72 މިލިއަން ރުފިޔާ މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ހައްޔަރުކުރި ގްރޫޕްގައި ހިމެނޭ 11 މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ އެ އޮޕަރޭޝަންގައި 61 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމީހުން އަތުލައިގަތީ މިމަހުގެ 20 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ "އިރުއަލިމަސް" ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމައްސަލަ އާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ޖުމުލަ 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާ
ފުލުހުންވަނީ މިއޮޮޕަރޭޝަންގައި ހޯދާފައެވެ.

ހައްޔަރު ކުރި މީހުން

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް
- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ
- މުހައްމަދު މާއިޝް/ މ. މާކޮޅު
- މުހައްމަދު ޝާމިން/ މއ. ވިރާހު
- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4
- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ
- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ
- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން
- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ
- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު
- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމަހުގެ 26 ވަނަ ދުވަހު ހައްޔަރުކުރި މި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދެއްވާފައެވެ. މި 11 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރުކުރި މީހުންނެވެ. އަނެއް 4 މީހުންނަކީ މާލެއިންނާއި ހުޅުމާލެއިން ހައްޔަރުކުރި މީހުންނެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް ކަނޑުމަތުން މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އެފަދަ ގިނަ މައްސަލަތަކުގައި ފުލުހުން ހަދާފައި ހުންނަ ގޯސްތަކުގެ ސަބަބުން ޝަރީޢަތުގެ މަރުހަލާއިން ކުށްވެރިން ސަލާމަތް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރައްޔިތުމީހާ

    އެގާރަ މީހުންގެ ވާހަކަ އޮތީ ފޮޓޯގައި ތިބީ 10 މީހުން

    • ޑޮންދޮން

      11 ވަނަ މީހާއަކީ މ.މަޑުއްވަރި އާދަމް ސަޔާޒު

      4
      1
  2. ކައްޕިތާން

    ތިޔާގަ ކޮމެންޓް ކުރުމުގެ ބޭނުމެއް ނެން ފާރު ފާރު ކައިރީގައި ތިވާހަކަ ބުނީމަ އެފާރައް ކޮއްދެވޭނީ ކޮންކަމެއްތޯ މިކޮލަމުގައި އަހަރުމެން އަހަރުމެން އެކަކު އަނެކަކައް ޖަދަލުކޮއް ލިޔުމަކުން ވާނެ ކަމެއް ނޯންނާނެ މާދަމާ އަރާ ބުރީފިންގެއްދޭނެ 11 މީހުން އަތުލައިގައްވާހަކަ ހަމަ ެޔާ ވިއްދާ ވިދާޅުވާނެ އެކިމީހުންގެ ނަން ވަކިކިންކިޔާފަ މީ މިވެނިނަމެއް ކިޔާމީހެކޭ މީނާޔަކީ ކުށުގެ ރެކޯޑް އޮންނަ މީހެކޭ މިހީވަނީ ވޯލްޑް ރިކޯޑް ގައުމައް ހޯދާދޭން ބައިތިއްބާފަ ތިބޭ ބަޔެއްހެން ހަދީސް ތަކުން އިވޭވިއްޔާ ލަދެއް ނެއް ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮއްފާނޭ ވީމާ މިކަމުގައި ލަދުގަންނަން މިޖެހެނީ ރައްޔަތުން އެއީ މިގައުމުގެ ރައްޔަިތަކައް ވީތީ ވެދުން

  3. Anonymous

    On

  4. އައްޑޫ ލެއި

    ވަ ރައް ރަނގަޅު ތިހުރިހާމީހުންގެ މައުލޫމާތު ހާމަ ކު ރރރރުމައް ފަހު މާދަމާ ވަލު ދޮ ރުން ނެ ރެލާ

    12
  5. ނަގުލު ފިއްތި

    މާ ލަސްކުރާނެކަމެއް ނެއް އަވަހަ ސާބިތު ވާވަރަށް ހެކި ނެތޭ ކިޔާފަ ވަލު ދޮރޮއަށިން ނެރެލާ. ތިޔައީ އަހަރުމެންނަކަ އާކަމެއް ނޫން. 72މިލިއަން ރުފިޔާގެ މަސްތުވާ ތަކެތި އާދައިގެ ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ތީ. ފަހަތުގަ އިންނާނެ ކޮންމެވެސް ޢިއްޒައްތެރިއެއް.

    25
    • އިބްރާހީމް

      ވަރަށްބޮޑު ތެދެއްކަމަށް ޤަބޫލުކުރެވޭ! މިހާ ގިނަ ޢަދަދެއް ގެނެވޭނީ އެހާވަރަށް ފައިސާ ހުރިބަޔަކަށް. އެކަމުގައި އެއްވެސް ޝައްކެއްނެތް!

  6. ޒުހައިރު

    އިންޓެލްގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި އެމީހުން ގެންގުޅޭ އެޖެންޓުން ލައްވާ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އުޅޭ. ޢެމީހުން އެކަން ކުރަނީ އިންޓެލް އަށް ވެސް ފައިދާ ވާ ގޮތަށް. ސަޅިއެއްނުން