ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ ފުލެޓުތަކާއި ގޯތިތައް އަދި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާޢީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މި އަހަރު އޭޕްރީލް އަދި މޭ މަހު ދައްކަންޖެހޭ ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސް ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، މިގޮތަށް ނިންމާފާއި ވަނީ ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އެ ދެ މަހު އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 ޕަސަންޓު ދެއްކުން ފަސްކޮށްދޭން ނިންމާފައިވަނީ އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކުގެ ތެރެއިން، މިކަމަށް އެދި މި ކޯޕަރޭޝަނަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ވަނީ އެކަމުގެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަނުން މިކަމަށް ޚާއްޞަކޮށްފައިވާ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް އެދިފައެވެ.

"ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ޕޮލިކު ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް، އެއްބަސްވުމާ އެއްގޮތަށް 2020 ވަނަ އަހަރުގެ އޭޕްރީލު އަދި މޭ މަހުގެ ޖުމްލަ އިންސްޓޯލްމަންޓް/ކުއްޔަށްވާ ފައިސާ މި ކޯޕަރޭޝަނަށް ޖަމާވެފައިވާނަމަ، ކޮންމެ މަހެއްގެ އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 30 ޕަސަންޓު (ތިރީސް އިންސައްތަ) އަނބުރާ ރައްދުކޮށްދެވޭނެކަމުގައި ދަންނަވަމެވެ.". އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ މިގޮތަށް ލުއި ހަމަޖައްސާފައިވީ ނަމަވެސް އިންސްޓޯލްމަންޓް ކުއްޔަށްވާ ފައިސާގެ 70 ޕަސްނޓު ޤަވާޢިދުން މި ކޯޕަރޭޝަނަށް ދައްކަން ވާނެ ކަމަށެވެ.

އަދި ފަސްކުރުމަށް ހަމަޖެހިފައިވާ 2 މަހުގެ ކުއްޔަށްވާ ފައިސާގެ 30 ޕަސަންޓު (ތިރީސް އިންސައްތަ) މިކޯޕަރޭޝަނަށް ދެއްކެވުމަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ކަސްޓަމަރުން ެދޭ ނަމަ ފަރާތްތަކަށް މިކޯޕަރޭޝަނުން ދިނުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.

"އެއްބަސްވުމުގެ ދަށުން މި ކޯޕަރޭޝަނަށް ފައިސާ ދައްކަވަންޖެހޭ ފަރާތްތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ޤަވާޢިދުން ފައިސާ ނުދެއްކެވިވާ ފަރާތްތަކުން އެކަމަށް އެދި މި ކޯޕަރޭޝަނަށް ހުށަހެޅުއްވުމުން، މިކޯޕަރޭޝަނުން ޢަމަލު ކުރަމުންދާ ޑޭޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން ފައިސާ ދެއްކުމަށް ފުރުޞަތު ދެވޭނެ ކަމުގައި ދަންނަވަމެވެ". އެ އިއުލާނުގައި ވެއެވެ.

އެ ކޯޕަރޭޝަނުން ދޭން ނިންމާފައިވާ އިތުރު ލުއިތަކަށް ބަލާއިރު، އެ ކޯޕަރޭޝަނުން ހައުސިންގ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތު ހިމެނެއެެވެ. އެޗްޑީސީން ބުނީ އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަންޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިތުރު ލުއިތަކެއް ފޯރުކޮށްދޭންޖެހޭފަދަ ހާލަތެއްގައި އެފަދަ އިންތިޒާމްތައް މިކުންފުނިން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯހަން

    އަޅެ ކީއަތަވާނީ ފްލެޓްތައް 6 މަހައް ލަސްކޮށްދިނީޔާ ، ދެން އަމާބުނިތީ ފަރައްދާ އުސޫލްދޯ

    10
  2. މީހާ

    ބޭންކް ތަކުންވެސް ލޯނު ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިން، އަދިވެސް ލިބޭ ބައިވަރު މަދުކަމުން ކަމެއް ކޮށްދިނުމުގެ ނަމުގައި ރައްޔިތުން ފެލަން ތިއުޅެނީ. ތިޔަ ތަނަކީ ހުޅުމާލެ ރައްޔިތުންނަށް އޮތް ބޮޑު ބަލާވެރިކަމެއް.

    6
    1
  3. ލޯލިހް

    ތީ ދިރާގުނަގާފަ އެންމެފަގީރު ކުންފުނި ، މަޖުބޫރުވެގެން ނޫނީ ނުކޮށްދޭނެ. ތީ ރައީސް އެދިލެއްވި ގޮތެއްނޫން

    2
    1
  4. އަހްމަދު

    މިއީތަރައީސް ރައީސްމީހާއެވިދާޅުވިވާހަކައަކީ މިއީރައީސްގެބށރުގެދަށުގައޮތް ކުންފުންޏެއްނޫންބާ

  5. ނަސީރު

    ހުޅުމާލެ ފުލެޓެއްގައި ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުން އެޗް.ޑީ.ސީ އަށް ބުނެލަން އޮތީ '' ވަރަށްބޮޑަށް ޝުކުރިއްޔާއޭ '' 30 ޕަސެންޓް ގެ ބަދަލުގައި 2 ޕަސެންޓް ކަނޑާލިނަމަ މާބޮޑަށް ރަގަޅުވީސް

  6. އަހްމަދު

    އިއްޒަތްތެރި އެމްޑީއައް އަޅުގަނޑުމެންބޭނުމެއްނޫން ތިބޭފުޅާ ތިޔަދެއްވާ ތިރީސްޕަސެންޓް ހޯދަންފޯމްފުރައިގެންސަލާމްޖަހާކަށް ދެމަހުގެ %30 ދައްކަންތިޔަދެއްވާ ދިގުމުއްދަތައް ޝުކުރިއްޔާ

  7. ގޭސް

    ތިޔަހެން ނުކޮށްދިނިއްޔާ ރަގަޅީ މަ ނުކައިއި ހުރެވެސް ދި މަދުކޮށްދިން 2000ރ ދެއްކޯތޯ ބަލާނަން