކިޔާ ކްރައުޑުގެ މެދުގަހުރެދައްކާ ވާހަކައެއްނޫން ގުޅާފަ ނުކުންނާށޭ ބުނާއިރު މިދައްކަނީ.

    10
  10. ބޭއިންސާފް

    އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުގާވެސްވީ މިކަމާގުޅިގެން ގަޑި ދިގު.......

  11. ޝަރު

    ނަމުން ސަރުކާރު ބަންދުކުރީ! ފުލުހުންނާއި ސިފައިންގަޔަށް ކޮވިޑްނާރަނީ؟ ޢެމީހުންގެ އާއިލާ؟ ތިބޭފުޅުންގެ ޓެކްސްފައިސާ ވީމަ؟ ޢެތާ ތެރޭ އުޅޭ އާންމު މީހުންވެސް ހަމަ ކޮންމެ ދުވަހަކުވެސް އޮފީހަށް ނިކުންނަން ޖެހޭ! ކަލޭމެންނަށް އަނގައޮތީމަ ވާހަކަ ދެއްކޭނީ

  12. ޢަޒީޒް ގައްދޫ

    ސަރުކާރުގެ ބަ އެ އް ކުންފުނި ތަކުގެބަ އެ އް މުޢައ އް-ޒަފުންނަށް ލު އިގޮތް ހަ އްދަވާދެ އއްވާފަ ގޭގަ ބަހައޓާފަ މުސާރަދީފަ ދެންތިބޭ މީހުން ލަ އްވާ ބަންދުދުވަހުގެ އެލެވެންސް ކޮޅުވެސް ނުދީ މަސަ އްކަތް ކުރުވަނީ. މިވެސް އިންސާފްތޯ ނޫނީ ވެރިންގެ ޚުދުމުޚުތާރުކަންތޯ

  13. އަހްމަދު

    އަމިއްލަފިހާރަތައް ބަންދުކުރަން އަދިނުއަންގާތީ ޝުކުރުވެރިވަން އެހެނީ އެތަންތަން ބަންދުކުރަންއަންގާހިސާބުން އެތަންތަނުގަ ވަޒީފާއަދާކުރާ ނިކަމެތިރައްޔިތުންގެވަޒީފާތައްވެސްގެއްލޭނެ މިހާރުވެސް ރިސޯޓުތައްބަންދުކުރާވަރަކުން ނިކަމެތިރައްޔިތުން މިދަނީ ވަޒީފާތަކުން ބިކަވަމުން ކުރިޔައްމިއޮތްރަމްލާން މަހުގައެއާއިލާތައް ތަހައްމަލްކުރަންޖެހޭނެ ނިކަމެތިހާލަތާމެދުވިސްނާ ފިކުރުކޮށްލުން ކީއްތޯ

    3
    3
  14. ޓިންތިން

    އަމިއްލަ އޮފީސް ތަކުގަ އުޅޭ މީހުން ބޭރުތެރޭގަ މަސައްކަތް ކުރާލުއް މާގިނަވާނެ ...އެވަރުވެސް މިމީހުންނަށް ނުވިސްނެނީ ކައްނޭގެ

  15. ީސހެިސޮއޖސނ×

    ދައްތާ މޮޔަނުގޮވާ

  16. ރާޖެމީހާ

    ސަމާލުކަން ދިނީ އެތާގެތިބި ވަކިބަޔެކަށް...އަމިއްލަ ތައްތަނުގެ މަސައްކަތް ކުރާމީހުނަގަވެސް ބޭނުނަވާނެ ދޯ ފެމެލިޔާ އެކު ގޭގައި ތިބެން..މިދުވަސް ކޮޅުގަ ބޭރުގަ އެތައްމިތާ މަސައްކައި ކޮއްފަ ގެޔައް އައިސް ފެމަލިޔާ އެކު ވަގުތުކޮޅެއް ހޭދަކޮއްލަން ގެހިލުނަވާ ކިތައްމީހިން މި މާލޭގަ އެބައުޅޭކައް އެއްފަހަރުވެސް ހެލްތު ވިސްނާލިނަތަ...

  17. ފިޔަވަޅު

    ސަރުކާރު ބަނދު ކުރީ މިނިސްޓަރުންނާ ސަރުކާރު ބޮދެތި މީހުންނައް ޖެހިދާނެތީ .
    އާންމު ރއްޔިތުން ނައް ަނިޔާވެރި ސަރުކާރު

  18. ފިޔަވަޅު

    މައިމޫނާމެން އެއްކައިރިވެލާފަ ތަންކޮޅެއް ޤާބިލް މީހުން ތިތަންތަނަށް ލާންފެނެ

  19. ޝާހް ރ.ވާދޫ

    މީ ރިޓަޔަރވެސް ނުކުރާ އަންހެނަކީތަ؟

  20. ނައުރާލަތީފު

    މައިމޫނާއަކީ މިމަގާމަށް ގާބިލުމީހެއްނޫން! ގައުމު ރިސްކަށްލާފައި ފިލާވަޅު ދަސްކޔރާކަށްނޫން ތިމަގާމުގެ މަސްއޫލިއްޔަތަކީ. ފިލާވަޅު ގުންނަންވާނީ ވާވަރަށް ދަސްކުރެވިފައި!

  21. ކިޔާން

    މިހާރު ވެސް ރަށްދެބައި މަގުގަ ހުންނަ ބޭކަރީގަ މީހުން ބައިތިއްބައިގެން ހިދުމަތް ދޭ!!!! އެތާގަ ތިބެނީ މަސެއްކަތް ކުރަން ހުސްހެން ބަންގަލަޝް މީހުން..... ވަރަށް ނުތާހިރު ތަނެއް..... ޑްރަގް ވިއްކާތީ ހައްޔަރު ކޮށްފަ ހުރި މީހެއް ކޭޝިއަރަކަށް ހުންނަނީ ،..... އެތަނުން ކައިގެން ދާން ޖެހެނީ ހޮސްޕިޓަލަށް.... މި ކަމާ އަޅާލާނެ ސަރުކާރުގެ އިދާރެއް ނެތް ބާ؟