00:26

00:07

23:19

23:03

22:21

އެމެރިކާ އިން އިތުރު 4 މަރު، މިއަދު މިހާތަނަށް 131، ޖުމްލަ 2،352، އިތުރު 745 ފައްސި، މިއަދު މިހާތަނަަށް 9،062 ފައްސި، ޖުމްލަ 132،640

ސުވިޒަލޭންޑް އިތުރު 36 މަރު، ޖުމްލަ 300، އިތުރު 750 ފައްސި، ޖުމްލަ 14829

އޮސްޓްރިއާ އިތުރު 18 މަރު، ޖުމްލަ 86، މިހާތަނަށް ފައްސި 8648

ޕޯޗުގަލް އިތުރު 19 މަރު، ޖުމްލަ 119، އިތުރު 792 ފައްސި، ޖުމްލަ 5962

ނޯވޭ އިތުރު 2 މަރު، ޖުމްލަ 25، އިތުރު 224 ފައްސި، ޖުމްލަ 4239

އިސްރާއީލް އިތުރު 3 މަރު، ޖުމްލަ 15، މިހާތަނަށް ފައްސި 3865

ސްވެޑެން އިތުރު 5 މަރު، ޖުމްލަ 110، އިތުރު 253 ފައްސި، ޖުމްލަ 3700

ޑެންމާކު އިތުރު 7 މަރު، ޖުމްލަ 72، އިތުރު 194 ފައްސި، ޖުމްލަ 2395

ލަގްޒަންބާގް އިތުރު 3 މަރު، ޖުމްލަ 21، އިތުރު 119 ފައްސި، ޖުމްލަ 1950

ރޮމޭނިއާ އިތުރު 3 މަރު، ޖުމްލަ 40، އިތުރު 308 ފައްސި، ޖުމްލަ 1760

ޕާކިސްތާން އިތުރު 1 މަރު، މިއަދު 2 މަރު، ޖުމްލަ 14 މަރު، މިހާތަނަށް ފައްސި 1526

ސައުދީ އަރަބިއާ އިތުރު 4 މަރު، ޖުމްލަ 8، އިތުރު 96 ފައްސި، ޖުމްލަ 1299

ގްރީސް އިތުރު 6 މަރު، ޖުމްލަ 38، އިތުރު 95 ފައްސި، ޖުމްލަ 1156

އިންޑިއާ އިތުރު 3 މަރު، ޖުމްލަ 27، މިހާތަނަށް ފައްސި 1024

ޑޮމެނިކަން ރިޕަބްލިކް އިތުރު 11 މަރު، ޖުމްލަ 39، އިތުރު 140 ފައްސި، ޖުމްލަ 859

ލުބުނާން އިތުރު 2 މަރު، ޖުމްލަ 10، އިތުރު 26 ފައްސި، ޖުމްލަ 438

މޮރޮކޯ އިތުރު 1 މަރު، ޖުމްލަ 26، އިތުރު 48 ފައްސި، ޖުމްލަ 450

ހަންގޭރީ އިތުރު 2 މަރު، ޖުމްލަ 13 މަރު، އިތުރު 62 ފައްސި، ޖުމްލަ 408

އެންޑޯރާ އިތުރު 3 މަރު، ޖުމްލަ 6 މަރު، އިތުރު 26 ފައްސި، ޖުމްލަ 334

ބޮސްނިއާ އިތުރު 45 ފައްސި، ޖުމްލަ 323

އުތުރު މެސެޑޯނިއާ އިތުރު 2 މަރު، ޖުމްލަ 6، އިތުރު 18 ފައްސި، ޖުމްލަ 259

ހޮންޑިއުރާސް އިތުރު 1 މަރު، ޖުމަލް 2، އިތުރު 15 ފައްސި، ޖުމްލަ 110

ތުރުކީން އިތުރު 23 މަރު، މިހާތަނަށް އެއްދުވަސް ތެރޭ އެންމެ ގިނަ މަރު، ޖުމްލަ 131 މަރު، އިތުރު 1،815 ފައްސި، ޖުމްލަ 9،217

22:17

22:09

22:08

22:01

21:55

21:42

21:28

21:14

20:39

20:33

20:30

19:36

19:32

19:08

18:52

18:14

17:50

17:46

17:18

16:48

16:40

16:26

15:54

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: އައްޑޫ އިން ދެ ނަރުހުންނާއި ޑޮކްޓަރު ހޯމް އައިސޮލޭޝަންގައި ބަހައްޓަން އެންގީ އެޗްޕީއޭ އިން.

15:54

15:52

15:51

ޑރ. އަލީ ލަތީފް: ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު، ދޫކޮށްލުމުގެ ކުރިން ޓެސްޓް ހަދާނެ. އެހެން މި ހަދަނީ އަޅުގަނޑުމެންގެ އަތުގައި ޓެސްޓް ކިޓްތައް ވެސް ހުރުމާ އެކު. ކަރަންޓީން ކުރާ މީހުން މީގެކުރިން ޓެސްޓެއް ނުހަދާނެ.

15:47

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ރާއްޖެ އަށް މި ވަގުތު ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ގެނައުމަށް ކާގޯ ފްލައިޓް މާދަމާ ލަންކާ އަށް ދާޏެ.

15:47

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ކޮޗިން އިން ރާއްޖެ އަށް އައި މީހަކު، ބަލިވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދިޔަ. އެމީހާގެ ބަލީގެ އަލާމާތްތަކެއް ފެންނަން ހުރި. އެހެންވެ، އެމީހާއާ ފުރަތަމަ އެޓެންޑްވި ދެ ނަރުހުންނާއި ޑޮކްޓަރުން ތިބީ ހޯމް އައިސޮލޭޝަންގައި. އެމީހާގެ ސާމްޕަލް ވަނީ ނަގާފައި.

15:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: ފްލޫ ކްލިނިކްތަކަށް މިހާތަނަށް 4،660 މީހުން ޒިޔާރަތް ކުރި. ރާއްޖޭގެ އެކިކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 257 މީހުން ފްލޫ ކްލިނިކްތަކަށް ދިޔަ.

 

15:45

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: 860 މީހުން ކަރަންޓީން ފެސިލިޓީތަކުގައި އެބަތިބި. ހުރަވަޅި ރިސޯޓު ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައި. ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ވަނީ ނަގާފައި. މާހާ ސަފާރީ ވަނީ އާންމު ހާލަތަކަށް ގެނެސްފައި.

 

15:42

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: 908 ސާމްޕަލް ވަނީ ނެގިފައި. 891 ސާމްޕަލް ނެގަޓިވް.

 

15:42

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް: 17 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އޭގެތެރެއިން 11 މީހަކަށް ވަނީ ޝިފާ ލިބިފައި. ހަތަރު މީހަކަށް ވަނީ ފަރުވާދެމުން. ދެ މީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައި.

 

15:35

15:31

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

15:20

15:17

15:06

14:53

ނަމިބިގާއި އިތުރު 3 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި، މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް.

14:53

ނައިޖާގައި އިތުރު 8 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 18އަށް އަރާފައި. މިހާތަަނަށް އެ ގައުމުން މަރުވެފައި ވަނީ އެންމެ މީހެއް.

14:51

ހޮންގކޮންގައި އިތުރު 22 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 582 އަށް އަރާފައި. މިހާތަަނަށް އެ ގައުމުން މަރުވެފައި ވަނީ 4 މީހުން.

14:50

ސާބިއާގައި އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 11 މީހަކު މަރުވި. މިހާތަނަށް 659 މީހެއްގެ ގައިން ބަލި ފެނިފައިވާއިރު، އޭގެ ތެރެެއިން 25 މީހެއްގެ ހާލު ސީރިއަސް

14:49

އެސްޓޯނިއާގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 3 މީހަކު މަރުވި. އިތުރު 34 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 679 އަށް އަރާފައި.

14:48

14:48

އިންޑޮނޭޝިއާގައި އިތުރު 12 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 114 މީހަކު މަރުވި. އިތުރު 130 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1285 އަށް އަރާފައި.

14:46

ފިލިޕީންސްގައި އިތުރު ތިން މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 71 މީހަކު މަރުވި. އިތުރު 343 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1418 އަށް އަރާފައި.

14:45

މެލޭޝިއާގައި އިތުރު ހ މީހަކު މަރުވެއްޖެ. މިއަދު މިހާތަނަށް އެ ގައުމުން ހަތް މީހަކު މަރުވި. އިތުރު 150 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2470 އަށް އަރާފައި. މީގެ ތެރެއިން 73 މީހެއްގެ ހާލު ސީރިއަސް

14:43

އިސްރާއީލުން އިތުރު އެއް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 13 މީހަކު މަރުވި. 3865 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މީގެ ތެރެއިން 66 މީހެއްގެ ހާލު ސީރިއަސް

14:42

ބެލްޖިއަމުގައި އިތުރު 78 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 431 މީހަކު މަރުވި. އިތުރު 1732 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10835 އަށް އަރާފައި.

14:41

ޖަރުމަނުން އިތުރު 22 މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 455 މީހަކު މަރުވި. އިތުރު 552 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 58247 އަށް އަރާފައި.

14:33

14:25

ބޫޓާންގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ހަތަރު މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މި ބަލީގައި އަދި އެ ގައުމުން މީހަކު މަރުވެފައި ނުވާ އިރު، ރަނގަޅުވެފައެއް ވެސް ނުވޭ.

14:24

ހެއިޓީ އިން އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 15 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މި ބަލީގައި އެ ގައުމުން މީހަކު މަރުވެފައި އަދި ރަނގަޅުވެފައެއް ނުވޭ.

14:21

އެލް ސަލްވާޑޯ އިން އިތުރު ފަސް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 24 މީހެއްގެ ގައިން ބަލި ފެނިފައިވޭ. އެ ގައުމުން އެއްވެސް މީހަކު ރަނގަޅުވެފައި އަދި މަރުވެފައެއް ނުވޭ.

14:20

ޖަމައިކާގައި އިތުރު ދެ މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 32 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް މަރުވީ އެކަކު.

14:20

މަޑަގަސްކަރަ އިން އިތުރު 13 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 29 މީހެއްގެ ގައިން ބަލި ފެނިފައިވޭ. ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވާ އިރު، ރަނގަޅު ކުރެވިފައެއް އަދި ނުވޭ.

14:19

ބޮލީވިއާގައި އިތުރު ހަތަރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 81 މީހެއްގެ ގައިން ބަލި ފެނިފައިވޭ. އެއްވެސް މީހަކު މި ބަލީގައި ރަނގަޅުވެފައި އަދި މަރުވެފައެއް ނުވޭ.

14:18

ކްރިގިސްތާނުގައި އިތުރު 26 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް 84 މީހެއްގެ ގައިން ބަލި ފެނިފައިވޭ. ބަލި ޖެހިގެން މީހަކު މަރުވެފައި އަދި ރަނގަޅުވެފައެއް ނުވޭ.

14:17

ޗެނަލް އައިލެންޑުން އިތުރު ތިން މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 100 މީހެއްގެ ގައިން ބަލި ފެނުނު. މަރުވީ އެންމެ މީހެއް.

14:16

ކެމްބޯޑިއާގައި އިތުރު ހަތަރު މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 103 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް ރަނގަޅުވީ 21 މީހުން.

14:16

ހޮންޑޫރާސްގައި އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 110 މީހެއްގެ ގައިން ބަލި ފެނިފައިވޭ. އެ ގައުމުން މަރުވީ އެކަކު.

14:15

އުޒްބަކިސްތާނުގައި އިތުރު 29 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 133 އަށް އަރާފައި. މިހާތަނަށް މަރުވީ ދެ މީހުން.

14:14

އޮމާންގައި އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 167 މީހެއްގެ ގައިން ބަލި ފެނުނު. މިހާތަނަށް ރަނގަޅުވީ 23 މީހުން.

14:14

ވިއެޓްނާމްގައި އިތުރު ފަސް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް ބަލި ފެނުނީ 179 މީހުންގެ ގައިން. ބަލިން ރަނގަޅުވީ 21 މީހުން.

14:13

ކަޒިކިސްތާނުގައި އިތުރު 23 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް މި ބަލި ޖެހިފައި ވަނީ 251 މީހުންނަށް. މިހާތަނަށް މަރުވީ އެކަކު.

14:13

ޓައިވާނުން އިތުރު 15 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 298 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އެ ބަލީގައި އެ ގައުމުން މަރުވީ ދެ މީހުން.

14:12

ބަލްގޭރިއާގައި އިތުރު ހަތް މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 338 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް އެ ގައުމުން މަރުވީ ހަތް މީހުން.

14:11

ލެޓްވިއާގައި އިތުރު 42 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 347 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. ބަލިން ރަނގަޅުވީ އެކަކު.

14:11

ހަންގޭރީގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 13 މީހަކު މަރުވި. އިތުރު 65 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 408 އަށް އަރާފައި.

14:10

ޔޫކްރެއިންގައި އިތުރު 62 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 418 މީހެއްގެ ގައިން ބަލި ފެނިފައިވޭ. މިހާތަނަށް މަރުވީ ނުވަ މީހުން.

14:09

އަރްމޭނިއާގައި އިތުރު ދެ މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް އެ ގައުމުން ތިން މީހަކު މަރުވި. އިތުރު 17 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 424 އަށް އަރާފައި.

14:08

ލިތުއޭނިއާގައި އިތުރު 43 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 437 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. މިހާތަނަށް އެ ގައުމުން ހަތް މީހަކު މަރުވި.

13:56

މޮރޮކޯގައި އިތުރު އެކެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 26 މީހުން ވަނީ މަރުވެފައި. އިތުރު 35 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، އެ ގައުމުން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 437 އަށް އަރާފައި.

13:55

ސިންގަޕޫރުގައި ބަލި ޖެހިގެން އިތުރު މީހަކު މަރުވެއްޖެ. މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައި. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 802 އަށް އަރާފައި.

13:55

މެކްސިކޯގައި އިތުރު ހަތަރު މީހުންނަށް ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 16 މީހުން ވަނީ ބަލީގައި މަރުވެފައި. އިތުރު 131 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް އެ ގައުމުން 848 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

13:54

އިންޑިއާގައި އިތުރު އެކަކު ބަލީގައި މަރުވެއްޖެ. މިހާތަނަށް 25 މީހުން ބަލީގައި މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 987 އަށް އަރާފައި.

13:53

ފިންލެންޑްގައި އިތުރު 51 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. މިހާތަނަށް 1،218 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އެ ގައުމުން މަރުވެފައި ވަނީ ނުވަ މީހުން.

13:52

ތައިލެންޑުގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް ހަތް މީހަކު ވަނީ މަރުވެފައި. މި ބަލި އިތުރު 143 މީހަކަށް ޖެހުނު އިރު، އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1،388 އަށް އަރާފައި.

13:51

ޕާކިސްތާނުން މި ބަލީގައި އިތުރު އެކަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 13 މީހުން ވަނީ މަރުވެފައި. އެ ގައުމުން އިތުރު 31 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،560 އަށް އަރާފައި.

13:50

ރަޝިޔާ އިން އިތުރު ހަތަރު މީހަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައި. އަދި މި ބަލި ޖެހިގެން އިތުރު 270 މީހުން ރިޕޯޓުކޮށްފައިވާ އިރު، އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،534 އަށް އަރާފައި.

13:49

ޕޮލެންޑުގައި އިތުރު އެކަކު ބަލި ޖެހިގެން މަރުވެއްޖެ. މިހާތަނަށް 19 މީހަކު ވަނީ މަރުވެފައި. އިތުރު 75 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، އެ ގައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،717 އަށް އަރާފައި.

13:45

ޗެކްރިޕަބްލިކުން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 13 މީހަކު ވަނީ މަރުވެފައި. އިތުރު 32 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2.663 އަށް އަރާފައި.

13:44

އިސްރާއީލްގައި އިތުރު 246 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް އެ ގައުމުން 386 މީހެއްގެ ގައިން ބަލި ފެނިފައިވޭ. އެ ގައުމުން މަރުވެފައި ވަނީ އެންމެ 12 މީހުން.

13:42

އޮސްޓްރޭލިއާ އިން އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް 16 މީހަކު އެ ގައުމުން މަރުވެފައިވާ އިރު، އިތުރު 334 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. އަދި އެ ގައުމުން މިހާތަނަށް 3,969 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި.

13:41

ނޯވޭގައި އިތުރު 17 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 4،032 މީހެއްގެ ގައިން ވަނީ ބަލި ފެނިފައި. މިހާތަނަށް އެ ގައުމުން 23 މީހަކު މަރުވި.

13:40

އޮސްޓްރިއާގައި އިތުރު 75 މީހެއްގެ ގައިން ބަލި ފެނިއްޖެ. މިހާތަނަށް 8,346 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި. މިހާތަނަށް އެ ގައުމުން 68 މީހުން މަރުވި.

13:39

ޗައިނާ އިން އިތުރު ފަސް މީހަކު މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 3,300 މީހުން ވަނީ މަރުވެފައި. އިތުރު 45 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، 81,439 މީހެއްގެ ގައިން މިހާތަނަށް ބަލި ފެނިފައިވޭ.

13:37

ދެކުނު ކޮރެއާގައި އިތުރު އަށް މީހަކު މި ބަލީގައި މަރުވެއްޖެ. މިހާތަނަށް އެ ގައުމުން 152 މީހުން ވަނީ މަރުވެފައި. އިތުރު 105 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް 9,583 މީހެއްގެ ގައިން ބަލި ވަނީ ފެނިފައި.

13:36

އެމެރިކާގައި އިތުރު 198 މީހެއްގެ ގައިން މި ބަލި ފެނިއްޖެ. އަދި މި ބަލި ޖެހިގެން އިތުރު އަށް މީހަކު ވަނީ މަރުވެފައި. މިހާތަނަށް އެ ގައުމުން 2,229 މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 123,780 އަށް އަރާފައި.

13:04

12:54

12:44

12:29

12:11

11:53

10:55

10:50

10:33

10:01

09:24

09:24

03:06

03:00

އެމެރިކާގައި ކޮވިޑް-19 އަށް އިތުރު 294 މީހަކު ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 16372 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު 312 އަށް އަރާ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި ޖުމްލަ 120498 މީހުންގެ ތެރެއިން 2008 މީހަކު ވަނީ މަރުވެފައި.

02:49

ޖަރުމަންވިލާތުން އިތުރު ހަތަރު މީހަކު ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 433 އަށް އަރާފައި. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެޤައުމުން 82 މީހަކު މި ވައިރަސްގެ ސަބަބުން މަރުވެފައިވޭ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން 6824 މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. މިއާއެކު މިހާތަނަށް އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 57695 އަށް އަރާފައި. އޭގެތެރެއިން 8481 މީހަކު ބަލިން ސަލާމަތްވެފައި ވާއިރު، 1581 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

02:37

02:14

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ޖަރުމަންވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6824 އަށް އަރައިފި. އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭ 79 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް ޖުމްލަ 430 މީހަކު ވަނީ މަރުވެފައި. ޖަރުމަނުން މިހާތަނަށް ޖުމްލަ 57695 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން 8481 މީހަކު ބަލިން ސަލާމަތްވެފައި ވާއިރު 1581 މީހެއްގެ ހާލު ސީރިއަސް.

01:22

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 18 މީހަކު މަރުވެއްޖެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 111 އަށް އަރާފައި. އެޤައުމުން އިތުރު 487 މީހަކު މިހާރު ވަނީ ވައިރަސް އަށް ފައްސިވެފައި. އެހެންކަމުން ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 3904 އަށް އަރާފައި. އޭގެތެރެއިން 6 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، 396 މީހެއްގެ ހާލު ސީރިއަސް.

01:17

ޖަޕާނުން އިތުރު 194 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން އިތުރު ތިން މީހަކު މި ބަލީގައި މަރުވެފައި ވާއިރު، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 52 އަށް އަރާފައި. އެޤައުމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1693 އަށް އަރާ. އޭގެތެރެއިން 404 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، 56 މީހެއްގެ ހާލު ސީރިއަސް.

01:14

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މުޅި ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 654157 އަށް އަރާފައި. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 57845 މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3019 އަށް އަރާ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ދުނިޔެއިން ޖުމްލަ 30361 މީހަކު މަރުވެފައިވޭ. މި ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 139591 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ޖުމްލަ 25247 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

01:10

އެމެރިކާއިން އިތުރު 1017 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު 9 މީހަކު މަރުވެއްޖެ. މިއާއެކު އެޤައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު 15483 އަށް އަރައި މި ވަގުތުގައި މަރުވި މީހުންގެ އަދަދު ވަނީ 292 އަށް އަރާފައި. މިހާތަނަށް އެމެރިކާއިން ޖުމްލަ 119609 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ. އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1988 އަށް އަރާފައި. އެޤައުމުގައި ފާއިތުވެދިޔަ ވަގުތުތަކުގައި ވައިރަސް ފެތުރި މަރުވާ މީހުންގެ އަދަދު ވަނީ އާދަޔާއި ޚިލާފަށް އިތުރުވެފައި. އެމެރިކާ އަކީ ކޮވިޑް-19 ފެނިފައިވާ 199 ޤައުމުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވާ ޤައުމު.

01:07

އަޒަރްބައިޖާނުން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 182 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4 އަށް އަރާފައި.

01:06

މިސްރުން އިތުރު 40 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު 6 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 576 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން ޖުމްލަ 36 މީހަކު ވަނީ މަރުވެފައި. މިހާތަނަށް އެޤައުމުގައި ފަރުވާ ހޯދަމުންދިޔަ 121 މީހަކު ބަލިން ރަނގަޅުވެފައިވޭ.

01:04

ޕެރޫއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު ފަސް މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 671 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން ޖުމްލަ 16 މީހަކު ވަނީ މަރުވެފައި. އެޤައުމުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 33 މީހެއްގެ ހާލު ސީރިއަސް. މިހާތަނަށް ޕެރޫ އިން މި ބައްޔަށް ފަރުވާހޯދި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައި.

01:03

އިކުއެޑޯއިން އިތުރު 196 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިތުރު 7 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1823 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން ޖުމްލަ 48 މީހަކު ވަނީ މަރުވެފައި. މިހާތަނަށް އެޤައުމުން ވައިރަސް ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 58 މީހެއްގެ ހާލު ސީރިއަސް. އަދި 3 މީހަކު ވަނި މި ބަލިން ރަނގަޅުވެފައި.

01:00

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 15 މީހަކު މަރުވެ، ވައިރަސް އަށް އިތުރު 689 މީހަކު ފައްސިވެއްޖެ. މިއާއެކު 24 ގަޑިއިރު ތެރޭ އެޤައުމުން މަރުވި މީހުންގެ އަދަދު 283 އަށް ވަނީ އަރާފައި. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14466 އަށް އަރާފައި. މިހާތަނަށް އެމެރިކާއިން ޖުމްލަ 118592 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ. އޭގެތެރެއިން ޖުމްލަ 1979 މީހަކު ވަނީ މަރުވެފައި.

00:41

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 27 މީހަކު މަރުވެ، އިތުރު 1853 މީހަކު ފައްސިވެއްޖެ. މިއާއެކު އެޤައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 268 އަށް އަރާފައި. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 13777 އަށް އަރާފައި. އެޤައުމުން މިހާތަނަށް ޖުމްލަ 1964 މީހަކު މި ބަލީގައި މަރުވެފައިވާއިރު، ޖުމްލަ 117903 މީހަކަށް ބަލި ޖެހިފައިވޭ. އެމެރިކާ އަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމު.

00:38

00:22


ކޮވިޑް-19 ކޮންޓްރޯލް ކުރަން ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކުރި ނަމަވެސް މަރުވާ މީހުންގެ އަދަދާއި، ބަލި ޖެހޭ މީހުންގެ އަދަދު މަދުނުވެ، ކަންބޮޑުވުމާއި ހާސްކަން އިތުރުވަމުން އެބަދެއެވެ.

ކޮވިޑް-19 ޖެހިގެން ހުކުރު ދުވަހު 3272 މީހުން މަރުވިއިރު ހޮނިހިރު ދުވަހު މިހާތަނަށް، 2957 މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހު ހުރިހާ ގައުމަކުން މަރުވި މީހުންގެ ތަފްސީލް އަދަދުތައް އަދި ނުލިބެއެވެ. ނަމަވެސް މިހާތަނަށް ގިނަ ގައުމުތަކުން ލިބިފައިވާ މައުލޫމާތައް ބަލާއިރު އިއްޔެ މަރުވި މީހުންނަށް ވުރެ މިއަދު މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. 30299 މީހުން މިހާރު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މިއަދު 61 ގައުމަކުން މީހުން މަރުވެފައި ވެއެވެ. މިއަދަކީ އެންމެ ގިނަ ގައުމުން މީހުން މަރުވި ދުވަހެވެ. އިއްޔެ މީހުން މަރުވެފައި ވަނީ 60 ގައުމަކުންނެވެ.

ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54600 އަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. ހުކުރު ދުވަހު 64501 މީހަކު ފައްސިވިއެވެ. މިއަދު އަދި ބައެއް ގައުމުތަކުން ފައްސިވި މީހުންގެ އަދަދުތައް ނުލިބޭތީ، މިއަދު ފައްސިވި މީހުންގެ އަދަދު ވެސް އިތުރު ވެގެންދާނެ ކަން ކަށަވަރު ކުރެވެއެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 650926 އަށް އަރާފައެވެ.

މިއަދު މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު އެންމެ ގިނަ މީހުންނަށް މިއަދު ވެސް ބަލި ޖެހިފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ 12322 މީހަކު ވަނީ މިއަދު އެކަނިވެސް ފައްސިވެފައެވެ. މިއަދު އެމެރިކާ އިން 247 މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން މިއަދު ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 116448 އަށް އަރައެވެ.

އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އިޓަލީވިލާތުން މިއަދު މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށް ވުރެ ކުޑަތަންކޮޅެއް މަދެވެ. އިއްޔެ 919 މީހަކު އެގައުމުން މަރުވިއިރު މިއަދު މަރުވެފައި ވަނީ 889 މީހުންނެވެ.

އެންމެ ބޮޑަށް ހާލަތު ގޯސް އެއް ގައުމު ކަމަށްވާ ސްޕޭނުން މިއަދުވެސް 674 މީހަކު މަރުވިއެވެ. އެގައުމުން އިއްޔެ 832 މީހުން މަރުވިއެވެ. ފްރާންސުން މަރުވި މީހުންގެ އަދަދު ފާއިތުވި ބުރާސްފަތި ދުވަހަށް ވުރެ ހުކުރު ދުވަހު މަދުވި ނަމަވެސް މިއަދު އަނެއްކާވެސް ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެފައެވެ. ބުރާސްފަތި ދުވަހު ފްރާންސުން 365 މީހުން މަރުވިއެވެ. ހުކުރު ދުވަހު މަރުވީ 299 މީހުންނެވެ. މިއަދު 319 މީހުން މަރުވެފައި ވެއެވެ.

މިހާރު އެމެރިކާ ފިޔަވައި އެންމެ ބޮޑަށް ހާލަތު ގޯސްވަމުންދާ އަނެއް ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން އިއްޔެ 181 މީހަކު މަރުވިއިރު މަރުވި މީހުންގެ އަދަދު އިތުރުވެ މިއަދު 260 މީހަކު މަރުވެފައި ވެއެވެ.

މިއަދު ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ފަރުވާ ދެމުން ގެންދިޔަ އިތުރު ދެމީހަކު މިއަދުވެސް ރަނގަޅު ވެފައި ވެއެވެ.

ބައެއް ރިސޯޓްތަކުން ނަގާފައިވާ ސާމްޕަލްތައް ނައްސި (ނެގެޓިވް) ވެފައިވާ ޚަބަރު ވެސް މިއަދު ލިބުނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު މިހާރު ވަނީ އުފުލެން ފަށާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމަނަ

    މަބްރޫކް ދައްކާ ވާހަކަ ދިމައެއް ނުވޭ....ޕެންޑިންގަ އެއްވެސް ސާމްޕަލްއެއް ނެއް...އެކަމް އައްޑޫއިން ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނެގިފަ އަދި ނަތީޖާ ނިލިބޭ..