ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވާފައިވާއިރު، ކާށިދު ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުންނެވީ، އޭނާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ވ. ބޮޑުމޮހޮރާގައެވެ. އެ ތަނުގެ ރީތި ގޮނޑުދޮށުގައި އިނދެގެން އޭނާ ވަނީ މިިއަދުގެ ޖަލްސާގައި ބައިވެރިވެފައެވެ.
އޭނާ މިއަދު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވެ ގައިދުރުވެ ތިބުމަށް އޭނާ ހުރީ ވ. ބޮޑުމޮހޮރާގައި ކަމަށެވެ.
"ޖަޒީރާ ވަންތައް ކޮންސެޕްޓަށް ރާއްޖެ ބަދަލުވާއިރު، ލިބޭ ހިތްހަަމަޖެހުމަކީ 2020 ވަނަ އަހަރު ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ބޮޑު މޮހޮރާ ބީޗުން ޖަލްސާގައި ބައިވެރިވެ ވާހަކަދެއްކޭތީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ބޮޑުމޮހޮރާ ގޮނޑުދޮށުގައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް އޭނާ ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ އިނީ ނޫ ކުލައިގެ ކޯޓު ފަޓުލޫނުގައި ރަތް ކުލައިގެ ޓައިއެއް އަޅައިގެންނެވެ. އަދި އިންނެނީ ފަން ބޭނުންކޮށްގެން ހިޔާ ކޮށްފައިވާ ތަނެއްގައެވެ. އެތަނުގައި އޭނާ އިނީ ލެޕްޓޮޕްވެސް ހިފައިގެންނެވެ. ލެޕްޓޮޕްގެ ކުރިމަތީގައި އޭނާގެ ނަންވެސް ޖަހާފައި ވެއެވެ.
ބޮޑު މޮހޮރާގައި ރިސޯޓު ތަރައްގީ ކުރަން ޖާބިރުގެ ކުންފުންޏަށް ކުއްޔަށް ދީފައިވަނީ 50 އަހަރަށެވެ. މި ރިސޯޓުގެ 80 ޕަސެންޓު ހިއްސާ އޮންނަނީ ޖާބިރަށެވެ. އަދި ބާކީ އޮތް 20 ޕަސެންޓުގެ ތެރެއިން 10 ޕަސެންޓު އަނބިކަނބަލުން ދިޔާނާ އަށް ދިނުމުގެ އިތުރުން، އަނެއް 10 ޕަސެންޓު ހިއްސާ ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރަށެވެ.
ތަފަތު މިހެއްމި ހުވަ
ސަމާލުކަން ހޯދަން ކޮއްފަ ނުކުރާ ކަމެއް އަދި ބުނެފަ ނުބުނަނެ އެއްޗެއް ނެތް މިކަލޭގެ
ނުލިބިގެން އުޅުއްވި ގޮނޑުދޮށް! އަދި ބޭނުން ޖާބެގެ މޫނުމަތީ ދޮންވެލި ހުއްޓަ ފެންނަން
ފަޅު ރަށެއްގައި އެކަހެރި ވެގެން އެހުންނެވީ. ގޯހެއްނޫން
ކަލޭމެން ޖަހަނީ ސަކަރާތް މިދަނޑިވަޅުގައިވެސް!! އެއްބަޔަކު ޓޮއިލެޓް ޕޭޕަރ ރޯލް ބޭނުންކޮށްގެން އަރާމުގައި ގޭގައި ތިބެގެން ފުޓުބޯޅަ ކުޅެނީ!! ދިވެހި ގައުމާއި ރައްޔިތުން މިއުޅެނީ ބޮޑު ބިރުވެރިކަމެއްގެތެރޭ!! ގިނަ ބަޔަކު ވަޒީފާ ގެއްލި ހަދާނެ ގޮތް ހުސްވެފަ ތިބީ! ކާނެ ބޯނެ އެއްޗެއް މާދަމާ ލިބޭނެގޮތަކާމެދު ވިސްނަން! ކާބޯތަކެތީގެ އަގު ގުސްވަމުން އިންތިހާއަށް އަގުތައް އުފުލެމުންދަނީ! ޜާއްޖެއިން ބޭރުގައި އެކިއެކި ބޭނުންތަކުގައި ތިބި ދިވެހި ރައްޔިތުން ހާލުގަ އެއުޅެނީ! ގެ ކުލި ދެއްކޭނެގޮތެއް ނެތި ހާސްކަންމަތީ ބައެއް ރައްޔިތުން އެބައުޅޭ! މާލެއިން އެކުދިންނަށް ފޮނުވަން ޑޮލަރެއް ގަންނަން ލިބެނީ ވިހިރުފިޔާއަށް! ކަންކަން ގޯހުން ގޯހަށް ދާތަން މިފެންނަނީ ފާއިތުވެދާ ކޮންމެ ދުވަހެއްގައިވެސް! އެލަމަކު މިރާއްޖޭގެ މިނިސްޓަރުންނާ މަޖްލިސް މެމްބަރުން ހަމަ ކުޅިވަރު ކުޅުމުގައި! ހޮނޑައިދޫ ބީޗް އިންނާ ގޭގެ ކޮޓަރިތެރެއަށްވަދެ މަޖްލިސް މިބާއްވަނީ! އަޅެ މިއީ ރައްޔިތުންނަށް ކުރާ މަލާމާތެއް ނޫންތަ؟ މިކަހަލަ ބަޔަކު އަޅެ ދުށިންތަ؟ ދުނިޔޭގެ ގައުމުތަކުގެ ވެރިން ހޭބޯނާރާ ރައްޔިތުންނާއެކު މަސައްކަތުގައި އެއުޅެނީ! ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގައި! ކަމޭމެން ޖަހާ ސަކަރާތް ރައްޔިތުންނަށް މިދަނޑިވަޅުގައި ނުދައްކާ ތިބެ ކުރޭ!! ދެރަކަމެއް!!
ދެން އޮންނަ ޖަލްސާ ކާށިދޫ ނޫނީ ގާފަރުން އިނގޭ ޖާބިރޫ
އަތޮޅުތަކުން އަމިއްލަ ދާއިރާގައި ހުރެ ޖަލްސާ ކުރިއަށް ގެންދިޔަ ފުރަތަމަ މެމްބަރުގެ ރެކޯރޑް އޭރުން ޖާބިރަށް ލިބޭނެ...
މީ ސުޕަހީރޯ އިންނަކީ. ވަރަށް ތަފާތު ދެ އްތޯ ?
މިހާރު އިބޫވަރެ އް ނެތް މީނާޔަ އް ސުވާލަކީ އެކަކުގެ އަތްމަ އްޗަ އް 5 ރަ އް ،9 ރަ އް ނުދީ އާދަ އިގެ ރައ އްޔިތުންނަ އް ބޭންކުން ލޯނުދީފަ 20 ރޫމު ހަދަ އިގެން ކުރިޔަ އް ދެވޭނެ މަގު ސަރުކާރުން ނުހަދަނީ ކީއްވެތޯ ރަ އްޔިތުންގެ ފަރާތުން ވެރިކަން ފެށެނީ އެކަމު މު އްސަނދިންގެ ތަ އްޕާހުގަ ޖެހި ތާށިވެފަ
ޖޯކަރެއް.
ތިޔަނަޖިސް މީހުންގެ ވާހަކަ އަޑު އަހާކަށް ކިޔާކަށް ބޭނުމެ އްނޫން.
ތިޔަނަޖިސް މަޖިލީހަކާހެދީ ދަރިންކަޅުވެސް ހަލާކުވަނީ..
ނުވީތާކަށް ގައުމުގެ ދުވަސްވެސް ދު އްވާލާ އިފި.
އަޅެ ގަދަ އެއް ނު !!!
ޝުކުރިއްޔާ އިއްޒަތްތެރި މެމްބަރު
މި މީހުން މި ކުޅޭ ކުޅިވަރުގަ ދިވެހިން ޖެހޭތީ ދެރައީ.... ބެނުމަކީ ސަމާލުކަން ހޯދުން... މިގޮތަށް ނޫހުގެ ސުރުޚީއަށް އެރުން...
ޙަމަ ފައްކާ ޖޯކަރެއް!!???
މާދަމާ ކަނޑުއަޑީގަ މަޖިލިސްބާއވާ،
ރައްޔަތުން ހޭބޯނާރާ ކާއްބޯން މަސައްކަތް ކުރިއަސް އެމީހުން އެކަމަކާ ވިނާކަށެއް ނުޖޭހޭނެތާ އެމީހުން އަތުގައި ތަޅާ ބުރުވަން ވާވަރަށް ޑޮލަރުތައް ބަރިބަރި ޖަހާފަ ހުރީމަކާ އެމީހުން ދެން ކީއްކުރަން އެހެން މީހުނާއި މެދު ވިސްނަންވީ އެމީހުން މިއަދުވެސް ބިރަކާނު ލައި މަޖާކުރަން ވީނު ހިތަށްއެރި އެއްޗަކުން ފުޓުބޯޅަވެސް ކުޅެންވީ އެމީހުން ބެރުޖަހާފަ ނަށަންވެސްވީނު ހުރިހާއެއްޗެއް އެއޮތީ އެމީހުނަށް ލިބިފަ ވެރިކަން ލިބި މަޖިލިސްލިބި ފައިސާ ފައިސާފައިސާލިބިއްޖެ ޑޮލަރުތައް ބަރިބަރި އަށް އެމީހުން ދެން ރައީސްޔާމީނު ބުނުއްވި ގޮތަށް ބިއްލޫރި ފުހެލަ ފުހެލާ ތިބީމަ ނިމުނީނު!