އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ މިއަދު ވެސް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިނގިރޭސިވިލާތުން ރާއްޖެ އައުމުން ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީން ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ.
އިނގިރޭސިވިލާތުން އައި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމުން މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި ދެދިވެހިން އެބަތިއްބެވެ. މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސެކެވެ.
ނަމަވެސް މިއަދު ކޮވިޑް-19 އަށް ފައްސިވި މީހަކީ ކުރިން ފައްސިވި މީހާ އާއި އެކު ރާއްޖެ އައި މީހެއް ކަމެއް، އަދި އެއީ އެއްވެސް ގުޅުމެއް އޮތް ދެމީހުން ކަމެއް މިހާތަނަށް އެޗްޕީއޭ އިން ކަށަވަރުކޮށެއް ނުދެއެވެ.
މިހާރު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ. އޭގެ ތެރެއިން 11 މީހަކު ރަނގަޅު ވެއްޖެއެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިވަގުތު ރާއްޖެގައި ތިބީ ބަލި ޖެހިފައި ތިބި ހަތަރު މީހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސަރުކާރުގެ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ވެސް 20 މީހުން އެބަތިއްބެވެ. އަދި ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި 826 މީހުން އެބަތިއްބެވެ. މީގެ އިތުރުން 60 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގޭގައި އެކަހެރިވެގެން ތިބުމަށް އަންގާފައި ވެއެވެ.
ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް މިހާތަނަށް 664564 މީހަކު ވަނީ ފައްސިވެފައެވެ. އަދި ކޮވިޑް-19 ޖެހިގެން 30890 މީހަކު ވަނީ މިހާތަނަށް މަރުވެފައެވެ.
އެޤައުމުތަކުގަ ވަޒަންވެރި ވެގެން އުޅޭ މީހުން ރާއްޖެ ގެންނަނީ ކީއްކުރަންތަ!
ޢެމީހަކު ހުރިތާކު ހުރެބަަ. ބަލިޖެހުނީމަ ރާއްޖެ ނައިސް. ބޮޑު ބައްޔެއް ހުވާ?
ވަކި ދިވެހިން ވިއްޔާ ބައްޔާއެކު ކީއްވެ އެތެރެވެވެންވީ؟ އެއް ހަމަޔަކުން އަމަލުކޮއްބަލަ
ދިވެހިން ގެންނާނެއެއްނު.. އެހެން ނޫނީ ކިޔާނެ ތިމަންނަމެން ހާލުގަ ޖެހުނިއްޔޭ.. ދެންވީ ސަރުކާރުން އެމީހުންނަށްވެސް ބޮޑު ޚަރަދުކޮށްގެން އެހީތެރިވާން... މިހާރުވެސް ކިޔަނީ ހާލުގަ ޖެހުނިއްޔޭ ހާލުގަ ޖެހުނިއްޔޭ.. ސަރުކާރުން އެހީތެރިޔެއް ނުވިޔޭ... ގައިމު މި ބައްޔެއް ފެތުރެން ފެށީ މިއަދަކު އިއްޔެއަކު ނޫން ދޯ؟ ބަލި ފެތުރެން ފަށާއިރަށް ޤައުމުތަކުގެ ސުކޫލު ތަކާ ކޮލެޖުތަށް ބަންދުކޮށްފި.. ހަަމަ އެބާރަށް އައިނަމަ ނުޖެހޭނެ ދޯ އޭއްޗެކޭ މީއްޗެކޭ ކިޔާކަށް... ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއް ގޮތްވެސް.. ތި ޤައުމުތަކުގަ ތިބި މީހުން ނުގެނައިނަމ ސަރުކާރަށްވުރެން ނުބައި ބައެއް ނުތިބޭނެ. ވަރަށް ވާހަކަ މީ ދެން.
ރަސޫލާ ( ޞ) ގެ ހަދީސް ބަސްފުޅުގައި އޮތް އއެއްޗެއް ދިވެހި ސޭހުން މި ސަރުކާރުގެވެރިންނަށް ކިޔާދީބަލަ ، ހަދީސް މާނައިގަވޭ ރަށަކު ބައްޔެއް އާއްމު ވެއްޖެނަމަ އެރަށަުކުން ނުފާބާށޭ ، ދެން ކީއްވެހޭ ދިވެހިންވިޔަސް ތި ގެންނަނީ ، ކިޔާބޮޑު،.......
ހާދަ ހިތާމަވެރި ޚަބަރެކޭ. ޔާ ﷲ ބަލިޖެހިފަވާ މީހުންނަށް އަވަސް ޝިފާ މިންވަރު ކުރަ އްވާ އަޅަމެން ނާ އި މުޅިދުނިޔެ އިން ވެސް މިނުރަ އްކާތެރި ބަލިން ސަލާމަތް ކުރަށްވާނދޭވެ. އާމީން.
ސަރުކާރުން ޙަދީޘަށް ޢަލުކުރުކުރުމުގަ އި އިހްމާލް ވީ.ޤިރް އާން ދޮގު ނުކުރެވޭނެ ޙަދީޘް ދޮގުނުކުރެވޭނެ. މީސްތަކުން ބޭރަށް ނުނުކުމެ ގޭގަ އި ތިބެ ދުޢާ ދަންނަވާ. ޓިޝޫ ރޯލްކުޅޭ ގަމާރުން ކޮޕީނުކުރޭ.
އަވަސް ޝިފާއަކަށް އެދެން. ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހާ އެއްތަނުން އަނެއްތަނަށް ދަތުރު ނުކޮށް މަޑުކުރާނަމަ ކިހާ ރަނގަޅު.
ކޮވިޑް އަންނަނީ ބޭރުންނެވެ. ބޭރުގަ ހުރި ދިވެހީން މިވަގުތު ގެނައުން ރަނގަޅެއް ނޫނެވެ.
އަންނި އުޅެނީ އަންބޮނޑި ބޮޑުނުވެގެން ގައުމު އޮތީ ބިރުވެރިކަމެއްގަ
ކޮންގާނޫނެއް ނެހެދިގެން ކޮރޯނާ ނުހުއްޓުވެނީ.. މިވަގުތު ގާނޫނު ހަދާ މަޖިލިސް ބޭއްވުންތަ މުހިއްމީ ރައިޔަތުންނަށް އެހީވުންތަ..؟
ރައިޔަތުްނ ކަމަކާ ޖެހުނީމަ.. މަޖިލީހުގެ މެމްބަރުން މިއުޅެނީ ކިހިނެއްވެގެން..
ޚާއްސަކޮށް ބޮޑު ގޮނޑީގަ އިންނަމީހާ އުޅެނީ ނުތަކާއިގެން ދޯ..؟
ނަމާދު ނުކުރެވޭނަމަ.. މަޖިލިސް ބޭއްވިގެން ނުވާނެ..ހުއްޓުވާ.. ނޫނީ އަހަރުމެން ވެސް ވާޖިބު އަދާކުރަން ދާނަން..!
ބުރޯ! ވާޗުއަލް ކޮށް ހުކުރު ނަމާދު ކުރެވޭ ގޮތް ކިޔާދެންވީނުން! ކަނދުރާ މަތީ ކުރޮޅިއެއްތަ؟
ދެން މިމީހާ އެއަރޕޯޓުތރޭން އަތްހާކަމުން އައިހާ ތަންތަނޯ؟ ޓްރޯލީ؟ ދޯނީގަނަމަ، ކާރުގަނަމަ؟ އެތަންތަނުގަ އެހެންމީހަކު އަތްލައިގެން އެމީހުނަށް ނާރާނެތަ؟
ބަލަ ސޭކާ... އެމީހާ ކާރުތަކަށާ އެއްޗިއްސަކަށް ނާރުވައޭ... އެއީ ރާއްޖެ އައުމާއެކު ވަގުތުން ކަރަންޓީނަށް ގެންދެވުނު މީހެކޭ... ރަނގަޅަށް ޚަބަރުގަ އޮތް އެއްޗެއް ކިޔާބަލަ... ހަމައެކަނި ސުރުހީ ކިޔަކަސް ނުވާނެ... ފަރުދީ ޒިންމާ އަދާކުރޭ... ދޮގު ޚަބަރު ނުފަތުރާ... ވަރަށް ސަލާމް
ކާފަރުދީން ކިޔަވަން ބޭރަށްގޮސްތިބި ދިވެހިން މިވަގުތު ރާއްޖެއަށް ގެންނަންޖެހޭތަ ހަމަ. އިޓަލީމީހުންވެސް މިތާބާތިއްބާގެންނޭ ފަރުވާދިނީ. ހަމަ އެގޮތައް ރާއްޖެމީހުންނަށްވެސް ބޭރުގަ ތިބިއްޔާ ބޭރުގަދޯ ބާތިއްބަންޖެހޭނީ..
ކޮބާ މިހާރު ބުއްލަބޭ ބަލިނުވަނީސް ރަޖާލީ ގޮތަށް ނަގަންނޭގިފަބާ ނާ މިހާރު ފަލަ ސުރުހީއަކުން ބުއްޅަބޭ ނުފެނޭވިއްޔާ
އޭ އެންމެހައި ދިވެހިންނޭ އަޅުގަނޑު ތިބޭފުޅުނަށް މިގޮވާލަނީ ސަލާ މަތާ އަމާން ކަމުގެ މަގަށެވެ އަޑުއަހާ އެންމެ ފަހަރަކުނަމަވެސް ވިސްނާލަ ދެއްވާށެވެ' .ސަބަބު ތަކުގައި ހިފަހަށްޓައި ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވާށެވެ މަގުމައްޗަށް ނުނިކުންނާށެވެ ތިބާ ގެ އަމިއްލަ ނަފުސައް އެދޭ ގޮތަށް ތިބާފަދައެހެން އިންސާނުންނަށްޓަކައިވެސް ހެޔޮ ރަނގަޅު ގޮތްތައްވުމަށް އެދޭށެވެ ޔޫރަޕްގެ ދޮންމީހުން ބަލި ހިފައިގެން އެއްތަނުން އަނެއްތަނަށް ދުވާ ބީދައިން ތިބައި މީހުން ނުދުވެ ފުރަބަންދުގައި މަޑުކުރާށެވެ ﷲ އިޒްނަފުޅަށް މެނުވީ އެއްވެސް އެއްޗެއްހަރަކާތް ތެރި ނުވާނެ ކަން ހަދާން ކުރާށެވެ ބާރުވެރިކަން ވަނިީ ﷲ ގެ އަތްޕުޅުގައެވެ އޯގާވަންތަ ﷲ ބޭއިންސާފުވެ ވޮޑިއެއް ނުގަންނަވާނެއެވެ އިންސާނުން އިމްތިހާނު ކުރައްވަނީ ކަމުގައިވެސް ވެދާނެވެ ބަލިމީހުން ވެސް އުންމީދު ކަނޑާނުލާށެވެ ޝިފާ ދެއްވުމަށާއި ޖަންނަތުލް ފިރުދައުސް ދެއްވުމަށް ވެސް އެދޭށެވެ ކީރިތިﷲ އާ މާތް ނަބިއްޔާގެ ހަދާން ކޮށް ރޯށެވެ ގިޔާމަތްދުވަހު ތިބާގެ ލޮލުގައި އަލިފާން އޭރަކުން ނުހިފާނެއެވެ އޭ އެންމެހާ ދިވެހިންނޭ އަނިޔާ ވެރިކަމަަާ ބޭއިންސާފަާއި ދުރުވާށެވެ ރަހްމަތް ލެއްވުމަށްޓަކައެވެ އަދި ބުނާށެވެ ''ވެރިކަން ވަނީ ﷲ އަށެވެ '' އިންސާނުންނަށް އެއްކަމެއްވެސް ނޭގެއެވެ ބޮޑާ ކަމާއެކު ބަސްބުނެ ﷲ ގެ ބިމުގައި ތިބާ ތިހިނގަނީ ތިބާގެ ބޮޑާކަމުން ބިންގަނޑު ފަޅާނުލެވޭ ކަން ގައިމެވެ ހިތްތިރިކޮށް މަޑުމައިތިރިވާށެވެ ހިތްތަކުގެ އިޚްލާސް ތެރިކަމާ އެކު ﷲގެ މިވަރުގަދަ ލަޝްކަރު[ކުރޯނާ ވައިރަސް] އަނބުރާ ގެންދެވުމަށާ ހުރިހާ އިންސާނުން ސަލާމަތް ކޮށްދެއްވުމަށް ދަންނަވާށެވެ .އެލަޝްކަރާ ކުރިމަތި ލުމުގެ ބާރު ނިކަމެތި އިންސާނާޔަށް ލިބިގެން ނުވާ ކަން ގަބޫލުކޮށް ﷲ ގެ މަދަދަށް އެދޭށެވެ ﷲ އަށް ގޮންޖަހާ ފުރައްސާރަ ކުރާނުބައި މުޖުރިމުން ކުރާ ކަންތައްތަކުގެ ސަބަބުން އާއްމު ވެގެންވާ ކޮފާ އަކުން އަލަމެން ސަލާމަތް ކޮށްދެއްވާ ރަހްމަތާއި ޝިފާ ބާވަާލައްވާންދޭވެ ''އިބަﷲގެ ނިކަމެތި ރައްޔިތުމީހާ ރައިސް ޔާމީން އިބަﷲ ގެ ދީން މަތިވެރި ކުރުމަށް ކުރި މަސައްކަތަކީ ﷲ ލޯބިވެ ވޮޑިގެންވާ ކަމެއްކަމުގައިވާނަމަ އޭނަޔަށް ރަހްމަތް ލައްވާ ނަސްރާއި ކާމިޔާ ބު ދެއްވާން ދެޭވެ
ޢާއިލާ އަށް ކެތްތެރިކަން ދެއްވާ އަވަސް ށިފާ މިންވަރު ކުރައްވާށި ........
ތީ އަނެއްކާ ޢަބުދުﷲ ޝާހިދުގެ އާއިލީ ބައެއްބާ ނޫނީ ކެނެރީގެ ނަޝީދުގެ އާއިލާގެ ބައެއް ނޫންބާ ހީވަނީ އެމީހުނާ ގުޅިފަ ތިބިބައެއްހެއް
ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ
ދިވެހިން ގެންނާނެއެއްނު.. އެހެން ނޫނީ ކިޔާނެ ތިމަންނަމެން ހާލުގަ ޖެހުނިއްޔޭ.. ދެންވީ ސަރުކާރުން އެމީހުންނަށްވެސް ބޮޑު ޚަރަދުކޮށްގެން އެހީތެރިވާން... މިހާރުވެސް ކިޔަނީ ހާލުގަ ޖެހުނިއްޔޭ ހާލުގަ ޖެހުނިއްޔޭ.. ސަރުކާރުން އެހީތެރިޔެއް ނުވިޔޭ... ގައިމު މި ބައްޔެއް ފެތުރެން ފެށީ މިއަދަކު އިއްޔެއަކު ނޫން ދޯ؟ ބަލި ފެތުރެން ފަށާއިރަށް ޤައުމުތަކުގެ ސުކޫލު ތަކާ ކޮލެޖުތަށް ބަންދުކޮށްފި.. ހަަމަ އެބާރަށް އައިނަމަ ނުޖެހޭނެ ދޯ އޭއްޗެކޭ މީއްޗެކޭ ކިޔާކަށް... ދިވެހިންނަށް ނޯންނާނެ ރަނގަޅު އެއް ގޮތްވެސް.. ތި ޤައުމުތަކުގަ ތިބި މީހުން ނުގެނައިނަމ ސަރުކާރަށްވުރެން ނުބައި ބައެއް ނުތިބޭނެ. ވަރަށް ވާހަކަ މީ ދެން.
ކޮބާހޭ ވަނަވަރު ވަކިމީހަކައް ވަކިގޮތެއްނުހަދާބަލަ ކަރަންޓީންކުރީމަ ވަނަވަރުލިޔުނުގޮތައް މިމީހުންގެ ވަނަވަރުވެސްލިޔެބަލަ
ރަނގަޅުވި ކަމަށް މިބުނަނީ ކިހިނެއްބާ؟؟ޑަބްލިއު އެޗް އޯ ލިސްޓަކުން ނުދައްކާ ރަނގަޅުވެފައި ހުރި ކަމަކަށް
ޢެންމެން އެކީ މަސަ އްކަތް ކުރީމަ އި އެންމެނަށް ސަލާމަތްތެރިކަން ލިބޭނެ
ޢުންމީދު ކުރަން ސަރުކާރުން ހުރިހަ އި ކަމެ އް ތެދުވެރިކަމާ އެކު ރަ އްޔިތުންނަށް ފޯރުކޮށް ދިނުމަށް. ނޫސްވެރިންގެ މަސަ އްކަތް ރަންގަޅުކަމުން މިކަން އެބަވޭ
mihaaru ingijje ennu 2020 ga hama ekani tharahgee vaanee technology noonkan balives fethureynekan dhivehin adhives islaahu vaakan nuveytha
ނުގެނެސް ކީއްކުރާނީ. ޔޫކޭގަ ތިބޭނީ ހުސް މުއްސަދިންނާއި ބޮޑެތި މީހުންގެ ދަރީން. އަދި މިމީހުންގެ ދަރިން ވަރަށް ފޮނިވެސްވާނެ. އަދި އެހާމެ އިގިރޭސިވާނެ. ދެން އުޅެނީ މިވަރެއް ނެތިގެން.
ކޮބާތަ މިހާރު އެއްކަލަ މަޖިލިސްގެ ރައީސް.
14 ދުވަސްނުވާނަމަ ކީއްވެހޭ ރަށަށްދެވެނީ؟؟ 14 ދުވަސްނުވާ ޓްރެވަލް ހިސްޓްރީއޮންނަ އެންމެން ތިބެންޖެހޭނީ އެކަހެރިކޮށް ކޮރަންޓީނު ފެސިލިޓީއެއްގަ! ޢެޗްޕީއޭ ގޯސްހަދާތަން މިފެންނަނީ!! މައިމޫނާ އަކަށްމިކަމެއްނުވާނެ! ގާބިލު އެހެންމީހަކާ ހަވާލުކުރޭ!!
ޔޫރަޕް ކަހަލަ މުޑުދާރު ތަންތަނުގެ އުޅެފަ އަންނަ މީހުން މިވަގުތު ރާއްޖެ އެތެރެ ނުކޮއްބަލަ.
އެހެން ތަންތާގަ ވަޒަން ވެރިވެގެން ތިބެފަ ރާއްޖެ މިއަންނަނީ ބަލިން ފިލަންބާ؟ ރަސޫލާގެ ހަދިސްފުޅުގައިވާގޮތަށް އަމަލުކޮށްބަލަ ކޮންމެތާކު ތިއްބަސް ރައްކާތެރިވެގެން ތިބެބަލަ ތާއޫނު ފެށިއްޖެނަމަ އެބިމުން ނުނިކުމެބަލަ އެބިމަށް ބޭރުގައުމުތަކުން ގޮސް ނުވަދެބަލަ މިހަދިސް ފުޅަށް އަމލު ނުކުރުމުން.މުޅި ދުނިޔެއަށް ފެތުރުނީ އަދި މިކަންކަމަށް ވިސްނާ ފިކުރު ނުކުރުމުގެ ނަތީޖާ މިފެންނަނީ .
ޥަގުތު ނޫސްވެރިން މަބުރޫކް ގާތުއަހާަބަލަ ، ބަލިއުޅޭރަށަކުން މީހުން ނާންނަން ދީނީގޮތުން އަންގަަފަ އޮްނައިރު އެކަން ޤަބޫލު ނުކުރަނީތޯ
މުސާރައިގެ ބޮޑު ބައި ކަނޑާލައި ރައްކާތެރިކަމުގެ އެއްވެސް ވަސީލަތެއްނެތި މަހުޖަނުންދެކެ ގަންނަ ބިރައް ރިސޯޓް މުވައްޒަފުން ހަނާވަން ދޫކޮއްލުމުން ދައުލަތުން އެތައް ފައިސާ އަކާ ރައްޔިތުންގެ ފުރާނައިން އަގުދައްކަން ޖެހިދާނެ. ރިސޯޓް އޯނަރުންނައް ގުލާނުކުރަން ބަންދުކުރެވިފަ މިތިބީ. ސިއްހީ ހިދުމަތްތެރިން ކުރައްވާ މަސައްކަތުގައި ވޮލަންޓިއަރކޮއް މަސައްކަތްކުރަން މިތިބީ ތައްޔާރައް ކަރަންޓިން މަރުކަޒުގައި. ދައުލަތުގެ ވެރިޔާ ވިދާޅުވަނީ މަހުޖަނުންނައް އެކަންޏޭ އެހީ ދެވެން އޮތީ.
ޔޫކޭގަ އެވަރަށް އެ ބަލި އެބަ ފެތުރޭ.... ހިތާމް ވެރި. އަވަސް ޝިފާ އެއް ދެއްވާށި. އާމީީން
ކިހާބޮޑު ގެއްލުމެއް އަހަރުންނަށް މިވީ، 300 ސްޓާފުން ތިބި ތަނަކަށް ބޭރުން މީހުންގެނެސް އަޅާލީތި ކިތައް މީހުން ނުރައްކަލުގެ ތެރެއަށް ތިޔަ ވައްޓާލީ .
ދިވެހިންގެ ޢަމަލުތަކަށް ބަލާ އިރު މި ބަލި ވަރަށް ގަދައަށް ދިވެހިންގެ ތެރޭގައި ފެތުރޭނެ ކަމަށް ބެލެވޭ. އަދިވެސް ގޮތްދޫނުކޮށް މަގުތަށްމަތީގަ އި. ރެސްޓޯރެންޓްތައް ބަންދުކުރީމަ އެތަންތަނު ބޭރު ދޮރުމަތީގައި ގުރޫޕްހަދައިގެން ކައި ބޮއި ހެދުމުގައި.
މީ އެކަކު އަނެކަކާ ޒާތީވެ ފިތުނަވެރިކަން އުފެދިގެން ދާ ކަހަލަ ވާހަކަ ދައްކަންވި ވަގުތެއް ނޫން. މީ ހަމަ ކެއްތެެރި ކަމާއި އެކު ލިބިފައިވާ ނިއުމަތް ތަކަށް ޝުކުރުކޮށް އެންމެހާ މުސްލިމުން އެއްބައިވާންވި ވަގުތު. އެކަކު އަނެކަކަށް އެހީތެރިވާންވި ވަގުތު، އަދި މުއްސަނދިންނަށް މުއްސަނދި ކަމުގެ ނިއުމަތް ހެޔޮގޮތުގައި ހިފުމުގެ ބޮޑު ފުރުސަތެއްމީ... ސަރުކާރުން ވެސް އަޅުގަނޑުމެން ބޭރު ގައުމު ތަކުގައި އުޅުއްވާ ދިވެހިންނަށް އެހީތެރިވެ ދެއްވާކަން އުފަލާއި އެކު ބަލައިގައްނަން، އަޅުގަނޑަކީ މި ބިރުވެރި ދަނޑިވަޅުގައި ޔޫރަޕުގައި އެކަނިމާއެކަނި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަޅުގަނޑަށް ވަނީ މި ސަރުކާރުން އެހީތެރިކަންވެސް ފޯރުކޮށްދެއްވާފަކަން އުފަލާއި އެކު ބަލައިގަންނަމެވެ. އަމިއްލަ އުފަން ގައުމުގެ ހަބަރުތަކާ ކޮމެންޓު ތަކާ އެއްޗެތި ކިޔާލުމުން މިފެންނަނީ އަސްލުވެސް ދެރަވާ ކަހަލަ މަންޒަރު ތަކެކެވެ. ޕޮލިޓިކަލްވެ މުޅި ގައުމުގައި ފިތުނަވެރިކަން ފެތުރިފައިވާ މަންޒަރެވެ އެންމެހާ ރައްޔިތުންނޭވެ ތިޔަ ސިކުނޑި ތަކުން ސިޔާސި ފިކުރުތައް ދުއްވާލާފައި މިކަމާ ވިސްނައި ވަގުތު ފާއިތު ނުވަނީސް އިބްރަތް ލިބިގަންނާށެވެ. އަޅުގަނޑުގެ ދުއާ އަކީ މިކަމުން ހުރިހާ މުސްލިމުންނައް ރައްކާތެރިކަން ދެއްވުމެވެ.
މާލަހީ ފިޔަވަޅުތަށް އެޅިލެ.
އެޤައުމުތަކުގަ ވަޒަންވެރި ވެގެން އުޅޭ މީހުން ރާއްޖެ ގެންނަނީ ކީއްކުރަންތަ!ތިބި ތަނެއްގައި އެބަޔަކު ކަރަންޓީނުގައި ތިބިކަމުގައިވާނަމަ މިފަދަ ބަލާޔާއި މުސީބާތުން އިންސާނީދަރިފަސްކޮޅަށް ބިރުވެރިކަން ނޯންނާނެއެވެ.
ތިމާގެ މަންމަ ބައްޕަދަރިން އާއިލީ މީހުން އަންހެނުން، މުޅހިޤައޔމު. ޑެރަކަމެއް.
ބަލިޖެހިފަތިބި އިޓަލީ ދެމީހުން ފުރުވާލުމުގަ ކެނެރިގެ އާ ގުޅުމެއް ހުރިކަމުގެ ވާހަކަ އެބަދެކެވެޭ ހަގީގަތަކަށް ވުން ގާތް އިގިރޭސިވިލާތުން އައި ދިވެހިންވެސް ނަސީދާ ގުޅުން ހުރީތަ ؟ ރޮޔަލް އައިލޭންޑް ؟
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން މިހާލަތުގައި ރާއްޖެ ނުގެންނަން ބުނާ ހުރިހާ ފަރާތް ތަކަށް..ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ރާއްޖެ އަންނަން އުޅެނީ އެތިބި ގައުމުތައް ލޮކްޑައުން ކުރުމުން ފޫހިވެގެނެއް ނޫނެވެ. ހަދާނެ ގޮތް ހުސްވެގެނެވެ. ގިނަ ގައުމު ތަކުގައި ކާފިއު އިއުލާނު ކުރުމުގެ ސަބަބުން ބޭރަށް ނިކުތުން މަނާ ގައުމުތައް ގިނައެވެ. ޒަރޫރީ އެތަކެއް ބޭނުމެއް ނުފުދިފަތިބި ދިވެހީން މަދެއް ނޫނެވެ. ކާއެއްޗެއް ހޯދަން ޖެހެނީ ފިހާރަ ތަކާއި ރެސްޓޯރަންޓް ތަކަށް ގުޅައިގެންނެވެ.އެހެންނަމަވެސް މި ހާލަތުގަ މިތަކެތި ފޯރު ކޮށްދިނުމުގައި ބޮޑަށް ބަލަނީ އެގައުމަކަށް ނިސްބަތްވާ މީހުންނަށް އެކަންޏެވެ.( ލަންކާ ) ކާނެ އެއްޗެއް ނެތި ބަނޑަށް ޖެހި ބޭރު ގައުމެއްގައި ތިބުމަށްވުރެ އަމިއްލަ ވަޒަނަށް އައިސް އެހެން މީހުންނާއި އެކަހެރިކޮށް ތިބެނޖެހޭ މުއްދަތު ހަމަ ކުރުމަށްފަހު ( ރިޒޯޓް ކަރަންޓީން ފެސިލިޓީ ތަކުގައި ) ޓެސްޓް ކޮށް ނެގެޓިވް ވާ މީހުން އާއިލާއާއި ގުޅުމުގެ ފުރުސަތު ދިނުން ކީއްތޯ؟ އެކަމަކު މި އިހުސާސް ކުރެވޭނީ މިވަގުތު ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކާއި އެ އާއިލާތަކަށް އެކަނި.. އެކި ގައުމުތަކުގައި ހުންނަ އެމްބަސީ ތަކަށް ގުޅުމުން ދަތިވާ ކަންތައްތައް އެގައުމުތަކުގައި ފަސޭހަ ކޮށްދޭނެ ކަމަށް ބުނެ ޓީވީ އާއި ރެޑިއޯއިން ދުވާލަކު 100 ފަހަރު ގޮވިޔަސް އެގޮތަށް އެކަންތައް ކުރޭތޯ ތިބާ ދަންނަ މީހުންނާއި ސުވާލުކޮށް އަހާލުން ބުއްދިވެރި.
ބަލަ ކަލޭމެނައް އިގޭނީ އަމިއްލަ އާއިލާ މީިހަކު ރާއްޖެ ނާދެވުމުން .އޭރުން ތިހެން ނުކިޔާނެ.އެމީހުން އަންނަނީ ކޮވިޑް ހިފައި ގެން ނޫނޭ.ޖެހިފައިން މީހަކާ އެއް ފްލައި ޓަކުން ދަތުރު ކުރެ ވުނަސް ޖެހިދާނެ.އެމީހަކުވެސް އަންނާނީ ކިހާ ބިރުވެރި ކަމެއްގާހުރެގެން .މަޖްބޫރު ވެގެން އަންނަނީ.ކިހިނެއް ބަޔާން ކޮއް ދޭނީ ބޭރު ގައުމް ތަކުގާ ދިރި އުޅޭމީހުންގެ ހާލު.ކާ އެތި ކޮޅު ހޯދަން ދަނީ ވަރަށް ދުރައް ދުއްވާފަ.ދުއްވާ އެއްޗެއް ނުލިބިއްޖިއްޔާ ކިހިނެއްދާނީ .ބައެއް ގައުމް ތަކުން ނުވެސް ގެނެސް ދޭ އޮން ލައިން ކޮއްވެސް އަދި ފިހާރަ ތަކައް ދިޔަޔަސް.ބޯފެން ފޮދުވެސް ނުލިބޭ ވާހަކަ މިއަދު ވެސް އިންޑިޔާ ގަހުރި ދިވެއްސަކު ހިއްސާކުރި.ލަންކާގަވެސް ހަމަ މިހެން އެބަ ދިމާވޭ.އެމީހުން ވިއްކަނީ އެމީހުންގެ އަމިއްލަ މީހުންނައް.
ޔޫކޭ ފަދަތަންްތާގަ އާއްމުކޮއް ދިރިމިއުޅެނީ މަހުޖަނުންގެ އާއިލާތަކާއި ސަރުކާރުގެ ބޮޑުންގެ ދަރީން ބެލެވޭގޮތުގަ މިމީހުން މާލެތެރެޔަށް ކޮރޯނާ ފަތުރާލީވެސް މިއީ މަހުުޖަނުންނައް ވިިިިިިިއިިރުު ކީއްކުރަންތޯ ރައްޔިތުން ބަޑައްޖައްސާފަ މިމީހުން މާލެގެނައީ