ކޮވިޑް-19 އާއި ގުޅިގެން ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެ ރިސޯޓުން ފައިބަން މެނޭޖްމެންޓަށް އަންގާފައި ނުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19 ގެ ހާއްސަ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، އެޗްޕީއޭއަކުން ރިސޯޓު ތަކުގެ މެނޭޖްމަންޓްއަށް މުވައްޒަފުން ފައިބަން ހުއްދަ ދީފައި ނުވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން މެނޭޖްމެންޓަށް އަންގާފަވެސް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ހުރަވަޅި އާއި ކުޑަދޫ އޮޕަރޭޓް ކުރަމުން އަންނަނީ އެއް ފެސިލިޓީއެއް ޝެއާ ކުރާ ގޮތަށް ކަމަށްވުމުން އެ ރިސޯޓުގެ މެނޭޖްމަންޓުން އެޗްޕީއޭއަށް އެ ދެރިސޯޓަކީ އެއް އޮޕަރޭޝަނެއް ހިނގާ ރިސޯޓު ކަމަށް އެދިފައިވާތީ އެޗްޕީއޭއިން އެއީ އެއް އޮޕަރޭޝަން ކަމަށް ހުއްދަ ދީ އެ ދެ ރަށް ދޭތެރޭ ހިނގާ އުޅެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މި ދެ ރިސޯޓަށް އެގޮތަށް ހުއްދަ ދީފައިވާއިރު ވަކިން ހިންގަމުން އަންނަ ރިސޯޓުތަކަށް މުވައްފަޒުން ފޭބުމަށް ހުއްދަ ދީފައެއް ނުވެއެވެ.

ރިސޯޓުތަކުން މުވައްޒަފުން ފޭބުން މަނާ ކޮށްފައިވާ މި ދަނޑިވަޅުގައި ބައެއް ރިސޯޓުތަކުން ރަށްތަކަށާއި ކައިރީގައި ތިބޭ ރިސޯޓުތަކަށް ފަތާފައި އެރުން ވަނީ އާންމު ވެފައެވެ. މިގޮތަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މީހުންނަށް ގާނޫނުގެ ތެރެއިން ފިޔަވަޅުވެސް އެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓު

    އެންމެ ފަހު ގެސްޓު މީހާ ފުރާތާ 14 ދުވަސް ފަހުން ވެސް ނުފޭބޭ؟ ހާދަ ހެވަަައޭ ދޯ

  2. ރިސޯޓްމީހާ

    މަބްރޫކް، އެޗްޕީއޭ. މިރިސޯޓްތަކުން މުވައްޒިފުންނަށް އަވަސްގޮތަކަށް ފޭބޭނޭ ނިޒާމެއް ހަމަޖައްސައިދީ. އެހެންނޫނީ މިއަށްވުރެން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެކަމަށް ބެލެވޭ. ގިނަ ރިސޯޓްތަކުގައި ތިބި 4-2 ގެސްޓުން ބައެއް ރިސޯޓްތަކުގައި ގެސްޓުން ނުވެސްނެތް. އެންމެ ފަހު ގެސްޓުމީހާ ރިސޯޓުން ފައިބާތާ 14 ދުވަހަކީ ދިގުމުއްދަތެއް. އެކަމުގައި ރިސޯޓްތަކުގެ އާދައިގެ މުވައްޒިފުން އުފުލާ ވޭނާއި އުދާސް މަބްރޫކްމެންނަށް އެނގިލައްވާނީ މިއިންތަނެއްގައި 24 ގަޑިއިރު ހަމަކޮށްލީމައި. މުވައްޒިފުން މިތިބީ މިތާގައި ތާށިވެފައި، އެޕްރީލް އެކަކުން ފެށިގެން މުސާރަ މިލިބެނީ %50 ރިސޯޓް މެނޭޖްމަންޓްތަކުން ބުނަނީ ރިސޯޓުން ކައިގެން ބޮއެގެން ތިބެންޏާމު ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެޔޭ، ދެން ކަންކަމަށް ފަރިތަ ނޫން މުވައްޒިފުން މިފޮނުވަނީ ފުރާޅު ސާފުކުރަން، ސޭންޑަރު އަޅަން، ކުލަކަހައި ކުލަލައި، ސާފުކުރުމަށް. މެއިންޓަނަންސް މަސައްކަތަށް. މިކަންކަން ކުރަން ބޭނުންނުވާ މުވައްޒިފުން ޖެހެނީ ވަޒީފާއިން ވަކިވާން.
    މުސާރައިގެ ހިތްދަތިވޭނުގައި އާއިލާއާއި ދުރުގައި ތިބެ ރިސޯޓު މެނޭޖްމަންޓުން ބުރަ މަސައްކަތްކުރުވަން މަޖުބޫރުކުރުމުން މުވައްޒިފުންނާއި މެނޭޖްމަންޓާއި ޖެހި މިދަނީ ޓެންޝަން އުފެދެމެން. މިރަށްރަށުން ނުފޭބި މިހެން ތިބޭ ކޮންމެ ދުވަހެއްގައި މިދަނީ ޓެންޝަން އިތުރުވަމުން މިހެން ގޮސް މިކަންތަށް ފަޅައިގެންގޮސް ނުބަޔަކަށް ވުމުގެ ކުރީން ސަރުކާރުން އެބަޖެހޭ މިކަމަށް އަވަސް ހައްލެއްހޯދައިދޭ.
    ސަރުކާރަކަށް މުސާރައިގެ ކަންކަން ހައްލުކޮށެއްނުދެވޭނެ އެއީ ޔަގީންކަމެއް. ސަރުކާރު އޮތީ ވިޔަފާރިވެރިންގެ މުށުތެރޭގައި. ސަރުކާރަށް ކުރެވޭނެހައިވެސް ކަމަކީ އެކިބަހުރުވައިން ސާކިއުލާތަށްނެރެ ރިސޯޓް މެނޭޖްމަންޓްތަކަށް ފެންނާނޭގޮތް ހެދުން. އެންމެ ކުޑަމިނުން ޑައިރެކްޓްކޮށް އެއްވެސް ރިސޯޓެއްގެ އޯނިންގ ކޮމްޕެނީ އަކަށްވެސް މެނޭޖްމަންޓަކަސްވެސް ސަރުކާރުން ނުކެރޭނެ ބަހެއްބުނާކަށް. ދިވެހި ރާއްޖޭގައި މިހާތަނަށް އުފެދުނު ހުރިހައި ސަރުކާރު ތަކަކީވެސް ރާއްޖޭގައި ވަޒީފާ އަދާކުރާމީހުންގެ ހައްގުގައި އެއްވެސްކަމެއް ތަންފީޒުނުކުރެވޭ ހުސް އަނގަތަޅާ ސަރުކާރުތަކެއް.
    އެހެން ނަމަވެސް ސަރުކާރަށް ރަވާލައިގެން އަވަސްގޮތަކަށް މުވައްޒިފުންނަށް ރިސޯޓްތަކުން ފޭބޭނޭ ނިޒާމެއް ގާއިމްކުރެވިދާނެ. މިކަން ކުރެވިއްޖެނަމަ މުވައްޒިފުންނާއި މެނޭޖްމަންޓާއި ދެމެދު އުފެދިފައިވާ ޓެންޝަނަށް ލުޔެއްލިބި މިވަގުތަށް ހައްލެއްހޯދޭނެ.

    14
    2
  3. ރިސޯޓު މީން

    ރިސޯޓުމީހާ ތިބުނީ ހަމަ ތެދެއް އަހަރުމެންގެ އިހުސާސްތައް ދަންނަބަޔަކު ނުއުޅޭ އެއީ އެންމެފަހު ގެސްޓު މީހާ މަހެއްކޮށްފަ ފުރީމާވެސް އަދި ދެހަފުތާ ވަންދެން އަހަރުމެން މުސާރައިގު%50 ގަ މިތަނުގަ މަސަކަތް ކުރަން އެބަޖެހޭ ކަލޭމެން ބޮޑު މުސާރައިގަ ތިއްބަކަސް މިދެން ކިހާ ދެރަކަމެއްތަ މިކަމާ ނޫސްވެރިޔަކު ސުވާލުވެސް ނުކުރަނީޔޭ އަހަރުމެންގެ ހާލު ބަލާބަޔަކުވެސް ނުޅޭ އަނބި ދަރިންފިޔަވާ މިއީ ޭންހުރިކަމެއްަ.