މާލޭގެ ގެއެއްގައި ހުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އެ ގެއަށް ވަދެ ނިކުތުން މަނާކޮށްފިއެވެ.
ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް ފޮނުއްވި ސިޓީއެއްގައި ވަނީ މާލޭގެ ގެއަކަށް ވަދެ ނިކުތުން މަނާ ކުރީ ސިއްހީ ކުއްލި ނުރައްކަލުގެ އިއުލާންކޮށްފައިވާތީ އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.
އެގޮތުން ގަލޮޅު ގެއެއްގައި ހުރި މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެހެން އެންގުމެއް އަންގަންދެން އެ ގެއަކީ މިހާރު މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ތަނެއް ކަމުގައި ކަނޑައަޅާ ކަމަށް މައިމޫނާގެ ސިޓީގައިވެއެވެ.
އަދި މިކަމުގައި ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ސިޓީގައި މައިމޫނާ އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ގާނޫގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
ރާއްޖެ އިން މިހާތަނަށް 18 މީހެއްގެ ގައިން ކޮވިޑް-19 ބަލި ވަނީ ފެނިފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކު ވެސް ހިމެނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީ އަކުން ހަތަރު މީހެކެވެ. އެހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ދެމީހުންނެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ޝައްކު ކުރެވިގެން މީގެކުރިން ވަނީ މާލޭގެ އިމާރާތަކަށް މީހުން ވަދެ ނިކުމެ ހެދުން މަނާކޮށްފައެވެ. އެކަމަކު، އެމީހުންގެ ގައިން ބަލި ފެނިފައި ނުވާ ކަން ކަށަވަރުވުމާ ގުޅިގެން އެ އިމާރާތަށް ވަދެ ނިކުމެ ހެދުން ވަނީ ހުއްދަ ދީފައެވެ.
އިގިރޭސިވިލާތުގަ ތިބި ބޮޑެތި މީހުންގެ ދަރިންތައް އެގައުމުގަ ބަހަޓަބަލަ.
ރައްޔިތުންގާތު އެބަުނޭ ރައްކާތެރިވާށޭ! ޢެކަމަކު މިގޮތަށް ކަރަންޓީކުރެވޭ ގޭގެއެއް އެނގެނީކީނޫން ، ހުންނަ ހިސާބެއް އެނގެނީކީ ނޫން ، ދެން ކިހިނެއް އެނގެޔާ ހިސާބަށް ދެވުނަސް އެނގޭ މީހަކާ ބައްދަލުވިކަްވެސް އެނގޭނީ ، ސިއްރުކުރަނީ ކީއްވެ
ކޮންތަނަކަށްތަ ނުވަންނަންވީ...ގެއެކޭ ބުންޏަސް ނޭނގޭނެ.. އެގެއަށް ކިޔާ ނަމެއްވެސް އޮންނާނު..
ކީއްކުރަންތަ ބަންދުކުރަނީ. މިހާރު އަންނަ ފުލައިޓް ގަވެސް ދިވެހި ބަލިމީހެއް އެބައިނޯ. ކިހާދެރަކަމެއް ނުގެންނާށޭ ނުގެންނާށޭ ބުނެބުނެ ތިއްބަ ވިއްޔަ ގެނައީ. ގަދައަށް ބަލިފެތުރޭ އިރު ހެޔޮނުވާނެނު . ނަޝީދު ވެސް އެހަށް ދުވަހު ގޮސްފައި އެއައީ . ކަރަންޓީން ނުކުރޭ
އޭ ކަލޯމެނޭ އެގޭ ކުނި ކޮތަޅު މަތި ބަންދު ނުކޮށް މަގުމަތީގައި އެބަހުރި މަގު ހިނގާ މީހުންނާ ވެމްކޯ ކުދިން ސަމާލުވާތި
އޮޓޯ ޕާޓްސް ހުންނަ މަގުގައި ހުރި ގެޔެކޯލަ އެގޭ ކުނި ކޮތަޅު ނެރެފަ އެބަހުރި މަތި ބަންދު ނުކޮށް މަގު ހިނގާ މީހުން ސަމާލުވޭ ޕްލީޒް
އެއް ގޮތަކުން ރަނގަޅު
ހުރިހާ އާލާތްތައް އަޅައިގެން އަނގިލައްވާފަ ކަނފަތުގަ ފޯނު! ގޯހެއް ނޫން!